Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަފްޣާނިސްތާނަށް އެހީ ހޯދުން

އަފްޣާނިސްތާނަށް އެހީވުމަށް 5 ބިލިއަން ޑޮލަރު ބޭނުންވޭ: އދ

13 ޖެނުއަރީ 2022 | ބުރާސްފަތި 05:17

މިއީ އެއް ގައުމަކަށް މިހާ ގިނައިން އެހީ ހޯދުމަށް އެދުނު ފުރަތަމަ ފަހަރު

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 13 ޖެނުއަރީ 2022 | ބުރާސްފަތި 05:17
އަފްޣާނިސްތާން

އަފްޣާނިސްތާން

އަފްޣާނިސްތާނަށް އެހީވުމަށް 5 ބިލިއަން ޑޮލަރު ބޭނުންވާ ކަމަށް އދ އިން ހާމަކޮށްފިއެވެ.

މިއީ އދ އިން އެއް ގައުމަކަށް މިހާ ގިނަ އަދަދަކަށް އެހީ ހޯދުމަށް އެދުނު ފުރަތަމަ ފަހަރެވެ. އދ ގެ ހިއުމަނިޓޭރިއަން އެޖެންސީން ބުނީ 4.4 ބިލިއަން ޑޮލަރު ބޭނުންވަނީ އަފްޣާނިސްތާނަށް އެހީވުމަށް ކަމަށެވެ. އަދި އަނެއް 623 ބިލިއަން ޑޮލަރު ބޭނުންވަނީ އެ ގައުމުގެ ބޯޑަރުން ބޭރުން ހިޔާވަހިކަން ހޯދަމުންދާ އެތައް މިލިއަން މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށެވެ.

އަފްޣާނިސްތާނުގެ އާބާދީގެ ތެރެއިން 22 މިލިއަން މީހުންނަށް އިންތިހާ ދަރަޖައިގެ ބަނޑުހައިހޫނުކަން ކުރިމަތިވެފައިވާ ކަމަށް ވެސް އދ އިން ބުންޏެވެ. އަފްޣާނިސްތާނަށް އެހީވުމަށް 5 ބިލިއަން ޑޮލަރު ބޭނުންވާ ކަމަށް އދ އިން ހާމަކުރުމާއި ގުޅިގެން އެމެރިކާއިން ވަނީ 308 މިލިއަނަށް ޑޮލަރު ދޭނެކަމަށް ވައުދުވެފައެވެ. އެމެރިކާއިން ބުނީ މިފައިސާ ޚަރަދުކުރާނީ ނިކަމެތި މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށާއި ސިއްހީ ނިޒާމަށާއި އެހެނިހެން ލޮޖިސްޓިކް ސަޕޯޓް ފޯރުކޮށްދިނުމަށް ކަމަށެވެ.

އަފްޣާނިސްތާނަށް އެހީވުމަށް 5 ބިލިއަން ޑޮލަރު ބޭނުންވާ ކަމަށް އދ އިން ހާމަކޮށްފައިވާއިރު އަފްޣާނިސްތާނަށް ކުރިމަތިވަމުން އަންނަ އިގްތިސާދީ ފުންވަޅުގަނޑުން އަރައިގަތުމަށް ބައިނަލްއަގްވާމީ އެހީތެރިކަމަށް ތާލިބާންގެ އިސް ލީޑަރުން ވެސް ވަނީ އެދިފައެވެ.

އަފްޣާނިސްތާނަށް ކުރިމަތިވެފައިވާ އިގްތިސާދީ ހާލަތުގެ ސަބަބުން އެގައުމުން ހިޖުރަކުރާ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ ހިޖުރަކުރާ މީހުންގެ ދުވަހާ ގުޅުވައި ތާލިބާނުން ވަނީ ބައިނަލްއަގްވާމީ އެހީތެރިކަމަށް އެގައުމު ބޭނުންވެފައިވާކަމަށް ބުނެފައެވެ.

ތާލިބާން ސަރުކާރުގެ ޑެޕިޔުޓީ ފޮރިން މިނިސްޓަރ ޝޭރް މުހައްމަދު އައްބާސް ވިދާޅުވީ ހަނގުރާމައިގެ ސަބަބުން ފަނާވެފައިވާ އަފްޣާނިސްތާނަށް އެހީތެރިވުމަކީ އެމެރިކާ ފަދަ އަފްޣާނިސްތާނަށް ލިބެންޖެހޭ އެތައް ބިލިއަން ޑޮލަރެއް ހިފަހައްޓައިގެން ތިބި ގައުމުތަކުން ކުރަންޖެހޭ ކަމެއްކަމަށެވެ. ފަންޑުތައް ފްރީޒްކޮށްފައި ބެހެއްޓުމުގެ ސަބަބުން އެކަމުގެ އަސަރުކުރަމުން އަންނަނީ ތާލިބާނުންނަށް ނޫންކަމަށާއި އަފްޣާނިސްތާނުގެ އާންމު ރައްޔިތުންނަށްކަމަށް ޑެޕިޔުޓީ ފޮރިން މިނިސްޓަރ ވިދާޅުވިއެވެ.

އަފްޣާނިސްތާން

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

03 ނޮވެމްބަރު 2025

އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ

03 ނޮވެމްބަރު 2025
އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ
29 އޮކްޓޯބަރު 2025

ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ

29 އޮކްޓޯބަރު 2025
ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ
27 އޮކްޓޯބަރު 2025

އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

27 އޮކްޓޯބަރު 2025
އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
19 އޮކްޓޯބަރު 2025

ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި

19 އޮކްޓޯބަރު 2025
ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި
21 ސެޕްޓެމްބަރު 2025

އަފްޣާނިސްތާނުގެ ބަގްރާމް އެއަރބޭސް އަނބުރާ އެމެރިކާ އަށް ނުދީފިނަމަ އެ ގައުމަށް ވަރަށް ނުބައި ކަންތައްތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ޓްރަމްޕް އިންޒާރުދީފި

21 ސެޕްޓެމްބަރު 2025
އަފްޣާނިސްތާނުގެ ބަގްރާމް އެއަރބޭސް އަނބުރާ އެމެރިކާ އަށް ނުދީފިނަމަ އެ ގައުމަށް ވަރަށް ނުބައި ކަންތައްތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ޓްރަމްޕް އިންޒާރުދީފި
01 ސެޕްޓެމްބަރު 2025

އަފްޣާނިސްތާނުގައި ވަރުގަދަ ބިން ހެލުމެއްގައި 600 ށް ވުރެ ގިނަ މީހުން މަރުވެއްޖެ

01 ސެޕްޓެމްބަރު 2025
އަފްޣާނިސްތާނުގައި ވަރުގަދަ ބިން ހެލުމެއްގައި 600 ށް ވުރެ ގިނަ މީހުން މަރުވެއްޖެ
04 ޖުލައި 2025

އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރު ބަލައިގަތް ފުރަތަމަ ގައުމަކަށް ރަޝިޔާ

04 ޖުލައި 2025
އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރު ބަލައިގަތް ފުރަތަމަ ގައުމަކަށް ރަޝިޔާ
12 ޑިސެމްބަރު 2024

މިނިސްޓްރީގެ ދޮރުމަތިން ބޮމެއް ގޮއްވާލާ ޠާލިބާނުގެ މިނިސްޓަރެއް އަވަހާރަކޮށްލައިފި

12 ޑިސެމްބަރު 2024
މިނިސްޓްރީގެ ދޮރުމަތިން ބޮމެއް ގޮއްވާލާ ޠާލިބާނުގެ މިނިސްޓަރެއް އަވަހާރަކޮށްލައިފި
26 ޑިސެމްބަރު 2023

ޚަރަދު ކުޑަކުރުމުގެ ގޮތުން ގިނަ ބަޔަކު އެކުގައި ކައިވެނި ހަފްލާ ބާއްބައިފި

26 ޑިސެމްބަރު 2023
ޚަރަދު ކުޑަކުރުމުގެ ގޮތުން ގިނަ ބަޔަކު އެކުގައި ކައިވެނި ހަފްލާ ބާއްބައިފި
04 ނޮވެމްބަރު 2023

އަފްޣާން ރެފިއުޖީންގެ ގެތަށް، ބުލްޑޯޒަރުތަކުން ބިމާ ހަމަ ކުރަނީ!

04 ނޮވެމްބަރު 2023
އަފްޣާން ރެފިއުޖީންގެ ގެތަށް، ބުލްޑޯޒަރުތަކުން ބިމާ ހަމަ ކުރަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް