Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޑިވަރު އެއާރޕޯޓް

މަޑިވަރު އެއާރޕޯޓް ރަސްމީކޮށް ހުޅުވައިފި

18 ފެބުރުއަރީ 2022 | ހުކުރު 12:22

މަޑިވަރުގެ އެއާޕޯޓުގެ ޓެސްޓް ފްލައިޓް ޖެއްސީ 2021ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 25ވަނަ ދުވަހުއެވެ.

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 18 ފެބުރުއަރީ 2022 | ހުކުރު 12:22
މަޑިވަރު އެއާރޕޯޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

މަޑިވަރު އެއާރޕޯޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ޅ. މަޑިވަރުގައި ތަރައްޤީކޮށްފައިވާ އެއާރޕޯޓު ރަސްމީކޮށް ހުޅުވައިފިއެވެ.

މި އެއާރޕޯޓް ހުޅުއްވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުއެވެ. މި އެއާޕޯޓު ހަދަން ސަރުކާރުން ޗަމްޕާ ބްރަދާސްއާ ހަވާލުކޮށް އެކަމަށް ސޮއިކޮށްފައި ވަނީ 29 މެއި 2018 ގައެވެ. މި އެއާޕޯޓުގައި 1.2 ކިލޯ މީޓަރުގެ ރަންވޭއަކާއި އެއާކްރާފްޓްތައް ޕާކު ކުރާނެ ސަރަހައްދަކާއި ޒަމާނީ ފެންވަރުގެ ޓާމިނަލެެއްވަނީ އަލާފައެވެ. ގާތްގަނޑަކަށް 11 މިލިއަން ޑޮލަރު ހަދަރު ކޮށްގެން ހެދި މި އެއާޕޯޓުގެ ކޮންސްޓްރަކްޝަން މަސައްކަތް ކޮށްފައިވަނީ ޗައިނާގެ ބެއިޖިންގެ ކުންފުންޏެއް ކަމަށްވާ ބީޔޫސީޖީންނެވެ.

Advertisement - newsAdvertisement

އެއާރޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވީ، ޅ އަތޮޅުގެ ވިޔަފާރިވެރިންނާއި ރިސޯޓް ހިންގާ ފަރާތްތަކަށް މިއަދަކީ އުފާވެރި ދުވަހެއް ކަމަށާއި، މިއީ އަތޮޅުގެ ރައްޔިތުން އެތައް ދުވަހެއް ވަންދެން ކުރަމުން އައި އުންމީދު ހަގީގަތަށް ވެގެން އައި ދުވަސް ކަމުގައެވެ.

އެއާޕޯޓްގެ މަސައކަތާ ހަވާލުވި ކްރައުން އެންޑް ޗަމްޕާ ގްރޫޕަކީ ރައްޖޭގެ ތަރައްގީގައި މުހިންމު ބައިވެރިއެއް ކަމުގައި ރައީސް ސާލިހު ފާހަގަކުރެއްވިއެވެ.

ރައީސް ސާލިހު ވިދާޅުވީ، އެއް ރަށް އަނެއްރަށާ ގުޅުވާލައި، އެއް އަތޮޅު އަނެއް އަތޮޅާ ގުޅުވާލުމަކީ، މި ރާއްޖެ ލާމަރުކަސީ އުސޫލުން ކުރިއަށް ގެންދިޔުމުގައި އެންމެ ބޮޑަށް ބޭނުން ވެފައި އޮތް ކަންތައް ކަމުގައެވެ. މިއީ އެކަމަށް އިތުރުވެގެންދިޔަ ބޮޅެއް ކަމަށެވެ.

މި އެއަރޕޯޓާއެކު އެ ސަރަހައްދުގެ ފަތުރުވެރިކަމަށް ބޮޑެތި ކުރިއެރުން ތަކެއް އަންނާނެ ކަމަށް ސަރުކާރުން ވަނީ ލަފާކޮށްފައެވެ.

ކުރެއްދޫ ހޯލްޑިންގގެ މެނޭޖިންގ ޑިރެކްޓަ މުހައްމަދު ނިހާދު ވިދާޅުވީ، ޅ އަތޮލަކީ ފަތރުވެރިކަމުގައި މުހިިންމު ދައުރެއް އަދާކުރާ އަތޮޅެއް ކަމަށެެވެ. އެއާޕޯޓް ހުޅުވުމާއިއެކު އަތޮޅުގެ އެންމެހާ ރައްޔިތުންނަށް ފަސޭހަތަކެއް ވެގެންދާނެ ކަމަށާއި، އަތޮޅުގެ ރައްޔިތުންނަށް ވަޒީފާގެ ފަހި ފުރުސަތުތައް ލިބިގެންދާނެ ކަމަށެވެ. ވިޔަފާރީގެ އައު ދޮރުތަކެއް ހުޅުވިގެންދާނެ ކަމަށާއި، އިގްތިސާދީ ކުރިއެރުމުގެ މުހިންމު ބައިވެރިއަކަށް އެއާރޕޯޓް ވެގެންދާނެ ކަމަށް ނިހާދު ވިދާޅުވިއެވެ.

މީގެ އިތުރުން ލާމަރުކަޒީ ސިޔާސަތު ތަންފީޒު ކުރުމަށް ވެސް އެއާޕޯޓްގެ ސަބަބުން ފަހިކަންލިބިގެންދާނެ ކަން ނިހާދު ވެސް ފާހަގަަކުރެއްވިއެވެ.

މަޑިވަރުގެ އެއާޕޯޓުގެ ޓެސްޓް ފްލައިޓް ޖެއްސީ 2021ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 25ވަނަ ދުވަހުއެވެ. މަޑިވަރު އެއަރޕޯޓް ހިންގުމަށް ގައުމީ އެއަރލައިން ހިންގާ އައިލެންޑް އޭވިއޭޝަން ސާރވިސަސް ލިމިޓެޑާއި ހަވާލުކުރީ 2022 ޖެނުއަރީ 18ގައެވެ.

މަޑިވަރު އެއާޕޯޓްރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

20 ސެޕްޓެމްބަރު 2025

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ
24 ޖޫން 2025

މަޑިވަރު އެއާޕޯޓާ ދިމާލުން ލޯންޗަކާއީ ޑިންގީ އެއް ޖެހި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް އަނިޔާވެއްޖެ

24 ޖޫން 2025
މަޑިވަރު އެއާޕޯޓާ ދިމާލުން ލޯންޗަކާއީ ޑިންގީ އެއް ޖެހި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް އަނިޔާވެއްޖެ
31 އޮކްޓޯބަރު 2023

މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި

31 އޮކްޓޯބަރު 2023
މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި
31 އޮކްޓޯބަރު 2023

ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް

31 އޮކްޓޯބަރު 2023
ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް
13 އޯގަސްޓު 2023

ރައީސް ޞާލިހުގެ "އާ ޒުވާނުންގެ ޖީލު" ސިޔާސަތު ތައާރަފްކޮށްފި

13 އޯގަސްޓު 2023
ރައީސް ޞާލިހުގެ "އާ ޒުވާނުންގެ ޖީލު" ސިޔާސަތު ތައާރަފްކޮށްފި
13 އޯގަސްޓު 2023

ދެން އަންނަ ދައުރެއްގައި އިންވެސްޓަރުންނަށް ފަސޭހައިން ލޯނު ލިބޭނެ ގޮތް ހަމަޖައްސައިދޭނަން - ރައީސް

13 އޯގަސްޓު 2023
ދެން އަންނަ ދައުރެއްގައި އިންވެސްޓަރުންނަށް ފަސޭހައިން ލޯނު ލިބޭނެ ގޮތް ހަމަޖައްސައިދޭނަން - ރައީސް
11 އޯގަސްޓު 2023

އައި.އޭ.އެކްސް ސަބްމެރިން އާއި ރާއްޖެ ގުޅާލުމަކީ ޑިޖިޓަލް ދިވެހި ޖީލެއްގެ ފެށުން - ރައީސް ޞާލިހު

11 އޯގަސްޓު 2023
އައި.އޭ.އެކްސް ސަބްމެރިން އާއި ރާއްޖެ ގުޅާލުމަކީ ޑިޖިޓަލް ދިވެހި ޖީލެއްގެ ފެށުން - ރައީސް ޞާލިހު
10 އޯގަސްޓު 2023

ދާންދޫ އަށް ރައީސްގެ ވައުދު: ގައުމީ ފެންވަރުގެ އެތުލެޓިކްސް ސްޓޭޑިއަމް އަކާއި 30 އެނދުގެ ހޮސްޕިޓަލެއް

10 އޯގަސްޓު 2023
ދާންދޫ އަށް ރައީސްގެ ވައުދު: ގައުމީ ފެންވަރުގެ އެތުލެޓިކްސް ސްޓޭޑިއަމް އަކާއި 30 އެނދުގެ ހޮސްޕިޓަލެއް
10 އޯގަސްޓު 2023

އެމްޑީޕީގެ ސިޔާސަތަކީ ގަދަރުވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދިނުން - ރައީސް

10 އޯގަސްޓު 2023
އެމްޑީޕީގެ ސިޔާސަތަކީ ގަދަރުވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދިނުން - ރައީސް
10 އޯގަސްޓު 2023

ޑިމޮކްރެޓްސް އުފެދުމާއި ގުޅިގެން އެމްޑީޕީގެ މެމްބަރުން ކެނޑޭ ކަމަކަށް ފާހަގައެއް ނުކުރެވޭ، ޑިމޮކްރެޓްސް އާއި އެކުވެސް މަސައްކަތް ކުރެވޭނެ : މާރިޔާ

10 އޯގަސްޓު 2023
ޑިމޮކްރެޓްސް އުފެދުމާއި ގުޅިގެން އެމްޑީޕީގެ މެމްބަރުން ކެނޑޭ ކަމަކަށް ފާހަގައެއް ނުކުރެވޭ، ޑިމޮކްރެޓްސް އާއި އެކުވެސް މަސައްކަތް ކުރެވޭނެ : މާރިޔާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް