Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ2022 ގެ ފުރަތަމަ ދައުރުގެ 2 ވަނަ ޖަލްސާ

އިންސާފުން ކަންކަން ނުކުރާނަމަ ވަކިކުރަން ޖެހުނު ކޮންމެ މީހަކު ވަކިކުރަން ތައްޔާރު: މެމްބަރު އަލީ އާޒިމް

ރައްޔިިތުންނަށް ތާހިރު ދިރިއުޅުމކެއް ހޯދައިދިނުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް އެމްޑީޕީން ކުރާނެ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 7 ފެބުރުއަރީ 2022 | ހޯމަ 07:29
އަލީ އާޒިމް - އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު

އަލީ އާޒިމް - އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު

އިންސާފުން ކަންކަން ނުކުރާނަމަ ވަކިކުރަން ޖެހުނު ކޮންމެ މީހަކު ވަކިކުރަން ތައްޔާރަށް ތިބި ކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ފަނޑިޔާރުންގެ ގާނޫނަށް ހުށަހެޅިފައިވާ އިސްލާހަށް ހޯމަ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ، ރައްޔިިތުންނަށް ތާހިރު ދިރިއުޅުމެއް ހޯދައިދިނުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް އެމްޑީޕީން ކުރާނެ ކަމަށެވެ. އެއީ މިނިވަން މުއައްސަސާގެ މެމްބަރުން ކަމުގައި ވިޔަސް، ރައްޔިތުންނަށް އިންސާފުން ކަންކަން ކޮށްނުދޭ ނަމަ މެމްބަރުން ވަކިކޮށްގެންވެސް އެތަނެއް އިސްލާހު ކުރައްވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

މީގެއިތުރުން ރައްޔިތުންގެ އިތުބާރު އެމްޑީޕީއަށް އޮތްކަން ބައި އިލެކްޝަނުންވެސް ހާމަވެގެން ގޮސްފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި ރައްޔިތުން އެމްޑީޕީއަށް ވޯޓު ދެނީ ތާހިރު ދިރިއުޅުމެއް ހޯދުމަށް ކަމަށާއި އެހެންކަމުން ދައުލަތާއި ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވާތަން ބަލަން ނުތިއްބަވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ދައުލަތުގެ ގިނަ އަދަދެއްގެ ފައިސާ ކުރީގެ ރައީސް ޔާމީންގެ އެކައުންޓުގައި ހުރިކަން ކަނޑައެޅިގެން އެނގޭއިރު، ސުޕްރީމް ކޯޓުން އެ މަނިކުފާނު މިނިވަން ކުރަން ކުރި ހުކުމަކީ ވަރަށް ‘އަޖައިބުވާ ކަހަލަ’ ހުކުމެއް ކަމަށެވެ.

އަދި ޔާމީންގެ އެކައުންޓްގައި 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހުރިކަން ފެންނަން އޮތް އިރު، ޔާމީން މިނިވަންކަމާއެކު އުޅުމުގެ ފުރުސަތު ދޭން ޖެހޭ ކަމާމެދު ސުވާލު އުފެދޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރައްޔިތުން ވެސް އެދެނީ އެކަން ހުއްޓުވުމަށް ކަމަށް ވިދާޅުވެ، އާޒިމް އިތުރަށް ވިދާޅުވީ ފަނޑިޔާރުން އެކަން ނުކޮށްފިނަމަ ވަކި ކުރަން ޖެހޭ ފަރާތްތަކުން ވަކިކޮށްގެން ވެސް އެކަން ކުރަން ޖެހޭ ކަމަށާއި އަދި އެކަމަށް ތައްޔާރަށް އޮތް ކަމަށެވެ.

އެގޮތުން ގެންނަން ޖެހުނު ބަދަލު ގެނެސްގެން ދައުލަތުގެ ފައިސާ އެކައުންޓަށް ލާފައި ތިބި މީހުން ޖަލުގެ ތޭރިތަކުގެ ތެރެއަށް ލާންޖެހޭ ކަމަށާއި އެކަން އެހެން ނުކުރާނަމަ ރައްޔިތުން އެމްޑީޕީއަށް އިތުބާރުކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް އާޒިމް ވިދާޅުވިއެވެ. ގޯސްކޮށް ކަންކުރާ މީހުން ވަކި ނުކުރާނަމަ އެއީ ރައްޔިތުންނަށް ދެވޭ ނިކަމެތި ކަމެއް ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، ރައީސް ޔާމީން ގައުމުގައި ދޫކޮށްލާފައި ބެހެއްޓުމަށް ރައްޔިތުން ބޭނުންވާ ކަމެއް ނޫން ކަމަށާއި، ފަނޑިޔާރުން ކަންކަން ކުރަނީ ރަނގަޅަށްތޯ ބަލައި ޖޭއެސްސީންވެސް ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.

ރައްޔިތުންގެ މަޖިލިސްއަލީ އާޒިމްޖޭއެސްސީ

އިތުރަށް ކިޔާލަން

02 ޑިސެމްބަރު 2025

ގާޒީ، ފާއިޒް މަގާމުން ވަކި ކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވަން ފާސްކޮށްފި

02 ޑިސެމްބަރު 2025
ގާޒީ، ފާއިޒް މަގާމުން ވަކި ކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވަން ފާސްކޮށްފި
30 ނޮވެމްބަރު 2025

ސިވިލް ކޯޓުގެ ބައެއް މުވައްޒަފުން އެ ކޯޓުގެ ދެ ގާޒީއެއްގެ މައްސަލަ ޖޭއެސްސީ އަށް ހުށަހަޅައިފި

30 ނޮވެމްބަރު 2025
ސިވިލް ކޯޓުގެ ބައެއް މުވައްޒަފުން އެ ކޯޓުގެ ދެ ގާޒީއެއްގެ މައްސަލަ ޖޭއެސްސީ އަށް ހުށަހަޅައިފި
26 ނޮވެމްބަރު 2025

މުއިއްޒަށް މުއިއްޒު ކުރުދޮށިން

26 ނޮވެމްބަރު 2025
މުއިއްޒަށް މުއިއްޒު ކުރުދޮށިން
24 ނޮވެމްބަރު 2025

ފުލުހުން ފޮޓޯ ޑިލީޓް ކުރީ ޖޭއެސްސީގެ ރައީސް ހުސްނީ މުބާރަކަށް ބޮޑު ބޭބެ ކިޔާ މީހެއްގެ

24 ނޮވެމްބަރު 2025
ފުލުހުން ފޮޓޯ ޑިލީޓް ކުރީ ޖޭއެސްސީގެ ރައީސް ހުސްނީ މުބާރަކަށް ބޮޑު ބޭބެ ކިޔާ މީހެއްގެ
23 ނޮވެމްބަރު 2025

ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފި

23 ނޮވެމްބަރު 2025
 ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފި
20 ނޮވެމްބަރު 2025

ހައި ކޯޯޓުގެ އެންމެ ގިނަ ދުވަސްވީ ފަނޑިޔާރު ނިޔާޒު ރިޓަޔަރ ކުރައްވަން ނިންމައިފި

20 ނޮވެމްބަރު 2025
ހައި ކޯޯޓުގެ އެންމެ ގިނަ ދުވަސްވީ ފަނޑިޔާރު ނިޔާޒު ރިޓަޔަރ ކުރައްވަން ނިންމައިފި
28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
26 އޮކްޓޯބަރު 2025

ޖޭއެސްސީގެ ރައީސް ރިޒާ އިސްތިއުފާ ދެއްވައިފި

26 އޮކްޓޯބަރު 2025
ޖޭއެސްސީގެ ރައީސް ރިޒާ އިސްތިއުފާ ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު