Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނައިފަރު އިޚްތިސާސްއަށް ވޭވަށް

ނައިފަރު އިޚްތިސާސްގެ ތެރޭގައި ވޭވަށް ހިމަނައިދިނުމަށް އެދިއްޖެ

އެރަށް ރައްޔިތުން ދަތުރުދިއުމަށް ހުޅުވާލަން ވަނީ ޕްލޭންކޮށްފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 22 ޖެނުއަރީ 2022 | ހޮނިހިރު 06:57
ޅ. ނައިފަރު

ޅ. ނައިފަރު

ޅ. އަތޮޅު ވޭވަށް ނައިފަރުގެ އިޚްތިސާސްގެ ތެރެއަށް އިތުރުކޮށް, ނައިފަރު ކައުންސިލާ ހަވާލުކޮށްދިނުމަށް އެދި ސަރުކާރަށް ގަރާރެއް ހުށަހަޅައިފިއެވެ.

މި ގަރާރަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން, ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނާއި އެހެނިހެން ގާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން, އިގުތިސާދީ ނުވަތަ އިޖްތިމާއީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި ބިންބިމާއި ފަރާއި ފަޅު ހޯދުމާއި މިލްކުކުރުމާއި އަދި މިފަދަ ތަންތަން އެހެން ފަރާތްތަކަށް ކުއްޔަށްދޫކުރުމާއި އަދި މިފަދަ ތަންތަނުގައި އިންވެސްޓްކުރުމާއި މިފަދަ އިންވެސްޓްމަންޓްތައް ކައުންސިލްގެ ނަމުގައި މިލްކުކުރުމުގެ މަސްއޫލިއްޔަތާއި ބާރުގެ ދަށުން ފާސްކޮށްފައިވާ ގަރާރެކެވެ.

މި ގަރާރުގައި ވާގޮތުން, ނައިފަރަކީ އާބާދީ ބޮޑު ރަށަކަށްވެފައި ބިމުގެ ދަތިކަން އޮތް ރަށަކަށްވުމުން ރަށުގެ ރައްޔިތުންނަށް އިގުތިސާދީ މަސައްކަތްތައްކުރުމަށް ދަތިތަކެއް އޮތްރަށެއްކަން ވަނީ ފާހަގަކޮށްފައެވެ. ރަށުގެ ރައްޔިތުންނަށް ހިތްފަސޭހަކޮށްލައި މޫދަށް އެރިލައި އުޅެވޭފަދަ ބީޗެއް ނެތްކަމަށާއި، އަދި ކައުންސިލްގެ އާމްދަނީ އިތުރުކުރުމަށް ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިފައިވާކަން ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން މި ކަންކަމަށް ހައްލު ހޯދުމަށްޓަކައި ޅ. ނައިފަރުގެ ދެކުނުން އޮންނަ ފަޅުރަށެއްކަމުގައިވާ ޅ. ވޭވަށް, ނައިފަރު ކައުންސިލްގެ އިޚްތިސާސްގެ ތެރެއަށް އިތުރުކޮށް ނައިފަރު ކައުންސިލަށް އާމްދަނީ އިތުރުކުރެވޭނެގޮތަށް ނައިފަރު ކައުންސިލާ ހަވާލުކޮށްދެއްވުމަށް ވަނީ އެދިފައެވެ. އަދި މި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ގެނެސް، މިކަމުގައި އަވަސް ހައްލެއް ހޯއްދަވައި ދެއްވުމަށް އެ ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމަށް ވަނީ ގޮވާލާފައެވެ.

ނައިފަރު ކައުންސިލުން ހުށަހެޅި ގަރާރުގައި ވަނީ, ވޭވަށަކީ މިވަގުތު ބެލެހެއްޓެމުންނުދާ ހަލާކުވެ ފަނާވަމުންދާ ރަށެއް ކަމަށާއި, އިހުމާލުގެ ސަބަބުން ރަށުގެ ފެހިކަންވެސް ނެތިގެންދާ ކަމަށާއި، ކައުންސިލާއި ހަވާލުކޮށްފިނަމަ އެރަށް އެންމެ އެދެވޭގޮތެއްގައި ބެލެހެއްޓި, އިހުމާލުގެ ސަބަބުން ލިބެމުންދާ ގެއްލުންތަކަށް ހައްލު ލިބިގެންދާނެ ކަމަށެވެ.

މީގެ އިތުރުން ނައިފަރަކީ އާބާދީ ބޮޑު ރަށަކަށްވެފައި ބިމުގެ ދަތިކަންވެސް އޮތް ރަށަކަށްވާއިރު، އިގުތިސާދީ މަސައްކަތްތައް ފެށުމުގެ ވިސްނުންހުރި ފަރާތްތަކަށް، އެމަސައްކަތްތަކަށް ބިން ދޫކުރެވޭނެ ގޮތަށް ނައިފަރު ކައުންސިލްގެ އިޚްތިސާސްގެ ތެރެއަށް ޅ. ވޭވަށް އިތުރުކުރެވި ނައިފަރު ކައުންސިލާ ހަވާލުކޮށްފިނަމަ ކައުންސިލްގެ އާމްދަނީ އިތުރުވެގެންދާނެ ކަމަށް ގަރާރުގައި ބުނެފައިވެއެވެ. އަދި ނައިފަރުގެ ތަރައްގީއަށް ކުރެވޭ މަސައްކަތްތައް އިތުރުވެ، ރަށާއި ރައްޔިތުންގެ ކުރިއެރުމަށް ކުރެވޭ މަސައްކަތްތައް އިތުރުވެގެންދާނެ ކަމަށް ވެސް ގަރާރުގައި ވަނީ ބުނެފައެވެ.

އަދި ވޭވަށް ނައިފަރު ކައުންސިލާ ހަވާލުކޮށްފިނަމަ ނައިފަރާއި އެއަތޮޅުގެ ރައްޔިތުންނަށްވެސް މޫދަށް އެރި އުޅެވޭފަދަ ގޮތަކަށް ރަށްތަރައްގީ ވެގެންދާނެ ކަމަށް ބުނެފައިވެއެވެ. ނައިފަރަކީ ޗުއްޓީ ހޭދަކޮށްލުމަށް ގިނަ ފަރާތްތަކެއް އަރައި ފައިބަމުންދާ މަންޒިލެއް ކަމަށާއި، ޅ. ވޭވަށް ނައިފަރު ކައުންސިލުގެ ބެލުމުގެ ދަށަށް ގެނެވިއްޖެނަމަ ރަށާއި ރަށުގެ ފަޅު ބެލެހެއްޓިގެންދާނެ ކަމަށާއި، މިހާރު ލިބެމުންދާ ގެއްލުންތައް ކުޑަކުރެވި, ޅ. ވޭވަށަކީ ޅ. އަތޮޅާއި އަތޮޅުން ބޭރުގެ ރައްޔިތުންނަށްވެސް ހިތްހަމަޖައްސާލުމަށް ބޭނުންކުރެވޭ މަންޒިލަކަށް ބަދަލުކުރެވިގެންދާނެ ކަމަށް ނައިފަރު ކައުންސިލުން ސަރުކާރަށް ހުށަހެޅި ގަރާރުގައި ބުނެފައިވެއެވެ.

ޅ. ނައިފަރުވޭވަށް

އިތުރަށް ކިޔާލަން

16 އޮކްޓޯބަރު 2025

މާލެ އިން ނައިފަރަށް ދަތުރުކުރަމުން ދިޔަ "ނަސްރު ބޯޓު" އަޑިޔަށް ހިނގައްޖެ

16 އޮކްޓޯބަރު 2025
މާލެ އިން ނައިފަރަށް ދަތުރުކުރަމުން ދިޔަ "ނަސްރު ބޯޓު" އަޑިޔަށް ހިނގައްޖެ
22 ސެޕްޓެމްބަރު 2025

ކުރިން އެވޯޑްކޮށްފައި ހުރި މަޝްރޫއުތައް ހުއްޓި ވާނުވާގައި އޮތުމުން މ. ވޭވަށު ރައްޔިތުން ޝަކުވާކޮށްފި

22 ސެޕްޓެމްބަރު 2025
ކުރިން އެވޯޑްކޮށްފައި ހުރި މަޝްރޫއުތައް ހުއްޓި ވާނުވާގައި އޮތުމުން މ. ވޭވަށު ރައްޔިތުން ޝަކުވާކޮށްފި
10 ސެޕްޓެމްބަރު 2025

އުރީދޫގެ 7 ވަނަ އުމްރާ ލިބުނު ފަރާތަކަށް ހުއްރިއްޔަތު

10 ސެޕްޓެމްބަރު 2025
އުރީދޫގެ 7 ވަނަ އުމްރާ ލިބުނު ފަރާތަކަށް ހުއްރިއްޔަތު
30 އެޕްރީލު 2024

ނައިފަރުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފި

30 އެޕްރީލު 2024
ނައިފަރުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފި
02 ފެބުރުއަރީ 2024

ނައިފަރުގައި ކަރަންޓު ކެނޑޭތާ ދެ ދުވަސް، ހައްލެއް ނުލިބޭ

02 ފެބުރުއަރީ 2024
ނައިފަރުގައި ކަރަންޓު ކެނޑޭތާ ދެ ދުވަސް، ހައްލެއް ނުލިބޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު