Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިންޑިއާ އައުޓް ކެމްޕޭން

ސީޕީ ހަމީދަށް ރައީސް ޔާމީން : މިލިއަނުން ފައިސާ ޚަރަދު ކުރާކަމަށް ހީވިޔަސް، ފައިސާ ހިފައިގެނެއް ނޫޅެން

11 ފެބުރުއަރީ 2022 | ހުކުރު 18:01

ރާއްޖެއަކީ ފުރިހަމައަށް އިންޑިއާ އަސްކަރިއްޔާގެ ބާރު ހިނގާ ތަނެއް ކަމަށާ ރައީސްޔާމީން ތުހުމަތު ކުރެއްވިއެވެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 11 ފެބުރުއަރީ 2022 | ހުކުރު 18:01
ރ. މީދޫގައި ބޭއްވި އިންޑިއާ އައުޓް ކެމްޕޭން ހަރަކާތުގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ

ރ. މީދޫގައި ބޭއްވި އިންޑިއާ އައުޓް ކެމްޕޭން ހަރަކާތުގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ

މިލިއަނުން ފައިސާ ޚަރަދު ކުރާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދަށް ހީވިޔަސް އެކަން އެގޮތަށް ނުކުރައްވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރ. މީދޫގައި ބޭއްވި އިންޑިއާ އައުޓް ކެމްޕޭން ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ ޕީޕީއެމްގެ މެމްބަރުން ކޮމަންޑޫ ދާއިރާގައި އެތައް ދުވަހަކު މަސައްކަތް ކުރި ކަމަށާއި އެމީހުންނަށް ލިބިފައި ހުރި ވަސީލަތްތަކަކީ ޕާޓީގެ މީހުންގެ ޖޯޝާއި ފޯރިޔާއި އިހްލާސްތެރިކަން ކަމަށެވެ.

Advertisement - newsAdvertisement

ޕީޕީއެމުން މިލިއަނުން މިލިއަން ފައިސާ ޚަރަދު ކުރާ ކަމަށް ސީޕީ ހަމީދަށް ހީވިޔަސް ފައިސާ ހިފައިގެން ނޫޅޭ ކަމަށް ޔާމީން ވިދާޅުވިއެވެ. އަދި އިންޑިއާ އިން އިންޓެލިޖަންސް ހޯއްދަވަން އުޅުމުން ހަމީދަށް އެގޮތަށް މައުލޫމާތު ލިބިވަޑައިގެންނެވި ކަމަށާއި އަމިއްލަފުޅަށް އިންޓެލިޖަންސް ހޯދިނަމަ އެއަށްވުރެން ސައްހަ މައުލޫމާތު ލިބުނީސް ކަމަށް ޔާމީން ވިދާޅުވިއެވެ.  

އިންޑިއާ އައުޓް ކެމްޕޭނަކީ ކުރާ ޖިހާދެއް ކަމަށާއި މިކަންތައްތައް ބަލަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް ކެތް ނުވާނެ ކަމަށް ވިދާޅުވިއެވެ. އަދި ސިންގަޕޫރަށާއި އެހެން ތަންތަނަށް ފުރާވަޑައިގަންނަވަނީ މިހެންވެގެން ކަމަށް ޔާމީން ތުހުމަތު ކުރެއްވިއެވެ.  

ޕީޕީއެމްގެ ހަރަކާތްތަކުގެ މަންޒަރުތައް ބަލަން ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނަށް ދަތިވެގެން އުޅުއްވާ ކަމަށް ވެސް ވިދާޅުވިއެވެ.  

ކުރިންނަމަ ޤައުމުގެ މިނިވަންކަން ގެއްލުވާލަން މަސައްކަތް ކުރަނީ އިދިކޮޅުގައި ތިބޭ ބަޔެއް ކަމަށާއި އެހެންނަމަވެސް، މިފަހަރު މިނިވަންކަން ނަގާލައިގެން އުޅެނީ ދައުލަތުގެ އިސްވެރިން ކަމަށް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވަނީ މި ސަރުކާރުގެ އެއްވެސް ބާރެއް ނެތްކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން މިއީ ފުރިހަމައަށް އިންޑިއާ އަސްކަރިއްޔާގެ ބާރު ހިނގާ ތަނެއް ކަމަށާއި ދައުލަތުގެ ބާރު ހިނގާ ސަރުކާރެއް ނޫން ކަމަށް ޔާމީން ވިދާޅުވިއެވެ.

މިހާރު ތިބި ވެރިން ވެރިކަމުން ދުރުވުމުން ބޮޑު ޖަލެއް އަޅަން ޖެހޭނެ ކަމަށާއި އެ ޖަލު އަޅާނީ މީދޫގައި ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.

އިދިކޮޅު ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލު ހުކުމުން މިނިވަންވެވަޑައިގަތުމާއެކު "އިންޑިއާ އައުޓް" ހަރަކާތް ގެންދަނީ ދުވަހެއް ދުވަހަކަށް ފުޅާ ކުރައްވަމުންނެވެ. އެގޮތުން އެކި ރަށްރަށަށް ވަޑައިގެން އެ ކެމްޕޭން ހިންގަވަމުން ގެންދަވާއިރު، އިންޑިއާ އަސްކަރިއްޔާ މި ގައުމުން ބޭރު ކުރުމުގެ ނަމުގައި ފެށި ހަރަކާތް މިހާރު ވަނީ ބަދަލުވާން ފަށާފައެވެ.

އެގޮތުން އަމިއްލަ ގޭގޭގައިވެސް އިންޑިއާ އައުޓް ޖެހުމަށް ރައީސް ޔާމީން ގޮވާލައްވާފައިވާއިރު، މިއީ ސިޔާސީ ގޮތުން ވަކި މަގުސަދެއް ހާސިލު ކުރުމަށް ހިންގަމުން ގެންދާ ހަރަކާތެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަ ކުރަމުންނެވެ. އަދި އިންޑިއާ އައުޓްގެ ނަމުގައި ޕެޓިޝަނެއްގައި ސޮއިކުރުންވެސް ކުރިއަށް ގެންގޮސްފައިވާއިރު މި ޕެޓިޝަންގައި ބުނަނީ މި ސަރުކާރުން އިންޑިއާއާއެކު ސިއްރު އަސްކަރީ އެއްބަސްވުންތަކެއްގައި ސޮއިކުރަމުން ގެންދާ ކަމަށެވެ. އަދި ގާނޫނުއަސާސީއާ ޚިލާފަށް ރާއްޖޭގެ ތަންތަން އިންޑިއާއަށް ދޫކޮށްފައިވާކަމަށެވެ.

އިންޑިއާ އައުޓް

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

18 އޯގަސްޓު 2025

މަޖިލިހުގައި ފޮރިން މިނިސްޓަރ ދޮގު ހެއްދެވި މައްސަލަ ހުށަހަޅައިފި

18 އޯގަސްޓު 2025
މަޖިލިހުގައި ފޮރިން މިނިސްޓަރ ދޮގު ހެއްދެވި މައްސަލަ ހުށަހަޅައިފި
30 އޮކްޓޯބަރު 2024

ޔާމީނުގެ ފަރާތުން ހުށަހެޅުއްވި "އިންޑިއާ އައުޓް" ގަރާރުގެ މައްސަލަ ކޯޓުން ބޭރުކޮށްލައިފި

30 އޮކްޓޯބަރު 2024
ޔާމީނުގެ ފަރާތުން ހުށަހެޅުއްވި "އިންޑިއާ އައުޓް" ގަރާރުގެ މައްސަލަ ކޯޓުން ބޭރުކޮށްލައިފި
22 އޮކްޓޯބަރު 2024

މުއިއްޒު ވެރިކަމަށް އައި މެންޑޭޓާ ހިލާފުވެއްޖެ، އަހުދާ ހިލާފުވުމުން ދެން ވެރިކަމުގައި ހުރުމުގެ ހައްގެއް ނެތް - ޔާމީން

22 އޮކްޓޯބަރު 2024
މުއިއްޒު ވެރިކަމަށް އައި މެންޑޭޓާ ހިލާފުވެއްޖެ، އަހުދާ ހިލާފުވުމުން ދެން ވެރިކަމުގައި ހުރުމުގެ ހައްގެއް ނެތް - ޔާމީން
13 އޮކްޓޯބަރު 2024

ހަނިމާދޫގައި ތިބި އިންޑިއާ ސިފައިން މިހާރުވީ އިތުރު، ޑޯނިޔާ ވެސް އެބަ ދުއްވާ- ހަނިމާދޫ ކައުސިލްގެ ނައިބު

13 އޮކްޓޯބަރު 2024
ހަނިމާދޫގައި ތިބި އިންޑިއާ ސިފައިން މިހާރުވީ އިތުރު، ޑޯނިޔާ ވެސް އެބަ ދުއްވާ-  ހަނިމާދޫ ކައުސިލްގެ ނައިބު
09 އޮކްޓޯބަރު 2024

ސިފައިންނާއެކު އިންޑިއާގެ އަސްކަރީ އުޅަނދުތަކެއް ގެންނަން ސަރުކާރުން އެއްބަސްވެއްޖެ

09 އޮކްޓޯބަރު 2024
ސިފައިންނާއެކު އިންޑިއާގެ އަސްކަރީ އުޅަނދުތަކެއް ގެންނަން ސަރުކާރުން އެއްބަސްވެއްޖެ
08 އޮކްޓޯބަރު 2024

މުއިއްޒުގެ ފަޚުރުވެރި އިންޑިއާ ދަތުރުފުޅުން ހާސިލްވީ މަލާމާތާ ފުރައްސާރަ ނޫންތޯ؟

08 އޮކްޓޯބަރު 2024
މުއިއްޒުގެ ފަޚުރުވެރި އިންޑިއާ ދަތުރުފުޅުން ހާސިލްވީ މަލާމާތާ ފުރައްސާރަ ނޫންތޯ؟
07 އޮކްޓޯބަރު 2024

މޯދީގެ މެސްކޮޓް ހަދައިގެން އިންޑިއާ އައުޓް ގޮވި ރައީސް މުއިއްޒު ދެއްވީ ރާއްޖެ އަންނަން މޯދީއަށް ދައުވަތު

07 އޮކްޓޯބަރު 2024
މޯދީގެ މެސްކޮޓް ހަދައިގެން އިންޑިއާ އައުޓް ގޮވި ރައީސް މުއިއްޒު ދެއްވީ ރާއްޖެ އަންނަން މޯދީއަށް ދައުވަތު
07 އޮކްޓޯބަރު 2024

ޗައިނާގެ ދަރަނީގެ ބިޑިން މިނިވަންވުމަށް ގޮތް ހުސްވެ ވެއްޓެން ޖެހުނީ ބުލީކުރި އިންޑިއާގެ ފައިބުޑަށް

07 އޮކްޓޯބަރު 2024
ޗައިނާގެ ދަރަނީގެ ބިޑިން މިނިވަންވުމަށް ގޮތް ހުސްވެ ވެއްޓެން ޖެހުނީ ބުލީކުރި އިންޑިއާގެ ފައިބުޑަށް
07 އޮކްޓޯބަރު 2024

އިންޑިއާ އަކީ ރާއްޖޭގެ ކުރިއެރުމުގެ މުހިންމު ބައިވެރިއެއް، އެހެން ވިޔަސް އިންޑިއާ އައުޓް

07 އޮކްޓޯބަރު 2024
އިންޑިއާ އަކީ ރާއްޖޭގެ ކުރިއެރުމުގެ މުހިންމު ބައިވެރިއެއް، އެހެން ވިޔަސް އިންޑިއާ އައުޓް
04 އޮކްޓޯބަރު 2024

އިންޑިއާ ދިމާލަށް އެއްޗެހި ކިޔާއިރު އެ ކިޔެނީ ހަމައެކަނި އިންޑިއާއާ ދިމާއަކަށް ނޫން: އަހުމަދު އަބްދުﷲ

04 އޮކްޓޯބަރު 2024
އިންޑިއާ ދިމާލަށް އެއްޗެހި ކިޔާއިރު އެ ކިޔެނީ ހަމައެކަނި އިންޑިއާއާ ދިމާއަކަށް ނޫން: އަހުމަދު އަބްދުﷲ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް