Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނައިޓް މާކެޓް ބޭއްވުން ހުއްޓުވުން

އެޗްޕީއޭގެ އެންގުމާއެކު ނައިޓް މާކެޓް ބޭއްވުން ވަގުތީ ގޮތުން ހުއްޓުވައިފި

6 ޖެނުއަރީ 2022 | ބުރާސްފަތި 07:04

މިފަދަ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހުއްދަ ދިނުންވެސް ވަނީ މަޑުޖައްސާލާފައި

އަމްނާ އިމާދު
އަމްނާ އިމާދު | 6 ޖެނުއަރީ 2022 | ބުރާސްފަތި 07:04
ނައިޓް މާކެޓް، ގިނަ ބަޔަކު އެތަނަށް ވިޔަފާރި ކުރުމަށް ދޭ،

ނައިޓް މާކެޓް، ގިނަ ބަޔަކު އެތަނަށް ވިޔަފާރި ކުރުމަށް ދޭ،

މާލެ ސިޓީގައި ކުރިއަށް ގެންދާ ނައިޓް މާކެޓް ބޭއްވުން ހުއްޓާލުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މާލެ ސިޓީ ކައުންސިލަށް އަންގައިފިއެވެ.

ސިޓީ ކައުންސިލުން ބުނީ މާލެ ސިޓީގައި ކުރިއަށް ގެންދާ ނައިޓް މާކެޓް ބޭއްވުން ހުއްޓާލުމަށް ޖެނުއަރީ 5 ވީ ބުދަ ދުވަހު އެޗްޕީއޭއިން އިން އެންގުމާއި ގުޅިގެން މާލެ ސިޓީގައި ކުރިއަށްދާ ނައިޓް މާކެޓާއި އަދި މިފަދަ އިވެންޓްތައް ބޭއްވުން ވަގުތީގޮތުން ހުއްޓާލާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ސިޓީ ކައުންސިލްގެ 04 ވަނަ ދައުރުގެ 22 ވަނަ ރަސްމީ އާންމު ޖަލްސާއިން ވަނީ މާލެ ސިޓީގައި ނައިޓް މާރކެޓް ބޭއްވުމަށް އެދި ހުށަހަޅާ ފަރާތްތަކަށް މާލެ އަދި ހުޅުމާލޭގެ އެކަމަށް ކަނޑައެޅިފައިވާ ސަރަހައްދުތަކުގައި ބޭއްވުމަށް ހުއްދަ ދިނުމަށް ނިންމާފައެވެ. މި ހުއްދައިގެ ދަށުން ގިނަ ބަޔަކު މިކަމަށް އެދި، ހުއްދަ ހޯދައި ބޮޑެތި ހޭދަތަކެއް ކޮށްގެން ނައިޓް މާކެޓް ބާއްވަމުން އަންނަ ކަމަށް ބުނެފައިވެއެވެ.

ނަމަވެސް އެޗްޕީއޭއިން ނައިޓް މާކެޓް ބޭއްވުން ހުއްޓާލުމަށް އަންގާފައިވާތީ މާލެ ސިޓީގައި ނައިޓް މާރކެޓް ފަދަ އިވެންޓްތައް ބޭއްވުން ވަގުތީގޮތުން ހުއްޓާލުމަށް މިހާރު ވަނީ ނިންމާފައެވެ. އަދި މިވަގުތަށް މިފަދަ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހުއްދަ ދިނުން ވެސް މަޑު ޖައްސާލާފައިވާ ކަމަށް ކައުންސިލުން ބުނެއެވެ.

ނައިޓް މާކެޓް ފަދަ އިވެންޓްތައް ބޭއްވުން ވަގުތީގޮތުން ހުއްޓާލާފައިވާއިރު، މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހުއްދަ ދިނުމާއި ގުޅިގެން ވެސް ސިއްހީ މާހިރުން ކަންބޮޑުވުންފާޅު ކޮށްފައިވެއެވެ.

ކޮވިޑް-19ގެ ނުރައްކާތެރި ހާލަތަށް މުޅި ގައުމު ތައްޔާރުވަމުންދާ ދަނޑިވަޅެއްގައި ނައިޓް މާކެޓް ބޭއްވުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް ސަލީމް ވެސް ވިދާޅުވެފައިވެއެވެ. މާކެޓްތަކަށް ގިނަ ބަޔަކު އެއްވާ ކަމަށާއި، އެއްވެސް ވަރަކަށް ގައިދުރު ކަމެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ އެސަރަހައްދު މޮނިޓަރ ނުކުރާ ކަމަށާއި، އުސޫލާއި ގައިޑްލައިންއަށް އަމަލުނުކުރާ ކަމަށެވެ. ސިއްހީ މާހިރުންނާއި ހަވާލާ ދެއްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވިދާޅުވީ ކުރިއަށް މިއޮތް ތިން ހަފްތާއަކީ، އަނެއްކާވެސް ރާއްޖޭގައި ވަރަށް ބޮޑަށް ކޮވިޑް ފެތުރިގެންދިޔުމުގެ ފުރުސަތު އޮތް ތިން ހަފްތާ ކަމަށެވެ.

ރާއްޖޭގައި މިފަހަކުން ވަނީ ކޮވިޑްގެ ހާލަތު ގޯސްވާން ފަށާފައެވެ. އެގޮތުން 28 ޑިސެންބަރު 2021ން ފެށިގެން ކޭސްތައް ރިޕޯޓު ކުރެވޭ މިންވަރު ދަނީ އިތުރުވަމުންނެވެ. އަދި ދުވަސްތަކެއް ފަހުން 5 ޖެނުއަރީ 2022 ގައި މާލެ ސަރަހައްދުން 100ށް ވުރެ ގިނަ ކޭސްތައް ރިޕޯޓު ކުރެވުނެވެ.

އެޗްޕީއޭނައިޓް މާކެޓްމާލޭ ސިޓީ ކައުންސިލް

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
07 ޑިސެމްބަރު 2025

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި
03 ޑިސެމްބަރު 2025

އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

03 ޑިސެމްބަރު 2025
އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް
27 ނޮވެމްބަރު 2025

ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

27 ނޮވެމްބަރު 2025
ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި
27 ނޮވެމްބަރު 2025

ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

27 ނޮވެމްބަރު 2025
ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި
27 ނޮވެމްބަރު 2025

ވިލިމާލޭގައި ހުރި ނިކަގަހުގެ ކަންތަކުގައި ވެސް ރައީސް މުއިއްޒު ކުޅުއްވީ ޑްރާމާ އެއްކަން އެނގިއްޖެ

27 ނޮވެމްބަރު 2025
ވިލިމާލޭގައި ހުރި ނިކަގަހުގެ ކަންތަކުގައި ވެސް ރައީސް މުއިއްޒު ކުޅުއްވީ ޑްރާމާ އެއްކަން އެނގިއްޖެ
23 ނޮވެމްބަރު 2025

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަތަން ވެފައި ވަނިކޮށް، މުއިއްޒުގެ މޭޔަރު ކަމުގައި ބިންތަކެއް އެކިފަރާތްތަކަށް ދިންކަން ހާމަވެއްޖެ

23 ނޮވެމްބަރު 2025
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަތަން ވެފައި ވަނިކޮށް، މުއިއްޒުގެ މޭޔަރު ކަމުގައި ބިންތަކެއް އެކިފަރާތްތަކަށް ދިންކަން ހާމަވެއްޖެ
22 ނޮވެމްބަރު 2025

މުއިއްޒު ގެ މޭޔަރ ކަމުގެ ދޮޅު އަހަރު ދުވަހުގެ ތެރޭގައި މާލެ އާއި ވިލިމާލޭގެ 63 ބިން ކުއްޔަށް ދިން

22 ނޮވެމްބަރު 2025
މުއިއްޒު ގެ މޭޔަރ ކަމުގެ ދޮޅު އަހަރު ދުވަހުގެ ތެރޭގައި މާލެ އާއި ވިލިމާލޭގެ 63 ބިން ކުއްޔަށް ދިން
20 ނޮވެމްބަރު 2025

މާލެ ސިޓީ ކައުންސިލުން ކުށްޔަށްދީފައިވާ ތަންތަނާއި ބިންތަކުގެ ތަފްސީލު ހާމަކޮށްފި

20 ނޮވެމްބަރު 2025
މާލެ ސިޓީ ކައުންސިލުން ކުށްޔަށްދީފައިވާ ތަންތަނާއި ބިންތަކުގެ ތަފްސީލު ހާމަކޮށްފި
19 ނޮވެމްބަރު 2025

އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް

19 ނޮވެމްބަރު 2025
އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް