Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ފަލި ޖެހުމުގެ ރެކޯޑު ހަދާ މީހާ

މުޅި ދުނިޔެ ވަށާ ފަލި ޖެހުމުގެ ރެކޯޑު ހެދުމުގައި: ރާއްޖެއިން ފެނުނީ ހިތްހެޔޮކަމާއި އޯގާތެރިކަން

މިދިޔަ އަހަރުގެ ޖޫން މަހު ކާލިސް ވެގެން ގޮސްފައިވަނީ ދެކުނު އެމެރިކާއިން އޭޝިއާއަށް ފަލި ޖެހި ފުރަތަމަ މީހާއަށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 25 ފެބުރުއަރީ 2022 | ހުކުރު 15:54
ދުނިޔެ ވަށާ ފަލިޖެހުމަށް މަސައްކަތް ކުރާ މީހާ އޭނާގެ ރައްޓެއްސަކާއެކު ހުޅުމާލެ ފަޅުގައި ފަލި ޖަހަނީ

ދުނިޔެ ވަށާ ފަލިޖެހުމަށް މަސައްކަތް ކުރާ މީހާ އޭނާގެ ރައްޓެއްސަކާއެކު ހުޅުމާލެ ފަޅުގައި ފަލި ޖަހަނީ

ޔޫރަޕްގެ ޤައުމެއް ކަމަށްވާ ލަޓްވިއާއަށް އުފަން އުމުރުން 37 އަހަރުގެ ކާލިސް ބާޑިލިސް މުޅި ދުނިޔެ ވަށާ ދަތުރު ކުރަން ފަށާފައިވަނީ 2016 ވަނަ އަހަރު ނެމީބިއާ އިންނެވެ. އެއްވެސް އިންޖީނުލީ އުޅަނދެއް ބޭނުންނުކޮށް ދުނިޔެ ވަށާ ބުރު ޖެހުމުގެ ރެކޯޑް ޤާއިމުކުރުމަށް ކާލިސް ވަނީ އަޒާމު ހިފާފައެވެ. އަދި ކަނޑުމަގުން ދަތުރު ނުކުރެވޭ ޤައުމުތަކުގައި އޭނާ ދަތުރު ފަށަނީ ބައިސްކަލް ބޭނުންކޮށްގެންނެވެ.

2016 ވަނަ އަހަރު ދަތުރު ފެށުމަށްފަހު އޭނާ ވަނީ މިހާތަނަށް އެޓްލާންޓިކް އޯޝަނަށް ދަތުރުކޮށް ދެކުނު އެމެރިކާގައި ދަތުރުކުރުމަށްފަހު ޕެސިފިކް އޯޝަނުން ސްރީލަންކާ އާއި ހަމައަށް އައިސްފައެވެ. މިދިޔަ އަހަރުގެ ޖޫން މަހު އޭނާ ވެގެން ގޮސްފައިވަނީ ދެކުނު އެމެރިކާއިން އޭޝިއާއަށް ފަލި ޖެހި ފުރަތަމަ މީހާއަށެވެ. އޭނާ މެލޭޝިއާއަށް ދަތުރު ނިންމާލިއިރު މި ދަތުރުގައި އެއްކޮށް 715 ދުވަސް ވަނީ ވެފައެވެ. މެލޭޝިއާއަށް ދަތުރުކުރުމަށްފަހު ކޮވިޑާއި ގުޅިގެން ރިކޯޑު ޤާއިމުކުރުމަށްޓަކައި މި ފެށި ދަތުރު ހުއްޓާލަން ޖެހުނެވެ. އެއްއަހަރާއި ބައި މަޑުކުރުމަށްފަހު އޭނާ އަނެއްކާވެސް ދަތުރު ފެށީ މިއަހަރު ޖެނުއަރީ މަހުއެވެ.

ކާލީސް ދަތުރު ފެށީ މެލެޝިއާ އިން އިންޑޮނޭޝިއާއަށެވެ. އެއަށްފަހު ސްރީލަންކާއަށް ދަތުރުކޮށްފައިވާއިރު އޭނާއާއެކު އޭނާގެ ރައްޓެއްސަކު ވަނީ މި ދަތުރުގައި ބައިވެރިވެފައެވެ. ފަލި ޖެހުމުގެ ތަޖުރިބާ ހޯދުމަށް ނެކްސަސް އެކްސްޕެޑިޝަންގެ ފަރާތުން ޑިމީޓްރީ ކީފަރ އޭނާ އާއެކު ދިވެހިރާއްޖެއަށް ވަނީ ދަތުރުކޮށްފައެވެ. ރާއްޖެއެމްވީއާއި ވާހަކަދައްކަމުން ކާލިސް ބުނީ ރާއްޖެއަށް އައުމަށް 8 ދުވަހާއި 9 ގަޑީއިރު ނެގި ކަމަށެވެ. ރާއްޖެއަށް  ދަތުރުކުރުމަށް ފަލިޖެހީ އެ ދެމީހުން 8 ގަޑިއިރުން ގަޑި ބަހައިގެންކަމަށެވެ. ރާއްޖެއަށް ބޯޓު ވަތްއިރު އެއްވެސް ހުއްދައެއް ނެތުމާއެކު ފުލުހުން އޭނާ ހިފެއްޓި ކަމަށް ވެސް ބުންޏެވެ. އަދި ސެއިލިން ޓުއާރސްގެ އެހީތެރިކަމާއެކު ރާއްޖެއަށް އެތެރެވެވޭ ގޮތްވި ކަމަށް ބުންޏެވެ.

ރާއްޖެއެމްވީ އާއި ވާހަކަދައްކަމުން ޑިމީޓްރީ ބުނީ އޭނާ ފަލިޖެހުމުގެ ތަޖުރިބާ ހޯދީ މިފަދަ ރެކޯޑެއް ޤާއިމުކުރުމަށް ކަމަށެވެ. އެހެންނަމަވެސް އޭނާ ދަތުރުކުރަން ނިންމާފައިވަނީ ހުޅަނގު އެފްރިކާއިން ބްރެޒިލަށެވެ. ޑިމީޓްރީ ބުނީ ކާލިސްއާއެކު ލަންކާއިން ރާއްޖެ އާއި ހަމައަށް ދަތުރުކުރިއިރު ފަލިޖެހުމުގެ ތަޖުރިބާ ލިބިގެން ހިނގައްޖެ ކަމަށާއި ވަރަށް ގިނަ ކަންތައްތަކެއް ދަސްވި ކަމަށެވެ.

ކާލިސް މުޅި ދުނިޔެ ވަށާ ދަތުރުކުރުމަށް ގެންގުޅެނީ ކުޑަ ބޯޓެކެވެ. މި ބޯޓުގައި އޭނާ ކެއުމުގެ ގޮތް ހަމަޖައްސާ ގޮތާއި ބެހޭގޮތުން ސުވާލުކުރުމުން ބުނީ އޭނާ އަބަދުވެސް ދަތުރުގެ ފެށުމުގެ ކުރިން ވަރަށް ރަނގަޅަށް ތައްޔާރުވާ ކަމަށެވެ. އެގޮތުން ކެއިން ބުއިމަށް ބޭނުންވާ ކާބޯތަކެތި ހަމައަށް ބޯޓަށް އަރުވައިގެން ދަތުރު ފަށާ ކަމަށެވެ. ހެނދުނު އާންމުކޮށް އޭނަ އޯޓްސްކާއިރު މެންދުރަށް ކަނީ ޕެކެޓެއްގައި ބަންދުކޮށްފައި ހުންނަ ހަނޑުލާއި ތަރުކާރީއެވެ. އަދި އޭގެ ތެރެއަށް ފެން އެޅުމުން ބަތާއި ތަރުކާރީ އެއްކޮށްފައި ހުންނަ ރަނގަޅު ކެއުމަކަށް ބަދަލުވެގެންދާ ކަމަށް އޭނާ ބުންޏެވެ. ރޭގަނޑު ބައެއް ފަހަރު ޕްރޮޓީން ޝޭކް އޭނާ ބޮއެވެ. މީގެއިތުރުން ލޮނުފެން ރީތި ފެނަށް ބަދަލު ކޮށްދޭ ފިލްޓަރއެއް އެ ބޯޓުގައި ހަރުކޮށްފައި ހުރެއެވެ. ފެން ބޯނީ އެ ފިލްޓަރ މެދުވެރިކޮށެވެ.

ބޯޓުގައި ސަލާމަތީ ގޮތުން އަޅާފައިވާ ފިޔަވަޅުތަކާއި ބެހޭގޮތުން ކާލިސް ބުނީ ނެވިގޭޝަން ސިސްޓަމެއް ހަރުކުރެވިފައިވާ ކަމަށެވެ. އަދި ދަތުރުމަތީގައި ކަނޑުގައި ދަތުރުކުރާ ބޮޑެތި ޝިޕްތަކާއި ބޯޓުތައް ދެނެގަތުމަށް އޮޓަމެޓިކް ސިސްޓަމެއް ބޭނުންކުރާ ކަމަށެވެ. އަދި ބޮޑު ޝިޕެއް ނުވަތަ ބޯޓެއް ކައިރީގައި އުޅޭނަމަ އެ ބޯޓުތަކާއި ވާހަކަދެއްކުމަށް ވީއެޗްއެފް ރޭޑިއޯ ސިސްޓަމް ބޭނުންކުރާ ކަމަށެވެ. އަދި ސެޓަލައިޓް ފޯނު އޭނާ ބޭނުންކުރާ ކަމަށް ވެސް ކާލިސް ބުންޏެވެ.

ކާލިސް ބުނީ އޭނާ ހޭލަނީ ފަތިހު ފަހެއް ޖަހާއިރު ކަމަށެވެ. އަދި އެއަށްފަހު 05:30 ގައި ފަލިޖަހަން ފަށާ ކަމަށެވެ. 07:30 އިން 08:00 އަށް ހެނދުނުގެ ނާސްތާ ނެގުމަށްފަހު އަނެއްކާވެސް މެންދުރު 12:00 ޖަހަންދެން އޭނާ ފަލި ޖަހަނީއެވެ. އަދި މެންދުރު 12:00 އިން 13:00 އަށް މެންދުރުގެ ކެއުން ކަނީއެވެ. އެއަށްފަހު ރޭގަނޑު 20:00 ޖަހަންދެން އޭނާ ފަލިޖަހައެވެ. އެ ގަޑީގެ ތެރޭގައި 15 މިނެޓްގެ ބްރޭކްތައް އޭނާ ނަގައެވެ. ރޭގަނޑު 20:30 ގައި އޭނާ އާންމުކޮށް ނިދައެވެ. އަދި ބޯޓު އޮޔާދާން ދޫކޮށްލައެވެ. އޭނާ ބުނީ ބޯޓު އޮޔާދާއިރު ވެސް ރަނގަޅު މިސްރާބަށް ބޯޓު ދޭތޯ ކަށަވަރު ކުރާ ކަމަށެވެ.

ކާލިސް އާއި ޑިމީޓްރީ ބުނީ ލަންކާއިން ރާއްޖެއަށް ގާތްގަޑަކަށް 800 ކިލޯމީޓަރު ދަތުރުކުރިއިރު ވެސް މަދު ބޯޓެއް ފިޔަވައި އެއްވެސް މީހަކު ކަނޑުމަތިން ނުފެންނަ ކަމަށެވެ. އަދި ރާއްޖެއަށް ދަތުކުރަމުން ދިޔައިރު ނޫ ކަނޑު ފިޔަވައި އެހެން އެއްވެސް ތަނެއް ނުފެންނަ ކަމަށެވެ. އެކަމަކު ރާއްޖެއަށް އައުމަށްފަހު ބަނދަރު ކުރުމުން މިތަނުގެ ކަންތައްތައް ފެނި އަޖައިބުވި ކަމަށް އެ ދެމީހުން ބުންޏެވެ. ޓެކްސީތަކާއި މީހުން ހެލިފެލިވެ އުޅޭ މަންޒަރު ފެނިގެންދިޔައެވެ. އެދެމީހުން ބުނީ ރާއްޖެއިން ހައިރާން ކުރުވި ކަމެއް ފެނުނު ކަމަށެވެ. އެހެން ޤައުމުތަކުގެ މީހުންނާއި އަޅާ ބަލާއިރު ދިވެހިންގެ ހިތް ހެޔޮކަމާއި އޯގާތެރިކަން ކަމަށެވެ. އެމީހުން ރާއްޖެ ސިފަކޮށްފައިވަނީ އެމީހުންނަށް މަރުހަބާ ކިޔުމަށް ތައްޔާރަށް އޮތް ޤައުމެއްގެ ގޮތަށެވެ. އަދި އެހެން މީހުން ވެސް ބުނާފަދައިން އެމީހުން ރާއްޖެ ސިފަކުރީ "ޕެރެޑައިސް" އެއް ގޮތަށެވެ.

މުޅި ދުނިޔެ ވަށާ ދަތުރުކުރުމުގެ ރެކޯޑް ހެދުމަށް ކާލިސް މަސައްކަތްކުރާއިރު ރާއްޖެއިން އޭނާ ހޮނިހިރު ދުވަހު ފުރައިގެންދާނީ އެކަންޏެވެ. އޭނާގެ މި ދަތުރުގެ 75 އިންސައްތަ މިހާރު ފުރިހަމަވެފައިވާއިރު ދަތުރު ނިންމުމަށް ހަމަޖެހިފައިވަނީ، ދަތުރު ފެށި ޤައުމު ނެމީބިއާ އިންނެވެ. މުޅި ދުނިޔެ ވަށާ ފަލި ޖެހުމުގެ ރެކޯޑު ޤާއިމުކުރުމަށްފަހު ކާލިސް ބުނީ މިފަދަ ތަފާތު އެތައް ކަމެއް ކުރުމަށް އޭނާ ވިސްނާފައިވާ ކަމަށެވެ. އެހެންނަމަވެސް އިހަށް އޭނާގެ ވިސްނުން ހުރީ 2016 ވަނަ އަހަރު ފެށި މި ދަތުރު ކާމިޔާބު ކުރުމަށް ކަމަށެވެ. ކާލިސް ބުނީ އޭނާ ރާއްޖެއިން ފުރައިގެން ދަނީ ދިވެހިންގެ ފަރާތުން ފެނުނު ހިތްހެޔޮކަމާއި އޯގާތެރިކަން ހިތުގެ ތެރޭގައި ބާއްވައިގެން ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"މޭކް އަވަރ ޕްލެނެޓް ގްރޭޓް އަގެއިން" – ޓްރަމްޕްގެ ނިންމެވުމާ އެކު ދުނިޔެ ކެކެނީ!

"މޭކް އަވަރ ޕްލެނެޓް ގްރޭޓް އަގެއިން" – ޓްރަމްޕްގެ ނިންމެވުމާ އެކު ދުނިޔެ ކެކެނީ!

03 ޖޫން 2017
ޕްރޮފައިލް: އުމަރު ބިން އަލް ޚައްތާބު – އިސްލާމީ ދުނިޔެ ދުށް ނަމޫނާ ލީޑަރެއް

ޕްރޮފައިލް: އުމަރު ބިން އަލް ޚައްތާބު – އިސްލާމީ ދުނިޔެ ދުށް ނަމޫނާ ލީޑަރެއް

02 ޖޫން 2017
ފަސް ފަނޑިޔާރުންގެ އަތްޕުޅަށް މުޅި ދައުލަތް، "ޖުޑިޝަލް ޑިކްޓޭޓާޝިޕް" އަކަށް؟!

ފަސް ފަނޑިޔާރުންގެ އަތްޕުޅަށް މުޅި ދައުލަތް، "ޖުޑިޝަލް ޑިކްޓޭޓާޝިޕް" އަކަށް؟!

24 މެއި 2017
"މީ ވީގޮތޭ، އަދުބަދަލުވެއްޖެޔޭ، މުޅިޒަމާން"

"މީ ވީގޮތޭ، އަދުބަދަލުވެއްޖެޔޭ، މުޅިޒަމާން"

15 މެއި 2017
އާރާއިބާރު ޖަމާކޮށް، ދުނިޔެ ފަހާ ދުވާ ފަރާތްތަކަށް ނަސޭހަތެއް!

އާރާއިބާރު ޖަމާކޮށް، ދުނިޔެ ފަހާ ދުވާ ފަރާތްތަކަށް ނަސޭހަތެއް!

22 މާރިޗު 2017

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު