Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕްރެޒިޑެންޓްސް ކަޕް

މާޒިޔާ ބަލިކޮށް ޗެމްޕިއަންކަން ވެލެންސިއާއަށް

މި މުބާރާތް ވެލެންސިއާއިން ކާމިޔާބުކުރީ މެޗަކުން ބަލިނުވެ

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 23 ޖެނުއަރީ 2022 | އާދީއްތަ 14:35
ޕްރެޒިޑެންޓްސް ތައްޓާއެކު ވެލެންސިއާގެ ކުޅުންތެރިން އުފާފާޅުކުރަނީ

ޕްރެޒިޑެންޓްސް ތައްޓާއެކު ވެލެންސިއާގެ ކުޅުންތެރިން އުފާފާޅުކުރަނީ

ވަރުގަދަ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކޮށް މި ސީޒަނުގެ ޕްރެޒިޑެންޓްސް ކަޕުގެ ޗެމްޕިއަންކަން ކުލަބު ވެލެންސިއާއިން ހޯދައިފިއެވެ.

އާދީއްތަ ދުވަހުގެ ހަވީރު ރ. އަލިފުށީ ޓާފް ދަނޑުގައި ކުޅުނު ފައިނަލް މެޗުން ވެލެންސިއާ މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ވަރަށް ކުރީކޮޅު ވެލެންސިއާއިން ވަނީ ލަނޑު ޖަހައި ލީޑު ނަގާފައެވެ. މެޗު ފަށައިގެން ތިންވަނަ މިނެޓުގައި އަބްދުﷲ މިދުހަތު ފަޙްމީ (ބިޗަޑް) ނަގައިދިން ކޯނަރަކުން މި ލަނޑު ވެލެންސިއާއަށް ކާމިޔާބުކޮށްދިނީ ބިދޭސީ ޑިފެންޑަރު ޑަކްސަން ޕުސްލަސްއެވެ. ވެލެންސިއާގެ މި ލަނޑާއެކު މާޒިޔާއިން ކުރިއަށް ޖެހި ކުޅުން ރަނގަޅުކުރިއިރު، މެޗުގެ 40 ވަނަ މިނެޓުގައި އިބްރާހީމް އައިސަމް ނަގައިދިން ކޯނަރަކުން އެ ޓީމުގެ ކެޕްޓަން މުޙައްމަދު އިރުފާން (އިރޭ) ވަނީ ލަނޑެއް ޖަހައި، މާޒިޔާއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މި މެޗުގެ ދެވަނަ ހާފުގައި މާޒިޔާގެ ބިދޭސީ ފޯވާޑް ކޮނޭލިއަސް ސްޓެވާޓާއި، އިބްރާހީމް ވަހީދު ހަސަން (އިއްބެ) އަށް ވަނީ ލީޑު ނަގަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އަދި މި ހާފުގައި ވެލެންސިއާއިން ކެޕްޓަން އަލީ ފާސިރު (ސެންޓޭ) ފޮނުވާލި ހިލޭ ޖެހުމެއް މާޒޮޔާގެ ގޯލްކީޕަރު ކިރަން ކުމާރް ލިމްބޫ ވަނީ ދިފާއުކޮށްފައެވެ.

މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު 1-1 ގެ ނަތީޖާއަކުން އެއްވަރު ވެފައިވުމުން އިތުރު ވަގުތުގެ ދެ ހާފު ވަނީ ކުޅެފައެވެ. މީގެ ތެރެއިން ފުރަތަމަ ހާފުގައި މާޒިޔާއަށް މައްސަލަތަކެއް ދިމާއީ އެ ޓީމުގެ ނާއިޒް ހަސަން (ދާދު) އަށް ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ. ރެފުރީ އޭނާއަށް ރަތް ކާޑެއް ދެއްކީ ވެލެންސިއާގެ ކެޕްޓަން އަލީ ފާސިރު (ސެންޓޭ) އަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ. އެއާއެކު މި މެޗުގައި ވެލެންސިއާއިން އަލުން ލީޑު ނަގާފައިވަނީ އިތުރު ވަގުތުގެ ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބިދޭސީ ފޯވާޑް ބޯހަސް މާޓިންއެވެ.

މި މޮޅާއެކު މި ސީޒަނުގެ ޕްރެޒިޑެންޓްސް ކަޕް ވެލެންސިއާއިން ކާމިޔާބުކުރި، މިއީ 2008 ވަނަ އަހަރުގެ ފަހުން ވެލެންސިއާއިން މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ވެލެންސިއާއިން ވަނީ 1993، 1994، 1998 އަދި 1999 ވަނަ އަހަރު މި މުބާރާތް ކާމިޔާބުކޮށްފައެވެ.

މީގެ އިތުރުން މި ފަހަރުގެ މުބާރާތް ވެލެންސިއާއިން ކާމިޔާބުކުރީ އެއްވެސް މެޗަކުން ބަލިނުވެއެވެ. މި ސީޒަނުގައި މިހާތަނަށް ވެލެންސިއާ ހަމައެކަނި ބަލިވެފައި ވަނީ ޗެރިޓީ ޝީލްޑް މެޗުގައި މާޒިޔާ އަތުން އެކަންޏެވެ. އެ މެޗު މާޒިޔާއިން ކާމިޔާބުކުރީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

ޕްރެޒިޑެންޓްސް ކަޕްކުލަބު ވެލެންސިއާމާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި

ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި

30 ނޮވެމްބަރު 2025
ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

29 ނޮވެމްބަރު 2025
ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި

ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި

01 ނޮވެމްބަރު 2025
ގްރީން ކޮޅަށް ނުވަ ލަނޑު ޖަހައި މާޒިޔާ އަށް ބޮޑު މޮޅެއް

ގްރީން ކޮޅަށް ނުވަ ލަނޑު ޖަހައި މާޒިޔާ އަށް ބޮޑު މޮޅެއް

26 އޮކްޓޯބަރު 2025
ޓީސީ އިން ވެލެންސިއާ ބަލިކޮށްފި

ޓީސީ އިން ވެލެންސިއާ ބަލިކޮށްފި

21 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު