Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހިލޭ ޑިގްރީ ޕްރޮގްރާމް

ހިލޭ ޑިގްރީއަށް 3 އަހަރު: 13،000 އަށް ވުރެ ގިނަ ދަރިވަރުންނަށް ފުރުސަތު ދެވިފައިވޭ

ހިލޭ ޑިގްރީގެ ޕްރޮގްރާމުގެ ދަށުން 2,127 ދަރިވަރުން މިހާރު ވެސް ވަނީ ޑިގްރީ ފުރިހަމަކޮށްފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 14 ފެބުރުއަރީ 2022 | ހޯމަ 16:43
ގައުމީ ޔުނިވަރސިޓީގެ ދަސްވެނިމުމުގެ ތެރެއިން

ގައުމީ ޔުނިވަރސިޓީގެ ދަސްވެނިމުމުގެ ތެރެއިން

ރާއްޖޭގައި ހިލޭ ޑިގްރީއަށް ކިޔަވައިދޭން ފެށިތާ ތިން އަހަރު ފެބްރުއަރީ 14ށް ވީއިރު މިހާތަނަށް 13،284 ދަރިވަރުން ސަރުކާރުން ތައާރަފްކުރި ހިލޭ ޑިގްރީއަށް ފުރުސަތު ދީފިއެވެ.

ހިލޭ ޑިގްރީއަށް ކިޔަވައިދޭން ފެށިތާ ތިން އަހަރު ވުމާއި ގުޅިގެން މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަން ވިދާޅުވީ ހިލޭ ޑިގްރީއިން އެމަނިކުފާނު ދެކެވަޑައިގަންނަވަން ބޭނުންފުޅުވާ ލަނޑުދަނޑިއަކީ އިލްމީ ޖީލެއް ބިނާވެގެން ދިއުން ކަމަށެވެ. އަދި އިލްމީ މީހުންނަށް ކުރާ އިހުތިރާމު މުޖުތަމައުއުން އިތުރުވެގެން ދިއުމާއި ކަންކަމުގައި ބަސް ކިޔޭ މީހުންނަކީ ތައުލީމީ ހުނަރުވެރި ތަޖުރިބާ ހުރި ފަރާތްތަކަށް ވެގެން ދިއުން ކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިނިސްޓަރ ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވަނީ ވީހާވެސް ގިނަ ބަޔަކަށް މަތީ ތައުލީމުގެ ފުރުސަތު ފަހިވެފައި އޮތުން ކަމަށެވެ. އަދި ކޮވިޑް-19 ގެ ސަބަބުން ދިމާވި މާލީ ދަތިކަމާއެކުވެސް ތައުލީމު އުނގެނުމުގެ ފުރުސަތު އޮތް ކަމަށާއި އެކަމުގެ ސަބަބުން އިޖުތިމާއީ ގިނަ މައްސަލަތަކަށް ހައްލު ލިބިގެން ދިޔަ ކަމަށް ވިދާޅުވި އެވެ.

ހިލޭ ޑިގްރީގެ ޕްރޮގްރާމުގެ ދަށުން 2,127 ދަރިވަރުން މިހާރު ވެސް ވަނީ ޑިގްރީ ފުރިހަމަކޮށްފައެވެ.

މިހާތަނަށް ހިލޭ ޑީގްރީއަށް ކިޔެވުމުގެ ފުރުސަތު ލިބުނު 13،284 ދަރިވަރުންގެ ތެރޭގައި ހިމެނެނީ:

2019 ވަނަ އަހަރު: 4,804 ދަރިވަރުން،

2020 ވަނަ އަހަރު: 4،818 ދަރިވަރުން،

2021 ވަނަ އަހަރު: 3،301 ދަރިވަރުން،

2022 ވަނަ އަހަރުގެ މިހާތަނަށް: 361 ދަރިވަރުންނެވެ.

މިއަހަރު ސްޓޫޑެންޓް ލޯން ސްކީމަށް އިތުރު 720 ފުރުސަތު ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ. ލޯނު ސްކީމުގެ މުއްދަތު ހަމަވާނީ އަންނަ މާޗް މަހުގެ 3 ވަނަ ދުވަހުގެ 13:30 ގެ ނިޔަލަށެވެ.

މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ 2023 ގެ ނިޔަލަށް 5000 އަށް ވުރެން ގިނަ ކުދިން ހިލޭ ޑިގްރީ ހަދައިގެން ގައުމު ބިނާކުރަން ނުކުންނާނެ ކަމަށް ވިދާޅުވެފައެވެ.  

މަތީ ތައުލީމް ހާސިލް ކުރުމުގެ ފުރުސަތު ހިލޭ ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރެއިން ވައުދެކެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު