Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ތާލިބާނާއި ހުޅަނގާ ދެމެދު ވާހަކަތައް ފެށުން

ތާލިބާނާއި ހުޅަނގާއި ދެމެދު ވާހަކަތައް ފަށައިފި

މިވާހަކަތަކުގައި ތާލިބާންގެ ފަރާތުން އެންމެ އިސްކޮށް ހުންނަވަނީ އަފްޣާނިސްތާންގެ ފޮރިން މިނިސްޓަރ އާމިރް ޚާން މުއްތަގީ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 24 ޖެނުއަރީ 2022 | ހޯމަ 00:57
ތާލިބާންގެ ވަފުދު އޮސްލޯއަށް ފުރުމުގެކުރިން

ތާލިބާންގެ ވަފުދު އޮސްލޯއަށް ފުރުމުގެކުރިން

ތާލިބާނާއި ހުޅަނގާއި ދެމެދު ނޯވޭގައި ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ ބައްދަލުވުން ފަށައިފިއެވެ.

އޮސްލޯގައި ތިން ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދާ މިވާހަކަތަކުގައި ތާލިބާންގެ ފަރާތުން އެންމެ އިސްކޮށް ހުންނަވަނީ އަފްޣާނިސްތާންގެ ފޮރިން މިނިސްޓަރ އާމިރް ޚާން މުއްތަގީއެވެ.

އާދިއްތަ ދުވަހު މިފެށި ބައްދަލުވުމުގައި ތާލިބާނުން, އަންހެނުންގެ ހައްގުގައި ވަކާލާތުކުރާ އެކްޓިވިސްޓުންނާއި އިސްނާނީ ހައްގުތަކަށް މަސައްކަތްކުރާ، އަފްޣާނިސްތާންގައި އަދި އެގައުމުން ބޭރުގައި ދިރިއުޅޭ އަފްޣާން މީހުންނާއެކު ސިއްރު ބައްދަލުވުންތަކެއް ބާއްވާނެއެވެ.

ބައްދަލުވުމުގައި އެންމެ ބޮޑު މަގްސަދަކީ އިންސާނީ ހައްގުތައް ކަށަވަރުކުރުމެވެ. އޭގެބަދަލެއްގެ ގޮތުގައި ތާލިބާނުން ވަކާލާތުކުރަމުން ގެންދާނީ އިންސާނީ އެހީތެރިކަމާއި ގަނޑުކޮށްފައިވާ އަފްޣާނިސްތާނާއި އެޖަމާއަތުގެ އެތައް ބިލިއަން ޑޮލަރެއް ހޯދުމަށެވެ. ތާލިބާންގެ 10 ބިލިއަން ޑޮލަރު މިހާރުވެސް އެމެރިކާއިން ވަނީ ގަނޑުކޮށްފައެވެ.

ފޮރިން މިނިސްޓަރ މުއްތަގީ މަސައްކަތްކުރައްވާނީ އޭގެތެރެއިން ބައެއް ހޯއްދެވުމަށެވެ. އަދި އެފައިސާ ސިވިލް ސަރވަންޓުންގެ މުސާރައަށާއި ކާނާއަށް ޚަރަދުކުރައްވާނެކަމަށް އަލްޖަޒީރާއިން ވަނީ ރިޕޯޓްކޮށްފައެވެ. އަނެއްކޮޅުން ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އަންނަމުން ވައުދުވި ފަދައިން އިންސާނީ ހައްގުތަކާއި އަންހެނުންނާއި އަންހެން ކުދިންނަށް ތައުލީމުގެ ފުރުސަތު ފޯރުކޮށްދޭކަން ކަށަވަރުކުރުމަކީވެސް މިބައްދަލުވުމުގެ މަގްސަދެކެވެ.

ވެރިކަމަށް އައުމަށްފަހު ތާލިބާނުން ޔޫރަޕަށް ކުރާ ފުރަތަމަ ދަތުރުގައި އެމެރިކާ، ޖަރމަނީ، އިނގިރޭސިވިލާތް، ފްރާންސް، އިޓަލީ އަދި ޔޫރަޕިއަން ޔޫނިއަން (އީޔޫ)ން ޚާއްސަ މަންދޫބުންނާ ބައްދަލުކުރާނެއެވެ.

އަފްޣާން ސަރުކާރުގެ ޑެޕިިޔުޓީ ކަލްޗަރ އެންޑް ކޮމިޔުނިކޭޝަން މިނިސްޓަރ އަދި ތާލިބާނުގެ ސްޕޯކްސްމަން ޒަބީހުﷲ މުޖާހިދު ވިދާޅުވީ ދެ ފަރާތުން ބޭނުންވާ ކަންތައްތަކެއްގައި ވާހަކަދެއްކުމަށް އެމެރިކާ އާއި ޔޫރަޕިއަން ޔޫނިއަންއާއެކު ބައްދަލުވުންތައް ކުރިޔަށްދާނެކަމަށެވެ. އަދި އެމީހުންގެ ޚިޔާލުތަކާއި ރޭވުންތައް ހުރިގޮތާއި ތާލިބާންގެ ޚިޔާލު ހުރިގޮތާމެދު މަޝްވަރާކުރެވި ގޮތްތަކެއް ނިންމުމަށް މަސައްކަތްކުރެވެމުންދާނެކަމަށް ޒަބީހުﷲ ވިދާޅުވިއެވެ.

މިހާތަނަށް އައިއިރު ދުނިޔޭގެ އެއްވެސް ގައުމަކުން ތާލިބާން ސަރުކާރު ބަލައިގަނެފައިނުވާއިރު ތާލިބާނަށް އަންނަނީ އަފްޣާނިސްތާންގައި ވެރިކަންކުރުމަށް ދަތިތަކާއި ކުރިމަތިވަމުންނެވެ.

ތާލިބާންޔޫރަޕިއަން ޔޫނިއަން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޕާކިސްތާނާއި އަފްޣާނިސްތާނުން އަނެއްކާ ވެސް ހަމަލާތައް ބަދަލު ކޮށްފި

ޕާކިސްތާނާއި އަފްޣާނިސްތާނުން އަނެއްކާ ވެސް ހަމަލާތައް ބަދަލު ކޮށްފި

06 ޑިސެމްބަރު 2025
ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

27 ނޮވެމްބަރު 2025
އަފްޣާނިސްތާނަށް ބޮން އަޅައިފި، ތާލިބާން ސަރުކާރުން ބުނަނީ ހަމަލާ ދިނީ ޕާކިސްތާނުން ކަމަށް

އަފްޣާނިސްތާނަށް ބޮން އަޅައިފި، ތާލިބާން ސަރުކާރުން ބުނަނީ ހަމަލާ ދިނީ ޕާކިސްތާނުން ކަމަށް

25 ނޮވެމްބަރު 2025
ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި

ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި

24 ނޮވެމްބަރު 2025
އަފްޣާނިސްތާނާއި ޕާކިސްތާނާ ދެމެދު ކުރިއަށް ގެންދިޔަ ސުލްހައިގެ ވާހަކަތައް އަނެއްކާ ވެސް ފެއިލް ވެއްޖެ

އަފްޣާނިސްތާނާއި ޕާކިސްތާނާ ދެމެދު ކުރިއަށް ގެންދިޔަ ސުލްހައިގެ ވާހަކަތައް އަނެއްކާ ވެސް ފެއިލް ވެއްޖެ

08 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު