Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އޭޑީކޭ ހޮސްޕިޓަލުގެ ކާމިޔާބީ

އޭޑީކޭއިން ޙާޞިލްކުރާ ކޮންމެ ކާމިޔާބަކީ، ޢާންމު ރައްޔިތުންގެ ޞިއްޙަތަށް ލިބޭ ކުރިއެރުމެއް - ރައީސް

އަބަދުވެސް އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި ވަޞީލަތްތައް ހޮސްޕިޓަލަށް ގެނައުމުގައި އަވަދިނެތި ހޮސްޕިޓަލުގެ އިސްވެރިން މަސައްކަތް ކުރައްވާ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 6 ޖެނުއަރީ 2022 | ބުރާސްފަތި 18:39
ރައީސް ޞާލިޙު އޭޑީކޭ ރަން ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވަނީ

ރައީސް ޞާލިޙު އޭޑީކޭ ރަން ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވަނީ

އޭ.ޑީ.ކޭ ބޮޑެތި ކާމިޔާބީތައް ޙާޞިލްކުރަމުން އަންނަ ކަމަށާއި، އެއިން ކޮންމެ ކާމިޔާބަކީ، ޢާންމު ރައްޔިތުންގެ ޞިއްޙަތަށް ލިބޭ ކުރިއެރުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އޭ.ޑީ.ކޭ ހޮސްޕިޓަލަށް 35 އަހަރު ފުރޭ މުނާސަބަތުގައި، 35 ގަޑިއިރުގެ "ރަން ފޮރ ޗެރިޓީ:#ދުވާހިތުން" ދުވުމުގެ ޙަރަކާތް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ވަރަށް އާދައިގެ ގޮތަކަށް ކުޑަކުޑަ ކްލިނިކެއް 1987 ވަނަ އަހަރު މާލޭގައި ހުޅުވި، އެތަނަށް 35 އަހަރުވެގެންދާއިރު، ރާއްޖޭގައި ހުރި އެންމެ ބޮޑު އަމިއްލަ ހޮސްޕިޓަލަށް ވާނެކަމަށް މާގިނަ ބަޔަކު އޭރަކު ގަބޫލުނުކުރާކަމަށެވެ. މިއީ އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި، ވަރަށްގިނަ ބައެއްގެ ބުރަ، ބޮޑު މަސައްކަތެއް ކަމަށެވެ. އަދި ވަރަށް ވިސްނުންތެރިކަމާއެކު، ނާޝިދުމެން ކުރި މަސައްކަތުގެ ނަތީޖާ ކަމަށާއި، އޭ.ޑީ.ކޭ.ގެ މި ފަޚުރުވެރި ކާމިޔާބީގެ އެންމެ ބޮޑު ޙިއްޞާދާރަކީ ނާޝިދު ކަމަށެވެ.

ރައީސް ވިދާޅުވީ 1987 ވަނަ އަހަރު ހުޅުވި މެޑި ކްލިނިކް ހޮސްޕިޓަލެއްގެ ފެންވަރަށް ތަރައްޤީވުމަކީ، ރާއްޖޭގެ ޞިއްޙީ ދުޅަހެޔޮކަމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި ޒަމާނީ ޞިއްޙީ ޚިދުމަތްތައް ދިނުމުގައި، އޭ.ޑީ.ކޭ އަންނަނީ ވަރަށް ބޮޑެތި ކާމިޔާބީތައް ޙާޞިލްކުރަމުން ކަމަށާއި، އެއިން ކޮންމެ ކާމިޔާބަކީ، ޢާންމު ރައްޔިތުންގެ ޞިއްޙަތަށް ލިބޭ ކުރިއެރުމެއް ކަމަަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިކަމާ ދޭތެރޭ ފުންކޮށް ވިސްނައިލީމާ، އޭގެ ޖަވާބު ކޮންމެވެސް ވަރަކަށް ލިބޭކަމަށެވެ. އޭ.ޑީ.ކޭ. ހޮސްޕިޓަލްގެ ތާރީޚަށް ބަލާއިރު، ޒަމާނީ ޞިއްޙީ ޚިދުމަތްތައް ރާއްޖެއަށް ތަޢާރަފްވުމުގައިވެސް އެ ހޮސްޕިޓަލް ވަނީ ވަރަށް ފަޚުރުވެރި މަޤާމެއް ޙާޞިލްކޮށްފައި ކަމަށް ރައީސް ވިދާޅުވިއެވެ. އެމް.އާރް.އައި.ގެ ޚިދުމަތާއި، ސީ.ޓީ ސްކޭންގެ ޚިދުމަތް ރާއްޖޭގައި އަލަށް ފެށޛ އޭ.ޑީ.ކޭ.އިން ކަމަށާއި، ފުއްޕާމެޔާއި، ހިތް ފަޅައިގެން ކުރާ އޮޕަރޭޝަންތައް މިހާރު ރާއްޖޭގައި ކުރެވެން ހުރީވެސް ހަމައެކަނި މި ހޮސްޕިޓަލުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ބޮލާއި ސިކުނޑިއާއި، ނާރުގެ އޮޕަރޭޝަންތައް ކުރެވެން ހުރީވެސް އޭ.ޑީ.ކޭއިން ކަމަށް ރައީސް ވިދާޅުވިއެވެ.

އޭ.ޑީ.ކޭ ހޮސްޕިޓަލްގެ ޚިދުމަތްތަކުގެ ތެރެއިން މާގިނަ ބަޔަކަށް ނޭނގި އޮތް، އެހެން ނަމަވެސް ވަރަށް މުހިންމު ދާއިރާއެއްވާ ކަމަށާއި، އެއީ މީހުން ބިނާކުރުމުގެ ދާއިރާކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެއީ ނާޝިދު ވަރަށް ބޮޑަށް އިސްކަންދެއްވާ ކަމެއްކަމަށާއި، އޭ.ޑީ.ކޭ ހޮސްޕިޓަލުގައި ޚިދުމަތް ކުރައްވާ ގިނަ ޑޮކްޓަރުންނާއި، އެހެން ބައެއް މުވައްޒަފުންނަކީ އެ ހޮސްޕިޓަލުގެ ޚަރަދުގައި ކިޔަވައިދީ ތަމްރީން ދީފައި ތިބި މީހުން ކަމަށެވެ.

އަދި އޭ.ޑީ.ކޭ ހޮސްޕިޓަލުން 2007 ވަނަ އަހަރުން ފެށިގެން އަންނަނީ ނަރސިންގ ސްކޫލެއް ހިންގަމުން ކަމަށާއި، އެ ސްކޫލުން މިހާރުވެސް ބައެއް ކޯސްތައް ހިންގައި، އެތައް ބަޔަކު ތަމްރީން ކޮށްފައިވާކަމަށެވެ. އަދި މިހާރު ތައްޔާރުވަނީ، މިއަހަރުގެ ތެރޭގައި ނަރސިންގގެ ޑިޕްލޮމާ ކޯސްތައް އެ ސްކޫލްގައި ފެށުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. މި ނޫނަސް އޭ.ޑީ.ކޭ.އިން އާންމު ރައްޔިތުންނަށް ދެމުން އަންނަ ޚިދުމަތްތައް ވަރަށް ގިނަކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ރާއްޖެއަށް ދިމާވި ޤުދުރަތީ ކޮންމެ ކާރިޘާއެއްގައި ޢާންމު ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ދިނުމަށް އޭ.ޑީ.ކޭ. އެންމެ ކުރީ ސަފަށް ނުކުންނަވާ ކަމަށެވެ.

ވަކިން ޚާއްޞަ ގޮތެއްގައި، މިދިޔަ 35 އަހަރުގެ ތެރޭގައި، އޭ.ޑީ.ކޭ.ގެ ސަބަބުން ރައްޔިތުންގެ ޢާންމު ޞިއްޙަތަށް ވަރަށް ހެޔޮ ބަދަލުތަކެއް އައިކަން ރައީސް ފާހަގަކުރެއްވިއެވެ. ޞިއްޙީ ދުޅަހެޔޮކަމާ އެކަށޭނަ ގޮތަކަށް ދިރިއުޅުމުގެ އާދަކާދަތަކާއި ވައްޓަފާޅިތައް ބަދަލުކުރުމަށް އެ ހޮސްޕިޓަލުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އޭޑީކޭ ހޮސްޕިޓަލްރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރައީސް އޮފީހުގެ ހަރަދު، ބަޖެޓަށް ވުރެ 7 މިލިއަން ރުފިޔާ އިތުރުވެއްޖެ

ރައީސް އޮފީހުގެ ހަރަދު، ބަޖެޓަށް ވުރެ 7 މިލިއަން ރުފިޔާ އިތުރުވެއްޖެ

17 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

27 ނޮވެމްބަރު 2025
ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ

ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ

12 ނޮވެމްބަރު 2025
އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި

އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި

05 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު