Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައިޖީއެމްއެޗްގެ ދުރުރާސްތާ ޕްލޭން

ކޮވިޑާއި ގުޅިގެން ދެއަހަރުގެ މަސައްކަތް ވަނީ ފަހަތަށް ގޮސްފައި: އައިޖީއެމްއެޗްގެ ސީއީއޯ

1 ޖެނުއަރީ 2022 | ހޮނިހިރު 06:54

ދުރުރާސްތާގެ ޕްލޭނާ އެއްގޮތަށް މަސައްކަތްތައް ކުރިއަކަށް ނުދޭ

އަމްނާ އިމާދު
އަމްނާ އިމާދު | 1 ޖެނުއަރީ 2022 | ހޮނިހިރު 06:54
އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް ސަލީމް،

އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް ސަލީމް،

އިންދިރާގާދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ދުރުރާސްތާއަށް އެކުލަވާލި ޕްލޭނާ އެއްގޮތަށް މަސައްކަތްތައް ކުރިއަށް ނުދާ ކަމަށާއި، ކޮވިޑް-19އާ ގުޅިގެން ދެއަހަރު ފަހަތަށް ގޮސްފައިވާ ކަމަށް އެހޮސްޕިޓަލްގެ ސީއީއޯ އިބްރާހިމް ސަލީމް ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީއަށް ދެއްވި ޚާއްސަ އިންޓަވިޔުއެއްގައި ސަލީމް ވިދާޅުވީ އައިޖީއެމްއެޗްގެ ޚިދުމަތްތައް ފުޅާކުރުމަށް ގިނަ މަސައްކަތްތައް ކުރަމުންދާ ކަމަށާއި، ކުރިއަށް އޮތްތަނުގައި އައު ޚިދުމަތްތަކެއް ތައާރަފް ކުރެވިގެންދާނެ ކަމަށެވެ. ނަމަވެސް ދުރުރާސްތާއަށް އެކުލަވާލި ޕްލޭނާ އެއްގޮތަށް މަސައްކަތްތައް ކުރިއަށް ނުދާ ކަމަށާއި، ކޮވިޑް-19އާ ގުޅިގެން ދެއަހަރު ފަހަތަށް ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ކޮވިޑް-19ގެ އެންމެހައި ކަންކަމުގައި އައިޖީއެމްއެޗްގެ ގިނަ ޑޮކްޓަރުންނާއި ނަރުހުން އަދި އިދާރީ މުއައްޒަފުން ވަރަށް ބުރަކޮށް މަސައްކަތް ކުރާ ކަމަށެވެ.

Advertisement - newsAdvertisement

ދުރުރާސްތާ ޕްލޭނަށް އިޝާރާތް ކުރައްވައި ސަލީމް ވިދާޅުވީ ކިޑްނީ ޓްރާންސްޕްލާންޓާއި، އޯޕަން ހާޓް ސަރޖަރީ ރާއްޖެއިން ކުރެވޭނެ އިންތިޒާމް ހަމަޖެހުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް މިމަސައްކަތް ކުރުމަށް ކުރިއާލައި ބަޖެޓް ފޮނުވައި ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށާއި، މުއައްޒަފުން ތަމްރީން ކުރަން ޖެހޭ ކަމަށެވެ. އަދި އެމަސައްކަތްތައް ކުރަން ބޭނުންވާ އިމާރާތް ވެސް އަޕްގްރޭޑް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ކޮވިޑް-19އާއެކު މަސައްކަތްތައް ލަސްވުމާއި ގުޅިގެން 2022 ވަނަ އަހަރުގެ ތެރޭގައި މި ޚިދުމަތް ތައާރަފް ނުކުރެވޭނެ ކަމަށާއި، 2023ގައި އެ ޚިދުމަތްތައް ދެވިގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށް ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ދުރުރާސްތާ ޕްލޭންގައި ހުރި ކަންކަން ތަންފީޒު ކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް މިއަހަރުގެ ތެރޭގައި ބާރް ސްޕީޑްގައި ކުރިއަށްދާނެ ކަމަށެވެ.

އައިޖީއެމްއެޗުން މަސައްކަތް ކުރަނީ ރައްޔިތުންނާއި ގާތުން ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށެވެ. އެގޮތުން ޚިދުމަތްތައް އަވަސް ކުރުމަށް ޚާއްސަ ސޮފްޓްވެއަރއެއް ތައާރަފް ކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އެ ސޮފްޓްވެއަރއާއެކު ބަލި މީހާގެ ބަލީގެ ހިސްޓްރީ އެއްކޮށް ފެންނާނެ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ. އަދި 2022ގައި އިތުރު ޚިދުމަތްތައް ތައާރަފް ކުރެވިގެންދާނެ ކަމަށް ވެސް ބުނެއެވެ.

އައިޖީއެމްއެޗް

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

01 ޑިސެމްބަރު 2025

އައިޖީއެމްއެޗް އިން ތަކެތި ހުސްވަނީ ސަޕްލަޔަރުންނަށް ދޭންޖެހޭ ފައިސާ ނުދީ ބިލުތައް ބިލިއަނުން އަރާތީ: މެންބަރު ޝަމްހީދު

01 ޑިސެމްބަރު 2025
އައިޖީއެމްއެޗް އިން ތަކެތި ހުސްވަނީ ސަޕްލަޔަރުންނަށް ދޭންޖެހޭ ފައިސާ ނުދީ ބިލުތައް ބިލިއަނުން އަރާތީ: މެންބަރު ޝަމްހީދު
30 ނޮވެމްބަރު 2025

ލޭގެ ޓެސްޓެއް ހެދުމަށް ބޭނުންވާ އާލާތްތައް ނެތުމުން އައިޖީއެމްޗް އިން ޓެސްޓް ނުހެދުނު ކަމަށް ބުނާ މައްސަލަ އެއް މަޖިލީހަށް

30 ނޮވެމްބަރު 2025
ލޭގެ ޓެސްޓެއް ހެދުމަށް ބޭނުންވާ އާލާތްތައް ނެތުމުން އައިޖީއެމްޗް އިން ޓެސްޓް ނުހެދުނު ކަމަށް ބުނާ މައްސަލަ އެއް މަޖިލީހަށް
29 ނޮވެމްބަރު 2025

ސިނަމާލެ ބުރިޖު ގެ ހައިވޭ ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަންހެނަކާ ފިރިހެނެކަށް އަނިޔާ ވެއްޖެ

29 ނޮވެމްބަރު 2025
ސިނަމާލެ ބުރިޖު ގެ ހައިވޭ ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަންހެނަކާ ފިރިހެނެކަށް އަނިޔާ ވެއްޖެ
05 ނޮވެމްބަރު 2025

ސިވިލްސަރވިސް ބައެއް މުވައްޒަފުންގެ ކަންބޮޑުވުން: ޑިޕްލޮމާ އޮތް މީހެއްގެ މުސާރަ އަށްވުރެ ޑިޕްލޮމާ ނެތް މީހާގެ މުސާރަ ބޮޑު

05 ނޮވެމްބަރު 2025
ސިވިލްސަރވިސް ބައެއް މުވައްޒަފުންގެ ކަންބޮޑުވުން: ޑިޕްލޮމާ އޮތް މީހެއްގެ މުސާރަ އަށްވުރެ ޑިޕްލޮމާ ނެތް މީހާގެ މުސާރަ ބޮޑު
11 އޮކްޓޯބަރު 2025

މޫނަށް ޕެޕަރ ސްޕްރޭ ޖެހުމުގެ ސަަބަބުން ހާޓް އެޓޭކެއް ޖެހުނު ރަސްލާން، ހޮސްޕިޓަލުން ދޫކޮށްލައިފި

11 އޮކްޓޯބަރު 2025
މޫނަށް ޕެޕަރ ސްޕްރޭ ޖެހުމުގެ ސަަބަބުން ހާޓް އެޓޭކެއް ޖެހުނު ރަސްލާން، ހޮސްޕިޓަލުން ދޫކޮށްލައިފި
05 އޮކްޓޯބަރު 2025

ދަރުމަވަންތަ ހޮސްޕިޓަލް އެޅި ކުންފުނިން ޓެކްސް ނުދައްކާ މައްސަލައިގެ ޝަރީއަތް މަޑުޖައްސާލުމަށް އަމުރުކޮށްފި

05 އޮކްޓޯބަރު 2025
ދަރުމަވަންތަ ހޮސްޕިޓަލް އެޅި ކުންފުނިން ޓެކްސް ނުދައްކާ މައްސަލައިގެ ޝަރީއަތް މަޑުޖައްސާލުމަށް އަމުރުކޮށްފި
05 އޮކްޓޯބަރު 2025

ޕެޕަރ ސްޕްރޭގެ ސަބަބުން ހަރޓް އެޓޭކް ޖެހުނު މައްސަލަ: އައިޖީއެމްއެޗުން ނެރުނީ ސިޔާސީ ބަޔާނެއް، ގިނަ ބައެއްގެ ނުރުހުން

05 އޮކްޓޯބަރު 2025
ޕެޕަރ ސްޕްރޭގެ ސަބަބުން ހަރޓް އެޓޭކް ޖެހުނު މައްސަލަ: އައިޖީއެމްއެޗުން ނެރުނީ ސިޔާސީ ބަޔާނެއް، ގިނަ ބައެއްގެ ނުރުހުން
04 އޮކްޓޯބަރު 2025

މުޒާހަރާގެ ތެރެއިން ހާޓް އެޓޭކެއް ޖެހުނު ރަސްލާންގެ ހާލު އަދިވެސް ރަނގަޅެއް ނޫން: އާއިލާ

04 އޮކްޓޯބަރު 2025
މުޒާހަރާގެ ތެރެއިން ހާޓް އެޓޭކެއް ޖެހުނު ރަސްލާންގެ ހާލު އަދިވެސް ރަނގަޅެއް ނޫން: އާއިލާ
21 ސެޕްޓެމްބަރު 2025

މާރާމާރީއެއްގައި އަނިޔާވެގެން ފަރުވާ ދެމުންދިޔަ މީހަކު މެޑިކަލް ސްޓާފުންނަށް ބިރު ދެއްކި މައްސަލާގައި ހައްޔަރުކޮށްފި

21 ސެޕްޓެމްބަރު 2025
މާރާމާރީއެއްގައި އަނިޔާވެގެން ފަރުވާ ދެމުންދިޔަ މީހަކު މެޑިކަލް ސްޓާފުންނަށް ބިރު ދެއްކި މައްސަލާގައި ހައްޔަރުކޮށްފި
14 ސެޕްޓެމްބަރު 2025

ތިލަފުށީ ލޮރީ އެކްސިޑެންޓްގައި އަނިޔާވި މީހާގެ ގޮހޮރު ބުރިވެފައިވާކަން އައިޖީއެމްއެޗަށް އެނގުނީ ދެ ދުވަސް ފަހުން!

14 ސެޕްޓެމްބަރު 2025
ތިލަފުށީ ލޮރީ އެކްސިޑެންޓްގައި އަނިޔާވި މީހާގެ ގޮހޮރު ބުރިވެފައިވާކަން އައިޖީއެމްއެޗަށް އެނގުނީ ދެ ދުވަސް ފަހުން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް