Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޮނިޓަރިންއަށް ގެނެވޭ ރަށްތައް

މޮނިޓަރިންގެ ހާލަތަށް ގެނެވޭ ރަށްތައް އިތުރުވެ، ޖުމްލަ 34ށް

30 ޖެނުއަރީ 2022 | އާދީއްތަ 13:54

އާދިއްތަ ދުވަހު މޮނިޓަރިންގެ ހާލަތަށް ބ. ތުޅާދޫ ގެނެސްފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 30 ޖެނުއަރީ 2022 | އާދީއްތަ 13:54
ކ. މާފުށި

ކ. މާފުށި

ކޮވިޑް-19ގެ ހާލަތާ ގުޅިގެން މިވަގުތު 34 ރަށެއް މޮނިޓަރިންގައި އޮތްކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ބުނެފިއެވެ.

އެޗްޕީއޭއިން އެންމެފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އާދިއްތަ ދުވަހު މޮނިޓަރިންގެ ހާލަތަށް ގެނައީ ބ. ތުޅާދޫއެވެ. އެންމެ ގިނަ ދުވަސްވަންދެން މޮނިޓަރިންގައި އޮތް ދެ ރަށަކީ ކ. މާފުއްޓާއި ހއ. އިހަވަންދޫއެވެ. މީގެތެރެއިން މާފުށި މޮނިޓަރިންއަށް ލާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ 30 ވަނަ ދުވަހުއެވެ. އަދި ހއ. އިހަވަންދޫ މޮނިޓަރިންއަށް ލާފައިވަނީ ޑިސެމްބަރ މަހުގެ 31 ވަނަ ދުވަހުއެވެ. ބާކީ ހުރި ރަށްތައް މޮނިޓަރިންއަށް ލާފައިވަނީ ހިނގަމުންދާ ޖެނުއަރީ މަހުގެ ތެރޭގައެވެ.

އެގޮތުން މިހާރު މޮނިޓަރިންގައި ހުރި ރަށްތަކަށް ބަލާއިރު ޖެނުއަރީ މަހުގެ 9 ވަނަ ދުވަހު ހދ. ނޮޅިވަރަމްފަރު މޮނިޓަރިންއަށް ލާފައިވާއިރު ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު ށ. ފުނަދޫ، ބ. ދަރަވަންދޫ, ދ. ބަނޑިދޫއާއި ލ. ގަން ވަނީ މޮނިޓަރިންއަށް ގެނެސްފައެވެ. ޖެނުއަރީ މަހުގެ 16 ވަނަ ދުވަހު މޮނިޓަރިންއަށް ލާފައިވާ ރ. އުނގޫފާރާއި ގދ. ގައްދޫގެ އިތުރުން ހދ. ހަނިމާދޫ އަދިވެސް އޮތީ މޮނިޓަރިންގެ ހާލަތުގައެވެ.

ޖެނުއަރީ މަހުގެ 19 ވަނަ ދުވަހު ކ. ގުރައިދޫއާއި ބ. އޭދަފުށި ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ. ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު ހއ. ދިއްދޫ މޮނިޓަރިންއަށް ލީއިރު 21 ވަނަ ދުވަހު ތ. ގުރައިދޫ ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ. ޖެނުއަރީ މަހުގެ 22 ވަނަ ދުވަހު 7 ރަށެއް މޮނިޓަރިންއަށް ލާފައިވެއެވެ. އެއީ ބ. ގޮއިދޫ، ޅ. ކުރެންދޫ، ހދ. ކުޅުދުއްފުށި، ލ.ދަނބިދޫ، ލ.ހިތަދޫ، ށ.ކަނޑިތީމު އަދި ވ. ކެޔޮދޫއެވެ.

23 ވަނަ ދުވަހު ނ. ކުޑަފަރި އަދި ގދ. ތިނަދޫ ވަނީ މޮނިޓަރިންއަށް ލާފައެވެ. 24 ވަނަ ދުވަހު 4 ރަށެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވެއެވެ. އެއީ ގދ. މަޑަވެލި، އދ. މަހިބަދޫ، ދ. ކުޑަހުވަދޫ އަދި ދ. ހުޅުދެެއްޔެވެ.

ޖެނުއަރީ މަހުގެ 25 ވަނަ ދުވަހު މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ 3 ރަށެކެވެ. އެއީ ގދ. ވާދޫ، ށ. މިލަންދޫ އަދި ގއ. ކޮލަމާފުއްޓެވެ. ޖެނުއަރީ މަހުގެ 27 ވަނަ ދުވަހު ނ. މާޅެންދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާއިރު ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ބ. ކެންދޫ ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ. މީގެ އިތުރުން ޖެނުއަރީ މަހުގެ 29 ރ. ކިނޮޅަސް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވެއެވެ.

މޮނިޓަރިންގެ ހާލަތަށް ރަށެއް ގެންނަނީ ބަލި ފެތުރިފައިވާ މިންވަރު ދެނެގަނެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރުމަށެވެ. މޮނިޓަރިންގެ ހާލަތުގައިވާ ރަށްރަށުގެ ކަންކަން އެޗްޕީއޭއިން ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، ހާލަތު ރަނގަޅު ރަށްރަށް މޮނިޓަރިންއިން ނަގަމުންދާކަމަށް އެޗްޕީއޭއިން ބުނެއެވެ.

ކޮވިޑް-19ގެ ހާލަތު ގޯސްވަމުންދާ މިދަނޑިވަޅުގައި މޮނިޓަރިންގެ ހާލަތަށް ގެނެވޭ ރަތައް އިތުރުވެ، ކޭސްތައް ފެންނަ މިންވަރު ދަނީ އިތުރުވަމުންނެވެ.

މޮނިޓަރިންގ

އިތުރަށް ކިޔާލަން

04 ޖެނުއަރީ 2022

މިވަގުތު މޮނިޓަރިންގައި އޮތީ އަށް ރަށެއް!

04 ޖެނުއަރީ 2022
މިވަގުތު މޮނިޓަރިންގައި އޮތީ އަށް ރަށެއް!
31 ޑިސެމްބަރު 2021

އައްޑޫ ސިޓީގައި އިއުލާން ކޮށްފައިވާ މޮނިޓަރިންގެ ހާލަތު އުވާލައިފި

31 ޑިސެމްބަރު 2021
އައްޑޫ ސިޓީގައި އިއުލާން ކޮށްފައިވާ މޮނިޓަރިންގެ ހާލަތު އުވާލައިފި
05 ނޮވެމްބަރު 2021

އަތޮޅުތެރެއިން ކޭސްތައް ފެންނަ މިންވަރު އިތުރު، މޮނިޓަރިންގައި 23 ރަށެއް!

05 ނޮވެމްބަރު 2021
އަތޮޅުތެރެއިން ކޭސްތައް ފެންނަ މިންވަރު އިތުރު، މޮނިޓަރިންގައި 23 ރަށެއް!
13 އޯގަސްޓު 2021

މޮނިޓަރިންގެ ހާލަތުގައި މިހާރު އޮތީ އެންމެ ނުވަ ރަށް!

13 އޯގަސްޓު 2021
މޮނިޓަރިންގެ ހާލަތުގައި މިހާރު އޮތީ އެންމެ ނުވަ ރަށް!
11 އޯގަސްޓު 2021

ޝަރުތުތަކަކާއެކު ދިއްދޫ މޮނިޓަރިންގެ ހާލަތުން ނަގައިފި

11 އޯގަސްޓު 2021
ޝަރުތުތަކަކާއެކު ދިއްދޫ މޮނިޓަރިންގެ ހާލަތުން ނަގައިފި
04 އޯގަސްޓު 2021

17 ރަށެއް ވަނީ މޮނިޓަރިންގައި، އެންމެ ގިނަ ދުވަސްވީ ފުވައްމުލައް ސިޓީ!

04 އޯގަސްޓު 2021
17 ރަށެއް ވަނީ މޮނިޓަރިންގައި، އެންމެ ގިނަ ދުވަސްވީ ފުވައްމުލައް ސިޓީ!
22 ޖުލައި 2021

ރަށްރަށުގެ ކޮވިޑް ހާލަތު ރަނގަޅުވެ، މޮނިޓަރިންގައި ހުރި ރަށްތައް މަދުވެއްޖެ

22 ޖުލައި 2021
ރަށްރަށުގެ ކޮވިޑް ހާލަތު ރަނގަޅުވެ، މޮނިޓަރިންގައި ހުރި ރަށްތައް މަދުވެއްޖެ
22 ޖުލައި 2021

ދިއްދޫ މޮނިޓަރިންއިން ނަގައިފި

22 ޖުލައި 2021
ދިއްދޫ މޮނިޓަރިންއިން ނަގައިފި
14 ޖުލައި 2021

ވެކްސިންގެ ދެ ޑޯޒާއެކު ވެސް މޮނިޓަރިންގައި އޮންނަ ރަށްރަށަށް ދަތުރުކުރާނަމަ ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރަންޖެހޭ

14 ޖުލައި 2021
ވެކްސިންގެ ދެ ޑޯޒާއެކު ވެސް މޮނިޓަރިންގައި އޮންނަ ރަށްރަށަށް ދަތުރުކުރާނަމަ ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރަންޖެހޭ
16 މެއި 2021

ކޮވިޑް-19 ން ރައްކާތެރިވުމަށް އައްޑޫ ސިޓީގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށިކޮށްފި

16 މެއި 2021
ކޮވިޑް-19 ން ރައްކާތެރިވުމަށް އައްޑޫ ސިޓީގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް