Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހިޔާ ފްލެޓް ސަރަހައްދުން ކުނި ނެގުން

ހިޔާ ފްލެޓްތަކުން ބޮޑެތި ކުނި އުކާލަން ހަމަޖެހިފައިވާ ސަރަހައްދަށް އެފަދަ ކުނި ޖަމާކުރުމަށް އަންގައިފި

28 ޖެނުއަރީ 2022 | ހުކުރު 12:46

ވެމްކޯއިން ހިޔާ ފްލެޓް ސަރަހައްދުން ކުނި އުކައިދެނީ އެއްވެސް އަގަކާ ނުލާ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 28 ޖެނުއަރީ 2022 | ހުކުރު 12:46
ހިޔާ ފްލެޓް ސަރަހައްދަށް ގިނަ އަދަދެއްގެ ކުނި ޖަމާކޮށްފައި

ހިޔާ ފްލެޓް ސަރަހައްދަށް ގިނަ އަދަދެއްގެ ކުނި ޖަމާކޮށްފައި

ހިޔާ ފްލެޓްތަކުން ބޮޑެތި ކުނި އުކާލަން ހަމަޖެހިފައިވާ ސަރަހައްދަށް ކުނި ޖަމާކުރުމަށް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އިން އަންގައިފިއެވެ.

ވެމްކޯއިން ބުނީ ހުޅުމާލެ ހިޔާފްލެޓްގައި ވެމްކޯއިން ޑަސްބިން ބަހައްޓާފައިވާ ސަރަހައްދަށް ގިނައަދަދަކަށް ބަރު އަދި ބޮޑެތި ކުނި ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާކަމަށެވެ. އެހެންކަމުން އެގޮތަށް އެއް ތަނަކަށް ކުނި ޖަމާކުރުމުގެ ބަދަލުގައި އެފަދަ ކުނި އުކާލުމަށް ހަމަޖައްސާފައިވާ ސަރަހައްދަށް ކުނި ގެންދިޔުމަށް އެ ކޯޕަރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

Advertisement - newsAdvertisement

ވެމްކޯއިން ހިޔާ ފްލެޓް ސަރަހައްދުން ކުނި އުކައިދެމުންދަނީ ބިލް ކުރުމެއް ނެތިއެވެ. ވެމްކޯއިން ބުނީ، ދެވަނަ ފިޔަވަހީގެ އެޕާޓްމަންޓްތަކުގައި އުފެދޭ ކުނި އުކާލުމަށް އެދި ރެޖިސްޓަރީ ކުރުމަށް ވެމްކޯގެ 'ހައުސްހޯލްޑް' ކަލެކްޝަން ޚިދުމަތުގެ ފޯމުގައި ބިލް ކުރަން ފެށުމަށް މީގެ ކުރިން ނިންމާފައި ވީ ނަމަވެސް، އެ ނިންމުން މިހާރު ބަދަލު ކޮށްފައިވާ ކަމަށެވެ.

އެގޮތަށް ނިންމާފައި ވަނީ ދެވަނަ ފިޔަވަހީގައި މީހުން އާބާދުވަމުންދާ މިންވަރަށް ބަލައި، އަދި އެފަދަ ފަރާތްތަކަށް އިތުރަށް ލުއި ފަސޭހަ ކޮށްދިނުމުގެ ގޮތުން ކަމަށް ވެމްކޯއިން ބުންޏެވެ.

ކުނި ނެގުމަށް ވެމްކޯއިން ލުޔެއް ދިނުމަށް ނިންމާފައި ވާއިރު، ހިޔާ ފްލެޓުގެ ފިނިޝިންގ މަސައްކަތްތައް ނިންމުމަށް އިތުރު ތިން މަސް ދުވަސްވެސް ވަނީ ދީފައެވެ. މިއާއެކު ފްލެޓްތަކުގެ ކުލި ނުނަގާ މުއްދަތު ވެސް އެޗްޑީސީން ވަނީ އިތުރުކޮށްދީފައެވެ. އެމުއްދަތު ހަމަވާނީ މާރޗް މަހުއެވެ.

ހިޔާ ފްލެޓްތަކުގެ ކުލި ނެގުން އިތުރު ތިން މަސް ދުވަހަށް ފަސްކޮށްފައިވާކަން އިއުލާންކުރައްވާފައިވަނީ މިދިޔަ އަހަރުގެ ގައުމީ އެއްބައިވަންތަކަމުގެ ދުވަހާއި ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހެވެ.

ވެމްކޯ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

ވެމްކޯގެ ކުރީގެ ޑީއެމްޑީ ޝަހީދު ޕޯސްޓް ލިމިޓެޑްގެ ޑީއެމްޑީ އަކަށް އައްޔަން ކުރަނީ

07 ޑިސެމްބަރު 2025
ވެމްކޯގެ ކުރީގެ ޑީއެމްޑީ ޝަހީދު ޕޯސްޓް ލިމިޓެޑްގެ ޑީއެމްޑީ އަކަށް އައްޔަން ކުރަނީ
30 އޮކްޓޯބަރު 2025

ވެމްކޯ މުވައްޒަފުންގެ މުސާރައިން ޕެންޝަން ފައިސާ ކެނޑުމަށްފަހު އެ ފައިސާ ޖަމާނުކުރާތާ 8 މަސް

30 އޮކްޓޯބަރު 2025
ވެމްކޯ މުވައްޒަފުންގެ މުސާރައިން ޕެންޝަން ފައިސާ ކެނޑުމަށްފަހު އެ ފައިސާ ޖަމާނުކުރާތާ 8 މަސް
02 އޮކްޓޯބަރު 2025

ޖޫން މަހުގައި ހިދުމަތް ފަށާނެ ކަމަށް ރައީސް ވިދާޅުވި ހުޅުދެލި ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ވީގޮތެއް ނޭނގޭ!

02 އޮކްޓޯބަރު 2025
ޖޫން މަހުގައި ހިދުމަތް ފަށާނެ ކަމަށް ރައީސް ވިދާޅުވި ހުޅުދެލި ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ވީގޮތެއް ނޭނގޭ!
28 ސެޕްޓެމްބަރު 2025

ހަލާލު ފަތުރުވެރިކަން ހިމެނޭ ގޮތަށް މި ސިނާއަތް ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރެވިފައިވޭ: ރައީސް މުއިއްޒު

28 ސެޕްޓެމްބަރު 2025
ހަލާލު ފަތުރުވެރިކަން ހިމެނޭ ގޮތަށް މި ސިނާއަތް ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރެވިފައިވޭ: ރައީސް މުއިއްޒު
23 ސެޕްޓެމްބަރު 2025

ރައީސް މުޢިއްޒު ނިލަންދޫގައި ކުނިކޮށްޓެއް ހުޅުވައިދެއްވައިފި

23 ސެޕްޓެމްބަރު 2025
ރައީސް މުޢިއްޒު ނިލަންދޫގައި ކުނިކޮށްޓެއް ހުޅުވައިދެއްވައިފި
21 ސެޕްޓެމްބަރު 2025

ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި

21 ސެޕްޓެމްބަރު 2025
ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
26 ޖޫން 2025

މިދިއަ ސަރުކާރުން އައްޑޫގައި ކުނި ނައްތާލުމަށް ގާއިމްކޮށްފަ ހުރި އިންސިނިރޭޓަރގެ މަސައްކަތް މި ސަރުކާރަކަށް ނުފެށުނު

26 ޖޫން 2025
މިދިއަ ސަރުކާރުން އައްޑޫގައި ކުނި ނައްތާލުމަށް ގާއިމްކޮށްފަ ހުރި އިންސިނިރޭޓަރގެ މަސައްކަތް މި ސަރުކާރަކަށް ނުފެށުނު
30 އެޕްރީލު 2025

މޭޑޭ އަށް ސަރުކާރުން މަރުހަބާ ކީ އައްޑޫ ވެމްކޯ އިން ދެ މުވައްޒަފުން ބޭ އިންސާފުން ވަކި ކުރަމުން

30 އެޕްރީލު 2025
މޭޑޭ އަށް ސަރުކާރުން މަރުހަބާ ކީ އައްޑޫ ވެމްކޯ އިން ދެ މުވައްޒަފުން ބޭ އިންސާފުން ވަކި ކުރަމުން
28 ޖެނުއަރީ 2025

ރަމްޟާން މަހަށް މާލެ ސާފުކުރުމުގެ މަސައްކަތް ކުރަން ކައުންސިލާއި ވެމްކޯއިން ނިންމައިފި

28 ޖެނުއަރީ 2025
ރަމްޟާން މަހަށް މާލެ ސާފުކުރުމުގެ މަސައްކަތް ކުރަން ކައުންސިލާއި ވެމްކޯއިން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް