Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޮނިޓަރިންގެ ހާލަތުގައިވާ ރަށްތައް

މޮނިޓަރިންގެ ހާލަތުގައި މިހާރު އޮތީ އެންމެ ނުވަ ރަށް!

13 އޯގަސްޓު 2021 | ހުކުރު 03:14

ދުވާފަރު މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މެއި މަހުގެ 25 ވަނަ ދުވަހު

އަމްނާ އިމާދު
އަމްނާ އިމާދު | 13 އޯގަސްޓު 2021 | ހުކުރު 03:14
ރ. ދުވާފަރު، މިއީ މިހާރު މޮނިޓަރިންގެ ހާލަތުގައި އެންމެ ގިނަ ދުވަސްވީ ރަށް

ރ. ދުވާފަރު، މިއީ މިހާރު މޮނިޓަރިންގެ ހާލަތުގައި އެންމެ ގިނަ ދުވަސްވީ ރަށް

ކޮވިޑް-19ގެ ކޭސްތަކާ ގުޅިގެން މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ރަށްތައް މަދުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ މި މަހުގެ 12 ވީ ބުރާސްފަތި ދުވަހާ ހަމައަށް ނުވަ ރަށެއް މޮނިޓަރިންގެ ހާލަތުގައި އެބަ އޮތް ކަމަށެވެ. އެއީ ރ. ދުވާފަރު، ކ. ކާށިދޫ، މ. ކޮޅުފުށި، ށ. ފީވަށް، ހއ. ތަކަންދޫ، ދ. ކުޑަހުވަދޫ، ލ. ފޮނަދޫ، އއ. ހިމަންދޫ އަދި ތ. ހިރިލަންދޫއެވެ.

މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ރަށްރަށަށް ބަލާއިރު، މޮނިޓަރިންގެ ހާލަތުގައި އެންމެ ގިނަ ދުވަސްވީ ރަށަކީ ދުވާފަރެއެވެ. އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މެއި މަހުގެ 25 ވަނަ ދުވަހެވެ. ކާށިދޫ، ކޮޅުފުށި އަދި ފީވަށް މޮނިޓަރިންއަށް ލާފައިވަނީ ޖުލައި މަހުގެ ތެރޭގައެވެ. މީގެ އިތުރުން ފޮނަދޫ، ހިމަންދޫ އަދި ހިރިލަންދޫ މޮނިޓަރިންއަށް ލާފައިވަނީ އޮގަސްޓްމަހުގެ ތެރޭގައެވެ.

މޮނިޓަރިންގެ ހާލަތަށް ރަށެއް ގެންނަނީ ބަލި ފެތުރިފައިވާ މިންވަރު ދެނެގަނެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ކުރުމަށެވެ. މޮނިޓަރިންގެ ހާލަތުގައި އޮތް ރަށްރަށުގެ ކަންކަން އެޗްޕީއޭއިން ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، ހާލަތު ރަނގަޅު ރަށްރަށް މޮނިޓަރިންއިން ނަގަމުންދާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މޮނިޓަރިންގެ ހާލަތުގައި އޮތް ރަށްރަށުގެ އަދަދު ނުވައަކަށް ދަށްވި ނަމަވެސް މެއި މަހުގެ ތެރޭގައި ކޮވިޑް-19ގެ ހާލަތު ގޯސްވެ 73 ރަށެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވެއެވެ. އެދުވަސްވަރު މާލޭގެ އިތުރުން އަތޮޅުތެރޭގައި ކޮވިޑް-19ގެ ހާލަތު ގޯސްވާތީ ބަލި ކޮންޓްރޯލް ކުރުމަށް ގިނަ ފިޔަވަޅުތަކެއް އެޅިއެވެ. އެގޮތުން ގިނަ ރަށްރަށުގައި ކާފިއު ހިންގާފައިވެއެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ރަނގަޅުވެ، ޚާއްސަކޮށް މާލެ ސަރަހައްދުގައި ކޮވިޑްގެ ހާލަތު ރަނގަޅުވުމާއެކު، އަޅާފައިވާ ފިޔަވަޅުތަކަށް ގިނަ ލުއިތަކެއް ދީފައިވެއެވެ. ނަމަވެސް ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކުރިކަމުގައި ވިޔަސް، މޮނިޓަރިންގެ ހާލަތުގައި އޮންނަ ރަށްރަށަށް ދަތުރުކުރާނަމަ ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރަންޖެހޭނެ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

މޮނިޓަރިންގ

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2022

މޮނިޓަރިންގެ ހާލަތަށް ގެނެވޭ ރަށްތައް އިތުރުވެ، ޖުމްލަ 34ށް

30 ޖެނުއަރީ 2022
މޮނިޓަރިންގެ ހާލަތަށް ގެނެވޭ ރަށްތައް އިތުރުވެ، ޖުމްލަ 34ށް
04 ޖެނުއަރީ 2022

މިވަގުތު މޮނިޓަރިންގައި އޮތީ އަށް ރަށެއް!

04 ޖެނުއަރީ 2022
މިވަގުތު މޮނިޓަރިންގައި އޮތީ އަށް ރަށެއް!
31 ޑިސެމްބަރު 2021

އައްޑޫ ސިޓީގައި އިއުލާން ކޮށްފައިވާ މޮނިޓަރިންގެ ހާލަތު އުވާލައިފި

31 ޑިސެމްބަރު 2021
އައްޑޫ ސިޓީގައި އިއުލާން ކޮށްފައިވާ މޮނިޓަރިންގެ ހާލަތު އުވާލައިފި
05 ނޮވެމްބަރު 2021

އަތޮޅުތެރެއިން ކޭސްތައް ފެންނަ މިންވަރު އިތުރު، މޮނިޓަރިންގައި 23 ރަށެއް!

05 ނޮވެމްބަރު 2021
އަތޮޅުތެރެއިން ކޭސްތައް ފެންނަ މިންވަރު އިތުރު، މޮނިޓަރިންގައި 23 ރަށެއް!
11 އޯގަސްޓު 2021

ޝަރުތުތަކަކާއެކު ދިއްދޫ މޮނިޓަރިންގެ ހާލަތުން ނަގައިފި

11 އޯގަސްޓު 2021
ޝަރުތުތަކަކާއެކު ދިއްދޫ މޮނިޓަރިންގެ ހާލަތުން ނަގައިފި
04 އޯގަސްޓު 2021

17 ރަށެއް ވަނީ މޮނިޓަރިންގައި، އެންމެ ގިނަ ދުވަސްވީ ފުވައްމުލައް ސިޓީ!

04 އޯގަސްޓު 2021
17 ރަށެއް ވަނީ މޮނިޓަރިންގައި، އެންމެ ގިނަ ދުވަސްވީ ފުވައްމުލައް ސިޓީ!
22 ޖުލައި 2021

ރަށްރަށުގެ ކޮވިޑް ހާލަތު ރަނގަޅުވެ، މޮނިޓަރިންގައި ހުރި ރަށްތައް މަދުވެއްޖެ

22 ޖުލައި 2021
ރަށްރަށުގެ ކޮވިޑް ހާލަތު ރަނގަޅުވެ، މޮނިޓަރިންގައި ހުރި ރަށްތައް މަދުވެއްޖެ
22 ޖުލައި 2021

ދިއްދޫ މޮނިޓަރިންއިން ނަގައިފި

22 ޖުލައި 2021
ދިއްދޫ މޮނިޓަރިންއިން ނަގައިފި
14 ޖުލައި 2021

ވެކްސިންގެ ދެ ޑޯޒާއެކު ވެސް މޮނިޓަރިންގައި އޮންނަ ރަށްރަށަށް ދަތުރުކުރާނަމަ ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރަންޖެހޭ

14 ޖުލައި 2021
ވެކްސިންގެ ދެ ޑޯޒާއެކު ވެސް މޮނިޓަރިންގައި އޮންނަ ރަށްރަށަށް ދަތުރުކުރާނަމަ ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރަންޖެހޭ
16 މެއި 2021

ކޮވިޑް-19 ން ރައްކާތެރިވުމަށް އައްޑޫ ސިޓީގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށިކޮށްފި

16 މެއި 2021
ކޮވިޑް-19 ން ރައްކާތެރިވުމަށް އައްޑޫ ސިޓީގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް