Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުކުރު ޚުތުބާ

ފައިސާގެ ދަހިވެތިކަމުގައި ފަރުވާކުޑަކޮށް މަސައްކަތް ކުރާނަމަ މުޅި މުޖުތަމައު ނުބައި އަސަރުން ވިހަވާނެ: ޚުތުބާ

28 ޖެނުއަރީ 2022 | ހުކުރު 08:11

އެންމެހައި ދީނީ ވާޖިބުތައް އަދާކުރުމާއެކު، ދުނިޔަވީ ހަޔާތަށް މަސައްކަތް ކުރަންޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު | 28 ޖެނުއަރީ 2022 | ހުކުރު 08:11
ހުކުރު ނަމާދު ކުރުމަށް އިސްލާމީ މަރުކަޒުގައި ޖަމާއަތް ހަދައިގެން

ހުކުރު ނަމާދު ކުރުމަށް އިސްލާމީ މަރުކަޒުގައި ޖަމާއަތް ހަދައިގެން

ތެދުވެރިކަމެއް ނެތި، ހަމައެކަނި ފައިސާގެ ދަހިވެތިކަމުގައި ފަރުވާކުޑަކޮށް މަސައްކަތް ކުރާނަމަ މުޅި މުޖުތަމައު ނުބައި އަސަރުން ވިހަވާނެ ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

‘އިޖްތިމާއީ މަސައްކަތުގައި ދަރިން ބައިވެރިކުރުން’ މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކުން އިއްވި ހުކުރު ޚުތުބާގައި ބުނީ އިސްލާމް ދީނަކީ، އަޅުކަމާއި، މަސައްކަތްތެރި ކަމުގެ ދީން ކަމަށާއި ދުނިޔެ އާއި އާޚިރަތުގެ ދީން ކަމަށެވެ. އަދި ފަރުދުންނާއި، ޖަމާއަތުގެވެސް ދީން ކަމަށެވެ. އެހެންކަމުން، ކޮންމެ މުސްލިމަކު ވެސް އަޅުކަންކުރުމާއި އެންމެހައި ދީނީ ވާޖިބުތައް އަދާކުރުމާއެކު، ދުނިޔަވީ ޙަޔާތަށްޓަކައި މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

Advertisement - newsAdvertisement

އިސްލާމް ދީނުގައި މަސައްކަތްތެރި ކަމަށް ވަރަށް ބޮޑަށް އަހައްމިއްޔަތުކަން ދީފައިވާކަން ފާހަގަކޮށް ޚުތުބާގައި ބުނީ އިސްލާމް ދީން ގޮވާލަނީ މަސައްކަތް ނުކޮށް ކަންނެތްވެފައި ނުތިބުމަށް ކަމަށެވެ. އަދި މުރާލިކަމާއި، ހީވާގިކަމާއެކު، ހުއްދަ މަސައްކަތްތައްކޮށް ރިޒުގު ހޯދައި އުޅުމަށް ދީނުގައި ބާރުއަޅާފައިވާ ކަަމަށެވެ. ނަމަވެސް މުޖްތަމައުގެ ތެރެއިން ގިނައިން ފެންނަމުން ދަނީ އެހެން މަންޒަރެއް ކަމަށާއި، ކުރާ މަސައްކަތުގައި ފަރުވާތެރިކަމެއް، ތެދުވެރިކަމެއް ނެތި، ހަމައެކަނި ފައިސާގެ ދަހިވެތިކަމުގައި، ފަރުވާކުޑަކޮށް، އެ މަސައްކަތެއް ކުރުމުގެ ސަބަބުން، ވެރިފަރާތަށް ބަރުދާސްތު ނުކުރެވޭފަދަ ބޮޑެތި ގެއްލުން ލިބެމުންދާ މަންޒަރު ކަމަށެވެ. މިއީ، ރަސޫލާ އަށް ތަބާވެގެން ތިބި މުސްލިމް މުޖްތަމައެއްގައި ހިނގައިގެންވާނެ ކަންތައްތަކެއް ނޫން ކަމަށާއި، މީގެ ސަބަބުން އެންމެންނަށް ވެސް ލިބޭނީ، ގެއްލުމާއި ހަލާކު ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އެހެންކަމުން މަކަރާއި ހީލަތްތެރިކަން ނެތި، ތެދުވެރިކަމާއެކު މަސައްކަތް ކުރުމަށް ހުކުރު ޚުތުބާގައި ގޮވާލާފައިވެއެވެ.

ޚުތުބާގައި ބުނީ މުޖްތަމައުގެ ތެރެއިން މިފަދަ ނުބައި ވިހަ އަސަރުތައް ފިލައިގެންދާނީ، މުސްލިމުންގެ ޅަދަރިންނާއި، ޒުވާނުންގެ މެދުގައި މަސައްކަތްތެރިކަމާއި، މަސައްކަތްތެރިކަމުގެ އަޚްލާގުގެ އޮށް އިންދިގެން ކަމަށާއި، އެ އޮށްތަކުން ފަޅައިގެން ހެދި ބޮޑުވަމުންދާ ގަސްތަކުން މުޅި މުޖްތަމައު ފެހިވުމަށް ފަހު، ނުބައި ވިހަ އަސަރުތައް މުޖްތަމައުގެ ތެރެއިން ފިލައިގެންދާނެ ކަމަށެވެ.

ޚުތުބާގައި ބުނީ ކުދިންނަށް މަސައްކަތް ދަސްކޮށްދީ، ޅައިރުއްސުރެ މަސައްކަތަށް ލޯބި ޖައްސުވައި، ހީވާގި ބަޔަކަށް ހަދަން ޖެހޭ ކަމަށާއި، އަމިއްލައަށް ކުރެވޭވަރުގެ އަމިއްލަ ކަންތައްތައް ކުރުމުގެ އާދަ އެކުދިންގެ ކިބައިގައި ހަރުލައްވަން ޖެހޭ ކަމަށެވެ. އަދި މުޖްތަމައުގެ މަސައްކަތުގައި ބައިވެރިވުމުގެ ރޫޙު އަށަގަންނުވަން ޖެހޭ ކަމަށެވެ. ބޭނުންތެރި ހުއްދަ އެއްވެސް މަސައްކަތެއް ކުރުމަށް ޖެހިލުންވިއަ ދީގެން ނުވާނެ ކަމަށާއި، މަސައްކަތް ކުރުމަކީ ހައްގެއް ކަމަށާއި، ޝަރަފެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި އެއީ ވާޖިބެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ އެއީ ކުރިއެރުމެއްކަން ދަންނަން ޖެހޭ ކަމަށެވެ.

އަމިއްލަ މަސައްކަތް ކުރުމަށް ކީރިތި ރަސޫލާ ބާރުއަޅުއްވާފައިވާކަން ފާހަގަކޮށް ޚުތުބާގައި ބުނީ އިސްލާމީ ހަޟާރަތް ކުރިއަރައިގެން ދިޔައީ މުސްލިމުން މަސައްކަތްތެރިކަމުގެ މައިދާނުގައި ހަރަކާތްތެރިވުމުގެ ނަތީޖާއެއް ގޮތުން ކަމަށެވެ. އަދި މުސްލިމުން ބިނާކުރި ކިއްލާތަކާއި ބޮޑެތި ބިނާތަކަކީ މިއަދުވެސް މަސައްކަތްތެރިކަމުގެ ނަމޫނާއެއް ކަމަށެވެ. އެހެންކަމުން މިއަދު ވެސް އެނަމޫނާއަށް ބަލައި އެއަޒުމުގައި މަސައްކަތްތެރި ބަޔަކަށްވުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ.

ޚުތުބާ

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

17 އޮކްޓޯބަރު 2025

ފަރުޟު ނަމާދަށް ރައްކާތެރިވޭ، ނަމާދު ދޫކޮށްލައިފި މީހާ ދީނުން ބޭރުވާނެ: ޚުތުބާ

17 އޮކްޓޯބަރު 2025
ފަރުޟު ނަމާދަށް ރައްކާތެރިވޭ، ނަމާދު ދޫކޮށްލައިފި މީހާ ދީނުން ބޭރުވާނެ: ޚުތުބާ
03 އޮކްޓޯބަރު 2025

މުސްލިމުންނަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި، ކޮންމެ ފަދަ ވާހަކައެއް ދެއްކުން ހުއްދަވެގެންވާ ބަޔެއް ނޫން: ޚުތުބާ

03 އޮކްޓޯބަރު 2025
މުސްލިމުންނަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި، ކޮންމެ ފަދަ ވާހަކައެއް ދެއްކުން ހުއްދަވެގެންވާ ބަޔެއް ނޫން: ޚުތުބާ
26 ސެޕްޓެމްބަރު 2025

އިސްލާމްދީނުގެ އަހުލުވެރީން ޣައިރުދީންތަކުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެ އުޅުމަކީ ދީނީ ޝަޚުސިއްޔަތު ހަލާކުވާނެ ކަމެއް: ޚުތުބާ

26 ސެޕްޓެމްބަރު 2025
އިސްލާމްދީނުގެ އަހުލުވެރީން ޣައިރުދީންތަކުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެ އުޅުމަކީ ދީނީ ޝަޚުސިއްޔަތު ހަލާކުވާނެ ކަމެއް: ޚުތުބާ
19 ސެޕްޓެމްބަރު 2025

މާތް الله ނުރުއްސަވާކަންތައް ގިނަވެ، ފާހިޝު ކަންތައްތައް އާންމު ވެއްޖެނަމަ އެ މުޖުތަމައެއް ފަސާދަވެ ފަނާވާނެ: ޚުތުބާ

19 ސެޕްޓެމްބަރު 2025
މާތް الله ނުރުއްސަވާކަންތައް ގިނަވެ، ފާހިޝު ކަންތައްތައް އާންމު ވެއްޖެނަމަ އެ މުޖުތަމައެއް ފަސާދަވެ ފަނާވާނެ: ޚުތުބާ
12 ސެޕްޓެމްބަރު 2025

ޚުޝޫއަތްތެރިކޮށް ނަމާދުކުރާ މީހާ ހުތުރުކަންބޮޑު ފާފަތައް ނުކުރާނެ، ފާފަ ކުރެވޭނަމަ އަމިއްލަ ނަފްސާ ސުވާލުކުރޭ: ޚުތުބާ

12 ސެޕްޓެމްބަރު 2025
ޚުޝޫއަތްތެރިކޮށް ނަމާދުކުރާ މީހާ ހުތުރުކަންބޮޑު ފާފަތައް ނުކުރާނެ، ފާފަ ކުރެވޭނަމަ އަމިއްލަ ނަފްސާ ސުވާލުކުރޭ: ޚުތުބާ
05 ސެޕްޓެމްބަރު 2025

ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ދެކެ ލޯބިވެ، އެކަލޭގެފާނު ސުންނަތް ދީފާއު ކުރަންޖެހޭ: ޚުތުބާ

05 ސެޕްޓެމްބަރު 2025
ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ދެކެ ލޯބިވެ، އެކަލޭގެފާނު ސުންނަތް ދީފާއު ކުރަންޖެހޭ: ޚުތުބާ
27 ޖޫން 2025

ރަމަޟާން މަހަށް ފަހު ރޯދަހިފުން އެންމެ އިތުރުވެގެންވާ މަހަކީ މުހައްރަމު މަސް: ޚުތުބާ

27 ޖޫން 2025
ރަމަޟާން މަހަށް ފަހު ރޯދަހިފުން އެންމެ އިތުރުވެގެންވާ މަހަކީ މުހައްރަމު މަސް: ޚުތުބާ
06 ޖޫން 2025

މުޖުތަމައުގެ އިޖުތިމާއީ ފޭރާން ރަނގަޅުވެ އަމާން މުޖުތަމައުއެއް ބިނާކުރެވޭނީ އެއްބަނޑު އެއްބަފާ ބަޔަކަށް ވެގެން: ޚުތުބާ

06 ޖޫން 2025
މުޖުތަމައުގެ އިޖުތިމާއީ ފޭރާން ރަނގަޅުވެ އަމާން މުޖުތަމައުއެއް ބިނާކުރެވޭނީ އެއްބަނޑު އެއްބަފާ ބަޔަކަށް ވެގެން: ޚުތުބާ
18 އެޕްރީލު 2025

ޒަކާތުގެ ހަރުދަނާ ނިޒާމެއް ގާއިމްކުރެވޭނަމަ ވަޒީފާއެއް ނެތިފައި ތިބި އެތައް ބަޔަކަށް އާމްދަނީ ހޯދޭނެ މަގުތައް ތަނަވަސްވާނެ: ޚުތުބާ

18 އެޕްރީލު 2025
ޒަކާތުގެ ހަރުދަނާ ނިޒާމެއް ގާއިމްކުރެވޭނަމަ ވަޒީފާއެއް ނެތިފައި ތިބި އެތައް ބަޔަކަށް އާމްދަނީ ހޯދޭނެ މަގުތައް ތަނަވަސްވާނެ: ޚުތުބާ
28 ފެބުރުއަރީ 2025

ރޯދައިގެ ފުރިހަމަ ދަރުމަ ހޯދުމަށް ފާފައިގެ އިތުރަށް، ނޭދެވޭ ކަންތަކާ ވެސް ދުރުހެލިވާންޖެހޭ: ޚުތުބާ

28 ފެބުރުއަރީ 2025
ރޯދައިގެ ފުރިހަމަ ދަރުމަ ހޯދުމަށް ފާފައިގެ އިތުރަށް، ނޭދެވޭ ކަންތަކާ ވެސް ދުރުހެލިވާންޖެހޭ: ޚުތުބާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް