Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕްރެޒިޑެންޓްސް ކަޕް

ގްރީން ބަލިވުމުން ވެލެންސިއާ ފައިނަލަށް

މާޒިޔާ އާއި ގްރީނަށް ވަނީ 15 ޕޮއިންޓް ލިބިފައި

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 19 ޖެނުއަރީ 2022 | ބުދަ 13:54
ގްރީން އާއި އީގަލްސް ބައްދަލުކުރި މެޗުގެ ތެރެއިން

ގްރީން އާއި އީގަލްސް ބައްދަލުކުރި މެޗުގެ ތެރެއިން

ޕްރެޒިޑެންޓްސް ކަޕުގައި ކުލަބު އީގަލްސް އަތުން ކުލަބު ގްރީން ސްޓްރީޓްސް ބަލިވުމާއެކު، ތާވަލުގެ އެއްވަނައިގައި އޮތް ކުލަބު ވެލެންސިއާއަށް ފައިނަލުގެ ޖާގައެއް ކަށަވަރުވެއްޖެއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ބުދަ ދުވަހުގެ ހަވީރު ކުޅުނު މެޗުން އީގަލްސް އަތުން ގްރީން ބަލިވީ 4-1 ގެ ނަތީޖާއަކުންނެވެ. ލީގު ބުރުގެ އެންމެ މޮޅު ދެ ޓީމު ފައިނަލަށް ދަތުރުކުރާއިރު، ވެލެންސިއާއަށް ވަނީ ބުދަ ދުވަހުގެރޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ފައިނަލުގެ ޖާގައެއް ކަށަވަރުވެފައެވެ. މިއީ 2008 ވަނަ އަހަރުގެ ފަހުން ވެލެންސިއާއިން ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލުގައި ކުޅޭނެ ފުރަތަމަ ފަހަރެވެ.

ބުދަ ދުވަހުގެ ހަވީރު ކުޅުނު މެޗު ފަށައިގެން އީގަލްސްއިން ވަނީ ގްރީންގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އެގޮތުން މެޗުގެ ފުރަތަމަ މިނެޓުގައި އީގަލްސްގެ އިމްރާން ނަޝީދު (އިންމަ) އަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް، ގްރީންގެ ގޯލްކީޕަރު ހަނީފް ސާގިބް ކައިރިން ނައްޓާލުމަށްފަހު އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ. އެކަމަކު މެޗުގެ 18 ވަނަ މިނެޓުގައި އީގަލްސްއިން ވަނީ ލަނޑު ޖަހައި، ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހަސަން ރާއިފް އަޙްމަދު (ހަންނަ) އެވެ.

މި މެޗުގައި އީގަލްސްއިން ލީޑު ނެގުމާއެކު ގްރީނުން އެ ޓީމުގެ އެޓޭކުތައް ވަރުގަދަކުރިއިރު، އެ ޓީމުގެ ސްޕެއިން މިޑްފީލްޑަރު އެންހެލް ކަރަސްކޯސާ މުނޯޒް އާއި، އަލީ ޝާމިސް (ތޮއްޕެ) ވަނީ އަށް ލަނޑެއް ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެކަމަކު ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް ގްރީނުން ވަނީ ލަނޑު ޖަހައި، ނަތީޖާ ހަމަހަމަކޮށްފައެވެ. އަބްދުﷲ ޔާމީން (ޔާނު) ގެ އެހީތެރިކަމާއެކު މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަންޞަރު އިބްރާހީމް (އަންކޮ) އެވެ.

މި މެޗުގެ ދެވަނަ ހާފު ފަށައިގެން ގްރީންގެ ބިދޭސީ ފޯވާޑް މުނޯޒް ފޮނުވާލި ބާރު ހަމަލާ އީގަލްސްގެ ގޯލްކީޕަރު މުޙައްމަދު ތޯހާ ވަނީ ހުށިޔާރުކަމާއެކު ދިފާއުކުރިއިރު، މި ހާފުގައި ގްރީންއަށް މައްސަލަތަކެއް ދިމާވީ އެ ޓީމުގެ އިތުބާރު ޑިފެންޑަރު މުޙައްމަދު ސާއިފަށް އަނިޔާވެ އޭނާ ބަދަލުކުރަން ޖެހުމުންނެވެ. ނަތީޖާއެއްގެ ގޮތުން އީގަލްސްއިން ވަނީ މެޗުގެ 57 ވަނަ މިނެޓުގައި އަލުން ލީޑު ނަގާފައެވެ. މިއީ ގްރީންގެ އިބްރާހިމް ހަސީބު އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

އަދި އޭގެ ފަހުން މެޗުގެ 66 ވަނަ މިނެޓުގައި ހަންނަ ވަނީ އިތުރު ލަނޑެއް ޖަހައި، އީގަލްސްއަށް ލީޑު ފުޅާކޮށްދީފައެވެ. ދެން މި މެޗުގައި އީގަލްސްއިން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު މެޗުގެ 79 ވަނަ މިނެޓުގައި އަޙްމަދު ހަސަން (އައްމަޑޭ) ދިން ބޯޅައަކުން ކާމިޔާބުކޮށްދިނީ އަޙްމަދު ރިޒުވާން (ރިޒޭ) އެވެ.

މި ނަތީޖާއާއެކު މި ވަގުތު ލީގު ތާވަލުގެ އެއްވަނައިގައި ވެލެންސިއާ އޮތީ ކުޅުނު ހަ މެޗުން ލިބުނު 16 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް މާޒިޔާ އާއި ތިންވަނައިގައި އޮތް ގްރީނަށް 15 ޕޮއިންޓް ލިބިފައިވާއިރު، މާޒިޔާއަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ. މި ނަތީޖާއާއެކު ގްރީންއަށް ފައިނަލުގެ ޖާގައެއް ލިބެން އޮތީ ބުދަ ދުވަހުގެރޭ ކުޅޭ މެޗުން ވެލެންސިއާއިން މާޒިޔާ ތިން ލަނޑުގެ ތަފާތުން ބަލިކޮށްފިނަމައެވެ.

ޕްރެޒިޑެންޓްސް ކަޕްކުލަބު އީގަލްސްކުލަބް ގްރީން ސްޓްރީޓްސް

ކޮމެންޓް

އިތުރަށް ކިޔާލަން

ޔޫވީ އިން ގްރީން ބަލިކޮށްފި

ޔޫވީ އިން ގްރީން ބަލިކޮށްފި

01 ޑިސެމްބަރު 2025
ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

29 ނޮވެމްބަރު 2025
ޔޫވީ ބަލިކޮށް އީގަލްސް އިން ގަދަ ހަތަރަކަށް

ޔޫވީ ބަލިކޮށް އީގަލްސް އިން ގަދަ ހަތަރަކަށް

09 ނޮވެމްބަރު 2025
ބެންޖޯގެ އިރުޝާދުގެ ދަށުން އީގަލްސް އަށް ފުރަތަމަ މޮޅު

ބެންޖޯގެ އިރުޝާދުގެ ދަށުން އީގަލްސް އަށް ފުރަތަމަ މޮޅު

03 ނޮވެމްބަރު 2025
އޮޑިން ގްރީން ބަލިކޮށްފި

އޮޑިން ގްރީން ބަލިކޮށްފި

01 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު