Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ100 ކިލޯ ޑްރަގް މައްސަލަ

100 ކިލޯ ޑްރަގް މައްސަލަ: ކެނެބިސް ބޭނުން ކުރުމުގެ ދައުވާ އުފުލާފައިވާ އެކަކު ހާޒިރުނުވުމުން، ދައުވާ ހުށައެޅުން ކުރިއަށް ނުގެންދިޔަ

17 ޖެނުއަރީ 2022 | ހޯމަ 08:16

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ ދީބާނާޒް ފަހުމީ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 17 ޖެނުއަރީ 2022 | ހޯމަ 08:16
ކްރިމިނަލް ކޯޓް- ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ ދީބާނާޒް ފަހުމީ

ކްރިމިނަލް ކޯޓް- ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ ދީބާނާޒް ފަހުމީ

100 ކިލޯ ޑްރަގް މައްސަލައިގައި ކެނެބިސް ބޭނުންކުރުމުގެ ދައުވާ އުފުލާފައިވާ މީހުންގެ ބައި ކުރިއަށް ގެންގޮސްފައި ނުވަނީ އެކަކު ހާޒިރު ނުވުމުންނާއި، ދައުވާ ލިބޭ ބައެއް ފަރާތްތަކަށް ލިޔެކިޔުންތައް ލިބިފައިނުވާތީކަމަށް މައުލޫމާތު ލިބިއްޖެއެވެ.

މި މައްސަލައިގައި 10 މީހަކު ހައްޔަރު ކޮށްފައިވާއިރު، ކްރިމިނަލް ކޯޓުގައި މި މައްސަލައިގެ 3 ދައުވާއަކާއި ގުޅޭ ގަޒިއްޔާތަކެއް ކުރިއަށް ދެއެވެ. އެއީ ޑައިމޯފިންޓްރެފިކް ކުރުމުގެދައުވާތަކަކާއި، ޑައިމޯފިން ބޭނުން ކުރުމުގެ ދައުވާތަކެއްގެ އިތުރުން، ކެނެބިސް ބޭނުން ކުރުމުގެ ދައުވާތަކެކެވެ.

Advertisement - newsAdvertisement

އޭގެ ތެރެއިން ކެނެބިސް ބޭނުން ކުރުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ ނ. ވެލިދޫ، ބީޗްހެވެން، ޖުމާން މުސްތަފާ، ލ. ކަލައިދޫ، ޖަނަވަރީމާގެ، މުހައްމަދު އަހްމަދު، ގއ ދެެއްވަދޫ ދޭލިޔާގޭ މިދުހަތު އިބްރާހިމް، މ ކޮޅުފުށި ޒަހީރާ މަންޒިލް، އަހުމަދު ޝިރުހާން ޝަމީމް އަދި ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އެމްޑީ ރަފީޤުލް އިސްލާމެވެ.

މި މައްސަލައިގެ ފުރަތަަމަ އަޑުއެހުން ބާއްވާފައިވަނީ 12 ޖެނުއަރީގައެވެ. އެ ދުވަހުގެ އަޑުއެހުން ދިފާއުންއެދިގެންސިއްރު ކޮށްފައިވާއިރު، އެ އަޑުއެހުމަށް ދައުވާ ލިބޭ ޖުމާން މުސްތަފާ ހާޒިރުވެފައެއް ނުވެއެވެ. އެގޮތުން ޖުމާން މުސްތަފާ ޗިޓާއި ޙަވާލުވުމަށްފަހުވެސް އަޑުއެހުމަށް ހާޒިރުވެފައި ނުވާކަމަށް މައްސަލަ ބައްލަވާ ގާޒީ ވިދާޅުވިއެވެ. ދެން އޮންނަ އަޑުއެހުމެއްގައި އެކަމާއި ގުޅިގެން ނިންމަވާ ގޮތެއް ގާޒީ އަންގަވާނެއެވެ.

އަޑުއެހުން ސިއްރު ކުރުމަށްފަހު ކުރިއަށް ގެންގޮސްފައިވަނީ ލިޔެކިޔުންތައް ހަމަތޯ ކަށަވަރު ކުރުމުގެ ބައެވެ. އެގޮތުން ދައުވާ ލިބޭ ފަރާތްތަކަށް ބައެއް ލިޔެކިޔުންތައް ލިބިފައިނުވާތީ ލިޔެކިޔުންތައް ހަމަ ކުރުމުގެ ކަންކަން ދައުލަތާއި ދިފާއުން ކުރިއަށް ގެންދިއުމަށް ނިންމެވިއެވެ. އަދި ދެން މި މައްސަލައިގެ އަޑުއެހުން ބާއްވާނީ ދައުވާ ލިބޭ 5 މީހުން އެކުގައިކަމަށް ވަނީ ނިންމަވާފައެވެ.

100 ކިލޯ ޑްރަގް މައްސަލައިގެ 3 ގަޒިއްޔާއެއް ކްރިމިނަލް ކޯޓުގައި ކުރިއަށްދާއިރު، މިހާތަނަށް ކުރިއަށް ގެންގޮސްފައިވަނީ މި މައްސަލައިގެ އެންމެ އަޑުއެހުމެކެވެ. އެގޮތުން މި މައްސަލައިގައި ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އުފުލާފައިވާ 8 މީހުންގެ ބައިވެސް ވަނީ 12 ޖެނުއަރީގައި ކުރިއަށް ގެންގޮސްފައެވެ. އެގޮތުން މިދުހަތު އިބްރާހިމްއާއި އަހުމަދު ޝިރުހާން ޝަމީމް ފިޔަވައި ދެން ތިބި އެންމެންގެ މައްޗަށް ވަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އުފުލާފައެވެ. އެ މައްސަލައިގައި ދައުވާލިބޭ އެންމެންވެސް ވަނީ ވަކީލަކު އަމިއްލައަށް އައްޔަނު ކުރުމަށް ފުރުސަތަކަށް އެދިފައެވެ. އެއާއެކު މައްސަލަ ބައްލަވާ ގާޒީ ވަނީ ވަކީލަކު އައްޔަނު ކުރުމަށް ފުރުސަތެއް ދެއްވައި، 13 ފެބްރުއަރީ 2022ށް މައްސަލައިގެ އަޑުއެހުމެއް ތާވަލު ކުރައްވާފައެވެ.

ގާޒީ ވިދާޅުވީ އެ ދުވަހުގެ އަޑުއެހުމުގައި ދައުވާ އިއްވައި ޖަވާބުދާރީވުން އޮންނާނެ ކަމަށެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ ދީބާނާޒް ފަހުމީއެވެ.

ކްރިމިނަލް ކޯޓް100ކިލޯގެ މަސްތުވާތަކެތި

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް
03 ޑިސެމްބަރު 2025

ސަނީ 30 ދުވަހަށް ބަންދު ކޮށްފި

03 ޑިސެމްބަރު 2025
ސަނީ 30 ދުވަހަށް ބަންދު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް