Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމިފްކޯ ތަރައްޤީގެ މަޝްރޫއުތައް

ތަރައްޤީގެ މަސައްކަތްތައް ނިމޭއިރު، މިފްކޯގެ ކެޕޭސިޓީ 13،000 ޓަނަށް އިތުރުވާނެ: ފައުޒީ

16 ޖެނުއަރީ 2022 | އާދީއްތަ 07:22

މިފްކޯގެ ތަރައްޤީއަށް އެއް ބިލިއަން ރުފިޔާގެ މަޝްރޫއެއް ހިންގިގެންދާނެ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 16 ޖެނުއަރީ 2022 | އާދީއްތަ 07:22
ފެލިވަރު މަސް ފެކްޓަރީ

ފެލިވަރު މަސް ފެކްޓަރީ

ތަރައްޤީގެ މަސައްކަތްތައް ނިމޭއިރު މިފްކޯގެ ސްޓޯރޭޖް ކެޕޭސިޓީ 13،000 ވަރަކަށް ޓަނަށް އިތުރުވެގެންދާނެ ކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެއެވެ.

މިފްކޯ ތަރައްޤީކުރުމަށް، ސައުދީ ފަންޑުގެ ދަށުން 1 ބިލިއަން ރުފިޔާގެ މަޝްރޫއުތަކެއް ހިންގަން ވަނީ ނިންމާފައެވެ. މި މަޝްރޫއުތަކާ ގުޅޭގޮތުން ރާއްޖެޓީވީގެ ފަސްކާފް ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ފައުޒީ ވިދާޅުވީ މިފްކޯ ތަރައްޤީކުރުމަށް މީގެ ކުރީގެ އެއްވެސް ސަރުކާރަކުން ނުގެންގުޅޭ ވަރުގެ ޕްލޭނެއް މި ސަރުކާރުން ގެންގުޅޭ ކަމަށެވެ.

Advertisement - newsAdvertisement

މިގޮތުން 1 ބިލިއަން ރުފިޔާގެ މަޝްރޫއުގެ ދަށުން ފެލިވަރުގައި 100 ޓަނުގެ ކޭނަރީއެއް ހެދުމާއި، ދުވާލެއްގެ މައްޗަށް 280 ވަރަކަށް ޓަނުގެ މަސް ފްރީޒް ކުރެވޭނެ ފްރީޒިން ކެޕޭސިޓީއަކާއި، މަސްވެރިންނަށް ފަސޭހައިން މަސް ކިރޭނެ ބަނދަރަކާއި، ބޮޑެތި ބޯޓުފަހަރު ކައިރި ކުރެވޭ ވަރުގެ ޖެޓީއަކާ އެއްކޮށް ފެލިވަރު ތަރައްޤީކުރެވޭނެ ކަމަށް ފައުޒީ ވިދާޅުވިއެވެ. ފައުޒީ ވިދާޅުވީ ފެލިވަރުގައި މިވަގުތު ފްރީޒިން ކެޕޭސިޓީއެއް ނެތް ކަމަށާއި، އެހެންނަމަވެސް ބަނދަރުގައި ބޯޓެއް ބާއްވައިގެން ފްރީޒް ކުރަމުންދާ ކަމަށެވެ.

ފެލިވަރުގެ އިތުރުން މ. އަތޮޅު މުލަކުގައި 100 ޓަނުގެ ފްރީޒިން ކެޕޭސިޓީއެއް ގާއިމްކުރުމާއި، 500 ޓަނުގެ ސްޓޯރޭޖް ކެޕޭސިޓީ ގާއިމްކުރެވިގެންދާނެ ކަމަށް ފައުޒީ ވިދާޅުވިއެވެ. އަދި ގދ. ތިނަދޫގައި 100 ޓަނުގެ ފްރީޒިން ކެޕޭސިޓީއަކާއި، 1،000 ޓަނުގެ ސްޓޯރޭޖް ކެޕޭސިޓީ ގާއިމްކުރެވިގެންދާނެ ކަމަށް ފައުޒީ ވިދާޅުވިއެވެ. ކޫއްޑޫގެ ސްޓޯރޭޖް ކެޕޭސިޓީއަށްވެސް 4،000 ޓަނު އިތުރުކޮށް، ޖުމްލަ 6،000 ޓަނުގެ ކެޕޭސިޓީއެއް ކޫއްޑޫގައި ގާއިމްވެގެންދާނެ ކަމަށް ފައުޒީ ވިދާޅުވިއެވެ. ފައުޒީ ވިދާޅުވީ މި މަސައްކަތްތައް ނިމޭއިރު މިފްކޯގެ ސްޓޯރޭޖް ކެޕޭސިޓީ 13،000 ވަރަކަށް ޓަނަށް އިތުރުވެގެންދާނެ ކަމަށެވެ.

މި މަޝްރޫއުތަކުގެ އިތުރުން ކަނޑުއޮއްގިރިއަށް މަސް ކިރުމަށް ވަދެ ނިކުތުމުގައި މަސްވެރިންނަށް ދަތިތައް ދިމާވާ ކަމުގެ ޝަކުވާ ލިބެމުންދާކަމަށާއި، މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށް ކަނޑުއޮއްގިރީގެ ބަނދަރުވެސް ތަރައްޤީކުރެވިގެންދާނެ ކަމަށް ފައުޒީ ވިދާޅުވިއެވެ. މި މަސައްކަތްތައް މިހާރު އޮތީ އެވޯޑިންގ މަރުހަލާގައި ކަމަށާއި، މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި މަސައްކަތްތަކުގެ އަމަލީ މަސައްކަތް ކޮންމެވެސް ވަރަކަށް ފެށިގެންދާނެކަމަށް އުންމީދުކުރައްވާކަމަށް ފައުޒީ ވިދާޅުވިއެވެ.

ފައުޒީ ވިދާޅުވީ މި މަސައްކަތްތައް ނިމިގެންދާއިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ވައުދުފުޅާ އެއްގޮތަށް މަސްވެރިން ބާނާ މަހަށް ހަމައަގު ހޯދައިދިނުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. ރާއްޖޭގައި ޕްރޮސެސް ކުރުމަށްފަހު އެކްސްޕޯޓްކުރެވޭ މަސް އިތުރުވާނެ ކަމަށް ފައުޒީ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިހާރު ހުރި ކެޕޭސިޓީއިން ޕްރޮސެސް ކޮށްފައި އެކްސްޕޯޓް ކުރެވެނީ ބާނާ މަހުގެ 30 ވަރަކަށް އިންސައްތަ ކަމަށެވެ. އެ އަދަދު އިތުރުކޮށް، ރާއްޖޭގައި ބާނާ މަސް ރާއްޖޭގައި ހިފަހައްޓައިގެން ޕްރޮސެސްކުރެވިގެންދާނެ ކަމަށް ފައުޒީ ވިދާޅުވިއެވެ.

މިފްކޯ

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

މަސްވެރިންނަށް މުއިއްޒު ވީ ވައުދު ތަކުގައި މިހާރު އޮތީ ވާނުވާ ޖަހާފައި!

14 ޑިސެމްބަރު 2025
މަސްވެރިންނަށް މުއިއްޒު ވީ ވައުދު ތަކުގައި މިހާރު އޮތީ ވާނުވާ ޖަހާފައި!
14 ޑިސެމްބަރު 2025

މަސްވެރިން ގެ ދުވަހު ގެނައި ބޮޑު ބަދަލު- ފުރާނީ ކައިގެން، ނުކައެއް ނުފުރާނަން!

14 ޑިސެމްބަރު 2025
މަސްވެރިން ގެ ދުވަހު ގެނައި ބޮޑު ބަދަލު- ފުރާނީ ކައިގެން، ނުކައެއް ނުފުރާނަން!
21 އޮކްޓޯބަރު 2025

13 މިލިއަން ސިނގިރެޓުގެ ވައްކަމުގެ މައްސަލައިގައި މުއާޒު ކުށްކުރި ކަމަށް ބެލެވޭ މިންވަރަށް ހެކި ހުށަހަޅާފައިވޭ: ކޯޓު އަމުރު

21 އޮކްޓޯބަރު 2025
13 މިލިއަން ސިނގިރެޓުގެ ވައްކަމުގެ މައްސަލައިގައި މުއާޒު ކުށްކުރި ކަމަށް ބެލެވޭ މިންވަރަށް ހެކި ހުށަހަޅާފައިވޭ: ކޯޓު އަމުރު
15 އޮކްޓޯބަރު 2025

13 މިލިއަން ސިނގިރޭޓް ވަގަށް ނެގި މައްސަލައިގައި ކަސްޓަމްސްގެ މުވައްޒަފު ސަސްޕެންޑް ކޮށްފި

15 އޮކްޓޯބަރު 2025
13 މިލިއަން ސިނގިރޭޓް ވަގަށް ނެގި މައްސަލައިގައި ކަސްޓަމްސްގެ މުވައްޒަފު ސަސްޕެންޑް ކޮށްފި
15 އޮކްޓޯބަރު 2025

ސިނގިރޭޓް ވައްކަމާ ގުޅިގެން ހައްޔަރުކުރި މުއާޒް މަގާމުން ސަސްޕެންޑުކޮށްފި

15 އޮކްޓޯބަރު 2025
ސިނގިރޭޓް ވައްކަމާ ގުޅިގެން ހައްޔަރުކުރި މުއާޒް މަގާމުން ސަސްޕެންޑުކޮށްފި
30 ސެޕްޓެމްބަރު 2025

މަސްކިލޯއެއް ގަންނަ އަގު 20ރ. އަށް ބޮޑު ކުރާނެ ތާރީޚަކާއި ގުޅޭ މަޢުލޫމާތު ހޯދަން ކެއުޅުން މުއިއްޒު އާ ބައްދަލު ކޮށްފި

30 ސެޕްޓެމްބަރު 2025
މަސްކިލޯއެއް ގަންނަ އަގު 20ރ. އަށް ބޮޑު ކުރާނެ ތާރީޚަކާއި ގުޅޭ މަޢުލޫމާތު ހޯދަން ކެއުޅުން މުއިއްޒު އާ ބައްދަލު ކޮށްފި
27 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒުގެ ކެމްޕެއިނަށް ހަރަދުކުރި މިފްކޯގެ ބޯޑު މެމްބަރު ސަލާހުއަށް، އުސޫލުން ބޭރުން 19 މިލިއަންގެ މަސައްކަތް ދީފައިވާކަން އޮޑިޓުން ހާމަވެއްޖެ

27 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒުގެ ކެމްޕެއިނަށް ހަރަދުކުރި މިފްކޯގެ ބޯޑު މެމްބަރު ސަލާހުއަށް، އުސޫލުން ބޭރުން 19 މިލިއަންގެ މަސައްކަތް ދީފައިވާކަން އޮޑިޓުން ހާމަވެއްޖެ
22 ސެޕްޓެމްބަރު 2025

މަސް ގަންނަ އަގު 20ރ އަށް ބޮޑުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވެއްޖެ

22 ސެޕްޓެމްބަރު 2025
މަސް ގަންނަ އަގު 20ރ އަށް ބޮޑުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވެއްޖެ
07 ސެޕްޓެމްބަރު 2025

ސްޓެލްކޯގެ އެމްޑީގެ މަގާމުން ފަހުމީ ވަކިކޮށް، އެމަގާމަށް ޝަމާހު އައްޔަނުކޮށްފި

07 ސެޕްޓެމްބަރު 2025
ސްޓެލްކޯގެ އެމްޑީގެ މަގާމުން ފަހުމީ ވަކިކޮށް، އެމަގާމަށް ޝަމާހު އައްޔަނުކޮށްފި
19 އޯގަސްޓު 2025

ތުޅާދޫ މަސްވެރިންގެ މުޒާހަރާ ހުއްޓުވާލީ، މަސްވެރިންގެ އަތުން މެމްބަރު ހަންނާނު ބޮޑު އަގުގައި މަސްގަނެގެން

19 އޯގަސްޓު 2025
ތުޅާދޫ މަސްވެރިންގެ މުޒާހަރާ ހުއްޓުވާލީ، މަސްވެރިންގެ އަތުން މެމްބަރު ހަންނާނު ބޮޑު އަގުގައި މަސްގަނެގެން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް