Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގިނަ އަދަދެއްގެ ކިރުދޫނި މަރުވި މައްސަލަ

އެއަރ ޓެކްސީއަކުން ޖެހި ކިރުދޫނިތަކެއް މަރުވި މައްސަލަ ބަލަން ފަށައިފި

4 ޖެނުއަރީ 2022 | އަންގާރަ 07:37

މި ހާދިސާގައި ގިނަ އަދަދެއްގެ ދޫނި ވަނީ މަރުވެފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 4 ޖެނުއަރީ 2022 | އަންގާރަ 07:37
އެއަރ ޓެކްސީން ޖެހި މަރުވި ކިރުދޫނިތައް

އެއަރ ޓެކްސީން ޖެހި މަރުވި ކިރުދޫނިތައް

ޓްރާންސް މޯލްޑިވިއަން އެއަރވޭސް (ޓީއެމްއޭ)ގެ އެއަރ ޓެކްސީއަކުން ޖެހި ކިރުދޫނިތަކެއް މަރުވި މައްސަލަ އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބަލަން ފަށައިފިއެވެ.

ހޯމަ ދުވަހުގެ މެންދުރު ނ. އަތޮޅުގެ ރިސޯޓެއްގެ ތުނޑިމަތިން ދަތުރުކުރަމުންދިޔަ އެއަރ ޓެކްސީއެއްގައި ޖެހި ގިނަ އަދަދެއްގެ ކިރުދޫނި ވަނީ މަރުވެފައެވެ. މަރުވެފައިވާ ދޫނިތަކުގެ ފޮޓޯތައް ދަނީ ސޯޝަލް މީޑިއާގައި އާންމުވަމުންނެވެ.

Advertisement - newsAdvertisement

މިކަމާއި ގުޅިގެން އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ އެއަރ ޓެކްސީއަކުން ޖެހި ގިނަ އަދަދެއްގެ ކިރުދޫނި މަރުވި މައްސަލަ ބަލަން ފަށާފައިވާކަމަށެވެ. އެހެންނަމަވެސް އެ މައްސަލަ ބެލުމަށް ވަކި ޓީމެއް އެ ސަރަހައްދަށް ގޮސްފައިނުވާކަމަށް ނައީމް ވިދާޅުވިއެވެ.

ނައީމް ވިދާޅުވީ މިހާރު ބަލަމުންދަނީ މި ހާދިސާ ހިނގި ގޮތާއި، ހާދިސާ ހިނގުމުގައި ޝާމިލްވާ މީހުންނާއި، ހާދިސާ ހިނގި ގޮތް ކަމަށެވެ. އަދި މައްސަލަ ބަލާއިރު، ދޫނިތަކުގެ ސަބަބުން މަތިންދާބޯޓަށް ލިބިދާނެ ގެއްލުމަަށްވެސް ބަލަންޖެހޭނެ ކަމަށް ނައީމް ވިދާޅުވިއެވެ. އަދި މައްސަލަ ބެލުމަށްފަހު އެއަރ ޓެކްސީ ޖައްސާ ލޭންޑިން ޕްލެޓްފޯމް އެހެން ތަނަކަށް ބަދަލުކުރަންޖެހިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ހާދިސާ ހިނގި ހިސާބުން އެތައް ބަޔަކު ގެންދިޔައީ ސޯޝަލް މީޑިއާގައި މިކަމާ ގުޅޭ ޕޯސްޓްތައް ކުރަމުންނެވެ. މީގެ ތެރޭގައި ހާދިސާ ހިނގި ތަން ދުށް ބަޔަކު ވެސް އުޅެއެވެ. އެމީހުން ބުނި ގޮތުގައި ތުނޑި މަތިން ކިރު ދޫނިތައް އުދުހޭކަން އެނގޭއިރުވެސް ކޮންމެ ދުވަހަކު އެއަރ ޓެކްސީ އަންނަނީ އެ ދިމާލުންނެވެ. އަދި މިހާހިސާބުން ގިނަ ބަޔަކު ގެންދިޔައީ މިކަމުގައި ޝާމިލްވާ މީހުންނާއިމެދު ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ.

ކިރުދޫންޏަކީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ދޫނިތަކުގެ ތެރޭގައި ހިމެނޭ ދޫންޏެކެވެ. ހިމާޔަތްކޮށްފައިވާ ދޫންޏަކަށް ގެއްލުން ދިނުމަކީ ބޮޑު އަދަދުން ޖޫރިމަނާ ކުރާ ކަމެކެވެ. މިގޮތުން ހިމާޔަތްކޮށްފައިވާ ދިރޭ އެއްޗަކަށް ގޯނާ ކޮށްފިނަމަ 30،000ރ. އާއި 50،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ ކަމަށް ހިމާޔަތްކޮށްފައިވާ ދިރޭ ތަކެއްޗާ ބެހޭ ގަވައިދުގައި ވެއެވެ.

އަދި ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި، ބަދަލު ހޯދުމުގެ ގަވައިދުގައިވާގޮތުން، ގެއްލުން ދިނީ އެއް ދޫންޏަށް ނަމަ ޖޫރިމަނާ ކުރަނީ 20،000ރ. އިންނެވެ. އަދި އިތުރުވާ ކޮންމެ ދޫންޏަކަށް 25،000ރ. އިން ޖުރިމަނާ ކުރެއެވެ. ހިމާޔަތްކޮށްފައިވާ ދޫންޏެއްނަމަ އިތުރުވާ ކޮންމެ ދޫންޏަކަށް 10،000ރ. އިން ޖުރިމަނާކުރެއެވެ.

އީޕީއޭޓީއެމްއޭ

އެންމެ ހިނގާ

1

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

20 އޯގަސްޓު 2025

އީއާރުއޭގެ އެންމެ އިސްވެރިޔާގެ މަގާމަކީ ސިޔާސީ މަގާމަކަށް ހަދާ، އެންމެ އިސްވެރިޔަކަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރ ހައްސާން

20 އޯގަސްޓު 2025
އީއާރުއޭގެ އެންމެ އިސްވެރިޔާގެ މަގާމަކީ ސިޔާސީ މަގާމަކަށް ހަދާ، އެންމެ އިސްވެރިޔަކަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރ ހައްސާން
07 އޯގަސްޓު 2025

އދ. އަތޮޅު ފަރަށް އެރި ޔޮޓެއް 4.8 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

07 އޯގަސްޓު 2025
އދ. އަތޮޅު ފަރަށް އެރި ޔޮޓެއް 4.8 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި
17 އެޕްރީލު 2025

ގަވާއިދާ ހިލާފަށް ވިޔަފާރިވެރިޔާ ގާސިމް މާމިގިލީން ގިނަ އަދަދެއްގެ ރުށް ބޭރު ކުރާ މައްސަލަ ބޮޑުވެއްޖެ

17 އެޕްރީލު 2025
ގަވާއިދާ ހިލާފަށް ވިޔަފާރިވެރިޔާ ގާސިމް މާމިގިލީން ގިނަ އަދަދެއްގެ ރުށް ބޭރު ކުރާ މައްސަލަ ބޮޑުވެއްޖެ
09 މެއި 2024

ގާހުދުވުމާއި ގުޅިގެން ފަރުތަކަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ބިންހިއްކުމާއި ފަޅު ފުންކުރުން މިވަގުތަށް ހުއްޓާލަނީ

09 މެއި 2024
ގާހުދުވުމާއި ގުޅިގެން ފަރުތަކަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ބިންހިއްކުމާއި ފަޅު ފުންކުރުން މިވަގުތަށް ހުއްޓާލަނީ
13 މާރިޗު 2024

އީ.އައި.އޭއާ ހިލާފަށް ހިންނަވަރުގައި މަގުހެދުމުގެ މަޝްރޫއު ކުރިއަށްގެންދިއުމާ ގުޅިގެން ކޮންސްޓްރަކްޝަން މިނިސްޓްރީ ދެލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި

13 މާރިޗު 2024
އީ.އައި.އޭއާ ހިލާފަށް ހިންނަވަރުގައި މަގުހެދުމުގެ މަޝްރޫއު ކުރިއަށްގެންދިއުމާ ގުޅިގެން ކޮންސްޓްރަކްޝަން މިނިސްޓްރީ ދެލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި
20 ސެޕްޓެމްބަރު 2023

ދިއްދޫ ފަރަށް އެރި ދެ އުޅަނދު 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

20 ސެޕްޓެމްބަރު 2023
ދިއްދޫ ފަރަށް އެރި ދެ އުޅަނދު 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި
13 ސެޕްޓެމްބަރު 2023

ރިސޯޓުތަކާއި ސިނާއީ ރަށްރަށުން އުފެދޭ ކުނި މީހުން ދިރިއުޅޭ ރަށްރަށުގެ ކުނި މެނޭޖުކުރާ މަރުކަޒުތަކަށް ގެންދިޔުމަކީ ކުށެއް: އީޕީއޭ

13 ސެޕްޓެމްބަރު 2023
ރިސޯޓުތަކާއި ސިނާއީ ރަށްރަށުން އުފެދޭ ކުނި މީހުން ދިރިއުޅޭ ރަށްރަށުގެ ކުނި މެނޭޖުކުރާ މަރުކަޒުތަކަށް ގެންދިޔުމަކީ ކުށެއް: އީޕީއޭ
23 މެއި 2023

އީޕީއޭގެ ރީސަރޗް އުޅަނދު "ތިމާވެށި"ގެ މަސައްކަތް ނިމި ރާއްޖެ ގެންނަނީ

23 މެއި 2023
އީޕީއޭގެ ރީސަރޗް އުޅަނދު "ތިމާވެށި"ގެ މަސައްކަތް ނިމި ރާއްޖެ ގެންނަނީ
07 ފެބުރުއަރީ 2023

މަޑިފުށީގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ގަވާއިދާ ހިލާފަށް ކުރުމުން ޖޫރިމަނާކޮށްފި

07 ފެބުރުއަރީ 2023
މަޑިފުށީގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ގަވާއިދާ ހިލާފަށް ކުރުމުން ޖޫރިމަނާކޮށްފި
07 ފެބުރުއަރީ 2023

ވެލާ ހިފައި، ކެއްކީ ބ. ކެންދޫ ބައެއް: އީޕީއޭ

07 ފެބުރުއަރީ 2023
ވެލާ ހިފައި، ކެއްކީ ބ. ކެންދޫ ބައެއް: އީޕީއޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް