Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސީރިއާއަށް ދިޔަ މައްސަލަ

ފައިޒަންއަށް އުފުލާފައިވާ ދައުވާ: ހެކިބަސް ނެގުން ކުރިއަށް ނުގެންދެވުނު

13 ފެބުރުއަރީ 2022 | އާދީއްތަ 10:02

މޯބައިލް ފޮރެންސިކް ރިޕޯޓު ތައްޔާރު ކުރެއްވި އޮފިސަރުގެ ހެކިބަސް ނެގުން އޮންނާނީ އެހެން ދުވަހެއްގައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 13 ފެބުރުއަރީ 2022 | އާދީއްތަ 10:02
ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމަށް ރާއްޖެ ދޫކޮށް ދިޔުމުގެ ކުށުގެ ދައުވާ ކުށުގެ ދައުވާ އުުފުލާފައިވާ ޙަސަން ފައިޒަން

ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމަށް ރާއްޖެ ދޫކޮށް ދިޔުމުގެ ކުށުގެ ދައުވާ ކުށުގެ ދައުވާ އުުފުލާފައިވާ ޙަސަން ފައިޒަން

ސީރިއާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގައި ބައިވެރިވުމަށް ތުރުކީ މަގުން ސީރިއާއަށް ދިޔަ މައްސަލައިގައި މއ. މާރަނގަ ޙަސަން ފައިޒަންގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ކުރިއަށް ގެންދަވަނީ ގާޒީ ހުސައިން ފާއިޒު ރަޝާދެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ވަނީ ހެކި ހާމަކުރުމުގެ ބައި ކުރިއަށް ގެންދަވާފައެވެ. އެގޮތުން ދައުލަތުން ވަނީ ޝަފަހީ ހެކިންގެ ގޮތުގައި އެއްހެކި ހުށައަޅާފައެވެ. އެއީ ފުލުހުންގެ މޯބައިލް ފޮރެންސިކް ރިޕޯޓު ތައްޔާރުކުރެއްވި އޮފިސަރެވެ. ކިތާބީ ހެކީގެ ގޮތުގައިވެސް ދައުލަތުން ގިނަ ހެކިތަކެއް ހުށައަޅާފައިވެއެވެ. ދިފާއުން ވަނީ އެއްވެސް ދިފާއީ ހެއްކެއް ހުށައަޅާފައި ނުވާނެކަަމަށް ފާހަގަކޮށްފައެވެ. އެއާއެކު ގާޒީ ވަނީ ދެން މައްސަލައިގެ އަޑުއެހުންތައް ކުރިއަށްދާނެ ގޮތުގެ ތާވަލެއް ހިއްސާ ކުރައްވާފައެވެ.

މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓު ދައުވާ ލިބޭ ފަރާތަށް ދޫކުރުމުގެ ބަދަލުގައި ޝަރީއަތުން ކަނޑައަޅާ އުސޫލެއްގެ މަތިން ދިރާސާ ކުރެވޭ ގޮތަށް ހެކި ރައްކާތެރި ކުރުމުގެ އަމުރެއް ގާޒީ ވަނީ ނެރެދެއްވާފައެވެ. އެއީ 2 ފެބްރުއަރީ 2022 ގައެވެ.

މި މައްސަލައިގައި އާދިއްތަ ދުވަހު ކުރިއަށްދިޔަ އަޑުއެހުމުގައި އޮތީ މި މައްސަލައިގެ ޝަރީއަތް ފަށައި، ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުމެވެ. އެގޮތުން ފުރަތަމަ އޮތީ މޯބައިލް ފޮރެންސިކް ރިޕޯޓު ތައްޔާރު ކުރެއްވި އޮފިސަރުގެ ހެކިބަސް ނެގުމުގެ ބައެވެ. އެހެންނަމަވެސް ފުލުހުންގެ މޯބައިލް ފޮރެންސިކް ރިޕޯޓު ހުށައެޅުމުގެ ކުރިން ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓާއި ގުޅިގެން ދިފާއުން ފާހަގަ ކުރަން ބޭނުންވާ ކަންކަން ހުރުމާއެކު އަޑުއެހުމުގެ އެ ބައި ވަނީ ސިއްރު ކޮށްފައެވެ. ސަބަބަކީ ހެކިބަހުގެ ކުރިން އިންޓެލިޖެންސް ރިޕޯޓާއި ގުޅޭ ވާހަކަތަކެއް ދިފާއުން ޝަރީއަތުގައި ދައްކަން ބޭނުންވާކަން ފާހަގަ ކުރުމާއި ގުޅިގެންނެވެ.

އެ ބައި ކުރިއަށް ގެންދެވުމަށްފަހު ވަނީ ޝަރީއަތް އެހެން ދުވަހަކަށް ފަސްކޮށްފައެވެ. އެގޮތުން މޯބައިލް ފޮރެންސިކް ރިޕޯޓު ތައްޔާރު ކުރެއްވި އޮފިސަރުގެ ހެކިބަސް ނެގުން މިހާރު ވަނީ 20 ފެބްރުއަރީއަށް ފަސްކޮށްފައެވެ.

މައްސަލައިގެ ޚުލާސާއެއް:

ޙަސަން ފައިޒަން ނޮވެމްބަރު 2017 ގައި ރާއްޖެއިން ފުރައިގެން ތުރުކީއަށް ގޮސް، ތުރުކީގައި ޙަރަކާތްތެރިވަމުން ދަނިކޮށް އެ ޤައުމުގެ ސަލާމަތީ ބާރުތަކުން ވަނީ ތުރުކީއާއި ސީރިއާ ގުޅޭ ބޯޑަރުން އޭނާ ހައްޔަރުކޮށް އަނބުރާ ރާއްޖެއަށް ފޮނުވާލާފައެވެ. ދައުލަތުން ވަނީ އޭނާއަކީ ސީރިއާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގައި ބައިވެރިވުމަށް ދިޔަ މީހެއްކަމަށް ތުހުމަތުކޮށްފައެވެ.

އޭރު ފައިޒަން ވަނީ އޭނާގެ މައްޗަށް ކުރާ ދައުވާއަށް އިންކާރު ވެސް ކޮށްފައެވެ. ކޯޓުގައި ފައިޒަން ބުނެފައިވަނީ ތުރުކީއަށް ދިޔައީ ޓޫރިސްޓެއްގެ ގޮތުގައި ކަމަށާއި ސީރިޔާއަށް ދާން ގަސްދެއް ނުކުރާ ކަމަށް ބުނެފައެވެ. އަދި ތުރުކީ ސިފައިން އޭނާ އަތުލައިގެންފައިވަނީ އޮޅިގެން ސީރިޔާއަށް އެތެރެވާން އުޅެނިކޮށް ކަމަށް އޭނާ ބުނެފައިވެއެވެ.

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

5

އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގައި، 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެއްޖެ

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
17 ޖެނުއަރީ 2017

ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

17 ޖެނުއަރީ 2017
ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް