Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހިއުމަން ރައިޓްސް ވޮޗްގެ ރިޕޯޓު

ބޮޑެތި މައްސަލަތައް ހައްލުކުރުމަށް މި ސަރުކާރު ފެއިލްވެއްޖެ: ހިއުމަން ރައިޓްސް ވޮޗް

ހަރުކަށި ފިކުރުގެ މައްސަލަތައް ހައްލުނުކުރެވޭކަން ފާހަގަކޮށްފައިވޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 14 ޖެނުއަރީ 2022 | ހުކުރު 05:02
ރައީސް ނަޝީދަށް ހަމަލާން ދޭން އައިޑީ ގޮއްވާލި ސަރަހައްދުގައި ފުލުހުންގެ ތަހުގީގު ކުރިއަށް ގެންދަނީ

ރައީސް ނަޝީދަށް ހަމަލާން ދޭން އައިޑީ ގޮއްވާލި ސަރަހައްދުގައި ފުލުހުންގެ ތަހުގީގު ކުރިއަށް ގެންދަނީ

ހަރުކަށި ފިކުރުގެ މައްސަލަތައް ފަދަ ބޮޑެތި މައްސަލަތައް ހައްލުކުރުމަށް ސަރުކާރުގެ އިދާރާތައް ފެއިލްވެފައިވާކަމަށް އިންސާނީ ހައްގުތަކާބެހޭ ބައިނަލްއަގުވާމީ ޖަމިއްޔާ ހިއުމަން ރައިޓްސް ވޮޗުން ބުނެފިއެވެ.

ހިއުމަން ރައިޓްސް ވޮޗުން ވަނީ ދިވެހިރާއްޖޭގައި ހުރި އިންސާނީ ހައްގުތަކާ ބެހޭ މައްސަލަތަކާ ގުޅޭ ރިޕޯޓެއް ނެރެފައެވެ. މި ރިޕޯޓުގައި ރާއްޖޭގައި އިންސާނީ ހައްގުތައް ކަށަވަރުކޮށްނުދެވިވާ ދާއިރާތައް ފާހަގަކޮށްފައިވެއެވެ.

Advertisement - newsAdvertisement

މިގޮތުން ހަރުކަށި ފިކުރުގެ ޖަމާއަތްތަކުން ސިޔާސީ އެކި ފަރާތްތަކާއި، ނޫސްވެރިންނާއި، އެކްޓިވިސްޓުންނާ ދެކޮޅަށް ހިންގާ އެކިއެކި ކަންކަން ނުހުއްޓުވޭ ކަމަށް ބުނެފައިވެއެވެ. މިފަދަ ކަންކަން ތަހުގީގުކޮށް ނުހުއްޓުވޭކަމީ ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމުގެ ބަލިކަށިކަން ހާމަކޮށްދޭ ކަމެއް ކަމަށް ވެސް ބުނެފައިވެއެވެ. އަދި 2022 ވަނަ އަހަރު ދިވެހި ސަރުކާރުން އިސްކަމެއް ދޭންވީ ރާއްޖޭގެ ޖުޑިޝަރީ ރިފޯމްކޮށް ކޮރަޕްޝަނުގެ ކަންކަން ހުއްޓުވުމަށް ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެއެވެ.

މެއި 6 ވަނަ ދުވަހުގެރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާއިންވެސް ހަރުކަށި ފިކުރުގެ ސަބަބުން އޮތް ނުރައްކާ ހާމަވެގެންގޮސްފައިވާކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ. އަދި މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ޚާއްސަ ކޮމިޝަނެއް އެކުލަވާލާފައިވީނަމަވެސް، ތަހުގީގުތަކަށް އެއްވެސް ކުރިއެރުމެއް ލިބިފައިނުވާކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ކޮމިޝަނުން ބަލަމުންގެންދާ ބައެއް މައްސަލަތަކުގެ ތެރޭގައި ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލައާއި، ބްލޮގަރ ޔާމިން ރަޝީދު މަރާލި މައްސަލަ ހިމެނެއެވެ.

ހިއުމަން ރައިޓްސް ވޮޗްގެ ރިޕޯޓުގައިވާގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ވަނީ މީޑިއާގެ މިނިވަންކަން ކަށަވަރުކޮށްދެއްވާކަމަށް ވައުދުވެވަޑައިގެންފައެވެ. އެހެންނަމަވެސް ނޫސްވެރިންނަށް މައުލޫމާތު ލިބުނު ގޮތް ހާމަކުރަންޖެހޭނެ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅާފައިވާކަން އެ ޖަމިއްޔާއިން ވަނީ ފާހަގަކޮށްފައެވެ. މި ބިލަށް މަޖިލީހުގައި ވޯޓަށް އަހާފައެއް ނުވެއެވެ. މީގެ އިތުރުން ޖިންސީ ގޯނާގެ މައްސަލަތައް ހައްލުކުރުމުގައި މި ސަރުކާރު ފެއިލްވުމާއި ގުޅިގެން ކުރިއަށްގެންދިޔަ އެއްވުންތައް ހުއްޓުވަންވެސް އެކި ގޮތްގޮތުން މަސައްކަތްކޮށްފައިވާކަމަށް މި ރިޕޯޓުގައި ބުނެފައިވެއެވެ.

ދިވެހިރާއްޖެއިން އިންސާނީ ވަގުފާރިއާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގައި ކުރިއެރުން ހޯދާފައިވާކަމަށް ހިއުމަން ރައިޓްސް ވޮޗުން ބުނެފައިވެއެވެ. އެހެންނަމަވެސް އިންސާނީ ވަގުފާރީގެ ޝިކާރައަކަށްވާ މީހުން ދެނެގަނެ އެމީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށާއި، މިކަންކަމުގައި ޝާމިލްވާ މީހުންނަށް ދޭންޖެހޭ އަދަބު ދިނުމަށް ސަރުކާރު ފެއިލްވެފައިވާކަމަށް ރިޕޯޓުގައިވެއެވެ.

މީގެ އިތުރުން، މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގައިވެސް ރާއްޖެ ފެއިލްވެފައިވާކަމަށް އެ ޖަމިއްޔާއިން ބުނެފައިވެއެވެ. ރާއްޖެއަކީ މޫސުމީ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ކުރާ އެއް ގައުމަށްވެފައި، އެކި ފޯރަމްތަކުގައި މި ވާހަކަތައް ދައްކަމުންދިޔަނަމަވެސް މިކަމަށް އެދެވޭ ހައްލެއް ހޯދުމަށް ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން ރައްޔިތުންނަށް ލަފާ ދީފައިނުވާކަމަށް ބުނެފައިވެއެވެ. އުދައެރުމާއި ރަށްގިރުން ފަދަ ކަންކަމަކީ ދާއިމީ ގެއްލުން ލިބޭނެ ކަންކަމަށްވާއިރު، މިކަންކަން ހައްލުކުރުމަށް ކުރެވޭނެ ކަންކަން ރައްޔިތުންނަށް ކިޔައިދީ، ހޭލުންތެރިކުރުވާފައިނުވާކަން އެ ޖަމިއްޔާއިން ފާހަގަކޮށްފައިވެއެވެ.

ހިއުމަން ރައިޓްސް ވޮޗްރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު

ކޮމެންޓް

އިތުރަށް ކިޔާލަން

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
ނޫސްވެރިކަމަށް ސަރުކާރުން ހުރަސް އަޅާ މައްސަލަ ބައިނަލް އަގްވާމީ ސަމާލު ކަމަށް

ނޫސްވެރިކަމަށް ސަރުކާރުން ހުރަސް އަޅާ މައްސަލަ ބައިނަލް އަގްވާމީ ސަމާލު ކަމަށް

30 އޯގަސްޓު 2025
ނޫސްވެރިންނާ ދެކޮޅަށް ހިންގާފައިވާ ކުށްތަކުގެ ތަހުގީގީ ރިޕޯޓުތައް އާންމުކުރުމަށް ގޮވާލައިފި

ނޫސްވެރިންނާ ދެކޮޅަށް ހިންގާފައިވާ ކުށްތަކުގެ ތަހުގީގީ ރިޕޯޓުތައް އާންމުކުރުމަށް ގޮވާލައިފި

28 ނޮވެމްބަރު 2023
މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި

މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި

31 އޮކްޓޯބަރު 2023
ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް

ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް

31 އޮކްޓޯބަރު 2023

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު