Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކެމިލާ ކޮވިޑަށް ޕޮޒިޓިވްވެވަޑައިގަތުން

ކެމިލާވެސް ކޮވިޑް-19ށް ޕޮޒިޓިވްވެވަޑައިގެންފި

14 ފެބުރުއަރީ 2022 | ހޯމަ 17:08

ޗާލްސްއާއި ކެމިލާ ވަނީ ކޮވިޑް-19 ވެކްސިންގެ ދެ ޑޯޒާއި ބޫސްޓަރ ޑޯޒްވެސް ޖައްސަވާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 14 ފެބުރުއަރީ 2022 | ހޯމަ 17:08
ޕްރިންސް ޗާލްސްގެ އަނބިކަނބަލުން ކެމިލާ

ޕްރިންސް ޗާލްސްގެ އަނބިކަނބަލުން ކެމިލާ

އިނގިރޭސި ވަލީއަހުދު ޕްރިންސް ޗާލްސްގެ އަނބިކަނބަލުން ކެމިލާ ކޮވިޑް-19ށް ޕޮޒިޓިވްވެވަޑައިގެންފިއެވެ.

އެކަމާގުޅިގެން އިނގިރޭސިވިލާތުގެ ގަނޑުވަރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ, ކެމިލާ މިހާރު ހުންނެވީ އައިސޮލޭޝަންގައި ކަމަށެވެ. އަދި ސަރުކާރުގެ ކޮވިޑް-19ގެ ގައިޑްލައިނާ އެއްގޮތަށް އަމަލުކުރައްވަމުން ގެންދަވާކަމަށެވެ.

Advertisement - worldAdvertisement

ކެމިލާ ކޮވިޑަށް ޕޮޒިޓިވްވެވަޑައިގެންފައިވާއިރު, އިނގިރޭސި ވަލީއަހުދު, އުމުރުފުޅުން 73 އަހަރުގެ ޗާލްސް ވަނީ މިދިޔަ ހަފުތާގައި ދެވަނަ ފަހަރަށް ކޮވިޑަށް ޕޮޒިޓިވްވެވަޑައިގެންފައެވެ. ޗާލްސްއާއި ކެމިލާގެ ސިއްހީ ހާލުކޮޅާގުޅޭގޮތުން އެއްވެސް މައުލޫމާތެއް ރަސްމީ ގެކޮޅުން ދީފައެއްނުވެއެވެ.

ޗާލްސްއާއި ކެމިލާ ވަނީ ކޮވިޑް-19 ވެކްސިންގެ ދެ ޑޯޒްގެ އިތުރުން, ބޫސްޓަރ ޑޯޒްވެސް ޖައްސަވާފައެވެ.

ޗާލްސް ކޮވިޑަށް ޕޮޒިޓިވްވެވަޑައިގަތުމުގެ ދެދުވަސްކުރިން ވަނީ ރާނީ އެލިޒަބަތާ ބައްދަލުކުރައްވާފައެވެ.

ޗާލްސް މީގެކުރިން ކޮވިޑަށް ޕޮޒިޓިވްވެވަޑައިގަތީ 2020 ވަނަ އަހަރުގެ މަރޗް މަހުއެވެ.

އެންމެ ހިނގާ

1

ބެއިޖިންގގެ ހުއްދަ ނެތި އެމެރިކާގެ މަނަވަރެއް ޗައިނާ ކަނޑަށް، މަސްރަހު ހޫނުވެ ޗައިނާގެ އިންޒާރެއް

2

ވިންޑްސަރ ގަނޑުވަރުގައި ރަސްގެފާނު ޗާލްސް އަރަބި ބަހުން ވިދާޅުވީ މާތް ނަބިއްޔާގެ ހަދީސްފުޅެއް!

3

ބިމުގެ އަޑީގައިވާ އީރާންގެ ނިއުކްލިޔަރ މަރުކަޒުތައް ނައްތާލަން އެމެރިކާއާއި އިސްރާއީލުން ތައްޔާރުވަނީ!

4

މުއިއްޒު އާއި އެކު ޝެހެބާޒް ދެއްވި ރަސްމީ ސްޓޭޓްމަންޓުގައި ކަޝްމީރުގައި ވަކި ދައުލަތެއް ބިނާކުރުމަށާއި، ސިންދު ކޯރުގެ މައްސަލައިގައި ރަތްރޮނގު ހުރަސްކުރާނަމަ ހަނގުރާމައަކަށް ދާންޖެހިދާނެކަމުގެ އިންޒާރު!

5

ސުލްހައިގެ އުންމީދުތައް ވިއްސިވިހާލި: އެތައް ސަތޭކަ ޑްރޯނާއި މިސައިލް ހަމަލާތަކުން މޮސްކޯ އަދި ކީވް ސިއްސުވާލައިފި!

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2022

ދެވަނަ ފަހަރަށް ޕްރިންސް ޗާލްސް ކޮވިޑް-19ށް ޕޮޒިޓިވްވެވަޑައިގެންފި

10 ފެބުރުއަރީ 2022
ދެވަނަ ފަހަރަށް ޕްރިންސް ޗާލްސް ކޮވިޑް-19ށް ޕޮޒިޓިވްވެވަޑައިގެންފި
31 ޖެނުއަރީ 2022

ކެނެޑާގެ ބޮޑުވަޒީރު ކޮވިޑަށް ޕޮޒިޓިވްވެވަޑައިގެންފި

31 ޖެނުއަރީ 2022
ކެނެޑާގެ ބޮޑުވަޒީރު ކޮވިޑަށް ޕޮޒިޓިވްވެވަޑައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް