Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއައްޑޫއަށް ގެނައި އަސްތައް

އައްޑޫއަށް ގެނައި އަސްތައް ކިހާ މޯލްޑިވްސްއަށް ގެންދިޔައީ ފަތުރުވެރިކަމުގެ ބޭނުމަށް

އައްޑޫގެ ލޯކަލް ޓޫރިޒަމަށް އަސްތައް ބޭނުން ކުރުމުގައި އަދިވެސް ގިނަ ގޮންޖެހުންތަކެއް އެބަހުރި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 31 ޖެނުއަރީ 2022 | ހޯމަ 05:10
އައްޑޫސިޓީއަށް ގެނެސްފައިވާ އަސްތައް ބެއިތިއްބުމަށް ޚާއްސަ ޖާގަތަކެއް ވަނީ ކަނޑައަޅާފައި

އައްޑޫސިޓީއަށް ގެނެސްފައިވާ އަސްތައް ބެއިތިއްބުމަށް ޚާއްސަ ޖާގަތަކެއް ވަނީ ކަނޑައަޅާފައި

އައްޑޫއަށް ގެނައި އަސްތައް ކިހާ މޯލްޑިވްސްއަށް ގެންދިޔަ ނަމަވެސް، އައްޑޫއަށްވެސް އިތުރު އަސްތަކެއް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް އެކަމުގައި އިސްކޮށް އުޅޭ ފަރާތްތަކުން ރާއްޖެއެމްވީއަށް މައުލޫމާތު ދީފިއެވެ.

އައްޑޫއަށް އަސްތަކެއް ގެނެސްފައިވަނީ 2021 ވަނަ އަހަރުގެ ކުރީކޮޅުއެވެ. ސަދަރން ސްޓެލިއަންސްގެ ނަމުގައި ކުންފުންޏެއް ރަޖިސްޓްރީކޮށްގެން ސަރުކާރުގެ އެކި އިދާރާތަކާއި މަޝްވަރާކޮށް މިކަމަށް ބޭނުންވާ ހުއްދަތައް ނަގައިގެން އޭރު 3 އަސް ގެނެސްފައިވެއެވެ. އެގޮތުން އެކަމުގެ މައިގަނޑު އަމާޒަކީ އާންމު ރައްޔިތުންނަށް އަސްތައް ދައްކާލައި، އާންމު ރައްޔިތުންނަށް ވެސް ހުޅުވާލައިގެން މިކަމާ ގުޅޭ ޙަރަކާތްތައް ކުރިއަށް ގެންދިއުން ކަމަށާއި، އައްޑޫގެ ލޯކަލް ޓޫރިޒަމަށްވެސް ބޭނުން ކުރުމަށް ކަމަށް ސަދަރން ސްޓެލިއަންސްއިން މައުލޫމާތު ދީފައިވެއެވެ.

Advertisement - newsAdvertisement

އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީއާ ވާހަކަ ދައްކަމުން ސަދަރން ސްޓެލިއަންސްއިން ބުނީ، ކޮވިޑް-19 ގެ ޙާލަތުގެ ސަބަބުންނާއި، އެކި ދަތިތަކުގެ ސަބަބުން އައްޑޫގެ ލޯކަލް ޓޫރިޒަމަށް އަސްތައް ބޭނުން ކުރުމުގައި އަދިވެސް ގިނަ ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. ވުމާއެކު، ވިޔަފާރި އެއްބަސްވުމެއްގެ ދަށުން ކިހާ މޯލްޑިވްސްއަށް އަސްތައް ގެންގޮސްފައިވަނީ ފަތުރުވެރިންނަށް ދައްކާލުމާއި، ފަތުރުވެރިކަމުގެ ބޭނުންތަކަށް ބޭނުން ކުރުމަށެވެ. އަދި ކިހާ މޯލްޑިވްސްގައި އަސްތައް ބަހައްޓާފައިވަނީ ކުންފުނިން ދިން ކުރެހުމުގެ މައްޗަށް ބިނާކޮށް އެކަމަށް ޚާއްސަ ސަރަޙައްދެއްވެސް ތައްޔާރުކޮށްގެންނެވެ.

އެއީ އަސްތައް ބެލެހެއްޓުމަށް އެންމެ އެކަށީގެންވާ ސަރަޙައްދެއްކަމަށް ކުންފުނިން މައުލޫމާތު ދެއެވެ.

ސަދަރން ސްޓެލިއަންސްއިން މައުލޫމާތު ދޭ ގޮތުގައި މި އަހަރުގެ އޯގަސްޓު ހިސާބުގައި އައްޑޫއަށް އިތުރު އަސްތަކެއް ގެނައުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

އައްޑޫއަށް އަސްތައް ގެނަ އިރުވެސް އަސްތައް ބެއިތިއްބުމަށް ޚާއްސަ ސަރަޙައްދެއް ތައްޔާރުކޮށް އެތަން ބޭނުން ކުރިއެވެ. 14000 އަކަފޫޓުގެ މި ތަނުގައި އަސްތައް ދުއްވަން ފަރިތަކުރާނެ ހޯރްސް ރިންގ އަކާއި، އަސްތައް ނިދާނެ ކޮށްޓާއި (ސްޓޭބަލްސް) ގެ އިތުރުން، އެސޮރުމެން ބައިތިއްބަން ޚާއްސަ ޖާގަތަކެއް (ގްރޫމިންގ އޭރިއާއެއް) ހަދާފައިވެއެވެ.

އަދި ވިނަ ކެއުމާއި، އެކި ކަންކަމަށް އަސްތައް ދޫކޮށްލާފައި ބާއްވާނެ ޚާއްސަ ސަރަޙައްދެއްވެސް ކަނޑައަޅާފައި އޮތްއިރު، ގިނަ އަދަދެއްގެ ރައްޔިތުން އަސްތައް ބަލާލުމަށް ގޮސް އުޅުނެވެ.

އައްޑޫއަށް އަސްތަކެއް ގެނައުންސަދަރން ސްޓެލިއަންސް

އިތުރަށް ކިޔާލަން

06 މާރިޗު 2021

އަހަރު ދުވަހުގެ މަސައްކަތަށްފަހު އައްޑޫސިޓީއަށް އަސްތަކެއް، ކައިވެނި ޙަފްލާތަކަށް ވެސް ބޭނުން ކުރެވޭނެ!

06 މާރިޗު 2021
އަހަރު ދުވަހުގެ މަސައްކަތަށްފަހު އައްޑޫސިޓީއަށް އަސްތަކެއް، ކައިވެނި ޙަފްލާތަކަށް ވެސް ބޭނުން ކުރެވޭނެ!
25 މެއި 2017

އަލަށް ގެނައި ޖަނަރޭޓަރުގެ ބޭނުން އަންނަ ހަފްތާގައި ފެށޭނެ: ސްޓެލްކޯ

25 މެއި 2017
އަލަށް ގެނައި ޖަނަރޭޓަރުގެ ބޭނުން އަންނަ ހަފްތާގައި ފެށޭނެ: ސްޓެލްކޯ
24 މެއި 2017

ރަމަޟާން މަހުގައި މާލޭގެ މަގުތަކުގެ ޓްރެފިކަށް ގެނައި ބަދަލުތައް ފުލުހުން އާއްމުކޮށްފި

24 މެއި 2017
ރަމަޟާން މަހުގައި މާލޭގެ މަގުތަކުގެ ޓްރެފިކަށް ގެނައި ބަދަލުތައް ފުލުހުން އާއްމުކޮށްފި
21 މެއި 2017

ސްޓެލްކޯއިން ގެނައި 8 މެގަވޮޓްގެ އާ ޖަނަރޭޓަރު ބޭނުންކުރަން ފަށައިފި

21 މެއި 2017
ސްޓެލްކޯއިން ގެނައި 8 މެގަވޮޓްގެ އާ ޖަނަރޭޓަރު ބޭނުންކުރަން ފަށައިފި
17 މެއި 2017

އައްޑޫއަށް ނަގޫ ރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ

17 މެއި 2017
އައްޑޫއަށް ނަގޫ ރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު