ޖަރުމަނު ވިލާތަށް ކަނޑައަޅުއްވާފައިވާ ސަފީރު އޮޕޮޒިޝަންގެ ވަފުދާ ބައްދަލުކުރައްވައިފި
2 ޖޫން 2017 | ހުކުރު 20:26ޖަރުމަނުވިލާތަށް ކަނޑައަޅުއްވާފައިވާ ސަފީރާއި ރައީސް މުޙައްމަދު ނަޝީދާއި ބައްދަލުކުރެއްވީ ހުކުރު ދުވަހު


ރައީސް މުޙައްމަދު ނަޝީދާއި ޖޮއިންޓް އޮޕޮޒިޝަންގެ ވަފްދު ޖަރުމަނުގައި | ޓްވިޓަރ
ދިވެހިރާއްޖެއިން ޖަރުމަނުވިލާތަށް ކަނޑައަޅުއްވާފައިވާ ސަފީރު ޖަމީލާ ޢަލީ ރައީސް މުޙައްމަދު ނަޝީދާއި ޖޮއިންޓް އޮޕޮޒިޝަންގެ ވަފްދާއި ބައްދަލުކުރައްވައިފިއެެވެ.
ދިވެހިރާއްޖެއިން ޖަރުމަނުވިލާތަށް ކަނޑައަޅުއްވާފައިވާ ސަފީރު ޖަމީލާ ޢަލީ ރައީސް މުޙައްމަދު ނަޝީދާއި ޖޮއިންޓް އޮޕޮޒިޝަންގެ ވަފްދުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނާ ބައްދަލުކުރައްވާފައިވަނީ، ހުކުރުދުވަހުއެވެ.
ރާއްޖޭގައި އިންސާނީ ޙައްޤުތަައް ދަށު ދަރަޖައަކަށް ވައްޓާލާފައިވާކަމާއި ސަރުކާރުން ރައްޔިތުންނަށް ދެމުން ގެންދާ އަނިޔާތަކާއި ސަރުކާރުން ޝާމިލްވެގެން ހިންގާ ވައްކަމާއި ކޮރަޕްޝަންގެ މައުލޫމާތު ޖަރުމަނު ސަރުކަރާއި އެމްބެސެޑަރ ބައްދަލުކުރައްވާ އެހެނިހެން ފަރާތްތަކާ ހިއްސާކޮށްދެއްވައި އެކަން ހުއްޓުވައި ދެއްވުމަށް މަސައްކަތްކޮށްދެއްވުމަށް އެމްބެސެޑާރ އަރިހުގައި ރައީސް މުޙައްމަދު ނަޝީދާއި އޮޕޮޒިޝަންގެ ވަފްދުގެ ބޭފުޅުން އެދިވަޑައިގެންފައިވާކަމަށް އެމްޑީޕީން ބުނެ އެވެ.
އެމްޑީޕީން ބުނި ގޮތުގައި، މި ބައްދަލުކުރެއްވުމުގައި ޖަރުމަނުވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައިވާ ސަފީރު ވިދާޅުވީ ދިވެހިރާއްޖޭގައި ކަންކަން ގޯސްވެފައިވާ ކަމުގެ ކަންބޮޑުވުންތައް އެކަމަނާއާ ބައްދަލުކުރައްވާ ހުރިހާ ފަރާތްތަކުންވެސް ހިއްސާކުރައްވާ ކަމުގައެވެ.
ރައީސް ނަޝީދު ޖަރުމަނަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެގައުމުގެ ސަރުކާރުގެ އިސް ބައެއް ބޭފުޅުންނާ ގެންދަވަނީ ބައްދަލުކުރައްވަމުންނެވެ.







