Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބިދޭސީންގެ މައްސަލަ ޙައްލުކުރުން

ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 11 ބިދޭސީންނާއި ހަށިވިއްކާ 46 ބިދޭސީއެއް ޑީޕޯޓުކޮށްފި

ފުލުހުން ވަނީ ބިދޭސީން އެކި ކުށްތަކުގައި ޙަރަކާތްތެރިވުމާއި ގުޅޭ 18 މައްސަލައެއް ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ހިއްސާކޮށްފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 23 ފެބުރުއަރީ 2022 | ބުދަ 08:57
ރަސްމީ ލިޔެކިޔުން ނެތް ބިދޭސީ މަސައްކަތްތެރިންގެ މައްސަލައާއި ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ކަމާއި ގުޅުންހުރި އިދާރާތަކާއި ބައްދަލުކުރެއްވުން

ރަސްމީ ލިޔެކިޔުން ނެތް ބިދޭސީ މަސައްކަތްތެރިންގެ މައްސަލައާއި ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ކަމާއި ގުޅުންހުރި އިދާރާތަކާއި ބައްދަލުކުރެއްވުން

ކަޅު ބާޒާރުގައި ޑޮލަރުވިއްކާ 11 ބިދޭސީންނާއި ހަށިވިއްކާ ވިޔަފާރީގައި ޙަރަކާތްތެރިވާ 46 ބިދޭސީއެއް ޑީޕޯޓު ކޮށްފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

ފުލުހުން ވަނީ ބިދޭސީން އެކި ކުށްތަކުގައި ޙަރަކާތްތެރިވުމާއި ގުޅޭ 18 މައްސަލައެއް ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ހިއްސާކޮށްފައެވެ. އެކަމާ ގުޅޭގޮތުން ބުދަ ދުވަހު އޮތް ކޮމިޓީގައި ވާހަކަ ދައްކަވަމުން އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު އަހުމަދު (ހަނަފީ) ވިދާޅުވީ، ފުލުހުންނާއި ގުޅިގެން ހިންގި ޓާގެޓަޑް އޮޕަރޭޝަންތަކެއްގައި ކަޅު ބާޒާރުގައި ލާރި މާރުކުރުމާއި ގުޅޭ މައްސަލަތަކުގައިވެސް 11 ބިދޭސީއެއް ދާދި ފަހުންވެސް ޑީޕޯޓު ކޮށްފައިވާ ކަމަށެވެ.

ހަމައެއާއެކު، ހަށިވިއްކުމުގެ ވިޔަފާރީގައި އުޅޭ 46 ބިދޭސީއެއްވެސް ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ފުރުވާލެވިފައިވާކަން ފާހަގަ ކުރައްވައި ހަނަފީ ވިދާޅުވީ، މިއީ އާންމުކޮށް ހިނގާ ކަންކަމަށް ވުމާއެކު، ފުލުހުންގެ އިންޓެލިޖެންސްގެ އަލީގައި ޖޮއިންޓް އޮޕަރޭޝަންތަކެއް ކޮންމެ ހަފްތާއެއްގައިވެސް ކުރިއަށް ގެންދަވާ ކަމަށެވެ.

ރާއްޖޭގައި އުޅޭ ބިދޭސީން ކުށްތަކަށް އަރައިގަންނަ މައްސަލަތައް ގިނަވެފައިވާއިރު، ރާއްޖޭގައި ބަނގުރާ ވިއްކުމާއި އޭގެން ވިޔަފާރި ކުރުމާއި ގުޅޭ މައްސަލަތަކުގައި 525 ބިދޭސީއަކު ޙަރަކާތްތެރިވާކަން ފާހަގަކުރެވިފައިވާ ކަމަށާއި، ޑްރަގް ޓްރެފިކް ކުރުމާއި ގުޅޭ މައްސަލަތަކުގައިވެސް 146 ބިދޭސީއަކު ބައިވެރިވެފައިވާކަމަށް ފުލުހުން ވަނީ ދާދި ފަހުން ހާމަކޮށްފައެވެ.

މިކަމާއި ގުޅޭ ގޮތުން ރާއްޖެއެމްވީއާއި ވާހަކަދައްކަވަމުން އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު އަހުމަދު (ހަނަފީ) ވިދާޅުވީ، ހުޅުމާލޭގައި މިހާރު ޤާއިމު ކުރަމުންދާ ޑިޓެންޝަން ފެސިލިޓީގެ މަސައްކަތް މިހާރު އޮތީ ނިމުމުގެ މަރުޙަލާގައި ކަމަށެވެ. އެތަނުގެ މަސައްކަތް ނިމުމުން މި މަސައްކަތަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށް ހަނަފީ ވިދާޅުވިއެވެ. އެގޮތުން ގާތްގަނޑަކަށް 200 އަށް ވުރެ ގިނަ މީހުންގެ ޖާގައިގެ މި ޑިޓެންޝަންގެ މަސައްކަތް މަހެއްހާ ދުވަސް ތެރޭގައި ނިންމާލެވޭނެކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާކަމަށް ހަނަފީ ވިދާޅުވިއެވެ.

އެކަމާ ގުޅޭގޮތުން ކޮމިޓީގައި ދެއްކެވި ވާހަކަފުޅުގައި ހަނަފީ ވިދާޅުވީ، ޑިޓެންޝަންގައި ތިބޭ މީހުން ފުރުވާލުމަށް އާންމު ގޮތެއްގައި 7 ދުވަހާއި 15 ދުވަހުގެ މުއްދަތެއް ނަގާ ކަމަށެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި މިދިޔަ 3 އަހަރު ތެރޭގައި ހަމައެކަނި މަސްތުވާތަކެތި ޓްރެފިކް ކުރުމާއި ގުޅުންހުރި 41 ބިދޭސީއަކު ހިމެނެއެވެ. އަދި މާލޭގެ ޑްރަގް ކެފޭތަކުން އާންމުކޮށް ހިދުމަތް ހޯދާ 1118 ދިވެހީންގެ އިތުރުން، 139 ބިދޭސީއަކުވެސް ފާހަގަކުރެވިފައިވާކަމަށް ފުލުހުން ވަނީ މީޑިއާތަކަށް ވަނީ ހިއްސާކޮށްފައެވެ.

ބިދޭސީންއިމިގްރޭޝަން

އިތުރަށް ކިޔާލަން

04 ޑިސެމްބަރު 2025

ޝަރީއަތް ކުރިއަށްދާ ޝަމްއާނުގެ މައްސަލައިގައި ވީޑިއޯ ފުޓޭޖުގެ ވާހަކަ ހެކިވެރިއަކު ދެއްކުމުން އިހުސާން ހިތްހަމަނުޖެހިއްޖެ

04 ޑިސެމްބަރު 2025
ޝަރީއަތް ކުރިއަށްދާ ޝަމްއާނުގެ މައްސަލައިގައި ވީޑިއޯ ފުޓޭޖުގެ ވާހަކަ ހެކިވެރިއަކު ދެއްކުމުން އިހުސާން ހިތްހަމަނުޖެހިއްޖެ
23 ސެޕްޓެމްބަރު 2025

ރާއްޖެ އިސްލާމްވިތާ 900 އަހަރު: މުނާސަބަތަކީ މިޖީލުގެ ދިވެހީންނާ ބައްދަލުވާނޭ އެންމެ ހައިބަވަންތަ، އެންމެ ތާރީޚީ ދުވަސް - ރައީސް

23 ސެޕްޓެމްބަރު 2025
ރާއްޖެ އިސްލާމްވިތާ 900 އަހަރު: މުނާސަބަތަކީ މިޖީލުގެ ދިވެހީންނާ ބައްދަލުވާނޭ އެންމެ ހައިބަވަންތަ، އެންމެ ތާރީޚީ ދުވަސް - ރައީސް
07 އޯގަސްޓު 2025

" އިނގިރޭސިވިލާތުގައި ޖިންސީ ގޯނާގެ މައްސަލަ އެއްގައި ދިވެއްސަކަށް ޙުކުމް ކުރި ކަމަށް ބުނެ ފެތުރެނީ ދޮގެއް " : އިމިގްރޭޝަން

07 އޯގަސްޓު 2025
" އިނގިރޭސިވިލާތުގައި ޖިންސީ ގޯނާގެ މައްސަލަ އެއްގައި ދިވެއްސަކަށް ޙުކުމް ކުރި ކަމަށް ބުނެ ފެތުރެނީ ދޮގެއް "  : އިމިގްރޭޝަން
12 ޖުލައި 2025

ބިދޭސީންގެ ނުފޫޒު އޮތް ކަމަށް ބެލެވޭ ވިޔަފާރިތަކެއް ބަލައިފާސްކޮށް، ގަވައިދާ ހިލާފަށް އުޅުނު ބިދޭސީންތަކެއް އަތުލައިގެންފި

12 ޖުލައި 2025
ބިދޭސީންގެ ނުފޫޒު އޮތް ކަމަށް ބެލެވޭ ވިޔަފާރިތަކެއް ބަލައިފާސްކޮށް، ގަވައިދާ ހިލާފަށް އުޅުނު ބިދޭސީންތަކެއް އަތުލައިގެންފި
03 ޖުލައި 2025

ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 15 ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި

03 ޖުލައި 2025
ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 15 ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު