Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕްރެޒިޑެންޓްސް ކަޕް

މެޗަކުން ބަލިނުވެ ވެލެންސިިއާ ފައިނަލަށް، ފަހު ޖާގަ މާޒިޔާއަށް

ފައިނަލް މެޗު ކުޅޭނީ އަންނަ އާދީއްތަ ދުވަހު އަލިފުށީގައި

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 19 ޖެނުއަރީ 2022 | ބުދަ 19:45
މާޒިޔާ އާއި ވެލެންސިއާ ބައްދަލުކުރި މެޗުގެ ތެރެއިން

މާޒިޔާ އާއި ވެލެންސިއާ ބައްދަލުކުރި މެޗުގެ ތެރެއިން

ޕްރެޒިޑެންޓްސް ކަޕުގެ ލީގު ބުރުގެ ފަހު މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކޮށް، މެޗަކުން ބަލިނުވެ ފައިނަލަށް ކުލަބު ވެލެންސިއާ ދަތުރުކުރިއިރު، ލަނޑުގެ ތަފާތުން މާޒިޔާވެސް ފައިނަލަށް ދަތުރުކޮށްފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗުން މާޒިޔާ އަތުން ވެލެންސިއާ މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗަށް ނުކުތްއިރުވެސް ވެލެންސިއާއަށް ފައިނަލުގެ ޖާގައެއް ވަނީ ކަށަވަރުވެފައެވެ. އެގޮތުން އެ ޓީމަށް ފައިނަލުގެ ޖާގައެއް ކަށަވަރުވީ ބުދަ ދުވަހުގެ ހަވީރު ކުޅުނު މެޗުގައި ކުލަބު އީގަލްސް އަތުން ކުލަބު ގްރީން ސްޓްރީޓްސް ބަލިވުމާ ގުޅިގެންނެވެ.

ބުދަ ދުވަހުގެރޭ ކުޅުނު މެޗު ފަށައިގެން މާޒިޔާއިން ބޯޅަ ކޮންޓްރޯލްކޮށް ވެލެންސިއާގެ ހާފަށް ބާރުބޮޑުކުރިއިރު، މެޗުގެ ހަވަނަ މިނެޓުގައި އެ ޓީމުގެ ގެ ބިދޭސީ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) އަށް ވަނީ ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ.

އޭގެ ފަހުން މެޗުގެ 15 ވަނަ މިނެޓުގައި ވެލެންސިއާގެ ކެޕްޓަން އަލީ ފާސިރު (ސެންޓޭ) ފޮނުވާލި ހިލޭ ޖެހުމުގެ ހުރަހަކަށްވީ މާޒިޔާގެ ގޯލްކީޕަރު ކިރަން ކުމާރް ލިމްބޫއެވެ. އެކަމަކު މެޗުގެ 30 ވަނަ މިނެޓުުގައި ވެލެންސިއާއިން ވަނީ ލަނޑު ޖަހައި، ލީޑު ނަގާފައެވެ. ބޯހަސް މާޓިންގެ އެހީތެރިކަމާއެކު މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސެންޓޭއެވެ.

މި މެޗުގެ ދެވަނަ ހާފުގައި މާޒިޔާއިން އެ ޓީމުގެ އެޓޭކުތައް ވަރުގަދަކުރިއިރު، މެޗުގެ 57 ވަނަ މިނެޓުގައި ސްޓެވާޓަށް ވަނީ ލަނޑު ޖަހަން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އޭގެ ފަހުން މި ހާފުގައި ވެލެންސިއާއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. އެކަމަކު މެޗުގެ 71 ވަނަ މިނެޓުގައި ސެންޓޭ ފޮނުވާލި ޕެނަލްޓީ މާޒިޔާގެ ގޯލްކީޕަރު ކިރަން ވަނީ ދިފާއުކޮށްފައެވެ. މިއީ އޭރިއާ ތެރެއިން ވެލެންސިއާގެ ހުސެއިން ހަނާނަށް މާޒިޔާގެ ހައިޝަމް ހަސަން (ބިޑި) ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީއެކެވެ.

މި މެޗު ވެލެންސިއާއިން ނިންމާލާފައިވަނީ އެއް ކުޅުންތެރިއެއް މަދުކޮށެވެ. އެގޮތުން މެޗުގެ 76 ވަނަ މިނެޓުގައި ވެލެންސިއާގެ އަޙްމަދު ސިޒާނަށް ވަނީ ސީދާ ރަތް ކާޑެއް ދައްކާފައެވެ. އޭނާއަށް ރެފުރީ ރަތް ކާޑެއް ދެއްކީ، ވެލެންސިއާގެ ހާފުގެ ތެރެއިން މާޒިޔާގެ ހަމްޒާ މުޙައްމަދު (ހަމްޕު) އަށް ކުރި ފައުލަކާ ގުޅިގެންނެވެ.

މ މޮޅާއެކު ވެލެންސިއާއިން ލީގު ބުރުގެ އެއްވަނަ ހޯދީ 19 ޕޮއިންޓާއެކުއެވެ. ދެވަނައަށް ދިޔަ މާޒިޔާ އާއި ތިންވަނައަށް ދިޔަ ގްރީން ސްޓްރީޓްސްއަށް ލިބުނީ 15 ޕޮއިންޓެވެ. މާޒިޔާއަށް ފައިދާ 10 ލަނޑު އޮތްއިރު، ގްރީން ސްޓްރީޓްސްއަށް ލިބިފައިވަނީ ފައިދާ ނުވަ ލަނޑެވެ.

އެހެންކަމުން ފައިނަލުގައި ވެލެންސިއާ އާއި މާޒިޔާ ބައްދަލުކުރާއިރު، ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލް މެޗު ކުޅޭނީ އަންނަ އާދީއްތަ ދުވަހުގެ ހަވީރު ރ. އަލިފުށީ ޓާފް ދަނޑުގައެވެ.

ޕްރެޒިޑެންޓްސް ކަޕްކުލަބު ވެލެންސިއާމާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި

ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި

30 ނޮވެމްބަރު 2025
ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

29 ނޮވެމްބަރު 2025
ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި

ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި

01 ނޮވެމްބަރު 2025
ގްރީން ކޮޅަށް ނުވަ ލަނޑު ޖަހައި މާޒިޔާ އަށް ބޮޑު މޮޅެއް

ގްރީން ކޮޅަށް ނުވަ ލަނޑު ޖަހައި މާޒިޔާ އަށް ބޮޑު މޮޅެއް

26 އޮކްޓޯބަރު 2025
ޓީސީ އިން ވެލެންސިއާ ބަލިކޮށްފި

ޓީސީ އިން ވެލެންސިއާ ބަލިކޮށްފި

21 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

7 އެޕްރީލު
ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ފައިސަލްގެ ކޮމެންޓެއް އަދި ނެތް
20251 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ފައިސަލްގެ ކޮމެންޓެއް އަދި ނެތް

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!
20233 އަހަރު ކުރިން
ރިޕޯޓު

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން: ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް
20224 އަހަރު ކުރިން
ރިޕޯޓު

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން: ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ
20215 އަހަރު ކުރިން
ރިޕޯޓު

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ

އަލުން ގުނަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް
20197 އަހަރު ކުރިން
ރާއްޖެ

އަލުން ގުނަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް

އެއް ދުވަހުން ރެކޯޑު އަދަދަކަށް މަސް ބާނައިފި، އިއްޔެ އެކަނި ވެސް 700 ޓަނު!
20188 އަހަރު ކުރިން
ރާއްޖެ

އެއް ދުވަހުން ރެކޯޑު އަދަދަކަށް މަސް ބާނައިފި، އިއްޔެ އެކަނި ވެސް 700 ޓަނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު