Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރަސްދޫ ހޮސްޕިޓަލު

ރަސްދޫ ހޮސްޕިޓަލުގެ ޓެންޑަރ ޑޮކިއުމެންޓުތައް ފޮނުވައިފި

ނޯ އޮބްޖެކްޝަން މިނިސްޓްރީއަށް ލިބުނުހާ އަވަހަކަށް ޓެންޑަރގެ މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފަ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 5 އޮކްޓޯބަރު 2022 | ބުދަ 09:26
ފިނޭންސް މިނިސްޓަރު އަމީރު

ފިނޭންސް މިނިސްޓަރު އަމީރު

އއ. ރަސްދޫ ހޮސްޕިޓަލުގެ ޓެންޑަރ ޑޮކިއުމެންޓުތައް ކުވައިތު ފަންޑު ފޮރ އަރަބް އިކޮނަމިކް ޑިވެޕޮލަޕްމަންޓުގެ ނޯ އޮބްޖެކްޝަން އަށް ފޮނުވާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަމީރު މިހެން ވިދާޅުވީ ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން މިނިސްޓަރ އޮފް ފިނޭންސް އިބްރާހިމް އަމީރާއި ލިޔުމުން ޖަވާބު ހޯއްދެވުމަށް ފޮނުއްވި ސުވާލުގެ ޖަވާބުގައެވެ.

Advertisement - newsAdvertisement

މެންބަރު ޝިޔާން ފޮނުއްވި ސުވާލުގައި ވިދާޅުވެފައިވަނީ ކުވައިތު ފަންޑުގެ އެހީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އއ. އަތޮޅު ހޮސްޕިޓަލުގެ ކުރެހުމާއި ބީއޯކިއު ނިންމާ ބިޑުކޮށް ކޮންޓްރެކްޓަރެއް ހޯދުމަށް މިނިސްޓްރީ އޮފް ހެލްތުން ވަނީ ފިނޭންސް މިނިސްޓްރީއަށް ފޮނުވާފައި ކަމަށެވެ. އަދި ސާފުކުރަން ބޭނުންވަނީ މި ޕްރޮޖެކްޓުގެ ފައިސާ ހަމަޖެހިފައިވޭތޯއާއި، ޕްރޮޖެކްޓު އިއުލާންކުރެވި ބަޔަކާއި ހަވާލުކޮށް މަސައްކަތް ފެށޭނީ ކިހާ ހިސާބެއްގައިތޯ އަދި މި މަސައްކަތް ކޮންޓްރެކްޓަރަކާއި ހަވާލުކުރަން ލަސްވަނީ ކީއްވެތޯއެވެ.

މެންބަރުގެ ސުވާލުގެ ޖަވާބުގައި މިނިސްޓަރު އަމީރު ވިދާޅުވެފައިވަނީ މިނިސްޓްރީ އޮފް ހެލްތު އިން ފިނޭންސް މިނިސްޓްރީއަށް ފޮނުވާފައިވާ 50 އެނދުގެ އއ. ރަސްދޫ ހޮސްޕިޓަލުގެ ކޮންސްޓްރަކްޝަން ޓެންޑަރ ޑޮކިއުމަންޓު ވަނީ 12 ސެޕްޓެމްބަރ 2022 ވަނަ ދުވަހު ކުވައިތު ފަންޑު ފޮރ އަރަބް އިކޮނަމިކް ޑިވެޕޮލަޕްމަންޓު (ކޭއެފްއޭއީޑީ) ގެ ނޯ އޮބްޖެކްޝަން އަށް ފޮނުވާފަ ކަމަށެވެ.

އަދި ނޯ އޮބްޖެކްޝަން މިނިސްޓްރީއަށް ލިބުނުހާ އަވަހަކަށް ޓެންޑަރގެ މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މި މަޝްރޫއުގެ ލޯން އެގްރީމެންޓާއި ގުޅޭ މަޝްވަރާތައް ކޭއެފްއޭއީޑީއާއެކު މިނިސްޓްރީން ކުރިއަށް ގެންދާ ކަމަށެވެ. އަދި މި މަޝްވަރާތަކަށްފަހު ކޭއެފްއީޑީއާއި އެކު ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ލޯން އެގްރީމެންޓުގައި ސޮއިކުރެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އއ. ރަސްދޫފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރުރައްޔިތުންގެ މަޖިލިސްތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާން

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

18 މެއި
ބަންކަރިން އާ ބެހޭ ގޮތުން މުއިއްޒުގެ ސަރުކާރުން ދޮގު ހަދާ އޮޅުވާލަނީ...
20251 އަހަރު ކުރިން
ރިޕޯޓު

ބަންކަރިން އާ ބެހޭ ގޮތުން މުއިއްޒުގެ ސަރުކާރުން ދޮގު ހަދާ އޮޅުވާލަނީ...

އާމެނިއަން ޔޫތު އޯޕަން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ލައިބާގެ ޕެއާ!
20242 އަހަރު ކުރިން
ކުޅިވަރު

އާމެނިއަން ޔޫތު އޯޕަން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ލައިބާގެ ޕެއާ!

"މަ ނޫން މީހަކަށް ލިބިގެން ނުވާނެ"
20233 އަހަރު ކުރިން
ރިޕޯޓު

"މަ ނޫން މީހަކަށް ލިބިގެން ނުވާނެ"

ޕެޓްރޯލް ލިބެންދެން ކައިރި ހޮޓަލެއްގައި ހުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ބައެއް އެމްޕީން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޕެޓްރޯލް ލިބެންދެން ކައިރި ހޮޓަލެއްގައި ހުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ބައެއް އެމްޕީން އެދިއްޖެ

ފަހާފައިވާ ތަންތަނުގެ ރޮދި ކޮށައި އިތުރު ފަރުވާއަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

ފަހާފައިވާ ތަންތަނުގެ ރޮދި ކޮށައި އިތުރު ފަރުވާއަށް ތައްޔާރުވަނީ

އުރީދޫ އިން ބިދޭސީންނަށް ހާއްސަކޮށް ރޯދަ ވީއްލުމެއް ބާއްވައިފި
20197 އަހަރު ކުރިން
ރާއްޖެ

އުރީދޫ އިން ބިދޭސީންނަށް ހާއްސަކޮށް ރޯދަ ވީއްލުމެއް ބާއްވައިފި

ޗައިނާ ސަރުކާރުން މުސްލިމުންގެ ކަރުބުޑަށް ރާއަޅަނީ..
20188 އަހަރު ކުރިން
ދުނިޔެ

ޗައިނާ ސަރުކާރުން މުސްލިމުންގެ ކަރުބުޑަށް ރާއަޅަނީ..

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު