Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޑްރަގް ވިޔަފާރީގައި ބިދޭސީން

އެކި ކުށްތަކުގައި ގެންނަ ބިދޭސީން ބައިތިއްބާ ޑިޓެންޝަންގެ ޖާގަ ނެތުމުން ބޮޑެތި ގޮންޖެހުންތައް ކުރިމަތިވޭ: ހަނަފީ

23 ފެބުރުއަރީ 2022 | ބުދަ 06:38

ބަނގުރާ ވިއްކުމާއި އޭގެން ވިޔަފާރި ކުރުމާއި ގުޅޭ މައްސަލަތަކުގައި 525 ބިދޭސީއަކު ޙަރަކާތްތެރިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 23 ފެބުރުއަރީ 2022 | ބުދަ 06:38
އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު އަހުމަދު (ހަނަފީ)

އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު އަހުމަދު (ހަނަފީ)

މަސްތުވާތަކެއްޗާއި ގުޅުން ހުރި މައްސަލަތަކާއި އެހެނިހެން ޖިނާއީ ކުށްތަކުގައި ގެންނަ ބިދޭސީން އިމިގްރޭޝަންގެ ޤާނޫނާއި ޚިލާފުވެގެން ފުރުވާލެވެންދެން ބައިތިއްބަން ހަމަޖެހިފައިވާ ޑިޓެންޝަން ފެސިލިޓީގައި ޖާގަ ނެތުމުން ބޮޑެތި ގޮންޖެހުންތައް ކުރިމަތިވާކަމަށް އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު އަހުމަދު (ހަނަފީ) ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ބަނގުރާ ވިއްކުމާއި އޭގެން ވިޔަފާރި ކުރުމާއި ގުޅޭ މައްސަލަތަކުގައި 525 ބިދޭސީއަކު ޙަރަކާތްތެރިވާކަން ފާހަގަކުރެވިފައިވާ ކަމަށާއި، ޑްރަގް ޓްރެފިކް ކުރުމާއި ގުޅޭ މައްސަލަތަކުގައިވެސް 146 ބިދޭސީއަކު ބައިވެރިވެފައިވާކަމަށް ފުލުހުން ވަނީ ދާދި ފަހުން ހާމަކޮށްފައެވެ. ޑްރަގް އޮޕަރޭޝަންތަކުގެ މައުލޫމާތުތައް މީޑިއާތަކަށް ހިއްސާ ކުރުމަށް ބޭއްވި ޚާއްސަ ހަރަކާތުގައި ފުލުހުން ބުނެފައިވަނީ މިއީ 2015 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރުގެ ނިޔަލަށް ފާހަގަ ކުރެވޭ ތަފާސްހިސާބު ކަމަށެވެ.

މިކަމާއި ގުޅޭ ގޮތުން ރާއްޖެއެމްވީއާއި ވާހަކަދައްކަވަމުން އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު އަހުމަދު (ހަނަފީ) ވިދާޅުވީ، އެކަހަލަ ކުށްތަކުގައި ފުލުހުން ގެންނަ މީހުން އިމިގްރޭޝަނުން ޑީޕޯޓު ކުރަމުންގެންދާ ކަމަށެވެ. އެގޮތުން ފުލުހުން އެފަދަ މީހުން ހައްޔަރު ކުރުމަށްފަހު ޙަވާލު ކުރާ ހިސާބުން އެމަސައްކަތް ކުރިއަށްގެންދާނެކަމަށާއި، ފުލުހުންނާއި ގުޅިގެންވެސް ތަފާތު އެކި އޮޕަރޭޝަންތައް ހިންގާ ކަމަށް ހަނަފީ ވިދާޅުވިއެވެ.

މިސާލެއްގެ ގޮތުން ބިދޭސީން ރާއްޖޭގައި ޑްރަގް ވިޔަފާރި ކުރުމާއި، ހަށިވިއްކުމުގެ ވިޔަފާރި ކުރުން ފަދަ މައްސަލަތަކުގައި ފުލުހުންނާއި ގުޅިގެން ހިންގޭ ޚާއްސަ އޮޕަރޭޝަންތަކުގައި މީހުން ޑީޕޯޓު ކުރަމުންދާކަމަށް ހަނަފީ ވިދާޅުވިއެވެ.

ހަނަފީ ވިދާޅުވީ، އެކަށީގެންވާ ޖާގައިގެ ޑިޓެންޝަން ފެސިލިޓީއެއް ނެތުމުން އެކަމުގެ ގޮންޖެހުންތައް އެ މަސައްކަތަށް ކުރިމަތިވާ ކަމަށެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް ޖިނާއީ އެކި ކަހަލަ ކުށްތަކުގައި މީހުން ގެންނައިރު، މިހާރު ހުޅުމާލޭ ޖަލުގައި ހުންނަ ޑިޓެންޝަން ސެންޓަރުގައި ހުންނަނީ 45 މީހުންގެ ޖާގަކަމަށް ހަނަފީ ވިދާޅުވިއެވެ.

އިމިގްރޭޝަންގެ ގާނޫނާއި ހިލާފުވެގެން ފުރުވާލެވެންދެން ބަންދުގައި ތިބޭ މީހުން ބަލަހައްޓާ ޑިޓެންޝަން ސެންޓަރެއްގެ ގޮތުގައި ހުޅުމާލޭ ޖަލުގައި ހުންނަ ޑިޓެންޝަން ސެންޓަރުގައި އަލަށް ހެދި ޔުނިޓް ހުޅުވާފައިވަނީ 10 އޭޕްރީލް 2019 ގައެވެ.

ހަނަފީ ވިދާޅުވީ، ހުޅުމާލޭގައި މިހާރު ޤާއިމު ކުރަމުންދާ ޑިޓެންޝަން ފެސިލިޓީގެ މަސައްކަތް މިހާރު އޮތީ ނިމުމުގެ މަރުޙަލާގައި ކަމަށެވެ. އެތަނުގެ މަސައްކަތް ނިމުމުން މި މަސައްކަތަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށް ހަނަފީ ވިދާޅުވިއެވެ. އެގޮތުން ގާތްގަނޑަކަށް 200 އަށް ވުރެ ގިނަ މީހުންގެ ޖާގައިގެ މި ޑިޓެންޝަންގެ މަސައްކަތް މަހެއްހާ ދުވަސް ތެރޭގައި ނިންމާލެވޭނެކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާކަމަށް ހަނަފީ ވިދާޅުވިއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި މިދިޔަ 3 އަހަރު ތެރޭގައި ހަމައެކަނި މަސްތުވާތަކެތި ޓްރެފިކް ކުރުމާއި ގުޅުންހުރި 41 ބިދޭސީއަކު ހިމެނެއެވެ. އަދި މާލޭގެ ޑްރަގް ކެފޭތަކުން އާންމުކޮށް ހިދުމަތް ހޯދާ 1118 ދިވެހީންގެ އިތުރުން، 139 ބިދޭސީއަކުވެސް ފާހަގަކުރެވިފައިވާކަމަށް ފުލުހުން ވަނީ މީޑިއާތަކަށް ވަނީ ހިއްސާކޮށްފައެވެ.

މަސްތުވާތަކެތިބިދޭސީންއިމިގްރޭޝަން

އިތުރަށް ކިޔާލަން

04 ޑިސެމްބަރު 2025

ޝަރީއަތް ކުރިއަށްދާ ޝަމްއާނުގެ މައްސަލައިގައި ވީޑިއޯ ފުޓޭޖުގެ ވާހަކަ ހެކިވެރިއަކު ދެއްކުމުން އިހުސާން ހިތްހަމަނުޖެހިއްޖެ

04 ޑިސެމްބަރު 2025
ޝަރީއަތް ކުރިއަށްދާ ޝަމްއާނުގެ މައްސަލައިގައި ވީޑިއޯ ފުޓޭޖުގެ ވާހަކަ ހެކިވެރިއަކު ދެއްކުމުން އިހުސާން ހިތްހަމަނުޖެހިއްޖެ
23 ސެޕްޓެމްބަރު 2025

ރާއްޖެ އިސްލާމްވިތާ 900 އަހަރު: މުނާސަބަތަކީ މިޖީލުގެ ދިވެހީންނާ ބައްދަލުވާނޭ އެންމެ ހައިބަވަންތަ، އެންމެ ތާރީޚީ ދުވަސް - ރައީސް

23 ސެޕްޓެމްބަރު 2025
ރާއްޖެ އިސްލާމްވިތާ 900 އަހަރު: މުނާސަބަތަކީ މިޖީލުގެ ދިވެހީންނާ ބައްދަލުވާނޭ އެންމެ ހައިބަވަންތަ، އެންމެ ތާރީޚީ ދުވަސް - ރައީސް
07 އޯގަސްޓު 2025

" އިނގިރޭސިވިލާތުގައި ޖިންސީ ގޯނާގެ މައްސަލަ އެއްގައި ދިވެއްސަކަށް ޙުކުމް ކުރި ކަމަށް ބުނެ ފެތުރެނީ ދޮގެއް " : އިމިގްރޭޝަން

07 އޯގަސްޓު 2025
" އިނގިރޭސިވިލާތުގައި ޖިންސީ ގޯނާގެ މައްސަލަ އެއްގައި ދިވެއްސަކަށް ޙުކުމް ކުރި ކަމަށް ބުނެ ފެތުރެނީ ދޮގެއް "  : އިމިގްރޭޝަން
12 ޖުލައި 2025

ބިދޭސީންގެ ނުފޫޒު އޮތް ކަމަށް ބެލެވޭ ވިޔަފާރިތަކެއް ބަލައިފާސްކޮށް، ގަވައިދާ ހިލާފަށް އުޅުނު ބިދޭސީންތަކެއް އަތުލައިގެންފި

12 ޖުލައި 2025
ބިދޭސީންގެ ނުފޫޒު އޮތް ކަމަށް ބެލެވޭ ވިޔަފާރިތަކެއް ބަލައިފާސްކޮށް، ގަވައިދާ ހިލާފަށް އުޅުނު ބިދޭސީންތަކެއް އަތުލައިގެންފި
03 ޖުލައި 2025

ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 15 ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި

03 ޖުލައި 2025
ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 15 ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި
03 ޖުލައި 2025

ކެފޭއެއް ބަލައި ފާސްކޮށް، ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 5 ބިދޭސީން ހައްޔަރުކޮށްފި

03 ޖުލައި 2025
ކެފޭއެއް ބަލައި ފާސްކޮށް، ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 5 ބިދޭސީން ހައްޔަރުކޮށްފި
30 ޖޫން 2025

"އޮޕަރޭޝަން ހަމަމަގު" ގެ ދަށުން ހައްޔަރުކުރީ 83 ބިދޭސީން

30 ޖޫން 2025
"އޮޕަރޭޝަން ހަމަމަގު" ގެ ދަށުން ހައްޔަރުކުރީ 83 ބިދޭސީން
29 ޖޫން 2025

އިމިގްރޭޝަންގެ ގުދަނަކުން ވައްކަންކުރި ދިވެއްސަކު ހައްޔަރުކޮށްފި

29 ޖޫން 2025
އިމިގްރޭޝަންގެ ގުދަނަކުން ވައްކަންކުރި ދިވެއްސަކު ހައްޔަރުކޮށްފި
25 ޖޫން 2025

މި އަހަރުގެ އެންމެ ބޮޑު އެއް ރެއިޑު، "އޮޕަރޭޝަން ހަމަމަގު" އައްޑޫ ސިޓީގައި ފަށައިފި

25 ޖޫން 2025
މި އަހަރުގެ އެންމެ ބޮޑު އެއް ރެއިޑު، "އޮޕަރޭޝަން ހަމަމަގު" އައްޑޫ ސިޓީގައި ފަށައިފި
13 މެއި 2025

ކުރީގެ ކޮންޓްރޯލާ، ޝަމްއާން ހިމެނޭހެން ފަސް މީހަކަށް ދައުވާ ކުރަން ފޮނުވައިފި

13 މެއި 2025
ކުރީގެ ކޮންޓްރޯލާ، ޝަމްއާން ހިމެނޭހެން ފަސް މީހަކަށް ދައުވާ ކުރަން ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް