Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޑރ އިޔާޒާއި އިމްރާންގެ އެކުވެރިކަން

އިމްރާނާއި ސިޔާސީ ގޮތުން ޚިޔާލުތަފާތު، ނަމަވެސް އިމްރާން ރިޝްވަތު ނެންގެވިކަމަށް ޤަބޫލެއްނުކުރަން: ޑރ. އިޔާޒު

ކޮމަންޑޫ ދާއިރާއަށް އެމްޑީޕީން ނިކުތް ކެންޑިޑޭޓް މުހައްމަދު ރާޝިދަށް ތާއީދުކުރުމަށް އަދާލަތު ޕާޓީން ތާއީދުކޮށްފައިވަނީ އިމްރާން އިސްވެ ހުންނަވާ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 7 ފެބުރުއަރީ 2022 | ހޯމަ 01:27
ޑރ. މުޙައްމަދު އިޔާޒު ޢަބްދުލްލަތީފް

ޑރ. މުޙައްމަދު އިޔާޒު ޢަބްދުލްލަތީފް

އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ އައްޝެއިޚް އިމްރާން އަބްދުﷲ އާއި ސިޔާސީ ގޮތުން ޚިޔާލުތަފާތު ކަމަށާއި ނަމަވެސް އިމްރާން ރިޝްވަތު ނަންގަވާނެކަމަށް ޤަބޫލުނުކުރައްވާކަމަށް އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު އަބްދުލްލަތީފް ވިދާޅުވެއްޖެއެވެ.

ނިމިގެންދިޔަ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެދާއިރާއަށް އެމްޑީޕީން ނިކުތް ކެންޑިޑޭޓް މުހައްމަދު ރާޝިދަށް ތާއީދުކުރުމަށް އަދާލަތު ޕާޓީން ތާއީދުކޮށްފައިވަނީ އިމްރާން އިސްވެ ހުންނަވާއެވެ. އިމްރާން އިސްވެ ހުންނަވާ ނިންމެވި ނިންމެވުމަށް އިޔާޒު އާއި އައްޝެއިހް އަލީ ޒައިދު ވަނީ ފާޑުވިދާޅުވެ ވާހަކަދައްކަވާފައެވެ. އަދި އެމްޑީޕީއަށް ވޯޓު ނުދިނުމަށް ޒައިދު ގޮވާލައްވާފައިވެސްވެއެވެ.

Advertisement - newsAdvertisement

އެހުރިހާ ކަމަކާއެކުވެސް އިމްރާން ވަނީ ކެމްޕެއިންގެ ހަރަކާތްތަކުގައި ކޮމަންޑޫ ދާއިރާއަށް ވަޑައިގެން އަމަލީ ގޮތުން ކެމްޕެއިންގައި ބައިވެރިވެވަޑައިގަންނަވާފައެވެ. މިއާއެކު އިދިކޮޅުން ވަނީ އިމްރާނުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއްކޮށްފައެވެ. އެގޮތުން އިދިކޮޅު ކޯލިޝަނުން ބުނީ އިމްރާން ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕޭނަށް ނިކުންނެވީ އިމްރާންގެ އެކުވެރި ވިޔަފާރިވެރިޔަކަށް ރަށެއް ދޭން ސަރުކާރުން ނިންމުމުންކަމަށެވެ. އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ނައިބް ރައީސް އަދި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝުޖާއު ވިދާޅުވީ އަދާލަތު ޕާޓީ ކުރިން އޮތީ އިންތިހާބުގެ ކެމްޕޭންގައި ބައިވެރި ނުވާ ގޮތަށް ކަމަށެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ފަހު އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝުޖާއު ވިދާޅުވީ އަދާލަތު ޕާޓީގެ ނިންމުން ބަދަލުވީ މިނިސްޓަރު އިމްރާނާއި އަދާލަތު ޕާޓީ އަށް ނިސްބަތްވާ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރުގެ ގާތް ރަހްމަތްތެރި އަރަބި ވިޔަފާރިވެރިޔަކަށް ރިސޯޓެއް ހެދުމަށް ރަށެއް ދިނުމަށް ރައީސް އޮފީހުން ނިންމުމުން ކަމަށެވެ.

މިތުހުމަތުތަކާއި ގުޅިގެން ޑރ. އިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިމްރާން އާއި ސިޔާސީ ގޮތުން ކިތަންމެ ޚިޔާލު ތަފާތުވީނަމަވެސް އަދި ނިމިދިޔަ ކޮމަންޑޫ ދާއިރާގައި އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދުކުރައްވާ ކެމްޕެއިނަށް ނިކުންނެވުމާ ދެކޮޅުނަމަވެސް އިމްރާން އެކަން ކުރެއްވީ ރިޝްވަތު ނަންގަވައިގެން ކަމަށް ގަބޫލު ނުކުރައްވާކަމަށެވެ.

އިދިކޮޅުން ކުރަމުންދާ ތުހުމަތުތަކަށް އަދާލަތުންވެސް އަދި އިމްރާންވެސް އަދި މިހާތަނަށް އެއްވެސް ރައްދެއް ދެއްވާފައެއް ނުވެއެވެ.

އަދާލަތު ޕާޓީހޯމް މިނިސްޓަރު، އިމްރާން އަބްދުﷲޑރ. އިޔާޒް

އިތުރަށް ކިޔާލަން

15 ނޮވެމްބަރު 2025

ކަރަންޓް ބިލު 400 ރުފިޔާ އަށް ކުޑަ ކޮށްފިއްޔާ، ޖެހިގެން އަންނަ މަހުގެ ބިލު 4000 ރުފިޔާ އަށްވުރެ ބޮޑުވާނެ

15 ނޮވެމްބަރު 2025
ކަރަންޓް ބިލު 400 ރުފިޔާ އަށް ކުޑަ ކޮށްފިއްޔާ، ޖެހިގެން އަންނަ މަހުގެ ބިލު 4000 ރުފިޔާ އަށްވުރެ ބޮޑުވާނެ
22 އޮކްޓޯބަރު 2025

ހުރިހާ ނުބައެއް ފެށިގެން އައީ މުއިއްޒު ރިޔާސީ ޓިކެޓް ވަގަށް ނެގި ހިސާބުން: އިމްރާން

22 އޮކްޓޯބަރު 2025
ހުރިހާ ނުބައެއް ފެށިގެން އައީ މުއިއްޒު ރިޔާސީ ޓިކެޓް ވަގަށް ނެގި ހިސާބުން: އިމްރާން
20 އޮކްޓޯބަރު 2025

ރައީސް މުއިއްޒަށް އަދާލަތު ޕާޓީގެ ވަރުގަދަ ދެ އިލްތިމާސް!

20 އޮކްޓޯބަރު 2025
ރައީސް މުއިއްޒަށް އަދާލަތު ޕާޓީގެ ވަރުގަދަ ދެ އިލްތިމާސް!
03 އޮކްޓޯބަރު 2025

ވިޔަފާރިވެރިންނަށް 5 ހަފުތާގެ ތެރޭގައި ފައިސާ ދޫކުރަން ރައީސް ނިންމަވައިފި

03 އޮކްޓޯބަރު 2025
ވިޔަފާރިވެރިންނަށް 5 ހަފުތާގެ ތެރޭގައި ފައިސާ ދޫކުރަން ރައީސް ނިންމަވައިފި
03 އޮކްޓޯބަރު 2025

މިއީ އޮޅުވާލުމާ، ފޮރުވުމާ ލޫޓުވުމުގެ ސަރުކާރެއް: އަބްދުﷲ ޝާހިދު

03 އޮކްޓޯބަރު 2025
މިއީ އޮޅުވާލުމާ، ފޮރުވުމާ ލޫޓުވުމުގެ ސަރުކާރެއް: އަބްދުﷲ ޝާހިދު
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު