ކ. މާލެ
|
5 ޖެނުއަރީ 2022 | ބުދަ 11:47
ޖެންޑަރ މިނިސްޓްރީން ގެވެށި އަނިޔާއާއި ދެކޮޅަށް ބޭނުންކުރި ލޯގޯއެއް،
ޖެންޑަރ މިނިސްޓްރީން ގެވެށި އަނިޔާއާއި ދެކޮޅަށް ބޭނުންކުރި ލޯގޯއެއް،
ޖެންޑާ މިނިސްޓްރީ
އަންހެނުންނަށް ކުރާ އަނިޔާ
އިންސާފު ހޯދަން ކުރާ ދަތުރުގައި ފަރުވާވެސް ހޯދަންޖެހޭ!
 
އަނިޔާއަށް ހުށަހެޅޭ އަންހެނުންގެ ތެރެއިން އެހީތެރިކަން ހޯދަނީ ފަސްބައިކުޅަ ދެބައި
 
ކުށް ސާބިތުވެފައިވަނީ 10 މައްސަލައެއްގައި
 
2016 އާއި 2019 އާއި ދެމެދު އަންހެނުންނަށް އަނިޔާކޮށްފައިވާ 60 މައްސަލައެއްގައި ދައުވާކޮށްފައިވޭ

އަނިޔާ ލިބޭނަމަ އެވާހަކަ ދައްކަންޖެއެވެ. އެއީ ކޮންމެ ކަހަލަ އަނިޔާއެއް ކަމުގައި ވިޔަސް ހަނުހުރުމަކީ އެކަމަށް ހައްލު ލިބޭނެ ކަމަކަށް ނުވާނެތީއެވެ. ބަދަލުވަމުން މިދާ ޒަމާނުގައި އަނިޔާއާ ދެކޮޅަށް ގައުމީ ފެންވަރުގައި އެކިއެކި މަސައްކަތްތައް ކުރަމުންދާއިރު، މިއަދު ގިނަ ބަޔަކު އަނިޔާއާ ދެކޮޅަށް އަޑު އުފުލައެވެ. އަނިޔާ ސިއްރު ނުކުރުމަށް ކަމާބެހޭ ފަރާތްތަކުން ވެސް ދަނީ ތަކުރާރުކޮށް ގޮވާލަމުންނެވެ. ޚާއްސަކޮށް ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިންގަމުން ދެއެވެ. ނަތީޖާއެއް ގޮތުން މިއަދު އެކި ބާވަތްތަކުގެ އަނިޔާ ރިޕޯޓު ކުރެވޭ މިންވަރު ވަނީ ކުރިއާ އަޅާބަލާއިރު އިތުރުވެގެން ގޮސްފައެވެ.

އަނިޔާ ރިޕޯޓު ކުރެވެމުން ނިމުނީއެއް ނޫނެއެވެ. އަނިޔާ ލިބުނު މީހާ އެކަމުން ސަލާމަތްވުމަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހެއެވެ. ނަމަވެސް އަނިޔާއަށް ހުށަހެޅޭ އަންހެނުންގެ ތެރެއިން އެހީތެރިކަން ހޯދަނީ ފަސްބައިކުޅަ ދެބައި މީހުންނަށް ވުމަކީ ދެރަކަމެކެވެ. އެހެންކަމުން އަނިޔާއަށް ހުށަހެޅިފައިވާ އަންހެނުންގެ ތެރެއިން ފަރުވާ ލިބި އާއްމު ހާލަތަށް އާދެވިފައިވަނީ ނިސްބަތުން ކިތައް އަންހެނުންކަމާމެދު ސުވާލު އުފެދެއެވެ.

މިފަދަ އެތައް މައްސަލައެއް ފެންމަތިވަމުން ދިޔަނަމަވެސް އަންހެނުންނަށް އަނިޔާކޮށްގެން ހުށަހަޅާފައިވާ މައްސަލަތަކުގައި ދައުވާކުރެވޭ އަދަދުވެސް ވަރަށް މަދެއެވެ. 2015 ވަނަ އަހަރާއި 2020 ވަނަ އަހަރު ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަށް ހުށަހެޅުނު ގެވެށި އަނިޔާގެ މައްސަލަތަކުގެ ތެރެއިން ގިނަ މައްސަލަތަކަކީ އަންހެނުންނަށް އަނިޔާކޮށްގެން ހުށަހެޅުނު މައްސަލަތަކެވެ. 2015ން 2020 އާއި ދެމެދު އަންހެނުންނަށް އަނިޔާކޮށްގެން ފުލުހުން ބެލި މައްސަލަތަކުގެ ތެރެއިން ދައުވާކުރަން ފޮނުވާފައިވަނީ ހަމައެކަނި 14 އިންސައްތަ މައްސަލަ އެވެ. 2016 އާއި 2019 އާއި ދެމެދު އަންހެނުންނަށް އަނިޔާ ކޮށްފައިވާ 60 މައްސަލައެއްގެ ދައުވާކޮށްފައި ވާއިރު، ކުށް ސާބިތުވެފައިވަނީ 10 މައްސަލައެއްގައި ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެއެވެ. މިފަދަ މައްސަލަތަކުގައި ދައުވާކުރުމުގައި ދިމާވާ ދަތިތަކުގެ ތެރޭގައި، އައިލާއިން ނުވަތަ ތުހުމަތުކުރެވޭ ފަރާތުން އަނިޔާ ލިބުނު ފަރާތަށް ނުފޫޒު ފޯރުވައިގެން މައްސަލަ އަނބުރާ ގެންދާކަމަށް މައުލޫމާތު ލިބެއެވެ. މީގެ އިތުރުން ކޮވިޑް-19 އާއި ގުޅިގެން އައި ލޮކްޑައުންގެ މުއްދަތަށް ފަހު ވަކި ޖިންސަކަށް ވީތީ އަނިޔާކޮށްގެން ނުވަތަ ގެވެށި އަނިޔާކޮށްގެން ހުށަހެޅުނު މައްސަލަތައް ވެސް ވަނީ އިތުރުވެފައެވެ.

ހަގީގީ ހާދިސާއެއް ހިނގާދިޔަ ގޮތަށް 2021 ވަނަ އަހަރުގެ ހިއުމަން ރައިޓްސް ރިޕޯޓުގައި ހިއްސާކޮށްފައިވެއެވެ. މިހާދިސާއަށް ބަލާއިރު ވެސް ގެއިން ނެރުނު އަންހެނަކަށް ދޭން ޖެހޭ ފަރުވާ ނުލިބި ވަނީ ބިކަވެގެން ގޮސްފައެވެ. އެކޮމިޝަނުން ބުނެފައިވަނީ އަންހެނަކު ގެއިން ބޭރަށް ނުދެވޭގޮތަށް ގޭގައި ބަންދުކޮށްފައިވާ ކަމަށް ބުނެ ހުށަހެޅުނު މައްސަލާގައި އަންހެން މީހާއަށް ނަފްސާނީ ގޮތުން އެހީތެރިކަން ބޭނުންވާއިރު އެފަދަ އެހީތެރިކަމެއް ދީފައިނުވާ ކަމަށެވެ. އަންހެންމީހާ އަކީ މުޖުތަމައުން އެކަހެރިވެ މުޖުތަމައުގެ އާއްމުންނާއެކު އުޅޭ މީހެއް ނޫންކަން އޭނާގެ ވާހަކަތަކާއި އަދި އަމަލުން ފާހަގަކުރެވިފައިވާތީ، އޭނާ މުޖުތަމައަށް ނެރެ ރީއިންޓަގްރޭޓްކޮށް، އޭނާ ބާރުވެރިކުރުވަން މަސައްކަތް ކުރަންޖެހޭއިރު، މިފަދަ ކޭސްތަކުގައި މަސައްކަތްކުރާނޭ ވަކި ޕްރޮސީޖަރއެއް ކަނޑައެޅިފައިނުވާ ކަމަށެވެ. އަދި ވިކްޓިމައިޒް ވެފައިވާ ފަރާތްތައް ގްރޫމް ކުރެވިފައިވަނީ ކިހާ މިންވަރަކަށްކަން އެނެލައިޒް ކުރެވޭނެ އުސޫލެއް ގާއިމު ކުރެވިފައި ނެތްކަން ފާހަގަކޮށްފައިވެއެވެ.

ޚާއްސަކޮށް އަންހެނަކަށްވީތީ އަނިޔާއަށް ހުށަހެޅި، އަންހެނަކަށް ވީތީ ފަރުވާ ނުލިބި ބިކަވާކަށް ނުޖެހޭނެއެވެ. އަނިޔާ ރިޕޯޓު ކުރުމަށް ފަހު އެކަން ދޫކޮށްނުލާށެވެ. ނިޒާމަށް އިތުބާރު ނުރެވުނު ނަމަވެސް އަނިޔާއިން އަރައިގަނެ، ދިރިއުޅުމާއިގެން ކުރިއަށް ދިއުމަށް ފަރުވާ ހޯދާށެވެ. ލިބޭ އަނިޔާއަށް ކުރީބައިގައި ފަރުވާ ނުހޯއްދިއްޖެނަމަ މުސްތަގުބަލުގައި އެކަމުގައި ދެރައާވެސް ކުރިމަތިލާން ޖެހިދާނެއެވެ. އެއީ އަނިޔާއިން ތިމާގެ ވިސްނުމާއި އުޅުމަށް ބޮޑެތި ބަދަލުތަކެއް އަންނާތީއެވެ. ވިސްނުމަށްވެސް ބޮޑެތި އަސަރުތަކެއް ކުރާތީއެވެ. ބައެއް ހާލަތުގައި އެމީހެއްގެ ދަރިންނަށްވެސް އެކަމުގެ އަސަރު ކުރެއެވެ.

އަނިޔާގެ ވާހަކަ ދައްކައި، ރިޕޯޓު ކުރުމުން އަދި މައްސަލަ ނުނިމެއެވެ. އަނިޔާ ލިބުނު މީހާއަށް ފަރުވާ ހޯދައިދޭންޖެހެއެވެ. އެކަމުގައި އޭނާއަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހެއެވެ. މަގު ދައްކައިދޭންޖެހެއެވެ. އިންސާފު ހޯދައިދިނުމަށް މުޒާހަރާ ކުރުމަށް މަގުމައްޗަށް ނުކުންނަ ބީދައިން އަނިޔާ ލިބުނު މީހާ ގޮވައިގެން ފަރުވާ ދޭ ސެންޓަރަށް ނުވަތަ ކައުންސިލިން ސެންޓަރަށް ނުވަތަ ހޮސްޕިޓަލަށް ގެންގޮސްދޭން ޖެހެއެވެ. އެކަން ކުރުމަށް ހިތްވަރު ދޭން ޖެހެއެވެ. ނުވަތަ އޭނާގެ ކޮންޑިޝަން ޑޮކްޓަރަކަށް ކިޔައިދޭން ޖެހެއެވެ.

ކަމާބެހޭ ފަރާތްތަކުން ވިދާޅުވާ ގޮތުގައި އަންހެނުންނަށް ކުރިމަތިވާ ގެވެށި އަނިޔާގެ ސަބަބުން އޭނާގެ ވިސްނުން ވަރަށް ބޮޑަށް ނެގެޓިވް ވެގެންދެއެވެ. ބައެއް ކަންކަމުގައި މީހާ މާބޮޑަށް އޯވަރ ރިއެކްޓް ކުރެވެއެވެ. ރޭގަނޑު ނިދަން އުނދަގޫވެ، އަމިއްލަ ނަފްސުގެ މަތިން ފޫހިމެ އަމިއްލައަށް ބާކީވާން ބޭނުންވާ ފަހަރު ވެސް އާދެއެވެ. މިފަދަ ބޮޑެތި ބަދަލުތައް އަންނަ ކަމަށްވާއިރު، އަނިޔާ ލިބިފައިވާ މީހެއް ނަމަ ޑޮކްޓަރަށް ދައްކަން ޖެހެއެވެ. އަނިޔާގެ ވާހަކަ ދައްކައި، އެކަމަށް ފަރުވާ ހޯދަން ޖެހެއެވެ. ކައުންސިލިންގ ސެޝަންތައް ނަގަން ޖެހެއެވެ. ބައެއް ހާލަތުގައި ފަރުވާގައި ގިނަ ދުވަސްތަކެއް ވީ ނަމަވެސް އަމިއްލަ ނަފްސު އެކަމުން އަރައިގަތުން މާ ރަނގަޅެވެ. އެހެން ނޫން ކަމަށްވާނަމަ އިންސާފު ހޯދުމަށް ތިމާ ކުރާ ދަތުރުގައި ފުރިހަމައަށް ބައިވެރިނެވުމަކީ ދުރުގައިވާ ކަމެއް ނޫނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ސިޔާސީ މަސްރަޙު ހަލަބޮލިނުވާނޭހެން އަމަލުތައް ބެހެއްޓުމަށް އެޗްއާރުސީއެމްއިން އިލްތިމާސްކޮށްފި
އިންތިހާބުވާ ޕާޓީ ނޫން ޕާޓީއަކަށް ސޮއިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެންވާނެ ކަމަށް 73 އިންސައްތަ މީހުން ގަބޫލުކުރޭ
މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަންޖެހޭކަމަށް 68 އިންސައްތަ މީހުން ގަބޫލުކުރޭ - އެޗްއާރުސީއެމް
މަޖިލިސް އިންތިހާބުގައި ޔަގީންކަމާއެކު ވޯޓުލާނެކަމަށް ބުނެފައިވަނީ 68 އިންސައްތަ މީހުން - ދިރާސާ
އެޗްއާރްސީއެމްގެ މެންބަރުންތަކެއްގެ އީމެއިލް ޑީއެކްޓިވޭޓްކުރި މައްސަލައިގައި މުވައްޒަފު ސަސްޕެންޑް ކުރީ ރަނގަޅަކަށް ނޫން
ގެވެށި އަނިޔާއާ ގުޅޭ 8 މައްސަލައެއް ޖެނުއަރީ މަހު ފެމިލީ ކޯޓަށް ހުށަހަޅާފައިވޭ
ފްލެޓް ލިބޭ ކަމަށް ކަނޑައަޅާފައިވާ މީހުންގެ ލިސްޓު ބާތިލުނުކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދިން - އެޗްއާރްސީއެމް
ގެވެށި އަނިޔާގެ މައްސަލަތައް އަވަހަށް ނިންމުން އެދި، ޕީޖީ އޮފީހުން ކޯޓަށް އޮޓޮމެޓިކުން ސިޓީއެއް ފޮނުވަނީ