Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކަމަދުގެ ފެނާއި ނަރުދަމާގެ މަޝްރޫއު

ކަމަދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށް

ކަމަދޫ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫއުއަކީ 56.6 މިލިއަން ރުފިޔާގެ މަޝްރޫއެއް

އުއްމު ކުލްސޫމް އިބްރާހިމް
އުއްމު ކުލްސޫމް އިބްރާހިމް | 13 ފެބުރުއަރީ 2022 | އާދީއްތަ 05:14
ކަމަދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށްދަނީ

ކަމަދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށްދަނީ

ބ. ކަމަދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަމަށާއި، އަދި ޕައިޕްލައިންގެ 70 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އެންޑަބުލިއެސްސީން ހާމަކޮށްފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އިން އެމްޑަބްލިއުއެސްސީއާ މިމަސައްކަތް ޙަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ 14ވަނަ ދުވަހުއެވެ. 540 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ ކަމަދޫ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫއަށް 56.6 މިލިއަން ރުފިޔާ ޚަރަދުކުރެއެވެ.

Advertisement - newsAdvertisement

މި މަޝްރޫޢުގައި ހިމެނޭ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން ކަމަދޫގައި 4.38 ކިލޯ މީޓަރގެ ދިގު ފެންހޮޅީގެ މައިނެޓްވޯރކް ޤާއިމް ކުރުމާއި އާރް.އޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކައި 2 އާރް.އޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި 3 ތާނގީ ބެހެއްޓުން ހިމެނެއެވެ. މީގެ އިތުރުން، ގޭގޭގައި ފެންމީޓަރ ހަރުކޮށް، ފެނުގެ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދޭނުންވެސް މަޝްރޫޢުގައި ހިމެނެއެވެ.

މި މަޝްރޫޢުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ކަމަދޫގައި 3.88 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައިނެޓްވޯކް ޤާއިމްކުރުމާއި، 474 މީޓަރގެ ޕަންޕިން ލައިން އެޅުމާއި، ނަރުދަމާގެ އިދާރީ ބިލްޑިންގ އިމާރާތް ކުރުމާއި، 2 ޕަންޕިންގ ސްޓޭޝަނާއި އަދި އެއް ސީ އައުޓް ފޯލް ޤާއިމްކުރުން ހިމެނެއެވެ. މީގެއިތުރުން ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ މި ގެތަކަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދޭނެއެވެ. އަދި ހަމަ މިމަޝްރޫޢުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރ ސެޓާއި ވެހިކަލް އަދި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ. ބ.ކަމަދޫ ފެނާއި ނަރުދަމާގެ މަސައްކަތް ނިމުމުން ކަމަދޫގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ލިބިގެންދާނެއެވެ.

ބ. ކަމަދޫ

އިތުރަށް ކިޔާލަން

08 ޖޫން 2024

"މަރުހަބާ ނަލަ ސާފު ކަމަދޫ" ލަވަ ބަލައިފިންތަ؟ ވަރަށް ހިތްގައިމު!

08 ޖޫން 2024
"މަރުހަބާ ނަލަ ސާފު ކަމަދޫ" ލަވަ ބަލައިފިންތަ؟ ވަރަށް ހިތްގައިމު!
08 ޖޫން 2024

ބ.ކަމަދޫގެ ޢީދު ކުޅިވަރުތައް މި ފަހަރު ރާއްޖެޓީވީ އިން ގެނެސްދެނީ! ވަރަށް ފޯރި ގަދަ!

08 ޖޫން 2024
ބ.ކަމަދޫގެ ޢީދު ކުޅިވަރުތައް މި ފަހަރު ރާއްޖެޓީވީ އިން ގެނެސްދެނީ! ވަރަށް ފޯރި ގަދަ!
16 މެއި 2024

ކަމަދޫ ބްރާންޗުން ކަރަންޓު ބިލްތަކަށް ބަދަލުގެނެސް ފައިސާ ނަގާފައިވާ މައްސަލައިގައި ދަޢުވާކުރުމަށް އެދި ޕީޖީ އޮފީހަށް ފޮނުވައިފި

16 މެއި 2024
ކަމަދޫ ބްރާންޗުން ކަރަންޓު ބިލްތަކަށް ބަދަލުގެނެސް ފައިސާ ނަގާފައިވާ މައްސަލައިގައި ދަޢުވާކުރުމަށް އެދި ޕީޖީ އޮފީހަށް ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު