Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއުރީދޫ ދިވެހި ޕްރިމިއާ ލީގު

ސަސް އަތުން އީގަލްސްއަށް މޮޅެއް

ސަސްގެ މައްޗަށް އީގަލްސްއިން ކުރިހޯދީ 2-0 ގެ ނަތީޖާއަކުން

އަތޫފް އާތިފް
އަތޫފް އާތިފް | 27 ފެބުރުއަރީ 2022 | އާދީއްތަ 14:10
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި އީގަލްސް އާއި ސަސް ބައްދަލުކުރި މެޗުގެ ތެރެއިން

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި އީގަލްސް އާއި ސަސް ބައްދަލުކުރި މެޗުގެ ތެރެއިން

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ކުލަބް އީގަލްސް އިން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބަލިކޮށްފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗު އީގަލްސްއިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ދެވަނަ މިނެޓުގައި ސަސް އިން ވަނީ އީގަލްސްގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ. ސަސްގެ އަލީ ނަސޫހް ރަޝީދު މުޅިން ހުސްކޮށް ހުރެ ފޮނުވާލި ހަމަލާ ދިޔައީ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.  އޭގެ ފަހުން މެޗުގެ 18 ވަނަ މިނެޓުގައި އީގަލްސްގެ އަޙްމަދު ރިޒްވާން (ރިޒޭ) ސަސްގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. އޭގެ ދެ މިނެޓު ފަހުން އީގަލްސްގެ އަޙްމަދު ރަޝީދު (އައްމަޑޭ) އަށް ވެސް ވަނީ ލަނޑު ޖަހަން ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އަދި މެޗުގެ 24 ވަނަ މިނެޓުގައި އީގަލްސްގެ އަލީ އަޒްވާން އަބްދުލް އަޒީޒަށްވެސް ވަނީ ލަނޑު ޖަހަން ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ. ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ސަސްގެ އަޙްނަފް ރަޝީދު (އަހުއްކޮ) އަށް ވަނީ ލަނޑު ޖަހަން ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އޭރިއާ ތެރެއިން ބޮލުން އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އީގަލްސްއިން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އައްމަޑޭއެވެ. މިއީ ރިޒޭގެ އެހީތެރިކަމާއެކު އައްމަޑޭ ކާމިޔާބުކުރި ލަނޑެކެވެ.

ދެވަނަ ހާފު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 68 ވަނަ މިނެޓުގައި އީގަލްސްގެ އައްމަޑޭއަށް ވަނީ ލީޑު ފުޅާކުރުމަށް ފުރުސަތު ލިބި ބޭކާރުވެފައެވެ.

މެޗުގެ 81 ވަނަ މިނެޓުގައި އީގަލްސްއިން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އީގަލްސްއަށް ކާމިޔާބު ކޮށްދިނީ އަބްދުﷲ ޒިޔާން (ޖަންކީ)އެވެ. އޭގެ މިނެޓެއް ފަހުން ސަސްއިން ވަނީ ލިބުނު ޕެނަލްޓީއަކުން ލަނޑު ޖަހާ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ކެޕްޓަން އަބްދުﷲ ހަނީފް (ބެންޖޯ)އެވެ. މިއީ އީގަލްސްގެ ކީޕަރު މުޙައްމަދު ތޯހާ ސަސްގެ ޔަސްފާދު ހަބީބު (މުލަކޭ)އަށް އޭރިއާ ތެރެއިން ކުރި ފައުލަކާއި ގުޅިގެން ދިން ޕެނަލްޓީއެކެވެ.

މި ނަތީޖާއާއެކު އީގަލްސްއިން ވަނީ ލީގު ތާވަލުގެ ހަތަރުވަނައަށް ޖެހިލާފައެވެ. އެޓީމަށް ތިން މެޗުން ހަ ޕޮއިންޓް ވަނީ ލިބިފައެވެ. ލީގު ތާވަލުގެ އެއްވަނައިގައި އޮތް މާޒިޔާއާ، ދެވަނައިގައި އޮތް ޔޫވީ އަދި ތިންވަނައިގައި އޮތް ވެލެންސިއާއަށްވެސް ހަ ޕޮއިންޓް ވަނީ ލިބިފައެވެ. އޭގެ ތެރެއިން މާޒިޔާ އަށް އެއް މެޗު މަދެވެ.

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް

09 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް
08 ފެބުރުއަރީ 2017

ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް

08 ފެބުރުއަރީ 2017
ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް
06 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

06 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް
02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
28 ޖެނުއަރީ 2017

ވެންގާ ހަތަރު މެޗަށް ސަސްޕެންޑުކޮށް ޖޫރިމަނާކޮށްފި

28 ޖެނުއަރީ 2017
ވެންގާ ހަތަރު މެޗަށް ސަސްޕެންޑުކޮށް ޖޫރިމަނާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު