Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނޫސްވެރިކަމުގެ މިނިވަންކަން

ނޫސްވެރިކަމުގެ ފުރިހަމަ މިނިވަންކަން އޮތް ނަމަވެސް ރައްޔިތުންގެ އިތުބާރު އެންމެ އެދެވޭ ގޮތެއްގައި އަދި ލިބިފައެއް ނެތް - މިނިސްޓަރ ފައްޔާޒު

ޕްލޭނެއްގެ ތެރެއިން އެންމެ އިސްކަމެއް ދޭންވީ، ރާއްޖޭގެ ނޫސްވެރިކަމަށް އާންމުންގެ އިތުބާރު ހޯދުމަށާއި ޕްރޮފެޝަނަލް ނޫސްވެރިން ބިނާކުރުމަށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 8 ފެބުރުއަރީ 2022 | އަންގާރަ 11:24
މޯލްޑިވްސް މީޑިއާ ކައުންސިލުގެ ސްޓްރެޓެޖިކް ޕްލޭން 2022-2026 މިނިސްޓަރ ފައްޔާޒު އިފްތިތާހުކޮށްދެއްވަނީ

މޯލްޑިވްސް މީޑިއާ ކައުންސިލުގެ ސްޓްރެޓެޖިކް ޕްލޭން 2022-2026 މިނިސްޓަރ ފައްޔާޒު އިފްތިތާހުކޮށްދެއްވަނީ

ނޫސްވެރިކަމުގެ ފުރިހަމަ މިނިވަންކަން އެންމެ ފުޅާކޮށް އެބައޮތްކަމަށާއި، ނަމަވެސް ރައްޔިތުންގެ އިތުބާރު އެންމެ އެދެވޭ ގޮތެއްގައި އަދި ލިބިފައި ނެތްކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުގެ ސްޓްރެޓެޖިކް ޕްލޭން 2022-2026 އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ފައްޔާޒު ވިދާޅުވީ, މިއަދު ދިވެހިރާއްޖޭގައި ނޫސްވެރިކަމުގެ ފުރިހަމަ މިނިވަންކަން އެންމެ ފުޅާކޮށް އެބައޮތްކަމަށާއި، ނަމަވެސް ރައްޔިތުންގެ އިތުބާރު އެންމެ އެދެވޭ ގޮތެއްގައި އަދި ލިބިފައި ނެތްކަމަށެވެ. އެހެންކަމުން މިފަދަ ޕްލޭނެއްގެ ތެރެއިން އެންމެ އިސްކަމެއް ދޭންވީ، ރާއްޖޭގެ ނޫސްވެރިކަމަށް އާންމުންގެ އިތުބާރު ހޯދުމަށާއި، ޕްރޮފެޝަނަލް ނޫސްވެރިން ބިނާކުރުމަށް ކަމުގައި ފާހަގަކުރެއްވިއެވެ. ހަމަ އެހެންމެ "ސެލްފް ރެގިއުލޭޓަރީ މެކޭނިޒަމް"އެއްގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުގެ ރައީސް، ޝަހުބާން ފަހުމީ ވިދާޅުވީ, މޯލްޑިވްސް މީޑިއާ ކައުންސިލުގެ ސްޓްރެޓެޖިކް ޕްލޭން ވެގެންދާނީ ރާއްޖޭގެ ހަލުވި ދުވެލީގައި ކުރިއަރަމުންދާ މީޑިއާގެ މާހައުލުގައި އިންސްޓިޓިއުޝަނަލް އިފެކްޓިވްނަސް, އަދި އެފިޝަންސީ ރަނގަޅުކުރުމަށް ކުރަހައިދޭ މަގުޗާޓެއްގެ ގޮތުގައިކަން ފާހަގަކޮށް، މި ޕްލޭން ރަނގަޅަށް ތަންފީޒުކުރުމުގެ ސަބަބުން، މީޑިއާގެ ދާއިރާއަކީ ޕްރޮފެޝަނަލް ދާއިރާއަކަށްވެ ނޫސްވެރިންގެ ސަލާމަތާއި ރައްކާތެރިކަން ހިމެނޭގޮތަށް، މީޑިއާގެ މިނިވަންކަން ކަށަވަރު ކުރުމަށް މަގުފަހިވެގެންދާނެކަމުގައެވެ. އަދި މި ޕްލޭންއަކީ އެމްއެމްސީގެ 13 އަހަރުގެ މާޒީގައި ފުރަތަމަ ފަހަރަށް އެކުލަވާލެވުނު ސްޓެރެޓެޖިކް ޕްލޭން ކަން ފާހަގަކުރެއްވިއެވެ.

އިފްތިތާހު ކުރެވުނު ސްޓްރެޓެޖިކް ޕްލޭންއަކީ 2022-2026ގައި އެ ކައުންސިލުން ހާސިލުކުރުމަށް ބޭނުންވާ މުހިންމު ލަނޑުދަނޑިތަކާއި، ރާއްޖޭގެ ނޫސްވެރިކަން އިތުރު ހަރުފަތްތަކަށް ގެންގޮސް ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްއާ އެއްގޮތްވާ ޕްރޮފެޝަނަލް މިންގަނޑަށް ފެތޭ ނޫސްވެރިކަމެއް ބިނާކުރެވިގެންދާނޭފަދަ، މުހިއްމު މަސައްކަތްތައް ހިމެނޭ ގޮތަށް ތައްޔާރު ކޮށްފައިވާ ޕްލޭނެކެވެ. އެގޮތުން، މި ޕްލޭންގެ މުއްދަތުގެ ތެރޭގައި މޯލްޑިވްސް މީޑިއާ ކައުންސިލުން ނަތީޖާ ހާސިލުކުރުމަށް އަމާޒުހިފާނެ މައިގަނޑު 7 "ކީ ރިޒަލްޓްސް އޭރިއާ"އެއް ވަރަށް ތަފްސީލުކޮށް ހިމަނާފައިވެއެވެ.

އެގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލަށް އިންޑަސްޓްރީގެ އިތުބާރު ހޯދުމާއި، މީޑިއާގެ މިނިވަންކަން ހިމާޔަތްކޮށް ދެމެހެއްޓުމާއި، ވަކި ފަރާތަކަށް ނުޖެހޭ ޑިސްޕިއުޓް ރިޒޮލިއުޝަން މެކޭނިޒަމްއެއް ގާއިމްކުރުމާއި، މާލީ މިނިވަންކަން އިތުރުކުރުމާއި، މޯލްޑިވްސް މީޑިއާ ކައުންސިލުގެ ގާނޫނީ އޮނިގަނޑު ހަރުދަނާކުރުމާއި، ރާއްޖޭގައި ޕްރޮފެޝަނަލް މީޑިއާ ޑިވެލޮޕްމަންޓް ކުރިއެރުވުން އަދި މުޖްތަމައުގެ އެންގޭޖްމަންޓް އިތުރުކުރުން ހިމެނެއެވެ. އަދި މި ކަންކަން ހާސިލުކުރެވޭ މިންވަރު އަހަރުން އަހަރަށް މިންކުރެވޭނެ މެކޭނިޒަމްއެއްވެސް މި ޕްލޭންގައިވަނީ ހިމަނާފައެވެ.

އެމްއެމްސީމިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ފައްޔާޒް އިސްމާއިލްނޫސްވެރިން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފައިސާ ދޭން ނިންމި ގޮތާއި މެދު ސުވާލު ކުރުމުން، މުޅި މަރުހަލާ ވެސް ޖެހީ "އުނބަށް"!

ފައިސާ ދޭން ނިންމި ގޮތާއި މެދު ސުވާލު ކުރުމުން، މުޅި މަރުހަލާ ވެސް ޖެހީ "އުނބަށް"!

31 އޮކްޓޯބަރު 2025
ނޫސްވެރިންގެ މުޒާހަރާގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ނުކުރަން، ދައުރުވާ ފޮޓޯތަކަކީ ހަގީގަތް އޮޅޭގޮތަށް ދައުރުވަމުންދާ ފޮޓޯތަކެއް: ފުލުހުން

ނޫސްވެރިންގެ މުޒާހަރާގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ނުކުރަން، ދައުރުވާ ފޮޓޯތަކަކީ ހަގީގަތް އޮޅޭގޮތަށް ދައުރުވަމުންދާ ފޮޓޯތަކެއް: ފުލުހުން

18 ސެޕްޓެމްބަރު 2025
މީޑިއާ ނައްތާލާ ބިލު ހުށަހެޅީ ބަންޑާރު ނައިބުގެ އޮފީހުން ފަރުމާ ކޮށްގެން: މީކާއީލްް

މީޑިއާ ނައްތާލާ ބިލު ހުށަހެޅީ ބަންޑާރު ނައިބުގެ އޮފީހުން ފަރުމާ ކޮށްގެން: މީކާއީލްް

19 އޯގަސްޓު 2025
ރައީސް މުއިއްޒުގެ ސަރުކާރުން އެންމެ ފުރަތަމަ ހަމަލާ ދީފައިވަނީ ނޫސްވެރިންނަށް: ރައީސް ސާލިހު

ރައީސް މުއިއްޒުގެ ސަރުކާރުން އެންމެ ފުރަތަމަ ހަމަލާ ދީފައިވަނީ ނޫސްވެރިންނަށް: ރައީސް ސާލިހު

10 ޑިސެމްބަރު 2024
މީޑީއާ ބިލު މަޖިލީހުން ބޭރުކުރާނަން، އަޅުގަނޑަކީ މީޑިއާތައް ކޮންޓްރޯލް ކުރަން އުޅޭ މީހެއް ނޫން: ރައީސް މުއިއްޒު

މީޑީއާ ބިލު މަޖިލީހުން ބޭރުކުރާނަން، އަޅުގަނޑަކީ މީޑިއާތައް ކޮންޓްރޯލް ކުރަން އުޅޭ މީހެއް ނޫން: ރައީސް މުއިއްޒު

18 ނޮވެމްބަރު 2024

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު