Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނަދީމްގެ މަރުގެ މައްސަލަ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު

މަފާޒު ޙުސައިން ސަލީމްގެ މައްޗަށް ވަނީ ތޫނު އެއްޗަކުން ހަމަލާދީ މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 22 ފެބުރުއަރީ 2022 | އަންގާރަ 08:11
ނަދީމް މަރާލި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި ވަނީ ކުރިއަށް ގެންގޮސްފައި

ނަދީމް މަރާލި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި ވަނީ ކުރިއަށް ގެންގޮސްފައި

ހއ. ތަކަންދޫ އިބްރާހީމީ ހިޔާ، އުމުރުން 23 އަހަރުގެ ނަދީމު ޢަބްދުއްރަޙީމް އަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

ނަދީމް މަރާލި މައްސަލައިގައި، ގ. ޝާރާޒް، މުޙައްމަދު މަފާޒު ޙުސައިން ސަލީމްގެ މައްޗަށް ވަނީ ތޫނު އެއްޗަކުން ހަމަލާދީ މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައެވެ. އަދި ތޫނު އެއްޗެއް ބޭނުންކޮށްގެން، ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވި ކަމުގެ ކުށުގެ ދައުވާ, ރ. އިންނަމާދޫ ސަމަންތާ, ޙުސައިން ޝާމިންއާއި ގއ. ގެމަނަފުށި ހަވާސް, މުޙައްމަދު ކަރަމް ސުހައިލް, އަދި ލ. ގަން ވިދާތަރި, ޢަލީ ނިފާޒުގެ މައްޗަށް އުފުލާފައިވެއެވެ. މި ހަތަރު މީހުން ވެސް ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ.

Advertisement - newsAdvertisement

ކްރިމިނަލް ކޯޓުގައި މި މައްސަލަ ކުރިއަށް ގެންދަވަނީ ގާޒީ ހުސައިން ފާއިޒް ރަޝާދެވެ.

މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ވަނީ ހެކިބަހާއި ގުޅޭގޮތުން ވާހަކަދައްކާފައެވެ. އަންގާރަ ދުވަހުގެ އަޑުއެހުމަކީ މި މައްސަލައިގެ ޚުލާސާ ބަޔާން ހުށައެޅުމަށް ބޭއްވި އަޑުއެހުމެކެވެ. ފުރަތަމަ ދައުލަތުން ވަނީ ދައުވާ ލިބޭ 4 މީހުންގެ މައްޗަށްވެސް އެކުއެކީގައި ޚުލާސާ ބަޔާން އިއްވާފައެވެ. މި މައްސަލައިގަައި ދައުވާ ލިބޭ ކުޑަކުއްޖެއްގެ މައްސަލަ ވަކިން ޖުވެނައިލް ކޯޓުގައި ކުރިއަށްދެއެވެ.

ދައުވާގައިވާ ގޮތުން މަފާޒަކީ ނަދީމަށް ހަމަލާދިން މީހާއެވެ. މަފާޒްއާއެކު އަލީ ނިފާޒް ކެފޭތެރެއަށް ވަދެފައިވާކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ. ނަމަވެސް ނަދީމަށް ޙަމަލާ ދީފައިވަނީ މަފާޒެވެ. އެއަށްފަހު ދެމީހުން އެކުއެކީގައި ކެފޭ ތެރެއިން ނުކުމެގެން ދިޔަކަމަށް ސިއްރު ހެކިވެރިއަކާއި ޙަވާލާދީ ޚުލާސާ ބަޔާނުގައި ދައުލަތުން ފާހަގަކުރިއެވެ.

ދެން ތިބި މީހުންނަކީ ސައިކަލުތަކުގައި އެތަނަށް ގޮސް، އެކަމުގައި ބައިވެރިވި މީހުން ކަމަށް ދައުލަތުން ވަނީ ފާހަގަކޮށްފައެވެ. 

ޚުލާސާ ބަޔާން އިއްވަވަމުން ދައުލަތުން ވަނީ ނަދީމްގެ ބޮލުގެ ވައަތް ފަރާތަށް ތޫނު އެއްޗަކުން ޙަމަލާ ދިނުމުގެ ސަބަބުން ސިކުނޑިއަށް އޭގެ އަސަރު ކޮށްފައިވާކަމަށް ޑޮކްޓަރުން ވިދާޅުވި ކަމަށެވެ. އޭނާއަށް ދީފައިވަނީ އެފަދަ ޙާލަތެއްގައި ދޭންޖެހޭ ފަރުވާ ކަމަށާއި، އޭނާ މަރުވީ އަނިޔާތަކުގެ ސަބަބުން "ސެރެބްރަލް އެޑީމާ" (ސިކުނޑި ދުޅަވުން) އާއި "ސެރެބްރަލް ހާނިއަރ" (ބޮލުގެ ނާށިގަނޑުގެ ބޭރަށް ސިކުނޑީގެ ބައެއް ނުކުތުން) މެދުވެރިވެގެން ކަމަށް ޑޮކްޓަރުން ފާހަގަ ކޮށްފައިވެއެވެ.

މި މައްސަލައިގައި ދައުލަތުން 11 ސިއްރު ހެކިވެރިއެއް ހުށައެޅި ނަމަވެސް އެ ހުރިހާ ހެކިންގެ ހެކިބަސް ނެގިފައެއް ނުވެއެވެ. ދައުލަތުން އެކަމުގެ ސަބަބެއްގެ ގޮތުގައި ފާހަގަކުރެއްވީ ހެކި ވެރިންނަށް ނުފޫޒު ފޯރުވާ ކަމާއި، އެކަމުގެ އިންޓެލިޖެންސް މައުލޫމާތުވެސް ލިބިފައިވާކަމެވެ. އެގޮތުން މަފާޒް ޙަމަލާ ދިން ތަން ފެނުނުކަމަށް ބުނެ ހެކިބަސް ދިން 2 ސިއްރު ހެކިވެރިއަކުވެސް ފަހުން ވަނީ އެހެން އެމީހުންނަށް ބުނެވުނީ އޮޅުމަކުން ކަމަށް ބަޔާންކޮށް އެއް އިބާރަތްތަކެއް ހިމެނޭ ސިޓީއެއް ކޯޓަށް ހުށައަޅާފައެވެ. ނަމަވެސް ދައުލަތުން ވަނީ އެއީ ހެކިންނަށް ނުފޫޒު ފޯރުވުމުގެ ސަބަބުން ފޮނުވާފައިވާ ސިޓީތަކެއްކަމަށްވުން އެކަށީގެންވާކަން ފާހަގަކުރައްވައި، ސިއްރު ހެކިވެރިން ތަހުގީގަށް ދީފައިވާ ބަޔާންތަކާއި އެއާއި ގުޅުވާލެވޭ ހެކިތަކަށް މި މައްސަލަ ނިންމަވާއިރު ރިއާޔަތް ކޮށްދެއްވުމަށް އެދިލައްވާފައެވެ.

ދައުވާ ލިބޭ ފަރާތްތަކުގެ ވަކީލު ނޫރުއްސަލާމް ވިދާޅުވީ، މި ޙާދިސާ ހިނގި ސީންއަށް އެންމެ ފުރަތަމަ ހާޒިރުވި 2 ފުލުހުން ދީފައިވާ ހެކިބަހަށް ބަލާއިރު، ގިނަ އަދަދެއްގެ މީހުން މޭޒެއްގެ ދޮށުގައި ތިބިކަމަށް ބުނެފައިވާ ކަމަށާއި، ފުލުހުން އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު މީހަކަށް ނުވަދެވޭ ގޮތަށް އެތަން ބަންދުކުރިއިރު ރެސްޓޯރަންޓު މަތީގައި ޚިދުމަތް ލިބިގަންނަން ތިބި ފަރާތްތަކަށް ނުކުމެވޭ ގޮތަށް އިންތިޒާމު ހަމަޖައްސާފައި އޮތް ކަމަށެވެ. އަދި އޭރު އެތަނުގައި ތިބި ގިނަ އަދަދެއްގެ މީހުންނަކީ އެ ޙާދިސާ ލޮލަށް ފެނުނު މީހުންނަށް ވުމުގެ އިހުތިމާލު އޮތް ކަމަށާއި، އެކަމުގައި ބައިވެރިވި ފަރާތެއް ހުރުމުގެ އިހުތިމާލުވެސް އޮތް ކަމަށެވެ. މި އެންމެން ފޮނުވާލިއިރު އެމީހުންގެ ނަން ނޯޓުކޮށްފައިނުވާކަން ވަކީލު ނޫރުއްސަލާމް ފާހަގަ ކުރެއްވިއެވެ.

ނޫރުއްސަލާމް ވިދާޅުވީ، ތަހުގީގުގެ މި ފިޔަވަޅު ދޫކޮށްލުމުގެ ސަބަބުން ތަހުގީގުގެ ވަރަށް ބޮޑު ބައެއް ގެއްލިގެން ގޮސްފައިވާ ކަމަށެވެ.

ވަކީލު ވިދާޅުވީ، ޙާދިސާ ހިނގި ތަނުގައި ތިބި ކަމަށް 9 ހެކިވެރިއަކު ހެކިބަސް ދީފައިވާ ކަމަށާއި، އޭގެ ތެރެއިން 2 މީހަކު ފިޔަވަައި އެންމެންގެ ހެކި ބަހުންވެސް އެނގެނީ މޫނު ނިވާކޮށްގެން ތިބި ބަޔަކު މިކަމުގައި ހިމެނޭކަން ކަމަށާއި، ދައުވާ ލިބޭ އެއްވެސް މީހެއް އެތަނުން ފެނުނު ކަމަށް ބުނެފައިނުވާ ކަމަށެވެ. ނަމަވެސް އެންމެން ވެސް އެ ޙާދިސާގެ މަންޒަރު ދުށްކަމަށް ހެކިބަހުން އެނގޭކަން ވަކީލު ފާހަގަ ކުރެއްވިއެވެ.

މި މައްސަލައިގައި ދެފަރާތުން ޚުލާސާ ބަޔާން އިއްވާފައިވާއިރު، ޝަރީއަތުން އިތުރުކަމެއް ސާފުކުރަން ނެތްނަމަ ދެން މި މައްސަލައިގައި އޮންނާނީ ޙުކުމް ކުރުމެވެ. އެ އަޑުއެހުން އޮންނާނީ 31 މާރޗުގައެވެ.

ނަދީމުކްރިމިނަލް ކޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު