Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ސާލިޙުގެ ރިޔާސީ ބަޔާން

ރައީސް ވިދާޅުވި ހެޔޮވެރިކަން ފައްޔާޒުގެ ދޫފުޅުން: ކާކުތޯ ހައްޔަރުކުރީ އަޅުގަނޑުމެން؟ ކޮން ނޫހެއްތޯ އަޅުގަނޑުމެން އުވާލީ؟

މިހާތަނަށް ހޯދުނު ކާމިޔާބީއަކާއި އަދި މާދަމާ ހޯދަން އޮތް ކާމިޔާބީއެއްގެ ސިއްރަކަށް ވާނީ ހެޔޮވެރިކަން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 4 ފެބުރުއަރީ 2022 | ހުކުރު 06:23
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙާއި، އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ބައްދަލުކުރައްވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙާއި، އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ބައްދަލުކުރައްވަނީ

ވެރިކަން ގެއްލިދާނެތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު ކަންބޮޑުވެވަޑައި ނުގަންނަވާކަމަށާއި، ރައީސްގެ ފޯކަސް ހުންނެވީ ރައްޔިތުންނަށް އެތައް ޒަމާނެއް ވަންދެން ނުކޮށްދެވި ހުރި ކަންކަން ކޮށްދެއްވާ، ހެޔޮވެރިކަމެއް ކުރެއްވުމަށް ކަމުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

މިހާތަނަށް ހޯދުނު ކާމިޔާބީއަކާއި، މާދަމާ ހޯދަން އޮތް ކާމިޔާބީއެއްގެ ސިއްރަކަށް ވާނީ ހެޔޮވެރިކަންކަމަށް ރައީސް ސާލިޙުގެ ރިޔާސީ ބަޔާނުގައި ވިދާޅުވުމާއި ގުޅޭގޮތުން ރާއްޖެއެމްވީން ސުވާލު ދެންނެވުމުން ފައްޔާޒް ވަނީ، މި ވެރިކަމުގައި އަނިޔާވެރިކަމާއެކު ޖަލަށްލާފައިވަނީ ކާކުތޯ އާއި، އަނިޔާ ލިބުނީ ކޮން ނޫސްވެރިއަކަށްތޯ ސުވާލު ކުރައްވާފައެވެ.

Advertisement - newsAdvertisement

ވަކިން ޚާއްސަކޮށް އިންޑިއާ ކަނޑުގެ ސަރަޙައްދު ކިލަނބުކޮށް، ދިވެހިންގެ އިސްތިޤުލާލަށް ގެއްލުންވާނެ ފަދަ ކަންތައްތަކެއް ބަޔަކު ކުރަމުން ގެންދާއިރުވެސް، މި ސަރުކާރުން ބަޔަކު ހައްޔަރުކޮށް ޖަލަށްލައިގެން އަނިޔާވެރިކަމާއެކު ކަންކަން ކުރަމުން ނުދާކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ، ކުރީގެ ސަރުކާރުން ނަމަ އޭސީސީއަށް ނުވަތަ ކޯޓެއްގެ ޙުކުމަކަށް ނުބަލާ ކަމަށެވެ. އޭރު ކޯޓަކުން ޙުކުމެއް ކުރުމުން އެ ކޯޓެއްގެ "ފުރާޅު ނަގައިގެން" ގާޒީން ހައްޔަރުކުރި މަންޒަރާއި، ސަރުކާރު ބޭނުންވާ ގޮތަށް ކޯޓުތައް ހިންގި މަންޒަރު ފެނިފައިވާކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ. ނަމަވެސް މިސަރުކާރުން ކޯޓުގެ ނިންމުންތަކަށް އިޚްތިރާމު ކުރާކަމަށް ފައްޔާޒް ވިދާޅުވިއެވެ. އަދި ރައީސް އެވިދާޅުވާ ހެޔޮވެރިކަމަކީ މިއީ ކަމަށާއި މި ޤައުމުގެ މުސްތަޤުބަލެއްވެސް އޮތީ ވެރިކަން ކުރާ ބާރާއި، އަދުލު އިންސާފު ޤާއިމުކުރާ ބާރު ވަކިވެގެންކަން މިހާރުގެ ސަރުކާރުން ޤަބޫލުކުރާކަމުގައި ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ، އެ ހުރިހާ ގޮންޖެހުމަކާއެކު ކުރިއަށް ނުދެވޭނަމަ އެއްވެސް ބަޔަކު ވެރިކަމަށް އައުމުގެ ބޭނުމެއް ނެތް ކަމަށެވެ. މީހުން ހައްޔަރުކުރުމާއި، ތަޙުޤީޤު ހިންގުމާއި، ދައުވާކޮށް، ހެއްކާއި ޤަރީނާ ހުށައަޅައިގެން ކުށް ސާބިތު ކުރުމަކީ، މިއީ ވަކި ނިޒާމެއްގެ ދަށުން އޮންނަން ޖެހޭ ކަންކަން ކަމުގައިވެސް ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވަނީ އިދިކޮޅުން ކުރިއަށް ގެންދާ އިންޑިއާ އައުޓް ކެމްޕޭނަކީ ހެޔޮ ވެރިކަމެއް މިސަރުކާރުން ކުރާތީ ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށް ކުރަމުންދާ ކަމެއްކަމަށް ވިދާޅުވެފައެވެ. އެޙަރަކާތަށް މާބޮޑު ތަރުހީބެއްވެސް ނުލިބޭކަމަށާއި ނަމަަވެސް، އެޙަރަކާތުގެ ސަބަބުން ދިވެހިންގެ މިނިވަންކަމާއި އިސްތިޤުލާލަށް ބޮޑެތި އަސަރު ކުރާކަމަށް ފައްޔާޒް ވިދާޅުވިއެވެ.

މީގެއިތުރުން، ވެރިކަން ގެއްލިދާނެތީ ރައީސް ސާލިޙު ކަންބޮޑުވެވަޑައިނުގަންނަވާކަން ފާހަގަކުރައްވައި ފައްޔާޒް އިތުރަށް ވިދާޅުވީ، ރައީސްގެ ފޯކަސް ހުންނެވީ ރައްޔިތުންނަށް އެތައް ޒަމާނެއް ވަންދެން ނުކޮށްދެވި ހުރި ކަންކަން ކޮށްދެއްވުމަށް ކަމަށެވެ. ހެޔޮ ވެރިކަމަކީ މިއީކަންވެސް ފައްޔާޒް ފާހަގަކުރެއްވިއެވެ.

މިހާތަނަށް ހޯދުނު ކާމިޔާބީއަކާއި އަދި މާދަމާ ހޯދަންއޮތް ކާމިޔާބީއެއްގެ ސިއްރަކަށް ވާނީ ހެޔޮވެރިކަންކަމަށް ރައީސް ވިދާޅުވީ ރިޔާސީ ބަޔާން އިއްވަވަމުންނެވެ. ރައީސް ވިދާޅުވި ގޮތުގައި ހެޔޮވެރިކަމަކީ، އެވެރިކަމުގެ ހިޔާވަހިކަން އިންސާފުވެރިކަމާއި ހަމަހަމަ ކަމާއެކު، ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ.

ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ސިޔާސީ އިދިކޮޅު ހުރިހާ ލީޑަރުން ތިއްބެވީ ޖަލުގައެވެ. ޕާޓީތަކުގެ ލީޑަރުން ޖަލުގައި ތިއްބަވަން ޖެހެނީ ކުށެއް ކުރައްވައިގެން ނޫން ކަމަށާއި އެބޭފުޅުން ޖަލުގައި ތިއްބަވަން ޖެހެނީ ރައީސް އަބްދުﷲ ޔާމީނަން ބިރަކަށް ވުމުން ކަމަށް އޭރުވެސް އިދިކޮޅު ސިޔާސީ ފަރާތްތަކުން ގެންދިޔައީ ބުނަމުންނެވެ.

އޭރު އިދިކޮޅު ސިޔާސީ ލީޑަރުން ހައްޔަރު ކުރުމާއި، އިދިކޮޅު ސިޔާސީ ފަރާތްތަކަށް ބިރު ދެއްކުން ހުއްޓާލުމަށް ޔޫރަޕިއަން ޔޫނިއަނުން ދިވެހި ސަރުކާރަށްވެސް ގޮވާލާފައިވެއެވެ. ޔޫރަޕިއަން ޔޫނިއަނާއި، ކެނެޑާ, ނޯވޭ، ސްވިޒަލޭންޑްގެ އިތުރުން އެމެރިކާ ގުޅިގެން ނެރުނު ބަޔާނެއްގައި ވަނީ، އެއްވެ އުޅުމުގެ މިނިވަންކަމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އިހުތިރާމް ކުރުމުގެ މިނިވަންކަން އޮންނަންޖެހޭކަން ފާހަގަކޮށް، ޖަލަށްލުމުގެ ބިރެއް ނެތި އިދިކޮޅު ސިޔާސި ފަރާތްތަކުން ރާވާ ހަރަކާތްތައް ހިންގުމުގެ ފުރުސަތު ދޭންޖެހޭކަމަށް ބަޔާންކޮށްފައެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި ޖޭޕީގެ ރައީސް ގާސިމް އިބްރާހިމާއި، ގާސިމްގެ ދަރިކަލުންނާއި، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި، އަދާލާތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ވަނީ ޖަލަށް ލާފައެވެ. އެބޭފުޅުންގެ އިތުރުން ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި، ގެލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފާއި، ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުވެސް ޖަލަށް ލާފައިވެއެވެ.

ރިޔާސީ ބަޔާންރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު

ކޮމެންޓް

އިތުރަށް ކިޔާލަން

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
އުންމީދުން ފުރިގެންވާ ރިޔާސީ ބަޔާން އާޚިރުގައި ވެގެން ދިޔައީ ސަޅިބައިސާ އަށް

އުންމީދުން ފުރިގެންވާ ރިޔާސީ ބަޔާން އާޚިރުގައި ވެގެން ދިޔައީ ސަޅިބައިސާ އަށް

05 ފެބުރުއަރީ 2025
އަމާޒަކީ މި ދައުރުގައި އަމިއްްލަ ހިޔާވަހިކަމުން މަހުރޫމުވެފައި ހުރި އެއްވެސް ދިވެއްސަކު ނެތްކަން ކަށަވަރުކުރުން: ރައީސް

އަމާޒަކީ މި ދައުރުގައި އަމިއްްލަ ހިޔާވަހިކަމުން މަހުރޫމުވެފައި ހުރި އެއްވެސް ދިވެއްސަކު ނެތްކަން ކަށަވަރުކުރުން: ރައީސް

05 ފެބުރުއަރީ 2024
މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި

މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި

31 އޮކްޓޯބަރު 2023
ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް

ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް

31 އޮކްޓޯބަރު 2023

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު