Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުމަންޓާ އެއަރގެ ދަތުރުތައް އައްޑޫއަށް ފެށުން

އައްޑޫއަށް ދަތުރުކުރާ ފަރާތްތަކަށް މަންޓާ އެއަރގެ ޕްރޮމޯޝަނެއް

ކޮމްފަޓް ކްލާހުގައި 1،250 ރުފިޔާއަށް ދަތުރުކުރެވޭނެ

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 26 ފެބުރުއަރީ 2022 | ހޮނިހިރު 04:16
މަންޓާ އެއަރއިން މިހާރު ވަނީ އައްޑޫއަށް ދަތުރުތައް ފަށާފައި

މަންޓާ އެއަރއިން މިހާރު ވަނީ އައްޑޫއަށް ދަތުރުތައް ފަށާފައި

މަންޓާ އެއަރއިން އައްޑޫއަށް ކުރާ ދަތުރުތަކަށް ޚާއްސަ ޕްރޮމޯޝަނެއް ތައާރަފްކޮށްފިއެވެ. "މަންޓާ އައްޑޫ ޕްރޮމޯޝަން"ގެ ދަށުން, 22 ކިލޯގެ ޗެކްޑްއިން ލަގޭޖާއެކު ކޮމްފަޓް (އިކޮނޮމީ) ކްލާހުގައި 1،250 ރުފިޔާއަށް ދަތުރުކުރެވޭނެއެވެ. ކޮމްފަޓް ކުލާހުގެ އާންމު އަގަކީ ކޮޅަކަށް 1،450 ރުފިޔާއެވެ. އަދި 35 ކިލޯގެ ލަގޭޖާއެކު ސަފާޔަރ (ބިޒްނެސް) ކްލާހުގައި 1،850 ރުފިޔާއަށްއަށް ދަތުރުކުރެވޭނެކަމަށް އެ އެއަރލައިނުން ބުނެއެވެ. ސަފާޔަރ ކުލާހުގެ އާންމު އަގަކީ ކޮޅަކަށް 2،400 ރުފިޔާއެވެ.

މަންޓާ އެއަރއިން އެއްމަސް ދުވަހުގެ މުއްދަތަކަށް މި ޕްރޮމޯޝަން ފަށާފައިވަނީ އެ އެއަރލައިނުގެ ދަތުރުތައް އައްޑޫއަށް ފެށުމާގުޅިގެންނެވެ. މަންޓާ އެއަރގެ ދަތުރުތައް އައްޑޫއަށް ފަށާފައިވަނީ މިިދިޔަ ބުރާސްފަތި ދުވަހުއެވެ. މި ޝެޑިއުލް ދަތުރުތަކާއެކު ކޮންމެ ދުވަހަކުވެސް އައްޑޫއާ މާލެއާ ދެމެދު އެއް ދަތުރު ކުރެވޭނެއެވެ. މި ދަތުރުތައް ކުރުމަށް ބޭނުންކުރާނީ ATR 72-600 އެއަރްކްރާފްޓެވެ.

ރާއްޖޭގެ ޑޮމެސްޓިކް ދަތުރުތަކުގައި ދެ ކްލާހެއްގެ ޓިކެޓް ވިއްކާ ހަމައެކަނި އެއަރލައިނަކީ މަންޓާއެވެ. އެގޮތުން އައްޑޫއަށް ކުރާ ދަތުރުތަކުގައިވެސް ކޮމްފޯޓް ކްލާސް ނުވަތަ އިކޮނޮމީ ކްލާސް އަދި ސަފާޔަރ ކްލާސް ނުވަތަ ބިޒްނަސް ޓިކެޓުތައް ވިއްކާނެއެވެ. މިގޮތުން ކޮމްފޯޓް ކުލާހުގައި 22 ކިލޯގެ ލަގެޖް އެލަވެންސެއް ލިބޭއިރު, 5 ކިލޯ އަތުން އުފުލޭނެއެވެ. އަދި ސަފާޔަރ ކްލާހުގައި 35 ކިލޯ ލަގެޖް އެލަވެންސް ލިބޭއިރު 5 ކިލޯ އަތުން އުފުލޭނެއެވެ.

މަންޓާ އެއަރއަކީ ރާއްޖޭގައި އެންމެ ފަހުން ލޯންޗުކުރި އެއަރލައިނެވެ. މި އެއަރލައިނަކީ ޔުނިވަރސަލް އެންޓަޕްރައިޒްއާއި ރިއޯލޯ އިންވެސްޓްމެންޓް ގުޅިގެން ކުރިއަށް ގެންދާ ކުންފުންޏެކެވެ.

އިތުރަށް ކިޔާލަން

12 އޮކްޓޯބަރު 2018

ގޯއެއަރގެ ދަތުރުތައް އާދިއްތަ ދުވަހު ރާއްޖެއަށް ފަށަނީ

12 އޮކްޓޯބަރު 2018
ގޯއެއަރގެ ދަތުރުތައް އާދިއްތަ ދުވަހު ރާއްޖެއަށް ފަށަނީ
27 ސެޕްޓެމްބަރު 2018

ގޯއެއަރގެ ޖީއެސްއޭ އޭޖެންޓަކަށް ވޮޔޭޖަސް މޯލްޑިވްސް ހަމަޖައްސައިފި

27 ސެޕްޓެމްބަރު 2018
ގޯއެއަރގެ ޖީއެސްއޭ އޭޖެންޓަކަށް ވޮޔޭޖަސް މޯލްޑިވްސް ހަމަޖައްސައިފި
06 ސެޕްޓެމްބަރު 2018

ދިގު މުއްދަތަށް ޕޯސްޓްޕެއިޑް ޚިދުމަތް ބޭނުންވާ ފަރާތްތަކަށް އުރީދޫ އިން ހާއްސަ ޑިސްކައުންޓެއް!

06 ސެޕްޓެމްބަރު 2018
ދިގު މުއްދަތަށް ޕޯސްޓްޕެއިޑް ޚިދުމަތް ބޭނުންވާ ފަރާތްތަކަށް އުރީދޫ އިން ހާއްސަ ޑިސްކައުންޓެއް!
31 އޯގަސްޓު 2018

މަޓާޓޯ ގެސްޓް ހައުސް އެޑިޝަނަށް ހޮވުނު ފަރާތްތަކަށް އެވޯޑް ހަވާލުކޮށްފި

31 އޯގަސްޓު 2018
މަޓާޓޯ ގެސްޓް ހައުސް އެޑިޝަނަށް ހޮވުނު ފަރާތްތަކަށް އެވޯޑް ހަވާލުކޮށްފި
01 ޖޫން 2018

އޮމާން އެއަރގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށަނީ

01 ޖޫން 2018
އޮމާން އެއަރގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު