Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދިއްދޫގެ ޤަބުރުސްޠާނު

ދިއްދޫގެ ޤަބުރުސްޠާނުގައި ހުރި ދުވަސްވީ ހިރިގައު މަހާނަގައުތަކެއް ނަގާފައިވަނީ 2017 ވަނަ އަހަރު: ސަޤާފީ ތަރިކަ ރައްކާތެރި ކުރާ ޤައުމީ މަރުކަޒު

2 ފެބުރުއަރީ 2022 | ބުދަ 08:37

އެ މަހާނަ ގައުތައް ރައްކާތެރިކުރުމާއި ގުޅޭގޮތުން ދިއްދޫ ކައުންސިލާއި ދަނީ މަޝްވަރާކުރަމުން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 2 ފެބުރުއަރީ 2022 | ބުދަ 08:37
ދިއްދޫގެ ޤަބުރުސްޠާނުގައި ހުރި ދުވަސްވީ ހިރިގައު މަހާނަގައުތައް

ދިއްދޫގެ ޤަބުރުސްޠާނުގައި ހުރި ދުވަސްވީ ހިރިގައު މަހާނަގައުތައް

ތިލަދުންމަތީ އުތުރުބުރީ ދިއްދޫގެ ޤަބުރުސްޠާނުގައި ހުރި ދުވަސްވީ ހިރިގައު މަހާނަގައުތަކެއް ނަގާފައިވަނީ 2017 ވަނަ އަހަރުގެ ތެރޭގައި ޤަބުރުސްޠާނުގައި ކުރިން މީހުން ވަޅުލާފައިވާ ސަރަޙައްދު އަލުން ބޭނުންކުރުމަށްޓަކާއި އެތަން ސާފުކުރުމަށް ކަމަށް ސަޤާފީ ތަރިކަ ރައްކާތެރި ކުރާ ޤައުމީ މަރުކަޒުން ބުނެފިއެވެ.

އެ މަރުކަޒުން ބުނީ ދިއްދޫގެ ޤަބުރުސްޠާނުގައި ހުރި ދުވަސްވީ ހިރިގައު މަހާނަގައުތަކެއް ނަގައި، ގާފުންޏަކަށް ވާހެން އުކާލާފައިވާތަން ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ކަމަށާއި ބެލި ބެލުމުން އެނގުނު ގޮތުގައި ދިއްދޫ ޤަބުރުސްޠާނުގެ ޖާގަ ކުޑަވެގެން އެ ޤަބުރުސްޠާނުގައި ކުރިން މީހުން ވަޅުލާފައިވާ ސަރަޙައްދު އަލުން ބޭނުންކުރުމަށްޓަކާއި އެތަން ސާފުކުރުމަށް އެ ގައުތަށް ނަގާފައިވަނީ 2017 ވަނަ އަހަރުގެ ތެރޭގައި ކަމަށެވެ.

Advertisement - newsAdvertisement

އިހުގެ މިފަދަ މަހާނާގައުތަކަކީ ހިރިގަލު ވަޑާމުގެ މަސައްކަތްތެރިކަން މަތީ ފެންވަރަކަށް ދައްކުވައިދޭ ތަކެއްޗަށް ވުމާއި، މަހާނާގަލުގައި ހުންނަ ލިޔުންތަކަކީ އެ ލިޔުންތައް ދިރާސާކޮށްގެން ދިވެހިރާއްޖޭގެ ތާރީޚަށް އައު މައުލޫމާތުތަކެއް ލިބިގެން ހިނގައިދާނެ ފަދަ ލިޔުންތަކެއް ކަމުން، ދިވެހިންގެ ތާރީޚާއި ސަގާފަތް ދެމެހެއްޓުމަށްޓަކައި މިފަދަ މަހާނަގައުތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމަކީ ނުހަނު މުހިއްމު ކަމެއް ކަމަށް އެމަރުކަޒުން ދެކޭ ކަމަށްވެސް އެމަރުކަޒުގެ ފަރާތުން ބުނެއެވެ.

ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނުގެ 49 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން މީހުން ދިރިއުޅޭ ރަށްރަށުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ސަގާފީ ތަރިކަ ރައްކާތެރިކޮށް ދެމެހެއްޓުމަކީ އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ކައުންސިލްގެ ޒިންމާގެ ތެރޭގައި ހިމެނިފައި އޮންނަ ކަމަކަށް ވާއިރު، މި މަރުކަޒުން ދެކޭ ގޮތުގައި ދިއްދޫ ޤަބުރުސްޠާނުން ނަގާފައި ހުރި ހިރިގައު މަހާނަގައުތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް ދިއްދޫ ކައުންސިލްގެ އެއްބާރުލުން ބޭނުންވާ ކަމަށާއި އެހެންކަމުން އެމަރުކަޒުން މިހާރު އެ މަހާނަގައުތައް ރައްކާތެރިކުރުމާއި ގުޅޭގޮތުން ދިއްދޫ ކައުންސިލާއި މަޝްވަރާ ކުރަމުންދާ ކަމަށް މަރުކަޒުން ބުންޏެވެ.

ދިވެހިރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައިވެސް ހުރި މިފަދަ، ދިވެހިންގެ މަސައްކަތްތެރިކަމާއި، ތާރީޚު ފެންނަ ތަރިކަ ރައްކާތެރިކޮށް ބެލެހެއްޓުމަކީ އެމަރުކަޒާއި، ކައުންސިލްތަކާއި އަދި އާންމު ފަރުދުންގެވެސް ޤާނޫނީ ޒިންމާއަކަށްވާއިރު، މިފަދަ ތަކެތި ރައްކާތެރިކޮށް ބެލެހެއްޓުމަށް ޚާއްސަ އިސްކަމެއް ދީގެން، ތާރީޚީ ގޮތުންނާއި، އަދި ސަގާފީ ފަތުރުވެރިކަމުގެ ތެރެއިން އިޤުތިޞާދީ ގޮތުން މިތަކެތީގެ ބޭނުން ހިފޭނެ ވިސްނުންތައް އިސްކުރެއްވުމަށް އެމަރުކަޒުން ކައުންސިލްތަކާއި ފަރުދުންނަށް ވަނީ އިލްތިމާސްކޮށްފައެވެ.

ސަޤާފީ ތަރިކަ ރައްކާތެރި ކުރާ ޤައުމީ މަރުކަޒު

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި

22 ޖެނުއަރީ 2017
ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި
22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
12 ޖެނުއަރީ 2017

ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި

12 ޖެނުއަރީ 2017
ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް