Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަތުރުވެރިކަމުގެ ރަން އަހަރު

ފަތުރުވެރިކަމުގެ ރަން އަހަރު ކުލަގަދަކޮށް ފާހަގަކުރުމަށް މަޓީން އެދިއްޖެ

އަންނަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ އަހަރު

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 30 ޑިސެމްބަރު 2021 | ބުރާސްފަތި 10:44
ރާއްޖެ އައި ފަތުރުވެރިންތަކެއް

ރާއްޖެ އައި ފަތުރުވެރިންތަކެއް

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ރަން އަހަރު ކުލަގަދަކޮށް ފާހަގަކުރުމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ (މަޓީ)އިން އެދިއްޖެއެވެ.

އަންނަ އަހަރު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ފަށައިގަތްތާ 50 އަހަރު ފުރޭތީ މިކަމާ ގުޅިގެން މަޓީން ނެރުނު ބަޔާނެއްގައި ބުނީ 1972 ވަނަ އަހަރު ވަރަށް އާދައިގެ ގޮތަކަށްފެށި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް މިއަދު މިވަނީ ދުނިޔޭގެ މަގުބޫލުކަން ހޯދައި، ފަތުރުވެރިންގެ މެދުގައި އެންމެ މަގްބޫލް އެއް މަންޒިލަށް ވެފައި ކަމަށެވެ.

ފާއިތުވި 50 އަހަރުގެ ތެރޭގައި އެތައް ގޮންޖެހުންތަކެއް މި ސިނާއަތަށް ކުރިމަތިވެފައިވާކަމަށެވެ. މި ސިނާއަތުގައި ހިއްސާވާ އެންމެންގެ އެއްބާރުލުމާއެކު މިކަން ކަޑައްތުކުރެވިފައިވާ ކަމަށް މަޓީން ބުނެފައިވެއެވެ. އަދި ސަރުކާރުތަކުން މި ސިނާއަތް ކުރިއެރުވުމަށް ދޭ އެއްބާރުލުމާއި ކުރާ މަސައްކަތް އެ ޖަމިއްޔާއިން ވަނީ ފާހަގަކޮށްފައެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބިފައިވާ ކުރިއެރުމަކީ ޕަބްލިކް-ޕްރައިވެޓްޕާރޓްނަޝިޕް ފުރިހަމަގޮތުގައި ހިނގާކަމުގެ ދަލީލެއް ކަމަށް މަޓީން ބުނެފައިވެއެވެ.

މަޓީން ބުނީ ރާއްޖޭގެ ތާރީޚަށް ބެލިކަމުގައިވިޔަސް ދިވެހިންނަކީ ވަރަށް އެއްބައިވަންތަ ބައެއް ކަމަށާއި، ދިމާވާ ކޮންމެ ދަތިކަމަކުން އެހާ ފަސޭހައިން އަރައިގަނެވެނީ ވެސް ދިވެހިންގެ މެދުގައި އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ސަބަބުން ކަމަށް މަޓީއިން ބުނެފައިވެއެވެ. ކޮވިޑް-19ގެ ބަލިމަޑުކަމުގެ ހާލަތުގައި ވެސް ރާއްޖެއިން މި އެއްބައިވަންތަކަން ދައްކާފައިވާކަމަށް ބުނެފައިވެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް މިހާ ހިސާބަށް އާދެވިފައިވަނީ ވެސް ދިވެހިން އެއްބައިވަންތަކަމާއެކު ކުރި މަސައްކަތުން ކަމަށާއި، އެހެންކަމުން ފަތުރުވެރިކަމުގެ ސިނާއަތަށް 50 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރުމަކީ އެ ޖަމިއްޔާގެ އެދުމެއް ކަމަށް ބުނެފައިވެއެވެ. މިކަމުގައި ވެސް ދިވެހިންގެ އެއްބާރުލުން ފުރިހަމައަށް ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށާއި، އެ ޖަމިއްޔާގެ ފަރާތުން ދެވެން އޮތް އެެއްބާރުލުމެއް ދޭނެ ކަމުގެ ޔަގީންކަން މަޓީން ދީފައިވެއެވެ.

މިނިސްޓްރީ އޮފް ޓުއަރިޒަމްދިވެހި ފަތުުރުވެރިކަމުގެ ރަންޔޫބީލް

އިތުރަށް ކިޔާލަން

27 އޮކްޓޯބަރު 2025

އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

27 އޮކްޓޯބަރު 2025
އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި
19 އޮކްޓޯބަރު 2025

ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި

19 އޮކްޓޯބަރު 2025
ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި
09 އޮކްޓޯބަރު 2025

އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް

09 އޮކްޓޯބަރު 2025
އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް
03 ފެބުރުއަރީ 2025

ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!

03 ފެބުރުއަރީ 2025
ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!
28 ޖެނުއަރީ 2025

ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކޮށްފި

28 ޖެނުއަރީ 2025
ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު