Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރަމަޟާން ކްރިކެޓް ކާނިވަލް

ލެވާރ ކާރގޯ އިން އެމްއާރުޑީސީ ބަލިކުރިއިރު، ކޭޑީއެމްގެ މައްޗަށް ވަންއޯވަން ކުރިހޯދައިފި

އެމްއާރުޑީސީ އާއި ވާދަކޮށް ލެވަރ ކާރގޯއިން މެޗް ކާމިޔާބުކުރީ 3 ވިކެޓުން

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ | 1 ޖޫން 2017 | ބުރާސްފަތި 19:41
ރަމަޟާން ކްރިކެޓް ކާނިވަލްގެ ތެރެއިން

ރަމަޟާން ކްރިކެޓް ކާނިވަލްގެ ތެރެއިން

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ 15 ވަނަ ރަމަޟާން ކްރިކެޓް ކާނިވަލްގައި ބުރާސްފަތި ދުވަހު ކުޅުނު މެޗްތައް ވަންއޯވަން އާއި ލެވަރ ކާރގޯއިން ކާމިޔާބުކޮސްފިއެވެ.

ބުރާސްފަތި ދުވަހު ކުޅެފައިވަނީ މި ކާނިވަލްގެ އޯޕަންޓޭޕްބޯލް ގެ ދެ މެޗެވެ. ފުރަތަމަ މެޗްގައި އެމްއާރުޑީސީ އާއި ވާދަކޮށް ލެވަރ ކާރގޯއިން މެޗް ކާމިޔާބުކުރީ 3 ވިކެޓުންނެވެ. މެޗްގައި ފުރަތަމަ ކުޅެން އަރާފައިވަނީ އެމްއާރުޑީސީއިންނެވެ. އެޓީމުން ކުޅެންއަރާ 8 އޯވަރުގެ ތެރޭގައި 6 ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 101 ލަނޑެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނު މުހަންމަދު މަބުރޫކް ވަނީ 21 ކަނޑު ހަދާފައެވެ. ޖަވާބުގައި ލެޝާރ ކާރގޯއިން ކުޅެން އަރައި 7 ވަނަ އޯވަރުގައި 103 ލަނޑު ހަދައި މެޗް ކާމިޔާބުކުރިއެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ ހަސަން ސޯބިރާއި އިސްމާއިލް ޒާހީ އެވެ. އެގޮތުން ހަސަން ސޯބިރު 35 ލަނޑު ހަދާފައި ވާއިރު، އިސްމާއިލް ޒާހީ ވަނީ 3 ވިކެޓް ނަގާފައެވެ.

ދެވަނަ މެޗް ކޭޑީއެމް އާއި ވާދަކޮށް ވަންއޯވަންއިން މެޗް ކާމިޔާބުކުރީ 6 ވިކެޓުންނެވެ. މެޗުގައި ފުރަތަމަ ކުޅެންއަރާ ކޭޑީއެމްގައި 8 އޯވަރުގެ ތެރޭގައި 3 ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 89 ލަނޑެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ އިސްހާގު އަހުމަދެވެ. އޭނާވަނީ 27 ލަނޑު ހަދާފައެވެ. ޖަވާބުގައި ވަންއޯވަންއިން ކުޅެންއަރާ އެޓީމުން ވަނީ 8 އޯވަރުގެ ތެރޭގައި 2 ކުޅުންތެރިން ނުބައިވެގެން 90 ލަނޑު ހަދާފައެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނު އާރިފް ރިޒާ 29 ލަނޑު ހަދާފައި ވައިރު އަހުމަދު އަމީލް މައުރޫފް ވަނީ 21 ލަނޑު ހަދާފައެވެ. އަދި އާދަމް ޒަމީލް ވަނީ މެޗުގައި 2 ވިކެޓް ނަގާފައެވެ.

ރަމަޟާން ކްރިކެޓް ކާނިވަލްގައި މާދަމާ ކުޅޭނީ ސަރުކާރު އޮފީސް ޓޭޕްބޯލްގެ ބައިގެ ދެމެޗެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އައިލެންޑް އޭވިއޭޝަން އާއި ޑީއެސްސީގެ ޓީމެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ސިވިލް ސާވިސް ކޮމިޝަނާއި މީރާއެވެ.

އިތުރަށް ކިޔާލަން

19 އޮކްޓޯބަރު 2021

ލިވަޕޫލުން އެތުލެޓިކޯ ބަލިކުރިއިރު، ރެއާލަށް ބޮޑު މޮޅެއް

19 އޮކްޓޯބަރު 2021
ލިވަޕޫލުން އެތުލެޓިކޯ ބަލިކުރިއިރު، ރެއާލަށް ބޮޑު މޮޅެއް
15 މާރިޗު 2021

އާސެނަލުން ޓޮޓެންހަމް ބަލިކުރިއިރު، ޔުނައިޓެޑަށް ހަނި މޮޅެއް

15 މާރިޗު 2021
އާސެނަލުން ޓޮޓެންހަމް ބަލިކުރިއިރު، ޔުނައިޓެޑަށް ހަނި މޮޅެއް
02 ނޮވެމްބަރު 2020

އާސެނަލުން ޔުނައިޓެޑް ބަލިކުރިއިރު، ޓޮޓެންހަމް ދެވަނައަށް

02 ނޮވެމްބަރު 2020
އާސެނަލުން ޔުނައިޓެޑް ބަލިކުރިއިރު، ޓޮޓެންހަމް ދެވަނައަށް
22 އޮކްޓޯބަރު 2020

ޝަޚްތަރުން ރެއާލް ބަލިކުރިއިރު، ބަޔާނަށް ފަސޭހަ މޮޅެއް

22 އޮކްޓޯބަރު 2020
ޝަޚްތަރުން ރެއާލް ބަލިކުރިއިރު، ބަޔާނަށް ފަސޭހަ މޮޅެއް
23 ޖުލައި 2017

ކްލަބް ފްރެންޑްލީ: ޓޮޓެންހަމް އިން ޕީއެސްޖީ ބަލިކުރިއިރު، އާސެނަލްގެ މައްޗަށް ޗެލްސީ ކުރިހޯދައިފި

23 ޖުލައި 2017
ކްލަބް ފްރެންޑްލީ: ޓޮޓެންހަމް އިން ޕީއެސްޖީ ބަލިކުރިއިރު، އާސެނަލްގެ މައްޗަށް ޗެލްސީ ކުރިހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު