Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
މީރާގެ ޖެނުއަރީމަހުގެ ތަފާސްހިސާބުތައް

ޖެނުއަރީ މަހު އާމްދަނީގެ ގޮތުގައި މީރާއަށް 2.36 ބިލިއަން ރުފިޔާ

މިއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހާއި އަޅާބަލާއިރު، 31.2 އިންސައްތައިގެ އިތުރުވުމެއް

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ, ރާއްޖެ އެމްވީ | 11 ފެބުރުއަރީ 2022 | ހުކުރު 05:49
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)

ފާއިތުވި ޖެނުއަރީ މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ން އާމްދަނީގެ ގޮތުގައި 2.36 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަން އެއިދާރާއިން ހާމަކޮށްފިއެވެ.

މީރާއިން އާންމުކުރި ޖެނުއަރީ މަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ފާއިތުވި ޖެނުއަރީ މަހުގެ ތެރޭގައި މީރާއިން ވަނީ އާމްދަނީގެ ގޮތުގައި 2.36 ބިލިއަން ދިވެހި ރުފިޔާ ބަލައިގަނެފައެވެ. އޭގެ ތެރޭގައި 73.88 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ޖުމްލަ ދެ ބިލިއަނަށްވުރެ ގިނަ ރުފިޔާ އާމްދަނިގެ ގޮތުގައި މީރާއިން ބަލައިގަނެފައި ވާއިރު، މިއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހާއި އަޅާބަލާއިރު، 31.2 އިންސައްތައިގެ އިތުރުވުމެކެވެ. އަދި މިދިޔަ އަހަރުގެ ޖެނުއަރީ މަހާއި އަޅާބަލާއިރު މިއަހަރުގެ ޖެނުއަރީ މަހު ލިބޭނެކަމަށް މީރާއިން އަންދާޒާކުރި ވަރަށްވުރެ މިއަހަރުގެ ޖެނުއަރީމަހު ލިބުނު އާމްދަނީ ވަނީ 38.65 އިންސައްތަ އިތުރުވެފައެވެ.

މީރާއިން ބުނީ މިދިޔަ އަހަރުގެ ޖެނުއަރީއާއި އަޅާބަލާއިރު މިއަހަރުގެ ޖެނުއަރީ މަހު އާމްދަނީގެ ގޮތުގައި ބަލައިގަތް އަދަދު މިހާ ބޮޑުތަން އިތުރުވެފައިވަނީ ޓީޖީއެސްޓީ، ޖީއެސްޓީ، އިންކަމް ޓެކްސް އަދި ގްރީން ޓެކްސްގެ އިތުރުން އެއަރޕޯޓް ޓެކްސް އާއި ފީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެފައިވާތީ ކަމަށެވެ. 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހާއި އަޅާ ބަލާއިރު 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ ދެގުނަ އިތުރުވެފައެވެ. އެހެންކަމުން އެފަރާތްތަކުގެ އަތުން ނަގާފައިވާ ޓެކްސްއާއެކު މިއަހަރުގެ ޖެނުއަރީ މަހު ލިބުނު އާމްދަނީ ވަނީ ބޮޑުތަނުން އިތުރުވެފައެވެ.

މީގެ އިތުރުން، 2022 ވަނަ އަހަރުގެ ޖަނަވަރީ މަހު ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި އާމްދަނީ ލިބިފައިވުމަކީވެސް މިއަހަރުގެ ޖަނަވަރީމަހު ލިބުނު އާމްދަނީ އިތުރުވުމުގެ ސަބަބެއްކަމަށް މީރާއިން ފާހަގަކުރެއެވެ. ނިމުނު 2021 ވަނަ އަހަރުގެ ޖެނުއަރީ މަހު މި ފީ ލިބިފައެއް ނުވެއެވެ.

ފާއިތުވު ހަތަރު އަހަރަށް ބަލާނަމަވެސް ޖެނުއަރީ މަހުގެ ތެރޭގައި އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ މިއަހަރުގެ ތެރޭގައެވެ. 2018 ވަނަ އަހަރުގެ ޖެނުއަރީ މަހު މީރާއިން އާމްދަނީގެ ގޮތުގައި 2،194.2 މިލިއަން ރުފިޔާ ބަލައިގަނެފައި ވާއިރު، 2019 ވަނަ އަހަރު ބަލައިގަނެފައި ވަނީ 2،124.7 މިލިއަން ރުފިޔާއެވެ. 2020 ވަނަ އަހަރު މިއަދަދު އުޅެނީ 1،813.1 މިލިއަން ރުފިޔާގައެވެ. 2021 ވަނަ އަހަރުގެ ޖެނުއަރީމަހު އާމްދަނީގެ ގޮތުގައި މީރާއިން ބަލައިގަނެފައި ވަނީ 1،800.7 މިލިއަން ރުފިޔާއެވެ.

މިއަހަރުގެ ޖެނުއަރީ މަހުވެސް މީރާއަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީއެސްޓީގެ ގޮތުގައެވެ. މީރާއިން ބަލައިގަތް އާމްދަނީގެ 44.6 އިންސައްތައަކީ ޖީއެސްޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީއެވެ. މީރާއިން ބަލައިގަތް އާމްދަނީގެ ދެން އެންމެ ބޮޑު ހިއްސާއެއް އޮތީ އިންކަމް ޓެކްސްގައެވެ. މީރާއަށް ލިބުނު އާމްދަނީގެ 36.6 އިންސައްތަ ލިބިފައިވަނީ އިންކަމް ޓެކްސްގެ ގޮތުގައެވެ.

މީރާ

ކޮމެންޓް

އިތުރަށް ކިޔާލަން

ދަރުމަވަންތަ ހޮސްޕިޓަލް އެޅި ކުންފުނިން ޓެކްސް ނުދައްކާ މައްސަލައިގެ ޝަރީއަތް މަޑުޖައްސާލުމަށް އަމުރުކޮށްފި

ދަރުމަވަންތަ ހޮސްޕިޓަލް އެޅި ކުންފުނިން ޓެކްސް ނުދައްކާ މައްސަލައިގެ ޝަރީއަތް މަޑުޖައްސާލުމަށް އަމުރުކޮށްފި

05 އޮކްޓޯބަރު 2025
މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ބަދަލުވެއްޖެ

މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ބަދަލުވެއްޖެ

21 އޯގަސްޓު 2025
ޓެކްސް ފައިސާ ނުދައްކާ ފަރާތްތައް ޖަލަށްލާން ހުށަހެޅި އިސްލާހު އައިސްފައި ވަނީ ރައީސް އޮފީހުގެ މޭޒުދަށުން: ޒަރިޔަންދު

ޓެކްސް ފައިސާ ނުދައްކާ ފަރާތްތައް ޖަލަށްލާން ހުށަހެޅި އިސްލާހު އައިސްފައި ވަނީ ރައީސް އޮފީހުގެ މޭޒުދަށުން: ޒަރިޔަންދު

06 އޯގަސްޓު 2025
"ކޯޓުތަކުގައިވެސް އިންސާފު ކިރަން ހުންނަނީ ތިލަފަތެއް ނޫން، ތަރާދެއް ހުންނަނީ": މެންބަރު ޒިޔާދު

"ކޯޓުތަކުގައިވެސް އިންސާފު ކިރަން ހުންނަނީ ތިލަފަތެއް ނޫން، ތަރާދެއް ހުންނަނީ": މެންބަރު ޒިޔާދު

06 އޯގަސްޓު 2025
ޓެކްސް ނެގުމުގެ ޤާނޫނަށް ގެންނަ އިސްލާހު - "ސިއްރު ނުހިފަހައްޓައިފި ނަމަ 250،000 ރުފިޔާ އާއި ހަމައަށް ޖޫރިމަނާ ކުރެވޭނެ"

ޓެކްސް ނެގުމުގެ ޤާނޫނަށް ގެންނަ އިސްލާހު - "ސިއްރު ނުހިފަހައްޓައިފި ނަމަ 250،000 ރުފިޔާ އާއި ހަމައަށް ޖޫރިމަނާ ކުރެވޭނެ"

05 އޯގަސްޓު 2025

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު