Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޒިކުރާ މިސްކިތުގެ މައްސަލަ

ޒިކުރާ މިސްކިތުގެ މައްސަލާގައި އިސްލާމިކް މިނިސްްޓްރީއާއި އެސްޖޭ އެއްބަސްވުމަކަށް އައިސް، ހުޅުމާލޭގައި މިސްކިތެއް އިމާރާތްކުރަނީ

30 މިލިޔަން ރުފިޔާގެ ބަދަލުގައި، ދެފަރާތަށް އެއްބަސްވެވޭ ގޮތެއްގެ މަތިން މިސްކިތެއް އަޅައިދިނުމަށް އެސްޖޭއިން ހުށަހަޅާފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 24 ޖެނުއަރީ 2022 | ހޯމަ 15:20
އެސްޖޭއިން ހުޅުމާލޭގައި އަޅާ މިސްކިތް - ޒިކުރާ މިސްކިތުގެ މައްސަލާގައި އެއްބަސްވުމަށް ވަނީ އާދެވިފައި

އެސްޖޭއިން ހުޅުމާލޭގައި އަޅާ މިސްކިތް - ޒިކުރާ މިސްކިތުގެ މައްސަލާގައި އެއްބަސްވުމަށް ވަނީ އާދެވިފައި

ޒިކުރާ މިސްކިތުގެ މައްސަލާގައި އިސްލާމިކް މިނިސްްޓްރީއާއި އެސްޖޭ އެއްބަސްވުމަކަށް އައިސް ހުޅުމާލޭގައި މިސްކިތެއް އިމާރާތްކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިކަމާގުޅޭގޮތުން އިސްލާމިކް މިނިސްޓްރީން ބުނީ، މަސްޖިދުއްޒިކްރާ ހިމެނޭ ބިމުގައި 10 ބުރީގެ އިމާރާތެއް ކުރުމަށް 09 ޖުލައި 2018ގައި އިސްލާމިކް މިނިސްޓްރީއާ އެސް.ޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ދެމެދު ސޮއިކުރެވިފައިވާ އެއްބަސްވުން ބާތިލުކުރެވިފައިވާތީ، މި އެއްބަސްވުމުގެ 8.1 ވަނަ މާއްދާގެ ދަށުން އެސް.ޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް ދައުލަތުން ދައްކާފައިވާ 30,000,000.00 (ތިރީސް މިލިޔަން ރުފިޔާ) އަނބުރާ ދައުލަތަށް ހޯދުމަށް އެދި ސިވިލް ކޯޓުގެ ޤަޟިއްޔާއިން އެސް.ޖޭ ކޮންސްޓްރަކްޝަންގެ މައްޗަށް ދައުވާ އުފުލުމާ ގުޅިގެން، މި މައްސަލައިގެ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގައި، އިސްވެ ދެންނެވުނު 30 މިލިޔަން ރުފިޔާގެ ބަދަލުގައި ދެފަރާތަށް އެއްބަސްވެވޭ ގޮތެއްގެ މަތިން މިސްކިތެއް އަޅައިދިނުމަށް އެސް.ޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން ހުށަހަޅާފައިވާކަމަށެވެ.

Advertisement - newsAdvertisement

އެ ހުށަހެޅުމާ ގުޅިގެން އިސްލާމިކް މިނިސްޓްރީއާއި އެސްޖޭ ކޮންސްޓްރަކްޝަނާ ދެމެދު ކުރެވުނު މަޝްވަރާތަކުގައި ދެފަރާތަށް އެއްބަސްވުމަކަށް އާދެވިފައިވާތީ، އެޓަރނީ ޖެނެރަލްގެ އޮފީހުގެ ލަފައާއެކު، މި މައްސަލަ ކޯޓުން ބޭރުގައި ހައްލުކުރުމަށް މިނިސްޓްރީން ނިންމައި، 23 ޖަނަވަރީ 2022ގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައި، ދެފަރާތަށް އެއްބަސްވެވުނު ކަންތައްތަކުގެ މައްޗަށް އެކުލެވޭ ސެޓްލްމަންޓް އެއްބަސްވުމުގައި މިނިސްޓަރ، ޑރ. އަޙުމަދު ޒާހިރު ޢަލީއާއި އެ ކުންފުނީގެ ޑިރެކްޓަރ ޝިހާދު އިބްރާހީމް ސޮއިކުރައްވާފައިވާ ކަމަށެވެ.

މި މިސްކިތް އިމާރާތްކުރުމަށް 30 މިލިޔަން ރުފިޔާއަށްވުރެ އިތުރަށް ހިނގާ ޚަރަދު، އެސް.ޖޭ ކޮންސްޓްރަކްޝަން ޕވޓ ލޓޑގެ ފަރާތުން ޚަރަދު ކުރާގޮތަށް އެ ކުންފުނިން އެއްބަސްވެފައިވެއެވެ. އަދި މި އެއްބަސްވުމުގައި ސޮއިކުރެވުމާއެކު، މިނިސްޓްރީއާއި ކުންފުނިން އެއްފަރާތުން އަނެއްފަރާތުގެ މައްޗަށް އުފުލާފައިވާ އެންމެހާ ދައުވާތައް ކޯޓުން ނެގުމަށް ދެފަރާތުން އެއްބަސްވެފައިވެއެވެ. މި ޕްރޮޖެކްޓްގެ އަގަކީ 35,087,951.86 (ތިރީސް ފަސްމިލިއަން އަށްޑިހަ ހަތްހާސް ނުވަސަތޭކަ ފަންސާސް އެއްރުފިޔާ އަށްޑިހަ ހަ ލާރި)އެވެ. އިމާރާތް ކުރުމަށް ހަމަޖެހިފައވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައެވެ. މި މިސްކިތުގައި މެއިން ހޯލް އަދި އައުޓްޑޯރ އާއެކު 3000 މީހުންނަށް ނަމާދުކުރެވޭ އިންތިޒާމު ހަމަޖެހިފައިވެއެވެ. މި މިސްކިތުގައި އަންހެނުންނަށް ނަމާދުކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވެއެވެ. އިމާރާތްކުރުމުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ މުއްދަތު ޖުމްލަ 427 ދުވަހުގެ ތެރޭގައެވެ.

ޒިކްރާ މިސްކިތް އިމާރާތްކުރުމުގެ އެއްބަސްވުން އިސްލާމިކް މިނިސްޓްރީން އުވާލުމާގުޅިގެން އެސްޖޭ ކޮންސްޓްރަކްޝަނުން، ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގާދިނުމަށް އެދުނު 111 މިލިއަން ރުފިޔާ އެކުންފުންޏަށް ދޭން ނުޖެހޭކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފައިވަނީ 13 ޖެނުއަރީ 2021ގައެވެ.

ޒިކްރާ މިސްކިތް އަލުން އިމާރާތްކޮށް އެތަނުގައި 10 ބުރީގެ އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަންއާ ހަވާލު ކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، 9 ޖުލައި 2018 ވަނަ ދުވަހުއެވެ. ނަމަވެސް އެއްބަސްވުމުގެ މުއްދަތުގައި އެސްޖޭއިން ކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައިނުވާކަމަށް ބުނެ އެ އެއްބަސްވުން ބާތިލް ކުރުމުގެ 30 ދުވަހުގެ ނޯޓިން ދިނެވެ. އަދި ނޯޓިހުގެ މުއްދަތު ހަމަވެ، 23 މެއި 2019 ވަނަ ދުވަހުގެ ކުރިން އެތަން ހުސްކުރުމަށް މި ސަރުކާރުން އެސްޖޭ ކުންފުންޏަށް އެންގިއެވެ.

އެބަސްވުން ބާތިލް ކުރުމާ ގުޅިގެން 141 މިލިއަން ރުފިޔާ، ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދުމަށް އެސްޖޭ ކުންފުނިން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ 30 އޭޕްރީލް 2019 ވަނަ ދުވަހުއެވެ.

އެސްޖޭ ކުންފުނިން ހުށަހެޅި މައްސަލާގައި ބުނެފައިވަނީ، ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގާދިނުމަށް އެދިފައިވާ 141 އެމިލިއަން ރުފިޔާގެ ތެރެއިން އެޑްވާސްގެ ފައިސާގެ ގޮތުގައި އޭރުގެ ސަރުކާރުން ދީފައިވާ 30 މިލިއަން ރުފިޔާ ކެނޑުމަށްފަހު، 111 މިލިއަން ރުފިޔާ ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގާދިނުމަށް އެދޭ ކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރުން އޭރު ބުނެފައިވަނީ، "ދާރުއްޒިކްރާ"ގެ ނަމުގައި 10 ބުރިއަށް އެ މިސްކިތް އިމާރާތްކުރަން 130 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށެވެ. އަދި އޭގެ ތެރެއިން 30 މިލިއަން ރުފިޔާ އޭރުގެ ސަރުކާރުން ވަނީ އެސްޖޭ ކުންފުންޏަށް ދީފައެވެ.

އެސްޖޭ ކުންފުނިން ސިވިލް ކޯޓަށް ހުށަހެޅި މި މައްސަލައިގެ ހުކުމްގައި ބުނެފައިވަނީ، އިސްލާމިކް މިނިސްޓްރީއާއެކު ސޮއިކޮށްފައިވާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތަށް އެސްޖޭއިން އަމަލުކޮށްފައިނުވާކަން އެނގޭ ކަމަށެވެ. އެހެންކަމުން އެއްބަސްވުން ބާތިލްކުރަން އިސްލާމިކް މިނިސްޓްރީން ނޯޓިސް ފޮނުވާފައިވަނީ އެއްބަސްވުމާ ޚިލާފަށް ކަމަށް ބެލެވެން ނެތްކަމަށެވެ.

މި މައްސަލަ ބެއްލެވި ސިވިލް ކޯޓުގެ ގާޒީ ފައްޔާޒު ޝާޠިރު ކުރެއްވި ހުކުމުގައި ބުނެފައިވަނީ، އެއްބަސްވުން އުވާލުމަށް އިސްލާމިކް މިނިސްޓްރީން ނޯޓިސް ފޮނުވައި އެއްބަސްވުން އުވާލާފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވައިދަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވައިދުގެ 10:55 އާ އެއްގޮތަށް ކަމަށް ބެލެވެން ނެތް ނަމަވެސް، އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން މި މައްސަލައިގައި ހޯދުމަށް އެދިފައިވާ ގެއްލުމުގެ ބަދަލު ސާބިތުކޮށްދެވިފައިނުވާ ކަމަށެވެ. އަދި މި މައްސަލައިގައި ހޯދުމަށް އެދިފައިވާ ގެއްލުމުގެ ބަދަލަކީ އެއްބަސްވުމުގެ 17.4 ވަނަ މާއްދާގެ ދަށުން އެސްޖޭ ކޮންސްޓްރަކްޝަނަށް ލިބެންޖެހޭ ފައިސާގެ ގޮތުގައި ހޯދުމަށް އެދިފައިވާ ބަދަލަކަށް ނުވާތީ އެސްޖޭ ކޮންސްޓްރަކްޝަނުން ގެއްލުމުގެ ބަދަލުގެ ގޮތުގައި އެދިފައިވާ އަދަދު ނަގައިދެވެން ނެތް ކަމަށް ކަނޑައަޅައި، ހުކުމް ކުރާ ކަމަށެވެ.

ކުރީގެ އިސްލާމިކް މިނިސްޓަރު ޒިޔާދު ބާޤިރު ވަނީ 2019 ވަނަ އަހަރު ރޯދަ މަހަށް އެ މިސްކިތުގެ ފުރަތަމަ ތިން ބުރި ނިންމައި ހުޅުވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެއްބަސްވުން ބާތިލްކޮށް، އެ މަސައްކަތް އެސްޖޭ އަތުން ނެގުމާހަމައަށް، މިސްކިތުގެ އެއްބައި ތަޅާލުން ފިޔަވައި އިތުރު އެއްވެސް ކަމެއް ކޮށްފައެއް ނުވެއެވެ.

ޒިކުރާ މިސްކިތް އިމާރާތްކުރުމުގެ އެއްބަސްވުމާގުޅޭ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވެސް ވަނީ ތަހުގީގުކޮށްފައެވެ. އޭސީސީގެ ތަހުގީގަށްފަހު، މި މައްސަލާގައި ދައުވާކޮށްދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަޙުމަދު ޒިޔާދު ބާޤިރުގެ އިތުރުން އެ މިނިސްޓްރީގެ އެންޑޯޒްމަންޓް ސެކްޝަންގެ ވެރިއަކަށް ހުރި، އިބްރާހީމް ޢަބްދުﷲ ސަޢީދުގެ މައްޗަށެވެ. އެދެ ބޭފުޅުންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުވާ އުފުލައި، މިހާރު އެ މައްސަލަ ކުރިއަށްދެއެވެ.

ޒިކުރާ މިސްކިތަކީ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމާއި ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ބައްޕާފުޅު ޢަބްދުލްޤައްޔޫމް ސީދީގެ ހަނދާނުގައި 1980ގެ އަހަރުތަކުގެ ކުރީކޮޅު އިމާރާތްކުރި މިސްކިތެކެވެ.

ޒިކުރާ މިސްކިތު ކޮރަޕްޝަންއިސްލާމިކް މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި

ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި

04 ޑިސެމްބަރު 2025
އެކަނިވެރި މައެއްގެ ޒާތީ މައުލޫމާތު ހާމަކުރެވުނީތީ ޝަހީމް މައާފަށް އެދިވަޑައިގެންފި

އެކަނިވެރި މައެއްގެ ޒާތީ މައުލޫމާތު ހާމަކުރެވުނީތީ ޝަހީމް މައާފަށް އެދިވަޑައިގެންފި

25 ނޮވެމްބަރު 2025
އައްޑޫ ސިޓީ ހިތަދޫ މިސްކިތުގައި ހުރި ގޮނޑިތަކާއި މުސްހަފުތަކަށް ގެއްލުންދީފި

އައްޑޫ ސިޓީ ހިތަދޫ މިސްކިތުގައި ހުރި ގޮނޑިތަކާއި މުސްހަފުތަކަށް ގެއްލުންދީފި

10 ނޮވެމްބަރު 2025
މި ސަރުކާރުގެ އެންމެ ބޮޑު ވަޤުފު ދެ މަޝްރޫއު އަށް ބީއެމްއެލުން ލޯނު ދޫ ކުރަނީ

މި ސަރުކާރުގެ އެންމެ ބޮޑު ވަޤުފު ދެ މަޝްރޫއު އަށް ބީއެމްއެލުން ލޯނު ދޫ ކުރަނީ

30 އޮކްޓޯބަރު 2025
ފްލެޓުތަކުގެ ކުލި ބޮޑު ކޮށް، އެޑްވާންސް ފައިސާ ނެގުމަށް ނިންމި މި ސަރުކާރުން، ޑައުންޕޭމަންޓު ނުދެއްކޭ 14 އާއިލާ އަކަށް ޒަކާތު ފަންޑުން ފައިސާ ދައްކާ ދެނީ

ފްލެޓުތަކުގެ ކުލި ބޮޑު ކޮށް، އެޑްވާންސް ފައިސާ ނެގުމަށް ނިންމި މި ސަރުކާރުން، ޑައުންޕޭމަންޓު ނުދެއްކޭ 14 އާއިލާ އަކަށް ޒަކާތު ފަންޑުން ފައިސާ ދައްކާ ދެނީ

30 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު