Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވެން ޑަ ބީކް އެވަޓަނަށް ބަދަލުވުން

ލޯނު އުސޫލުން ވެން ޑަ ބީކް އެވަޓަނަށް

އެވަޓަނުން ވަނީ ޓޮޓެންހަމުގެ ޑެލެ އަލީގެ ސޮއިވެސް ހޯދާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 1 ފެބުރުއަރީ 2022 | އަންގާރަ 14:28
އެވަޓަނާ ގުޅުނު ނެދަލެންޑްސްގެ މިޑްފީލްޑަރު ޑޮނީ ވެން ޑަ ބީކް

އެވަޓަނާ ގުޅުނު ނެދަލެންޑްސްގެ މިޑްފީލްޑަރު ޑޮނީ ވެން ޑަ ބީކް

ލޯނު އެއްބަސްވުމެއްގެ ދަށުން މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އައި ނެދަލެންޑްސްގެ މިޑްފީލްޑަރު ޑޮނީ ވެން ޑަ ބީކް އެވަޓަނަށް ބަދަލުވެއްޖެއެވެ.

އުމުރުން 24 އަހަރުގެ ވެން ޑަ ބީކް އެވަޓަނާ ގުޅުނީ މި ސީޒަނުގެ ނިޔަލަށެވެ. އެވަޓަނުން ވެން ޑަ ބީކުގެ ސޮއި ހޯދާފައިވަނީ އެ ޓީމުގެ އައު ކޯޗުގެ މަގާމަށް ހަމަޖެއްސި ފްރޭންކް ލަމްޕާޑުގެ އެދުމުގެ މަތިންނެވެ. ޗެލްސީގެ ކޯޗުގެ މަގާމުން މިދިޔަ އަހަރުގެ ޖެނުއަރީ މަހު ވަކިކުރި ލަމްޕާޑް، އެވަޓަނުގެ ކޯޗަކަށް ގެނައީ ދެ އަހަރާ ބައިގެ އެއްބަސްވުމެއްގައި، 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

ވެން ޑަ ބީކުގެ އިތުރުން މި ފަހަރުގެ ޓްރާންސްފާ ބާޒާރުގެ ފަހު ދުވަހު އެވަޓަނުން ވަނީ ލަމްޕާޑުގެ އެދުމުގެ މަތިން ޓޮޓެންހަމް ހޮޓްސްޕާއަށް ކުޅެމުން އައި އިންގްލެންޑުގެ މިޑްފީލްޑަރު ޑެލެ އަލީގެ ސޮއިވެސް ހޯދާފައެވެ. އެގޮތުން 40 މިލިޔަން ޕައުންޑުގެ ފީއަކަށް އުމުރުން 25 އަހަރުގެ އަލީ އެވަޓަނަށް ބަދަލުވިއިރު، އޭނާ އެ ޓީމާ ގުޅުނީ ދެ އަހަރާ ބައިގެ އެއްބަސްވުމެއްގައި، 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

މި ސީޒަނަށް ވެން ޑަ ބީކް އެވަޓަނަށް ބަދަލުވިއިރު، އޭނާ މީގެ ކުރިން ޔުނައިޓެޑާ ގުޅުނީ 2020 ވަނަ އަހަރުގެ އޮގަސްޓް މަހު 35 މިލިޔަން ޕައުންޑުގެ އަގަކަށެވެ. އަދި އޭނާ ވަނީ ޔުނައިޓެޑާއެކު ފަސް އަހަރުގެ އެއްބަސްވުމެއް ހަދާފައެވެ. އަދި އެ އެއްބަސްވުމުގެ ދަށުން އިތުރު އެއް އަހަރަށް ވެން ޑަ ބީކް ޔުނައިޓެޑުގައި ބެހެއްޓުމުގެ ފުރުސަތު ލިބިގެންދެއެވެ.

މީގެ ކުރިން އަޔަކްސްގައި މޮޅު ކުޅުމެއް ދެއްކި ވެން ޑަ ބީކް ޔުނައިޓެޑަށް ބަދަލުވި ނަމަވެސް، ޔުނައިޓެޑުގެ ފުރަތަމަ އެގާރައިން އޭނާއަށް މާ ގިނަ ފުރުސަތުތަކެއް ލިބިފައެއް ނުވެއެވެ. އެގޮތުން މިހާތަނަށް ޔުނައިޓެޑަށް ކުޅެދިން 50 މެޗުގައި ވެން ޑަ ބީކަށް ކާމިޔާބުކުރެވިފައިވަނީ އެންމެ ދެ ލަނޑެކެވެ.

ޔުނައިޓެޑުގައި ވެން ޑަ ބީކަށް މިހާތަނަށް އެންމެ އެދެވޭ ކުޅުމެއް ނުދެއްކުނު ނަމަވެސް، މީގެ ކުރިން އޭނާ ވަނީ އަޔަކްސްގައި ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން ވެން ޑަ ބީކަކީ އަޔަކްސްއިން 2018-2019 ވަނަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ފުރުޞަތު ހޯދި ޓީމުގައި މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެކެވެ. އަދި އަޔަކްސްއަށް ކުޅެދިން 175 މެޗު 41 ލަނޑު ކާމިޔާބުކޮށްފައިވާ ވެން ޑަ ބީކް ވަނީ އެ ޓީމާއެކު 2018-2019 ވަނަ އަހަރުގެ ނެދަލެންޑްސް ލީގުވެސް ކާމިޔާބުކޮށްފައެވެ.

ޑޮނީ ވެން ޑަ ބީކްއެވަޓަން

އިތުރަށް ކިޔާލަން

25 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

25 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ
21 ސެޕްޓެމްބަރު 2025

އެވަޓަން އަތުން ވެސް މޮޅުވެ، ލިވަޕޫލް އެއް ވަނައިގައި

21 ސެޕްޓެމްބަރު 2025
އެވަޓަން އަތުން ވެސް މޮޅުވެ، ލިވަޕޫލް އެއް ވަނައިގައި
23 ޑިސެމްބަރު 2024

އެވަޓަން ކައިރިން ޗެލްސީ އެއްވަރު

23 ޑިސެމްބަރު 2024
އެވަޓަން ކައިރިން ޗެލްސީ އެއްވަރު
01 އެޕްރީލު 2024

އެވަޓަން ރެލިގޭޝަން ޒޯނުގައި، ދަރަނި 112 މިލިއަން ޑޮލަރުގައި

01 އެޕްރީލު 2024
އެވަޓަން ރެލިގޭޝަން ޒޯނުގައި، ދަރަނި 112 މިލިއަން ޑޮލަރުގައި
04 ފެބުރުއަރީ 2024

އިތުރު ވަގުތުގައި ލަނޑު ޖަހައިގެން އެވަޓަން އިން ޓޮޓްނަމް ހުއްޓުވައިފި

04 ފެބުރުއަރީ 2024
އިތުރު ވަގުތުގައި ލަނޑު ޖަހައިގެން އެވަޓަން އިން ޓޮޓްނަމް ހުއްޓުވައިފި
28 ޑިސެމްބަރު 2023

ފަހަތުން އަރާ އެވަޓަން ބަލިކޮށް، މެންޗެސްޓަރ ސިޓީ އަލުން ހަތަރަކަށް

28 ޑިސެމްބަރު 2023
ފަހަތުން އަރާ އެވަޓަން ބަލިކޮށް، މެންޗެސްޓަރ ސިޓީ އަލުން ހަތަރަކަށް
08 ޑިސެމްބަރު 2023

ނިއުކާސަލް ޔުނައިޓެޑް ބަލިކޮށް، އެވަޓަން ރެލިގޭޝަނުން ބޭރަށް

08 ޑިސެމްބަރު 2023
ނިއުކާސަލް ޔުނައިޓެޑް ބަލިކޮށް، އެވަޓަން ރެލިގޭޝަނުން ބޭރަށް
02 މާރިޗު 2023

އާސެނަލްގެ ލީޑް ފަސް ޕޮއިންޓުގައި

02 މާރިޗު 2023
އާސެނަލްގެ ލީޑް ފަސް ޕޮއިންޓުގައި
05 ފެބުރުއަރީ 2023

އެވަޓަން އަތުން އާސެނަލް ބަލިވުމަކީ އާޓެޓާ އަށް ޤަބޫލުކުރަން ދަތި ކަމެއް

05 ފެބުރުއަރީ 2023
އެވަޓަން އަތުން އާސެނަލް ބަލިވުމަކީ އާޓެޓާ އަށް ޤަބޫލުކުރަން ދަތި ކަމެއް
04 ފެބުރުއަރީ 2023

އާ ކޯޗާއެކު އެވަޓަންއިން އާސެނަލް ބަލިކޮށްފި

04 ފެބުރުއަރީ 2023
އާ ކޯޗާއެކު އެވަޓަންއިން އާސެނަލް ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު