Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރަސްދޫގެ ކުނީގެ މައްސަލަ

ރަސްދޫއަށް ކުރިމަތިވެފައިވާ ކުނީގެ މައްސަލަ ހައްލުކުރުމަށް ޚާއްސަ އުސޫލުތަކަކަށް އަމަލު ކުރަން ފަށަނީ

މި އުސޫލަށް އަމަލު ކުރަން ފަށާނީ ޖެނުއަރީ 9ވާ އާދިއްތަ ދުވަހުން ފެށިގެން

މަލީހާ ރަޝީދު
މަލީހާ ރަޝީދު | 8 ޖެނުއަރީ 2022 | ހޮނިހިރު 16:04
އއ. ރަސްދޫ

އއ. ރަސްދޫ

އއ. ރަސްދޫއަށް ކުރިމަތިވަމުންދާ މައްސަލަ ހައްލުކުރުމަށް އެ ރަށު ކައުންސިލުން ޚާއްސަ އުސޫލުތަކެއް އެކުލަވާލައި އެއަށް އަމަލުކުރަން ފެށުމަށް ތައްޔާރު ވެއްޖެއެވެ.

ކުނީގެ މައްސަލަ ހައްލު ކުރުމަށްޓަކައި ރަސްދޫ ކައުންސިލުން އެކުލަވާލާފައިވާ އުސޫލުގައިވާ ގޮތުން ގޭގެއިން ނެރޭ ކުނި ހުންނަން ޖެހޭނީ ކައުންސިލުން އަންގާފައިވާ ގޮތަށް، ވަކިކުރެވިފައެވެ. އެގޮތުން ފަތްކުންޏާއި ކަރުދާސް އަދި ލަކުޑީގެ ބާވަތްތައް ވަކިކޮށްފައި ހުންނައިރު، ދަގަނޑުގެ ބާވަތްތައް ވަކީން އަދި ބިއްލޫރީގެ ބާވަތްތައްވެސް ވަކީން ހުންނަން ޖެހޭނެއެވެ. އަަދި ޕްލާސްޓިކުގެ ބާވަތްތަކާއި ބެޓެރީފަދަ ކެމިކަލް ބާވަތްތައްވެސް ވަކިކޮށްފައި ހުންނަން ޖެހޭނެއެވެ. މީގެ އިތުރުން ކާބޯތަކެތި އަޅާފައި ހުންނަ ދަޅާއި ފުޅި ފަދަ ތަކެތި ހުންނަން ޖެހޭނީ މެހި ނުޖައްސާނޭހެން ދޮވެފައެވެ.

Advertisement - newsAdvertisement

ރަސްދޫ ކައުންސިލުން އެކުލަވާލި އުސޫލުގައި ވާގޮތުން، ކުނި ނެގުމާއި ނައްތާލުމާބެހޭ އުސޫލާއި ޚިލާފަށް ނެރެފައި ހުންނަ ކުނި ނުނަގާނެއެވެ. އަދި މި އުސޫލާ އެއްގޮތަށް އަމަލު ކުރަން ފަށާނީ ޖެނުއަރީ 9ވާ އާދިއްތަ ދުވަހުން ފެށިގެންނެވެ.

ރަސްދޫ ކައުންސިލުން ވަނީ ޒޯންތަކުގެ ކުނި ނަގާ ތާވަލަށް ބަދަލު ތަކެއް ގެނެސް، އެ ތާވަލު އާންމު ކޮށްފައެވެ

އއ. ރަސްދޫ

އިތުރަށް ކިޔާލަން

21 އޯގަސްޓު 2025

ރައީސް މުއިއްޒު ވަޑައިގަތުމުގެ 2 ގަޑިއިރެއްހާ އިރު ކުރިން، ރަސްދޫ އަށް ހިލަ ބާޖަކާއި ހައިމާކެއް ގެންގޮސްފި

21 އޯގަސްޓު 2025
ރައީސް މުއިއްޒު ވަޑައިގަތުމުގެ 2 ގަޑިއިރެއްހާ އިރު ކުރިން، ރަސްދޫ އަށް ހިލަ ބާޖަކާއި ހައިމާކެއް ގެންގޮސްފި
14 އޮކްޓޯބަރު 2024

ރަސްދޫގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިއަކު ސްނޯކްލިންނަށް ގޮސް އުޅެނިކޮށް މަރުވެއްޖެ

14 އޮކްޓޯބަރު 2024
ރަސްދޫގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިއަކު ސްނޯކްލިންނަށް ގޮސް އުޅެނިކޮށް މަރުވެއްޖެ
06 އެޕްރީލު 2024

ކުޑަ ކުއްޖަކަށް އަނިޔާކުރި މައްސަލަ: ރަސްދޫގައި ޚާއްސަ ޓީމެއް ދަނީ ހަރަކާތްތެރިވަމުން

06 އެޕްރީލު 2024
ކުޑަ ކުއްޖަކަށް އަނިޔާކުރި މައްސަލަ: ރަސްދޫގައި ޚާއްސަ ޓީމެއް ދަނީ ހަރަކާތްތެރިވަމުން
26 އޮކްޓޯބަރު 2023

ރަސްދޫ ބަނދަރުގެ މަޝްރޫއު: މިހާރު ކުރިއަށްދަނީ އެއްގަމުތޮށިލުމަށް ބޭނުންވާ ގައު އެތުރުމުގެ މަސައްކަތް

26 އޮކްޓޯބަރު 2023
ރަސްދޫ ބަނދަރުގެ މަޝްރޫއު: މިހާރު ކުރިއަށްދަނީ އެއްގަމުތޮށިލުމަށް ބޭނުންވާ ގައު އެތުރުމުގެ މަސައްކަތް
10 އޯގަސްޓު 2023

ރަސްދޫ ބަނދަރުގެ ބޭރުތޮށި ލުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ

10 އޯގަސްޓު 2023
ރަސްދޫ ބަނދަރުގެ ބޭރުތޮށި ލުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު