Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސަވާދީއްތަ ދަތުރު

ސަވާދީއްތަ ދަތުރު: ޔޮޓްތައް ކ. ގާފަރުގައި ބަނދަރުކޮށްފި

17 ފެބުރުއަރީ 2022 | ބުރާސްފަތި 11:31

މި މަހުގެ 20 ވަނަ ދުވަހު ފަރި މޯލްޑިވްސްގައި ގާލާ ނައިޓް އޮންނާނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 17 ފެބުރުއަރީ 2022 | ބުރާސްފަތި 11:31
ސަވާދީއްތަ ދަތުރުގެ ޔޮޓްތައް ގާފަރަށް ދަތުރުކުރަނީ

ސަވާދީއްތަ ދަތުރުގެ ޔޮޓްތައް ގާފަރަށް ދަތުރުކުރަނީ

މޯލްޑިވްސް އިންޓެގްރޭޓަޑް ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)ގެ ފަރާތުން މުޅި ދުނިޔެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ ޔޮޓް ރެލީ ނިންމާލުމުގެ ގޮތުން, ބުރާސްފަތި ދުވަހު ކ. ގާފަރުގައި ބަނދަރުކޮށްފިއެވެ.

ސަވާދީއްތަ ދަތުރާ ގުޅިގެން ރާއްޖެއެމްވީއަށް މައުލޫމާތުދެއްވަމުން, މި ދަތުރު އިންތިޒާމްކުރާ އެމްއައިޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ރާއިދު ވިދާޅުވީ, ބުރާސްފަތި ދުވަހު ގާފަރުގައި ދަތުރުގެ ބައިވެރިން މަޑުކުރާއިރު ފަރި މޯލްޑިވްސްއަށް ފުރާނީ 19 ވަނަ ދުވަހުގެ ހެނދުނު ކަމަށެވެ. ރާއިދު ވިދާޅުވީ ދަތުރުގެ ތެރެއިން ކަނޑައަޅާފައިވާ ރަށްތަކަށް ދަތުރުކޮށް ނިމިފައިވާކަމަށެވެ.

Advertisement - newsAdvertisement

ގާފަރަކީ ލިސްޓުގައި ނެތް ރަށެއްކަން ފާހަގަކުރައްވައި ރާއިދު ވިދާޅުވީ, ގާފަރަށް މަޑުކުރީ ފަރި މޯލްޑިވްސްއާ ކައިރިވުމުން ކަމަށެވެ. އަދި ކ. ގާފަރު ކައުންސިލާއި ލޯކަލް ޓޫރިޒަމް ފުޅާކުރުމަށް މަސައްކަތް ކުރައްވާ ފަރާތްތަކުން ދިން އެއްބާރުލުމަށް އޭނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މި މަހުގެ 20 ވަނަ ދުވަހު ފަރި މޯލްޑިވްސްގައި ގާލާ ނައިޓް ބޭއްވުމަށް ހަމަޖެހިފައިވާއިރު އެ އިވެންޓުގެ ތެރެއިން ވަރަށް ޚާއްސަ ދެ ސަޕްރައިޒެއް އިއުލާން ކުރެވިގެންދާނެ ކަމަށް ރާއިދު ވިދާޅުވިއެވެ. ގާލާ ނައިޓްގެ ޝަރަފުވެރި މެހެމާނަކަށް ނާއިބުރައީސް ފައިސަލް ނަސީމް ބައިވެރިވެވަޑައިގަންނަވާނެ ކަމަށާއި އެ ނައިޓްގެ ތެރެއިން ހަނދާނީ ލިޔުމާއި ޕްލާކް ދިނުން އޮންނާނެ ކަމަށް ވިދާޅުވިއެވެ. އަދި ދަތުރުގެ ބައިވެރިން އެމީހުންގެ ޝުއޫރުތައް ފާޅުކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ރަށްރަށުގެ ރައްޔިތުންގެ ފަރާތުން މި ދަތުރަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަން ފާހަގަކުރައްވައި ރާއިދު ވިދާޅުވީ, ރަށްރަށުގައި ދިރިއުޅޭ ރައްޔިތުން ފަތުރުވެރިކަމަށް ބޭނުންވެފައިވާ މިންވަރު މިދަތުރުން ހާމަވާ ކަމަށެވެ. މި ދަތުރުގެ ތެރެއިން ރާއްޖޭގެ ރަށްތައް އިޝްތިހާރުކޮށް އެރަށްތަކުގެ ޚާއްސަ ކަންކަން ފަތުރުވެރިން ދަނީ ބޭރުގެ އެކި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ހިއްސާކުރަމުންނެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް ކުރިއެރުވުމަށް ބާއްވާ މި ރެލީގައި ޖުމްލަ 9 ޔޮޓެއް ބައިވެރިވިއެވެ. ނަމަވެސް މަގުބޫލު އުޒުރަކާއެކު ދެޔޮޓް ވަނީ ދަތުރާ ވަކިވެފައެވެ. ކާމިޔާބުކަމާއެކު ކުރިއަށް ގެންދާ މި ދަތުރާ ގުޅޭގޮތުން ރާއިދު ވިދާޅުވީ, މިއަށްވުރެ މާ ފުރިހަމަކޮށް މިއަންނަ އަހަރު ވެސް މިރެލީ ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށެވެ. އަދި އުންމީދަކީ މެދުނުކެނޑި ކޮންމެ އަހަރަކުވެސް ސިލްސިލާކޮށް މިދަތުރުތައް ކުރިއަށް ގެންދެވުން ކަމަށެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

ފުވައްމުލަކަށް ދަތުރު ކުރި "ނާރެސް ބޯޓް" ފަރަށް އަރާއިފި

13 ފެބުރުއަރީ 2017
ފުވައްމުލަކަށް ދަތުރު ކުރި "ނާރެސް ބޯޓް" ފަރަށް އަރާއިފި
13 ފެބުރުއަރީ 2017

ހަތަރު މީހުންނާއެކު ދަތުރު ކުރަމުންދިޔަ ދޯންޏެއް ބަންޑުން ޖަހާލައިފި

13 ފެބުރުއަރީ 2017
ހަތަރު މީހުންނާއެކު ދަތުރު ކުރަމުންދިޔަ ދޯންޏެއް ބަންޑުން ޖަހާލައިފި
13 ފެބުރުއަރީ 2017

ލަންކާ ދަތުރުފުޅަށް ފަހު ރައީސް ނަޝީދު ފުރާވަޑައިގަންނަވައިފި

13 ފެބުރުއަރީ 2017
ލަންކާ ދަތުރުފުޅަށް ފަހު ރައީސް ނަޝީދު ފުރާވަޑައިގަންނަވައިފި
11 ފެބުރުއަރީ 2017

ލަންކާ ދަތުރުފުޅަށް ފަހު ރައީސް ނަޝީދު ހޯމަ ދުވަހު ލަންޑަނަށް ވަޑައިގަންނަވަނީ

11 ފެބުރުއަރީ 2017
ލަންކާ ދަތުރުފުޅަށް ފަހު ރައީސް ނަޝީދު ހޯމަ ދުވަހު ލަންޑަނަށް ވަޑައިގަންނަވަނީ
10 ފެބުރުއަރީ 2017

ޕީޕީއެމްއަށް މެމްބަރުން އިތުރުކުރުން: ބެންކޮކް ދަތުރު، ފައިސާގެ އިނާމު، މަޖުބޫރު!

10 ފެބުރުއަރީ 2017
ޕީޕީއެމްއަށް މެމްބަރުން އިތުރުކުރުން: ބެންކޮކް ދަތުރު، ފައިސާގެ އިނާމު، މަޖުބޫރު!
25 ޖެނުއަރީ 2017

ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ

25 ޖެނުއަރީ 2017
ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ
21 ޖެނުއަރީ 2017

ތިލަފުއްޓަށް ދަތުރުކުރި ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

21 ޖެނުއަރީ 2017
ތިލަފުއްޓަށް ދަތުރުކުރި ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
20 ޖެނުއަރީ 2017

ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް

20 ޖެނުއަރީ 2017
ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް
19 ޖެނުއަރީ 2017

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

19 ޖެނުއަރީ 2017
މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި
16 ޖެނުއަރީ 2017

ރީނދޫ ހުން އުޅޭ ޤައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައިފި

16 ޖެނުއަރީ 2017
ރީނދޫ ހުން އުޅޭ ޤައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް