Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

ލިވަޕޫލް މޮޅުވިއިރު، ވުލްވްސް އަތުން ޓޮޓެންހަމް ބަލިވެއްޖެ

ބާންލީގެ މައްޗަށް ލިވަޕޫލުން ކުރި ހޯދީ 1-0 ގެ ނަތީޖާއަކުން

އަތޫފް އާތިފް
އަތޫފް އާތިފް | 14 ފެބުރުއަރީ 2022 | ހޯމަ 06:42
ޕްރިމިއާ ލީގުގައި ބާންލީ އާއި ލިވަޕޫލް ބައްދަލުކުރި މެޗުގެ ތެރެއިން

ޕްރިމިއާ ލީގުގައި ބާންލީ އާއި ލިވަޕޫލް ބައްދަލުކުރި މެޗުގެ ތެރެއިން

އިނގިރޭސި ޕްރިމިއާ ލީގުގައި ބާންލީ އަތުން ލިވަޕޫލް މޮޅުވިއިރު، ވުލްވްސް އަތުން ޓޮޓެންހަމް ބަލިވެއްޖެއެވެ.

ރަށުން ބޭރުގައި ކުޅުނު މި މެޗު ލިވަޕޫލުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން ބާންލީން ވަނީ ލިވަޕޫލް ހާސްކޮށްލައިފައެވެ. އެގޮތުން ބާންލީގެ ވައުޓް ވެގްހޯސްޓާއި، ޖޭ ރޮޑްރިގޭޒަށް ހުސްކޮށް ލިބުނު ފުރުސަތުތަކުގެ ހުރަހަކަށްވީ ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާއެވެ.

މީގެ އިތުރުން ފުރަތަމަ ހާފުގައި ލިވަޕޫލްގެ ފޯވާޑް ސަޑިއޯ މާނޭ ބޮލުން ފޮނުވާލި ހަމަލާ ބާންލީގެ ކީޕަރު ނިކް ޕޯޕް ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

ލިވަޕޫލުން މެޗުން މޮޅުކޮށްދިން ލަނޑު މެޗުގެ 40 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ފަބީނިއޯއެވެ. މިއީ މާނޭގެ އެހީތެރިކަމާއެކު ފަބީނިއޯ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މެޗުގެ ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުން ފެނިގެންދިޔައީ ހަމަހަމަ ކުޅުމެކެވެ. ލިވަޕޫލުން ލީޑު ފުޅާކުރުމަށް ކުރި މަސައްކަތުގެ ހުރަހަކަށްވީ ބާންލީގެ ކީޕަރު ނިކް ޕޯޕްއެވެ.

އަމިއްލަ ދަނޑުގައި ވުލްވްސް އާއި ދެކޮޅަށް ކުޅުނު މެޗުން ޓޮޓެންހަމް ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ 18 މިނެޓުގެ ތެރޭގައި ވުލްވްސްއިން ވަނީ ދެ ލަނޑު ޖަހައިފައެވެ.

ވުލްވްސްއިން ވަނީ މެޗުގެ ހަވަނަ މިނެޓުގައި ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މެކްސިކޯގެ ފޯވާޑް ރައުލް ހިމެނޭޒްއެވެ. އަދި މެޗުގެ 18 ވަނަ މިނެޓުގައި ޓޮޓެންހަމްގެ ޑިފެންޑަރުން ހެދި ގޯހެއްގެ ފައިދާ ނަގައި ލެއޮންޑާ ޑެންޑޮންކާ ވަނީ ލަނޑު ޖަހާ ވުލްވްސްއަށް ލީޑު ނަގައިދީފައެވެ.

މި މެޗުގެ ފަހުކޮޅު ޓޮޓެންހަމުން ވުލްވްސްގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް އުފައްދަން މަސައްކަތް ކުރި ނަމަވެސް ވުލްވްސްގެ ޑިފެންޑަރުން ވަނީ ޓޮޓެންހަމްގެ ހަމަލާތައް ހުއްޓުވުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

ކޮންޓޭ، ޓޮޓެންހަމް ގޮވައިގެން އެންމެ ފަހުން ލީގުގައި ނުކުތް ތިން މެޗުން ވެސް ބަލިވެފައިވާއިރު، މިއީ 2009 ވަނަ އަހަރުގެ ފަހުން ކޮންޓޭ ހުރި ޓީމެއް ލީގެއްގައި ޖެހިޖެހިގެން ތިން މެޗުން ބަލިވި ފުރަތަމަ ފަހަރެވެ.

މި ނަތީޖާތަކާއެކު ލީގު ތާވަލުގެ އެއްވަނައިގައި މެންޗެސްޓާ ސިޓީން އޮތީ ކުޅުނު 25 މެޗުން ލިބުނު 63 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް ލިވަޕޫލަށް 24 މެޗުން 54 ޕޮއިންޓް ލިބިފައިވާއިރު ތިންވަނައިގައި އޮތް ޗެލްސީއަށް 24 މެޗުން 47 ޕޮއިންޓް ވަނީ ލިބިފައެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ

27 ޖެނުއަރީ 2017
ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު