Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މާލޭ ރައްޔިތުންނަށް ގޯތި ދިނުން

މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމުގެ އުސޫލު ފެބްރުއަރީގައި ކަނޑައެޅޭވަރުވާނެ – ހައުސިން މިނިސްޓްރީ

އުސޫލު ކަނޑައެޅުމުގެ މަސައްކަތް ދަނީ ކުރެވެމުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 29 ޖެނުއަރީ 2022 | ހޮނިހިރު 12:26
މާލެ ރައްޔިތުންނަށް ޚާއްސަކޮށް ބިމެއް ހިއްކައި، ގޯތި ދިނުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން

މާލެ ރައްޔިތުންނަށް ޚާއްސަކޮށް ބިމެއް ހިއްކައި، ގޯތި ދިނުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅާ އެއްގޮތަށް މާލެ ރައްޔިތުންނަށް ގޯތި ދިނުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން ގެންދާ ކަމަށާއި، އަންނަ މަހުގެ ތެރޭގައި އެކަމަށް ބޭނުންވާ އުސޫލު ކަނޑައެޅޭވަރު ވާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވީ, މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ގޯތި ދޫކުރުމަށް ރައީސް އިއުލާންކުރައްވާފައިވާ އިރު، އެ މަސައްކަތް މިނިސްޓްރީން ވަރަށް ބާރަށް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އެކަމާ ގުޅޭ އުސޫލުތަކާއި ގަވާއިދުތައް ހަދަމުންދާ ކަމަށާއި، ފެބްރުއަރީ މަހުގެ ތެރޭގައި އުސޫލު ކަނޑައެޅިގެންދާނެ ކަމަށެވެ.

Advertisement - newsAdvertisement

އަކްރަމް ވިދާޅުވީ ގޯތި ދިނުމަށްޓަކައި ކުރަން ޖެހޭ މަސައްކަތް ނިމި ގޯތި ދޭނެ ތަންތަން އިއުލާން ކުރައްވާނީ ރައީސް ސޯލިހު ކަމަށެވެ.

މާލޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމަށް ހައްލު ހޯދައި ދެއްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވަނީ 23 ރަށެއްގެ ފެނާއި ނަރުދަމާ މަޝްރޫއުތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައެވެ. ރައީސް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަތަކަށް ހައްލު ހޯދައި ދިނުމަކީ މިސަރުކާރުން ކޮށްދޭނެ ކަމެއްކަމަށެވެ. މިހާރުވެސް މި މަސައްކަތް ކުރެވެމުންދާއިރު، ހުޅުމާލެއާއި، ގުޅީފަޅާއި، އެނޫން ތަންތަނުން ވެސް މާލޭ ރައްޔިތުންނަށް ގޯތި ލިބޭނެ ގޮތެއް ހަމަޖައްސަވައި ދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

މިހާރުވެސް ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއު ކުރިއަށް އެބަދާކަމަށާއި، މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމުގެ މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ސަރުކާރުން ރާއްވަވާފައި އޮތް ކަމުގައި ރައީސް ވިދާޅުވިއެވެ. މާލޭގެ ރަައްޔިތުންނަށް ގޯތި ދެއްވާނީ ހަމައެކަނި ގުޅީފަޅުން ނޫން ކަމަށާއި، ހުޅުމާލެއިން ވެސް ގޯތި ދެއްވާނެ ކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މިއީ 1،000 ގޯތީގެ ވާހަކައެއްނޫން ކަމަށާއި، އޭގެ ދެގުނަ ތިން ގުނަ ގޯތި އިރާދަކުރެއްވިޔާ މާލޭގެ ރައްޔިތުންނަށް ފޯރުކޮށްދެއްވާނެ ކަމަށެވެ. އެއީ ޖުމްލަ 4000 ގޯއްޗެވެ.

2021 ވަނަ އަހަރުގެ މާޗް މަހުގެ 10 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރ އީވާ އަބްދުﷲ ވަނީ, ފާއިތުވި ހަފްތާގައި ރައީސުލްޖުމްހޫރިއްޔާ މާލޭގެ ރަށްވެހިންނަށް ގޯތިދެވޭނެ ގޮތެއް ބައްލަވާކަމަށް ވިދާޅުވެފައިވާތީ އެކަމުގެ ވިސްނުން ސަރުކާރުގައި ހުރިގޮތާއި ޓައިމްލައިނާ ގުޅޭގޮތުން ހައުސިން މިނިސްޓަރ މުހައްމަދު އަސްލަމްގެ އަރިހުން ސުވާލުކުރައްވާފައެވެ. އެސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ, ރައީސް އިޝާރާތްކުރެއްވި މަޝްރޫއަކީ މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް ސަރުކާރުން ގެންގުޅޭ އެހެން ވިސްނުމެއްކަމަށެވެ. އެކަމުގައި ސަރުކާރުން ގެންގުޅޭ ވިސްނުމަކީ އިތުރު ބިމެއް މާލޭގެ ރައްޔިތުންނަށް ޚާއްސަކުރުން ކަމަށާއި ނަމަވެސް އެމަޝްރޫއު އިއުލާންކުރައްވާނީ ރައީސްކަމަށް އަސްލަމް ވިދާޅުވިއެވެ.

މިމަޝްރޫއު ކުރިޔަށް ގެންދިޔުމަށްޓަކައި ބޭނުންވާ ލޯނު ނެގުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. ބިން ހިއްކުމަށްޓަކައި ބޭނުންވާ ލޯނު އައިއެންޖީ ބޭންކުން ނެގުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ.

މާލެ ސިޓީހައުސިންގް މިނިސްޓްރީރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ތިން މިނިސްޓްރީގައި އަލިފާން ރޯވިތާ 1 އަހަރު: މައުލޫމާތު ހާމަނުކޮށް ފޮރުވަން މިއުޅެނީ ކޯއްޗެއް؟

ތިން މިނިސްޓްރީގައި އަލިފާން ރޯވިތާ 1 އަހަރު: މައުލޫމާތު ހާމަނުކޮށް ފޮރުވަން މިއުޅެނީ ކޯއްޗެއް؟

12 ޑިސެމްބަރު 2025
ހައުސިން މިނިސްޓްރީ އިމާރާތު ގައި ރޯވިތާ އަހަރެއް:  ޗައިނާއިން 2.8 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދެނީ

ހައުސިން މިނިސްޓްރީ އިމާރާތު ގައި ރޯވިތާ އަހަރެއް: ޗައިނާއިން 2.8 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދެނީ

11 ޑިސެމްބަރު 2025
ސަރުކާރުން މަސައްކަތް ކުރަނީ އައު އުސޫލެއްގެ ދަށުން ތުޅާދޫ ހައުސިން ޔުނިޓްތައް ދޫކުރަން، ގިނަ ބައެއްގެ ހައްގުތައް ގެއްލޭނެ: ކައުންސިލްގެ ނައިބު ރައީސް

ސަރުކާރުން މަސައްކަތް ކުރަނީ އައު އުސޫލެއްގެ ދަށުން ތުޅާދޫ ހައުސިން ޔުނިޓްތައް ދޫކުރަން، ގިނަ ބައެއްގެ ހައްގުތައް ގެއްލޭނެ: ކައުންސިލްގެ ނައިބު ރައީސް

06 ޑިސެމްބަރު 2025
މާފަންނުގެ ކަންކަން އިސްލާހު ނުވާތީ އާއްމު ރައްޔިތެއްގެ ވަރުގަދަ މެސެޖެއް ރައީސަށް: ހުރިހާ ކަމެއް ދަނީ ތޮޅިއަށް!

މާފަންނުގެ ކަންކަން އިސްލާހު ނުވާތީ އާއްމު ރައްޔިތެއްގެ ވަރުގަދަ މެސެޖެއް ރައީސަށް: ހުރިހާ ކަމެއް ދަނީ ތޮޅިއަށް!

05 ޑިސެމްބަރު 2025
ހައުސިންގ މިނިސްޓްރީ އިން ނެރުނު "ދޮގު" ބަޔާނަކީ، ސަރުކާރުން ތުޅާދޫ ކައުންސިލަށް ކުރި ދުއްތުރާ އެއް: ތުޅާދޫ ކައުންސިލް

ހައުސިންގ މިނިސްޓްރީ އިން ނެރުނު "ދޮގު" ބަޔާނަކީ، ސަރުކާރުން ތުޅާދޫ ކައުންސިލަށް ކުރި ދުއްތުރާ އެއް: ތުޅާދޫ ކައުންސިލް

04 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

24 ފެބުރުއަރީ
ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!
20242 އަހަރު ކުރިން
ރާއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި
20233 އަހަރު ކުރިން
ކުޅިވަރު

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ
20224 އަހަރު ކުރިން
ރިޕޯޓު

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!
20197 އަހަރު ކުރިން
ރިޕޯޓު

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު