Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޔާމީން ރަޝީދުގެ މަރު

ޔާމީން ރަޝީދުގެ ގާތިލުންގެ ކިބައިން މަރަށް މަރު ހިފަން މަންމަ ބޭނުމެއްނުވޭ

ޔާމީނަކީ އިންސާނީ ހައްގުތަކަށް އަބަދުވެސް ވަކާލާތު ކުރާ ކުއްޖަކަށްވާތީ، މަރަށް މަރު ހިފަން ބޭނުމެއްނޫން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 19 ޖެނުއަރީ 2022 | ބުދަ 15:49
ޔާމީން ރަޝީދުގެ މަންމަ ނޫސްވެރިންނާއި ވާހަކަ ދައްކަވަނި

ޔާމީން ރަޝީދުގެ މަންމަ ނޫސްވެރިންނާއި ވާހަކަ ދައްކަވަނި

ޔާމީން ރަޝީދުގެ ގާތިލުންގެ ކިބައިން މަރަށް މަރު ހިފަން ބޭނުން ނުވާކަމަށް އޭނާގެ މަންމަ މަރިޔަމް ޝަފީގާ ކްރިމިނަލް ކޯޓުގައި ބުނެފިއެވެ.

މި މައްސަލައިގައި ބުދަ ދުވަހު ކުރިއަށް ދިޔަ އަޑުއެހުމުގައި، ދައުވާލިބޭ ހައިޝަމްއާއި ޒިހާންގެ މައްޗަަށް ކުށް ސާބިތުވާކަމަށް ނިންމެވުމާއެކު، ވާރިސުންގެ ބަސް ނެގުން ވަނީ ކުރިއަަށް ގެންގޮސްފައެވެ.

Advertisement - newsAdvertisement

ޔާމީން ރަޝީދުގެ ބައްޕަ ހުސައިން ރަޝީދު ހަސަން ދުނިޔޭގައި ހުރުމުގެ ސަބަބުން، ޔާމީންގެ އެއްބަނޑު އެއްބަފާ މީހުން ހަޖުބްވެ، ވާރިސުންގެ ގޮތުގައި ކަނޑައެޅިގެން ދިޔައީ ހަމައެކަނި ޔާމީންގެ މަންމައާއި ބައްޕައެވެ. މި މައްސަލައިގައި ހެކިބަސް ދެމުން ޔާމީންގެ މަންމަ ބުނީ، ޔާމީނަކީ އިންސާނީ ހައްގުތަކަށް އަބަދުވެސް ވަކާލާތުކުރާ ކުއްޖަކަށްވާތީ، މަރަށް މަރު ހިފަން ބޭނުންނުވާ ކަމަށެވެ. ނަމަވެސް މަރުގެ ދިޔަ ބޭނުންވާކަމަށާއި، އެއީ މަރުގެ ދިޔައިން ކޮންމެވެސް ކަމެއް ކުރެވޭނެތީކަމަށް ޔާމީންގެ މަންމަ ވަނީ ކޯޓުގައި ބުނެފައެވެ.

ޔާމީން ބައްޕަ ބުނީ ޝަރީއަތުގެ މަރުހަލާ މިހާހިސާބަށް އައިއިރުވެސް، ގާތިލުން އެއްވެސް ފަހަރަކު މައާފަށް އެދިފައި ނެތް ކަމަށާއި، ޚުދު އޭނާ ގާތުގައި ވެސް އަދި އާއިލާގެ ގާތުން ވެސް މައާފަށް އެދިފައި ނުވާކަމަށެވެ. ޔާމީންގެ ބައްޕަ ބުނީ އަދުލު އިންސާފް ގާއިމުކުރަން ބޭނުންވާ ކަމަށާއި، މައާފު ކުރުމަކީ އިސްލާމީ ރިވެތި އާދައެއްކަން ދަންނަ ކަމަށެވެ. އަދި މިކަމުގައި އިޚްތިޔާރު ދޫކޮށްލަން ބޭނުންވަނީ ދަރިންގެ މައްޗަށް ކަމަށާއި، ދަރިންނާއި ޑައިރެކްޓްކޮށް ވާހަކަ ދެއްކެން ނެތް ކަމަށާއި، ދަރިން އެދެނީ މަރަށް މަރު ނުހިފަން ކަމަށެވެ. ނަމަވެސް ޔާމީން ބައްޕަ ބުނީ ބޭނުންވަނީ މަރަށް މަރު ހިފަން ކަމަށެވެ.

މި މައްސަލައިގެ ހެކިންގެ ހެކިބަހުން ސާބިތުވެފައިވާ ގޮތުގައި ހައިޝަމަކީ މި މުޅި ހަމަލާ ރާވައި، ޓާސްކްތައް ހަވާލުކޮށް، އެކަމުގައި އަމަލީ ގޮތުން އުޅުނު ފަރާތެވެ. އަދި މި ހަމަލާ ދިނުމަށް އަމަލީ ގޮތުން ދެން ބައިވެރިވެފައިވަނީ ޒިހާންކަން ވަނީ ސާބިތުވެފައެވެ. އެހެންނަމަވެސް، ގަސްދު މަރު ސާބިތުކުރުމަށް ބަލާ މިންގަނޑުތަކަށް ރިއާޔަތް ކުރައްވައި މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ، އެއްވެސް ޝައްކެއް ނެތް މިންގަނޑުން ބަލާއިރު ބާކީ ތިބި 4 މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ.

އެގޮތުން މި މައްސަލައިގައި ހިމެނޭ ޝިފާޒްއާއި ދިފްރާންއަކީ ޔާމީން ރަޝީދަށް ފާރަލައި، ހެކި ނައްތާލުމަށް މަސައްކަތް ކޮށްފައިވާ ފަރާތްތަކެއްކަން ދައުލަތުން ކުރި ދައުވާގައި ބުނި ނަމަވެސް، ދައުލަތުން ހުށައަޅާފައިވާ ހެކިންގެ ހެކިބަހުން އެކަން ސާބިތުނުވާކަމަށް ވަނީ ނިންމަވާފައެވެ. އެގޮތުން ގަސްތު މަރު ސާބިތު ކުރުމަށް ބަލާ 3 ވަނަ ރުކުން ސާބިތުނުވާކަމަށް ގާޒީ ވިދާޅުވިއެވެ. ގަސްތު މަރު ސާބިތު ކުރުމަށް ބަލާ 3 ވަނަ އުންސުރަކީ، އެމީހަކު މަރުވީ ގާތިލުގެ އަމަލުގެ ނަތީޖާއަކުން ކަމަށް ވުމެވެ. މި މައްސަލައިގައި ޝިފާޒް ހާދިސާ ހިނގި ތަނުން ނުފެންނަކަމަށް ސިއްރު ހެކިވެރިޔާ 1 ބުނެފައިވާއިރު، ދައުލަތުގެ ދައުވާ ސާބިތު ކުރުމަށް ބާރުދޭ އިތުރު ހެއްކެއް ހުށައަޅާފައި ނުވާކަން ގާޒީ ފާހަގަ ކުރެއްވިއެވެ.

އިސްމާއިލް ރަޝީދާއި ހުސައިން ޒިޔާދުގެ މައްޗަށްވެސް ގަސްދު މަރު ސާބިތު ކުރުމަށް ބަލާ 3 ވަނަ ރުކުން ސާބިތު ނުވާތީ އެމީހުންގެ މައްޗަށްވެސް މި ކުށް ސާބިތުނުވާކަމަށް ވަނީ ނިންމަވާފައެވެ.

ޔާމީން ރަޝީދު މަރާލުންޔާމީންކްރިމިނަލް ކޯޓް

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު