Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ރަށްތައް

ރަށްރަށުގެ ކޮވިޑް ހާލަތު ރަނގަޅުވެ، މޮނިޓަރިންގައި ހުރި ރަށްތައް މަދުވެއްޖެ

މެއި މަހުގެ ތެރޭގައި ކޮވިޑް-19ގެ ކޭސްތައް ފެނި 73 ރަށެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 22 ޖުލައި 2021 | ބުރާސްފަތި 12:46
އަތޮޅުތެރޭގެ ރަށްތަކުގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވޭ

އަތޮޅުތެރޭގެ ރަށްތަކުގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވޭ

އަތޮޅުތެރޭގެ ރަށްތަކުގެ ކޮވިޑް-19ގެ ހާލަތު ރަނގަޅުވެ، މޮނިޓަރިންގެ ހާލަތުގައި ހުރި ރަށްތައް މަދުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ ބުދަ ދުވަހުގެ ނިޔަލަށް މޮނިޓަރިންގެ ހާލަތުގައި އޮތީ 14ރަށެއް ކަމަށެވެ. އެއީ ގދ.ތިނަދޫ، ފ.ފީއަލި، ފުވައްމުލައް ސިޓީ، ގއ.ވިލިނގިލި، އއ.ތޮއްޑޫ، ރ.ދުވާފަރު، ގއ.ކޫއްޑޫ، ރ.މީދޫ، ކ.ގުރައިދޫ، ށ.ފޯކައިދޫ، ގދ.ނަޑެއްލާ، ކ.ކާށިދޫ، އއ.ރަސްދޫ އަދި ތ.ކިނބިދޫ އެވެ.

Advertisement - newsAdvertisement

މޮނިޓަރިންގެ ހާލަތަށް ރަށެއް ގެންނަނީ ބަލި ފެތުރިފައިވާ މިންވަރު ދެނެގަނެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ކުރުމަށެވެ. މޮނިޓަރިންގެ ހާލަތުގައި އޮތް ރަށްރަށުގެ ކަންކަން އެޗްޕީއޭއިން ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، ހާލަތު ރަނގަޅު ރަށްތައް މޮނިޓަރިންއިން ނަގަމުންދާ ކަމަށެވެ.

14 ރަށެއް މޮނިޓަރިންގެ ހާލަތުގައި އޮތްއިރު، މެއި މަހުގެ ތެރޭގައި ކޮވިޑް-19ގެ ކޭސްތައް ފެނި 73 ރަށެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވެއެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ރަނގަޅުވެ، ޚާއްސަކޮށް މާލެ ސަރަހައްދުގައި ކޮވިޑްގެ ހާލަތު ރަނގަޅުވުމާއެކު، އަޅާފައިވާ ފިޔަވަޅުތަކަށް ގިނަ ލުއިތަކެއް ދީފައިވެއެވެ.

ނަމަވެސް ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކުރިކަމުގައި ވިޔަސް، މޮނިޓަރިންގެ ހާލަތުގައި އޮންނަ ރަށްރަށަށް ދަތުރުކުރާނަމަ ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރަންޖެހޭނެ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމުން، ދަތުރުކުރުމުގައި ލުއި ދޭން ނިންމާފައިވާއިރު، މި ލުއިތައް މިގޮތަށް ދެވިފައި މިވަނީ މާލެ ސަރަހައްދުގެ ކޮވިޑް ޕޮޒިޓިވިޓީ ރޭޓް 5 އިންސައްތައިން ދަށަށް ދިއުމުންނެވެ.

ދިން ލުއިތަކާއި ލިބިފައިވާ ޗުއްޓީއާއެކު ގިނައަދަދެއްގެ މީހުން ރަށްރަށަށް ދަތުރުކުރަމުން ދާއިރު އެޗްޕީއޭގެ އުސޫލުތަކަށް އަމަލުކުރަމުން ގެންދިއުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.

މޮނިޓަރިންގ

ކޮމެންޓް

އިތުރަށް ކިޔާލަން

މޮނިޓަރިންގެ ހާލަތަށް ގެނެވޭ ރަށްތައް އިތުރުވެ، ޖުމްލަ 34ށް

މޮނިޓަރިންގެ ހާލަތަށް ގެނެވޭ ރަށްތައް އިތުރުވެ، ޖުމްލަ 34ށް

30 ޖެނުއަރީ 2022
މިވަގުތު މޮނިޓަރިންގައި އޮތީ އަށް ރަށެއް!

މިވަގުތު މޮނިޓަރިންގައި އޮތީ އަށް ރަށެއް!

04 ޖެނުއަރީ 2022
އައްޑޫ ސިޓީގައި އިއުލާން ކޮށްފައިވާ މޮނިޓަރިންގެ ހާލަތު އުވާލައިފި

އައްޑޫ ސިޓީގައި އިއުލާން ކޮށްފައިވާ މޮނިޓަރިންގެ ހާލަތު އުވާލައިފި

31 ޑިސެމްބަރު 2021
އަތޮޅުތެރެއިން ކޭސްތައް ފެންނަ މިންވަރު އިތުރު، މޮނިޓަރިންގައި 23 ރަށެއް!

އަތޮޅުތެރެއިން ކޭސްތައް ފެންނަ މިންވަރު އިތުރު، މޮނިޓަރިންގައި 23 ރަށެއް!

05 ނޮވެމްބަރު 2021
މޮނިޓަރިންގެ ހާލަތުގައި މިހާރު އޮތީ އެންމެ ނުވަ ރަށް!

މޮނިޓަރިންގެ ހާލަތުގައި މިހާރު އޮތީ އެންމެ ނުވަ ރަށް!

13 އޯގަސްޓު 2021

އަހަރުތަކުން މިއަދު

4 ޖެނުއަރީ
 ރަޝިއާ ގައި ހުންނެވި ބައްޝާރު އަލް-އަސަދު އަވަހާރަ ކޮށްލަން ވިހަލައިފި: ރިޕޯޓް
20251 އަހަރު ކުރިން
ދުނިޔެ

ރަޝިއާ ގައި ހުންނެވި ބައްޝާރު އަލް-އަސަދު އަވަހާރަ ކޮށްލަން ވިހަލައިފި: ރިޕޯޓް

ރައީސްގެ ޓްވީޓް ހިފައިގެން ހައްގު ހޯދަން ދިއުމަކީ އެމަނިކުފާނުގެ ހައިބަތު ކުޑަވާނެ ކަމެއް؟
20242 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ޓްވީޓް ހިފައިގެން ހައްގު ހޯދަން ދިއުމަކީ އެމަނިކުފާނުގެ ހައިބަތު ކުޑަވާނެ ކަމެއް؟

މެސީގެ ތަސްވީރާއެކު އާޖެންޓީނާ ޕެސޯއަށް، މޫނުމަތީ އަގަށްވުރެ ބޮޑު މާލީ ފައިދާއެއް!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މެސީގެ ތަސްވީރާއެކު އާޖެންޓީނާ ޕެސޯއަށް، މޫނުމަތީ އަގަށްވުރެ ބޮޑު މާލީ ފައިދާއެއް!

ގޭސް ނުލިބިގެން ކޮލަމްބޯގެ މަޝްހޫރު ފައިވް ސްޓާރ ހޮޓެލްތަކުގައި ކެއްކުމަށް ދަރު ބޭނުންކުރަނީ
20224 އަހަރު ކުރިން
ދުނިޔެ

ގޭސް ނުލިބިގެން ކޮލަމްބޯގެ މަޝްހޫރު ފައިވް ސްޓާރ ހޮޓެލްތަކުގައި ކެއްކުމަށް ދަރު ބޭނުންކުރަނީ

ބިލިއަނަރ ޖެކް މާ ވީނުވީއެއް ނޭނގި ގެއްލިއްޖެ!؟
20215 އަހަރު ކުރިން
ދުނިޔެ

ބިލިއަނަރ ޖެކް މާ ވީނުވީއެއް ނޭނގި ގެއްލިއްޖެ!؟

އާއިލާތައް ބަނގުރޫޓްވުމުގެ އެއްއަސާސަކީ މައިންބަފައިން ހިތުގައި ޖެއްސުން: އިލްޔާސް
20197 އަހަރު ކުރިން
ރާއްޖެ

އާއިލާތައް ބަނގުރޫޓްވުމުގެ އެއްއަސާސަކީ މައިންބަފައިން ހިތުގައި ޖެއްސުން: އިލްޔާސް

ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟
20188 އަހަރު ކުރިން
ރިޕޯޓު

ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު