Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއާސަންދަ

އާސަންދައިގެ ހަރަދު ކުޑަކޮށް މަންފާ ލިބޭނެ ގޮތް ހެދުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުން - މަރިޔަމް ޝަފީގު

16 ޖެނުއަރީ 2022 | އާދީއްތަ 17:22

އެންމެ ގިނަ ފަރާތްތަކުން ރާއްޖެއިން ބޭރުން ޚިދުމަތް ހޯދަނީ ކެންސަރު ބައްޔަށް

އަތޫފް އާތިފް
އަތޫފް އާތިފް | 16 ޖެނުއަރީ 2022 | އާދީއްތަ 17:22
އާސަންދަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މަރިޔަމް ޝަފީގު

އާސަންދަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މަރިޔަމް ޝަފީގު

އާސަންދައިގެ ޚަރަދު ކުޑަކޮށް މަންފާ ލިބޭނެ ގޮތަށް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މަރިޔަމް ޝަފީގު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މަރިޔަމް ޝަފީގު ވިދާޅުވީ، މިއީ ރައްޔިތުންގެ ފައިސާ ކަމަށާއި، އެކަމަކު އާސަންދަ ސްކީމަކީ ޚަރަދު ބޮޑު އަދި ވޭސްޓޭޖްވެސް ވަރަށް ބޮޑަށް ހިނގަމުންދާ ސްކީމެއް ކަމަށާއި، އެހެންކަމުން މި ސްކީމް ބޭނުންކުރާއިރު ރައްޔިތުންގެ އެހީތެރިކަންވެސް ބޭނުންވާކަމަށެވެ.

Advertisement - newsAdvertisement

މަރިޔަމް ޝަފީގު އިތުރަށް ވިދާޅުވީ އާސަންދަގެ އޮންލައިން ޕޯޓަލް "ވިނަވި" ބޭނުންކޮށްގެން ކޮންމެ ތާކު ހުރެވެސް އެމީހަކު ހޯދާ ޚިދުމަތްތަކުގެ ތަފުސީލު ފެންނާނެ ކަމަށެވެ. މީގެ އިތުރުން އެސްއެމްއެސްއިން ވެސް ހިދުމަތުގެ ތަފްސީލު އެނގިގެންދާނެ ކަމަށާއި، އެ ޚިދުމަތް ލޯންޗު ކުރިފަހުން މަހެއް ނުވާއިރު، މިހާރުވެސް 215 ޝަކުވާ އައިސްފައިވާ ކަމަށެވެ. އެސްއެމްއެސް ލިބޭނީ ފޯނު ނަމްބަރު އާސަންދަގައި ރަޖިސްޓްރީކޮށްގެން ކަމަށާއި، އަދި ރަޖިސްޓްރީ ކުރުމަށްފަހު، އާސަންދައިން ޚިދުމަތެއް ލިބިގަތުމުން ވަގުތުން ފޯނަށް މެސެޖު އަންނާނެ ކަމަށާއި، މެސެޖުގައި ހޯދި ޚިދުމަތުގެ ތަފްސީލު ލިބޭނެކަމަށެވެ.

މަރިޔަމް ޝަފީގު ވިދާޅުވީ ރާއްޖެއިން ބޭރުން ފަރުވާ ހޯދާ މީހުންގެ އަދަދު މަދުކުރެވޭނީ ރާއްޖޭގެ ސިއްހީ ޚިދުމަތްތައް އިތުރަށް ތަރައްގީ ކުރެވިގެން ކަމަށާއި، އާސަންދަ މެދުވެރިކޮށް އެންމެ ގިނައިން މީހުން ރާއްޖެއިން ބޭރުން ފަރުވާ ހޯދަނީ ކެންސަރު ބައްޔަށްކަމަށެވެ. މީގެ އިތުރުން ލޮލުގެ ބަލިތަކާއި، ކިޑްނީގެ ބަލިތަކުގެ އިތުރުން ގޭސްޓްރައިޓަސްގެ ބަލިތަކުގައި މީހުން ފޮނުވާ އަދަދު ގިނަ ކަމަށް މަރިޔަމް ޝަފީގް ވިދާޅުވިއެވެ.

މަރިޔަމް ޝަފީގް ވިދާޅުވީ ރާއްޖޭގެ ސިއްހީ ނިޒާމުގެ ފެންވަރު މިހާރަށްވުރެ ރަނގަޅުވެއްޖެ ނަމަ އާސަންދައިން ކުރަން ޖެހޭ ޚަރަދު ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށެވެ.

އާސަންދަ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
16 އެޕްރީލު 2025

ބޭހުގެ މައްސަލައަށް ހައްލު ލިބޭނެ ކަމަށް ރައީސް މުއިއްޒު ދެއްވި ތާރީހު ފަހަނައަޅައި ގޮސްފި

16 އެޕްރީލު 2025
ބޭހުގެ މައްސަލައަށް ހައްލު ލިބޭނެ ކަމަށް ރައީސް މުއިއްޒު ދެއްވި ތާރީހު ފަހަނައަޅައި ގޮސްފި
26 ޖެނުއަރީ 2025

އާސަންދަ ކުންފުނީގެ އޮނިގަނޑަށް ގެންނަ ބަދަލާ އެކު މުވައްޒަފުންގެ މެދުގައި ނުތަނަވަސް ކަމާއި ކަންބޮޑުވުން

26 ޖެނުއަރީ 2025
އާސަންދަ ކުންފުނީގެ އޮނިގަނޑަށް ގެންނަ ބަދަލާ އެކު މުވައްޒަފުންގެ މެދުގައި ނުތަނަވަސް ކަމާއި ކަންބޮޑުވުން
13 ޑިސެމްބަރު 2024

ކަލާފާނު ސްކޫލުން ދަރިވަރެއްގެ ބޭސް ފަރުވާ އަށް އެހީ ހޯދަނީ

13 ޑިސެމްބަރު 2024
ކަލާފާނު ސްކޫލުން ދަރިވަރެއްގެ ބޭސް ފަރުވާ އަށް އެހީ ހޯދަނީ
18 ނޮވެމްބަރު 2024

އާސަންދަ ރިފޯމްކުރުމާއި މެދު ނާޒިމް އާއި ސަރުކާރުގެ ޚިޔާލު ތަފާތު

18 ނޮވެމްބަރު 2024
އާސަންދަ ރިފޯމްކުރުމާއި މެދު ނާޒިމް އާއި ސަރުކާރުގެ ޚިޔާލު ތަފާތު
03 ނޮވެމްބަރު 2024

އަމިއްލަ ޖީބުން ފައިސާ ދައްކަން ޖެހޭ ހުރިހާ ހާލަތެއްގައި އާސަންދަ ލިބޭނެ ކަމަށް އެންސްޕާ އިން ބުނެފި

03 ނޮވެމްބަރު 2024
އަމިއްލަ ޖީބުން ފައިސާ ދައްކަން ޖެހޭ ހުރިހާ ހާލަތެއްގައި އާސަންދަ ލިބޭނެ ކަމަށް އެންސްޕާ އިން ބުނެފި
03 ނޮވެމްބަރު 2024

ރައްޔިތުން ރުޅިގަދަވުމުން ޕްރައިވެޓް އިންޝުއަރެންސް އޮންނަ މީހުންނަށް ވެސް އާސަންދައިން ލިބޭގޮތަށް ހަދައިފި

03 ނޮވެމްބަރު 2024
ރައްޔިތުން ރުޅިގަދަވުމުން ޕްރައިވެޓް އިންޝުއަރެންސް އޮންނަ މީހުންނަށް ވެސް އާސަންދައިން ލިބޭގޮތަށް ހަދައިފި
31 އޮކްޓޯބަރު 2024

ޕްރައިވެޓް އިންޝިއުރަންސް އޮންނަ ފަރާތްތަކަށް އާސަންދަ ލިބޭނީ އެ އިންޝިއުރެންސްގެ ލިމިޓް ހަމަވުމުން

31 އޮކްޓޯބަރު 2024
ޕްރައިވެޓް އިންޝިއުރަންސް އޮންނަ ފަރާތްތަކަށް އާސަންދަ ލިބޭނީ އެ އިންޝިއުރެންސްގެ ލިމިޓް ހަމަވުމުން
31 އޮކްޓޯބަރު 2024

ޕްރައިވެޓް އިންޝުއަރެންސުން ކެނޑުމަށްފަހުން އާސަންދަ ދޭ ގޮތައް ހަމަ ޖައްސައިފި

31 އޮކްޓޯބަރު 2024
ޕްރައިވެޓް އިންޝުއަރެންސުން ކެނޑުމަށްފަހުން އާސަންދަ ދޭ ގޮތައް ހަމަ ޖައްސައިފި
11 އޮކްޓޯބަރު 2024

އާސަންދަ މެދުވެރިކޮށް ޚިދުމަތް ފޯރުކޮށްދޭ ތަންތަނުގެ ބިލްތަކަށް ފައިސާ ދޫކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވޭ: އޭސީސީ

11 އޮކްޓޯބަރު 2024
އާސަންދަ މެދުވެރިކޮށް ޚިދުމަތް ފޯރުކޮށްދޭ ތަންތަނުގެ ބިލްތަކަށް ފައިސާ ދޫކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވޭ: އޭސީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް